މައުމޫން ފެކްޝަނުން ބޭއްވި ކައުންސިލް ބައްދަލުވުމަށް ފަހު މައުމޫނާ އެކު އުމަރު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- މިހާރު ފައިލް ފޮޓޯ
03 އެޕްރީލް 2017 - 12:34
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައި އުފެއްދެވި ޕީޕީއެމުން އެމަނިކުފާނު "ބޭރުކޮށްލީ" އެވެ؛ ގާނޫނާ ހިލާފުވެވަޑައިގަތުމާއި ޕާޓީގެ އަސާސީ ގަވާއިދު މުގުރާލައްވަމުންދާ ކަމުގެ ތުހުމަތުކޮށެވެ. ރައީސް އަބްދުﷲ ޔާމީންގެ ބެއްލެވުމުގެ ދަށުން ހިންގާ ޕީޕީއެމްގެ ކައުންސިލްގެ މި ނިންމުމާ އެކު ގިނަ ބައެއްގެ ފާޑުކިއުން، މައުމޫނާ އެކު ޕީޕީއެމް އުފެއްދެވުމުގައި އުޅުއްވި ކުރީގެ ހޯމް މިިނިސްޓަރު އުމަރު ނަސީރަށް މިވަނީ އަމާޒުވެފަ އެވެ.
ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފަށް، މައުމޫން ޕާޓީން ވަކިކުރިއިރު އުމަރު "ހަނު" ހުންނެވި މައްސަލާގައި އެތައް ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. މައުމޫން ވަކިކުރުމާ ގުޅޭ ގޮތުން މީޑިއާތަކަށް ވެސް އުމަރު މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ. އެއްބަޔަކު ދެކޭ ގޮތުގައި އުމަރު "ގެއްލުނީ" ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކުގައި މައުމޫން ސިޔާސީ މަސައްކަތްޕުޅު ފެއްޓެވި ހިސާބުންނެވެ.
"މައުމޫން ހެއްދެވި ޕާޓީ ފޭރިގެން، އެމަނިކުފާނު ބޭރުކޮށް، އެވަރު އަރުވާލިއިރު އުމަރު ކޮބާތަ؟ ޕީޕީއެމާއި މައުމޫންގެ ދިފާއުގައި ނުނިކުތީ ކީއްވެ؟" ސޯޝަލް މީޑިއާގައި އެކަކު ސުވާލުކޮށްފައިވެ އެވެ.
Why is Umar Naseer not coming out with @afarismaumoon n @maumoonagayoom to show his loyalty to them openly? what his holding him back? pic.twitter.com/yGNQEHjb9g
— Aisthu (@aisthu) March 25, 2017
އުމަރުގެ މިހާރުގެ ހާލަތާ ބެހޭ ގޮތުން މީހަކު ކުރި ޓްވީޓެއް
އުމަރު ހިމޭނުން ހުންނެވުމާ ގުޅޭ ގޮތުން ސުވާލު އުފައްދާ މީހުންނަށް އޭނާގެ ޖަވާބަކީ މިއެވެ؛
"އަޅުގަނޑު އަދިވެސް މިހިރީ ރައީސް މައުމޫނާ އެކު. ރައީސް މައުމޫނަށް އެއްވެސް ކަމެއް ކުރިމަތިވެއްޖެ ނަމަ އެންމެ ފުރަތަމަ ނިކުންނާނެ މީހަކަށް އަދިވެސް އަޅުގަނޑު ވާނެ. އަޅުގަނޑެއް ނުގެއްލޭ."
އުމަރު ވިދާޅުވި ގޮތުގައި މައުމޫން ޕީޕީއެމުން ވަކިކުރުމަކީ އޭނާ އަށް "ސަޕްރައިޒެއް" ނޫނެވެ. ރައީސް މައުމޫންގެ އަތްޕުޅުން ޕީޕީއެމް އަތުލަން ރާވާފައި އޮތް ކަން މާ ކުރިން ވެސް އެނގިވަޑައިގަންނަވާ ކަމަށާއި ޕީއޭގެ މެމްބަރުންނަށް ސަމާލުވާން މައުމޫން އަރިހުގައި އެދިވަޑައިގެންނެވީ ވެސް އެހެންވެ ކަމަށް ވިދާޅުވި އެވެ.
ކުރީގެ ރައީސް ނަޝީދު (ކ) އާއި މައުމޫން: ދެ ބޭފުޅުން އެކުގައި ފެއްޓެވި މަސައްކަތްޕުޅަށް އުމަރު މަރުހަބާ ވިދާޅުވި. -- ފޮޓޯ: ވީ ނިއުސް
އުމަރު ވިދާޅުވީ އޭނާ ރައީސް މައުމޫނާ އެކު ހުންނެވިއަސް އެމްޑީޕީއާ އެކު އިދިކޮޅު ލީޑަރުން އުފައްދާފައިވާ ކޯލިޝަންގައި އޭނާ ނުހިމެނޭ ކަމަށެވެ. ސަބަބަކީ، އެމްޑީޕީގެ އިހްލާސްތެރިކަމާ ދޭތެރޭގައި ސުވާލު އުފެދޭތީ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު މަރުހަބާ ކިޔަން އެ މަސައްކަތަށް، ކާމިޔާބީއަށް ވެސް އެދެން،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން މިހާތަނަށް ކުރި ގޯސް ކަންކަމުގައި އެމްޑީޕީގެ ހިއްސާ ވެސް ބޮޑު ކަމަށެވެ. މިސާލު ދެއްކެވީ ނައިބު ރައީސް ކަމުން ޑރ. މުހައްމަދު ޖަމީލް ވަކިކޮށް އެ މަގާމަށް އަހްމަދު އަދީބު ގެނައުމާއި ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭ ގޮތަށް އެމްޑީޕީގެ ގިނަ މެމްބަރުން ދެއްވި ވޯޓުންނެވެ. މި ސަބަބުތަކާ ހެދި އެމްޑީޕީ އަށް އޭނާގެ އިތުބާރެއް ނެތް ކަަމަށް އުމަރު ވިދާޅުވި އެވެ.
އެންދެރިމާގޭގައި ރައީސް އަބްދުﷲ ޔާމީން ޖަގަހަ ހައްދަވައިގެން އުޅުއްވިއިރު ވެސް ޕީއޭގެ ބޭފުޅުންނަކީ ކޮރަޕްޓް، އިހްލާސްތެރި ބޭފުޅުން ނޫން ކަމަށާއި އެ ބޭފުޅުންގެ ނިޔަތް ސާފު ނޫން ކަމަށް ރައީސް މައުމޫނަށް އިޝާރާތްކުރެއްވި ކަމަށް އުމަރު ވިދާޅުވި އެވެ.
"ރައީސް މައުމޫނަށް އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވީ 2008 ގައި އެމްޑީޕީގެ ސަޕޯޓަރުން އެމަނިކުފާނުގެ ގޭދޮށަށް މީހުން އެއްކޮށް ދަމާނެރޭށޭ ކިޔައި އުޅުނުއިރު. އޭރު ވެސް ރައީސް މައުމޫންގެ ދިފާއުގައި މަސައްކަތްކޮށްދީ ސަޕޯޓަރުން ވެސް އަލުން ޖަމާކޮށްދިނިން. އެފަހަރު ތަސްމީނާއި ޑީއާރުޕީ ހަވާލުކުރީމަ ދަމައިގަނެގެން ގެންދިޔައީ. އޭގެ ފަހުން އަނެއްކާ ޕީޕީއެމް ޖަހައިގަނެގެން މިގެންދިޔައީ،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީން، މައުމޫނާ ދޭތެރޭ އަމަލުކުރެއްވި ގޮތް ފެނުނު އެންމެންނަށް ވެސް ލިބޭ ފިލާވަޅަކީ "ތިމާގެ ކަމަށް ވުރެން މުހިއްމީ ތެދުވެރިކަމާއި އިހްލާސްތެރިކަން" ކަމަށެވެ. ރައީސް މައުމޫންގެ ގޮވާލެއްވުންތަކަށް އިހްތިރާމްކުރައްވައި އަދިވެސް މައުމޫނާ އެކު ހުންނަވާނެ ކަމަށް ތަކުރާރުކޮށް އުމަރު ވިދާޅުވި އެވެ.
ސަރުކާރާ އިދިކޮޅު ފަރާތްތަކުން މިހާރު ބާއްވާ އެއްވެސް ހަރަކާތެއްގައި އުމަރު ބައިވެރިވެވަޑައިނުގަންނަވާތީ ކަންބޮޑުވާ ބޭފުޅުން ވެސް މަދެއް ނޫނެވެ.
އިދިކޮޅު ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ މިހާރުގެ ހަރަކާތްތަކުން އުމަރު ނުފެންނަނީ "ބިރުން ކަމަށް ގަބޫލު ނުކުރެވޭ" ކަމަށެވެ.
"ސިޔާސީ ތަޖުރިބާ ލިބުނު ގޮތުން ދާންވާ ކޮޅެއް ނޭނގިގެން އުޅެނީ ކަމަށް ވެދާނެ. ސީދާ ވަކި ކޮޅެއް އަދި ނުފެނުނަސް މި ހާލަތުގައި ކޮންމެވެސް ކޮޅެއްގައި ހުންނަން ޖެހޭ. ތިމާއަކީ އެންމެ ރަނގަޅު މީހާ ކަމަށް ގަބޫލުކޮށްގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.
އިިދިކޮޅު ފަރާތްތަކާ "ދުރުގައި އުމަރު ހުރުމަކީ ސިޔާސީ ގޮތުން އުމަރުގެ ދައުރު އަދާނުކުރުން. ރަސްމީ ހައިސިއްޔަތުން ނޫނަސް، ނުރަަސްމީ ހައިސިއްޔަތުން ނަމަވެސް ވެސް ބައިވެރިވާން ޖެހޭ."
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަ ގަބޫލެއް ނޫން >>>>>.
04 April 2017
އެމް ޑީ ޕީ އާއި އެއްކޮޅަށް މަނާރާނަން ، މަުމޫނުވެސް ވިސްނަވެއްޖެތާ ދޯ ،،،،، އެންމެ ރޭވިހޭ ކުއްޖަކަށްވެސް މިހާރު އެނގޭނެ ކޮންކަމެއްގެ ބޭނުމުގާ ކަން ތިޔަ ލީޑަރުންތައް އެތެޅެނީ ،،،
ހަސަންބެ
04 April 2017
މިހާރު މިޤައުމުން ފެންނަމުންދަނީ ރައީސް ޔާމިނާއި ރައީސް މައުމޫނު ގުޅިގެންކުޅޭ ޑުރާމާއެއް. 2018 ޔާމީނަށް ޔަޤީންވާން އޮތީ މައުމޫން މިގޭމު ކުޅެގެން. 2018 ގައި ޔާމީނުގެ ރަނިންގ މޭޓަކީ ފާރިޝް. އެއީ ނިމިފައިވާ ކަމެއް.
އާސިފް
04 April 2017
އުމަރަކީ މިހާރު ސިޔާސީ ބުރަދަނެއް ހުރިމީހެއްނޫން. އުމަރަކީ ގައުމަށްވުރެ އަމިއްލަ އެދުން އިސްކުރިމީހެއް މިކަން ހުރިހާ ދިވެހިންވެސް ދަންނާނެ.
ފޯކަސް
04 April 2017
ކާލާ މަންނަ ބޭނުން ކުރަން ޖެހުނީމަ ފެންނާނެ. ނޫސްވެރިންނާއި ރައްޔިތުން ކެތްތެރިވެލާ... އުމަރަކީ މި ޤައުމުގެ އުއްމީދު...2018 ގައި ދިވެހި ރައްޔިތުންނަށް އޮތް ހަމަ އެކަނި ޗޮއިސަކީ އެއީ...
އަލީ
04 April 2017
އަހަރެން އޭރުވެސް ބުނިން އުމަރު އެބުނާ ބޮޑެތިބާރުތައް އުމަރުގެ ފަހަތަކައް ނާރާނެޔޭ މިހާރު ކޮންމެ ވާހަކައެއް ދެއްކިޔަސް ފަހުވަގުތު އުމަރައް ތާއީދުކޮއްގެން ނުތިބޭނެޔޭ އެއީ އެފަދަ ބޮޑެތިބަޔަކައް މިރާއްޖޭން އުމަރައްވުރެ މާގިނައިން ރައްޔިތުންގެ ވޯޓުހޯދޭނެ ކިތަންމެބަޔަކު ފެންނާނެ ދެންކީއްކުރަން އުމަރައް ތާއީދުކުރަންވީ. އަދިވެސް އުމަރައް މިކަން ވިސްނޭހެން ހާދަހީނުވެޔޭ.
އަހުމަދު
04 April 2017
ކޮންމެހެން އުމަރު ރައީސް މައުމޫނު ވެގެންނޫން މައުމޫންފަހަތުގައި ހުންނަކަމަށް އެބުނީ. އަމިއްލައެދުމުގައި މައުމޫންގެ އެހީތެރިކަމާއިއެކު ވެރިކަން ހޯފުމުގެ ބޭނުމުގައި. ތިޔައީ އުމަރު. ވެރިކަމެގެ ހުވަފެނުގައި އަބަދު އެހުންނަނީ.
މުޒާހަރާ ދެޔޯ
04 April 2017
ރީނދޫސް އުމަރު ދެކެ ރުޅި އަންނަނީ ޓެރަރިސްޓް މީހާ އަތުގަ ނުހިފައިގެން. ނުވާނެ ތިކަމެއް. ނުދާނެ އުމަރެއް. ކުރާނީ އަސަރެއް. އެތިވަރު ގޮވާލަ ގޮވާލާ ތިބޭ. އުމަރު އަންނާނެނަމައޭ ހިތަށް އަރުވާލަ އަރުވާލާ ހިތްދަތިވެފަ ދޯ ކެކެކެކެކެ. ނުދާނެ ނުދާނެ ނުދާނެ ނުދާނެ. ހަމަ އަސަރު ކުރާނީ
އަފިހުން ގޮއްޔެ
04 April 2017
ރ ޔާމީނުގެ ހުރި އަނިޔާވެރިކަން އުމަރަށް ރަނގަޅަށް ތަޖުރިބާ ކުރެވިފަ އޮތީމަ، ހަރުގަނޑުގެ މައްސަލަ ޕީޖީ އޮފީހުގަ ޕާކުކޮށްފަ އޮތީމަ ބިރުން އެހުންނަނީ މައުމޫނާއެކު މަސައްކަތް ކުރަންވެސް ބިރުން، އުމަރަކީ ބޮޑު ފިނޑިއެކޭ އަހުން ނުބުނާނަމެވެ
ދޮގެއްތަ؟
04 April 2017
ޓެރަރިސްޓުންނާ އެއް ސަފުގަ އުމަރެއް ނުހުންނާނެ. އުމަރަކީ ގޮތެއްގަ ހުންނަވާ ބޭފުޅެއް. ދެފުށަށް ކެނޑޭއެއް ނޫން. ހަ އަނގައިން ވާހަކައެއް ނުދައްކާނެ. ބުނާނީ އެބަހެއްގެ ހިފެހެއްޓޭނެ ހަރުދަނާ ވާހަކަ.
ޢަބްދުﷲނާފިޒު
04 April 2017
ޓެރަރިސްޓުންގެ ސަފުގަ ތިބީ މައުމޫނާ ޤާސިމާ އިމްރާނާ ނަޝީދު ދެއްތޮ، ޖަމީލު ފައިބުޑަށް ދިޔައީ ކީއްކުރަންށޯލަ!؟ ގޮތެއްގަ ހުންނާތީވެ ދެއްތޮ މިހާރު އެހެރީ ފަށް ކަނޑަންޖެހިފަ، ހީހީހީ.
މުޙައްމަދު
04 April 2017
ޢުމަރު ނަޞީރު ލަދުފުޅުގެން ވަޑައިގަންނަވާނޭކަމެއްނެތް. ކުށް ކުރެއްވޭނީ އިންސާނުންނަށް. ރަޢީސް ނަޝީދުގެ ފަރާތުންނާއި ސަޕޯޓަރުންގެ ފަރާތުން މާފަށް އެދިވަޑައިގަތުމަކީ ލަދުކަމެއްނޫން. އެމް.ޑީ.ޕީ. ގެ ފިކުރާ ނުލައި މިޤައުމު އިޞްލާހުވެސް، ތަރއްޤީވެސް ދެނެއް ނުވާނެ! މިހާރު މިފެންނަނީ ހުރިހައި އިބްރަތްތެރި ފިލާވަޅުތައް. ބަޣާވާތުގެ ހިތިނަތީޖާ. ދެން އެކަން ކުރުމަކީ ދަތިަކަމެއްކަން. އަދި އެމް.ޑީ.ޕީ. އެކަން ކުކުރާނެކަން. ޢައުމަށް އިޚްލާޞްތެރި ފިކުރަކީ އެއީކަން.
ޝެލަރީ
04 April 2017
ޢުމަރު ފާހަގަކުރެވެނީ ދެއުޅިއެއްނުވާ މީހެއްގެ ގޮތުގައި އުމަރަކީ ޤައުމުގެ މަސްލަހަތަށްވުރެ ޒާތީހަސަދައިންފޯވެފާ ހުރިބޭފުޅެއްގެގޮތުގައި ނަޝީދު ގައިން ނުނެއްޓިގެންދާނެ ނުދާނެކޮޅެއްނޭނގިގެން އެއުޅެނީ އަސްލު އެބޭފުޅާއަށް ކުޑަ ގޮޅިއެއްފެންނަނީ ކަންނޭނގެ ދެއްތޯ