އިދިކޮޅު ޕާޓީތަކުން ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ފާރިސް ވާހަކަ ދައްކަވަނީ: ސަރުކާރުގެ ބާރާއި ނުފޫޒު ދަމަހައްޓަން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހައްގުތައް ވެސް ހަނިކުރަމުންދާ ކަމަށް ފާރިސް ވިދާޅުވި. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
10 އެޕްރީލް 2017 - 10:53
ގާނޫނީ އިމުން ބޭރުން އަޅަމުންދާ ފިޔަވަޅުތަކުން ސަރުކާރު ވަރަށް ބޮޑަށް ބަލިކަށިވެ ގޮތް ހުސްވެފައިވާ މަންޒަރު ސާފުކޮށް ފެންނަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ރޭ ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅޭ ގޮތް ބަދަލު ކުރުމަށް، މަޖިލީހުގެ ގަވާއިދަށް ޕީޕީއެމުން ގެންނަން އުޅޭ އިސްލާހާ ގުޅޭ ގޮތުން ރޭ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރާއި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ވެސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ މަސައްކަތްތައް ކާމިޔާބުވެ ސަރުކާރު ބަލިވާ މަންޒަރު ސާފުކޮށް ފެންނަމުންދާ ކަމަށެވެ. ގާނޫނީ އިމުން ބޭރުވެ، ބާރުގެ ބޭނުންކުރުމުގެ ވިސްނުން ސަރުކާރުން ކުރިއަށް ނެރެގެން އުޅެނީ އެ ސަބަބާ ހެދި ކަމަށް ވެސް ދެ ބޭފުޅުން ވިދާޅުވި އެވެ.
"ސާކަލް ކުޑަވަމުން ކުޑަވަމުން މިދަނީ. ދެން އެ އޮތް ބާރަކާއި ނުފޫޒަކާ ބޭނުން ކުރައްވައިގެން މުށު ތެރޭގައި އޮތް އެއްޗެއް ހިފަހައްޓަވަން ވަރަށް މަސައްކަތް ކުރައްވާނެ. އަދި މި ނޫން ކަންތައް ވެސް ކުރައްވާނެ،" މަޖިލީހުގެ ގަވާއިދަށް ގެންނަން އުޅޭ އިސްލާހަށް އިޝާރާތް ކުރައްވައި ފާރިސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނަން މިއަދުގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ. މަޖިލިހުގެ ގަވާއިދުގައި މިހާރު އޮންނަ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުމަށް މަދުވެގެން 15 މެމްބަރުންގެ ސޮޔާ އެކު ހުށަހެޅިދާނެ އެވެ.
ފާރިސް ވިދާޅުވި ގޮތުގައި ސަރުކާރުގެ ބާރާއި ނުފޫޒު ދެމެހެއްޓުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިބިފައިވާ ހައްގުތަކާއި އިމްތިޔާޒްތައް ވެސް ދޫކޮށްލަން ސަރުކާރުން ދަނީ މަޖުބޫރު ކުރަމުންނެވެ.
އަލީ ޒާހިރު ވިދާޅުވީ ސަރުކާރުން ކިތަންމެ ފިއްތުންތަކެއް ކުރިމަތިކުރުވިއަސް މަސީހް މަގާމުން ވަކިކުރަން ބޭނުންވާ މެމްބަރުން ޕީޕީއެމްގައި އެބަތިއްބެވި ކަމަށެވެ. ގާނޫނުތަކާއި އުސޫލްތަކުން ބޭރުވެ ސަރުކާރުން ކުރަމުންދާ ކަންކަން އެ މެމްބަރުންނަށް އެނގިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
ސަރުކާރުން ބޭނުންވާ ގޮތަކަށް އެކަމެއް ނިންމަން، މިހާރު ކުރަމުން ދަނީ ގާނޫނުއަސާސީއާ މުޅިން ހިލާފު އަމަލުތަކެއް ކަމަށް އަލީ ޒާހިރު ވެސް ވިދާޅުވި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވި ގޮތުގައި ގާނޫނުތަކާ ހިލާފަށް ކުރަމުންދާ ކަންކަމަށް ވަރަށް އަވަހަށް ނިމުން އަންނާނެ އެވެ. ރައްޔިތުންނަށް އަނެއްކާވެސް ބާރުވެރިކަން ލިބޭ ދުވަސް ކައިރިވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"މަޑުމަޑުން ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ވަރަށް އަވަހަށް ފެނިވަޑައިގަންނަވާނެ އަރާނެ ގޮޅި ހުސްވާތަން. އޭރަކުންނެއް ދެނެއް ނޯންނާނެ އަރާނެ ތަނެއް. މިވަގުތު ގާނޫނުތަކާއި ގާނޫނުއަސާސީއާ ހިލާފަށް ބަދަލުތައް ގެނެވިދާނެ، އެކަމަކު އަންނާނެ ވަގުތު،" އިބޫ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަލީގެ މަލީ
10 April 2017
ޑިމޮކްރާތީ ނިޒާމަކީ ވަރަށް ދޯހަޅި އެއްޗެއްކަން މިއަދު އެނގިއްޖެ
ފަރޯ
10 April 2017
ފާފު އަތޮޅު ގެ ކަންތައް ހައްތާވެސް. ސައުދީ މީހުންވެސް އަތް ހުސްވެދާނެ ތި މަޖްލިހެއް ސަލާމަތް ކުރަން ހަދައިގެން
ްްޤާނޫނު
10 April 2017
ޤާނޫނު އަސާސީގެ 87 ވަނަ މާއްދާ; އެމާއްދާގައި ބަޔާންކޮށްފައިވާގޮތުން ރައްޔިތުންގެ މިޖުލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ފާސްވާނީ މަޖުލީހަށް ހާޒިރުވެތިބި މެމްބަރުންގެ އަޤުލަބިއްޔަތުން. މަޖުލީހުގެ ކޯރަމް 34 މެމްބަރުންނާއެކު ހަމަވާއިރު އިތުބާރު ނެތްކަމަށް 18 މެމްބަރުންގެ ވޯޓަކުން ފާސްވާކަމެއް 42 މެމްބަރުންގެ ސޮޔާއިއެކު ހުށަހެޅުން އެއީ ހަމަޖެހޭ ޤަވާއިދެއް ނޫން. މަޖުލީހުގެ ޤަވާއިދުވެސް ހަދަންޖެހޭނީ ޤާނޫނީ އިމުގެ ތެރެއިން.
ައައިހެވަން
10 April 2017
ބަލިކަށިވީކޮންބައެއްކަން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ނުދައްކަނީ ކޮންބައެއްކަން ރާއްޖޭއަށް ގެނެވޭ ތަރައްގީ ދެކެންބޭނުންނުވަނީ ކޮންބައެއްކަން ވެރިކަމަށް ފެންބޮވައިގެންފައި ތިބީ ކޮންބައެއްކަން ވަރަށް ސާފުކޮށް ރައްޔިތުންނަށް އެނގޭ
ބޭސް
10 April 2017
މި ބާވަތުގެ ކޮންމެ ވެރިކަމެއްވެސް ނިމިގެން ދަނީ ހިތާމަވެރި ގޮތަކަށެވެ. ސިދާ ގޮތެއްގައި އެންމެ އިސްކޮށް ހުންނަ މީހަކަށް ނުހަނު ދެރަގޮތްތައް މެދުވެރިގެނެވެ. މިއީ މާޒީއެވެ. ކުރިމަގު ބައްޓަން ކުރަނީ މާޒީއިން އިބްރައް ހޯދައިގެނެވެ. މިއަދު ނުވަތަ މާދަމާ އާރާއިބާރުގައި އުފަލުގައި އުޅެވިދާނެއެވެ. ނަމަވެސް ނިމުން ފެންނަނީ ވަރަށް ނިކަމެތިކޮށެވެ.
މުހަނު
10 April 2017
ތި މަޖްލިސް ހަދަންވީ 42 ސޮއި ހޯދަން ޖެހޭ ގޮތަކަށްވެސް ނޫން. އިދި ކޮޅު މެމްބަރުން ތިތަނުން ބޭރުކުރަން މިހާރު މަޖްލިސްގެ އަދަދަކީ ސަރުކާރުގެ 43 މެމްބަރުން ކަމަށް ފާސްކުރަންވީ.އޭރުން މައްސަލަ ހައްލުވީ.
އަބުދު
10 April 2017
މިވަރުން ނޫޅުނު ނަމަ ވަރަށް ގިނަ ފަޅުތައް ވިއްކައިފީސް ތިކުރާ ހިއްވަރަށް ސާބަސް. ........ ތުއްފާށަނާ ތަކަށް އެމީހުން ނަށް ލިބެންވާ ނަން ލިބޭނެ
ސައިލަމް
10 April 2017
ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ނައިބު ރައީސް ގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލިހަށް ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއި އެކުގައި ކަމަށް ކަނޑައަޅާ އިޞްލާޙުއަކީ ޤާނޫނު އަސާސީގެ ކޮންމާއްދާއަކާއި ޚިލާފު އިޞްލާޙެއްކަން ވިދާޅުވެ ދެއްވިދާނެތޯ؟ ޤާނޫނު އަސާސީ އާއި ޤާނޫނު ތަކާއި ޙަވާލާދެެއްވާ ވާހަކަ ފުޅު ދައްކަވާއިރު، ރިފަރެންސް ދިނުމަކީ ވަރަށް މުހިންމު ކަމެއް، އެއިރުން ކިޔާމީހުންނަށްވެސް ކަން އޮތްގޮތް ސާފުވާނީ!
ނިހާުދު
10 April 2017
ތެޅިތެޅި ގޮތްހުސްވާތަން ފެންނަނީ ބައްޕާފުޅާއެކު ފާރިސް ހެހެހެ
ޙުއްތު
10 April 2017
ކޮމެންޓްބަލާލާފަ އެޗްބީ ޗެކްކޮއްލާ.
ޚިޔާލް123
10 April 2017
އަދިވެސް ހިއްވަރު ކޮއްލައި، މިއީ ހިއްވަރު ގަދަކުރަންވީ ވަގުތު، މަޖްލިސް މިއީ ނިހާން ބުނާހެން އެމީހުން ގެންގުޅޭ ވެކްސިންއެއް، އެކަމަކު އެވެކްސިންވެސް އާއްމުވީމަ ވޯކެއް ނުކުރާނެ، ދާދި އަވަހަށް ނެގެޓިވް އިމްޕެކްޓް އުފެދެން ފަށާފާނެ، ބޭނުމީ ހިއްވަރު