ޚިޔާލު

މޫސަގެ ކޮލަމް: އެމެރިކާގެ ސެނެޓޭ! މެމްބަރުން މި ކިޔަނީ ކީކޭ؟

ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިހާން (ކ) ވާހަކަ ދައްކަވަނީ: މި ފަހަރު އެމެރިކާ ނަމޫނާއަކަށް ނެންގެވީ ގޯސް ކަމެއް ދިފާއުކުރައްވަން

އެމެރިކާގެ ސުޕްރީމް ކޯޓުން ހުސްވެފައިވާ ގޮނޑިއަށް، ރައީސް ޑޮނަލްޑް ޓްރަމްޕް ކަނޑައެޅުއްވި ފަނޑިޔާރަކަށް ރުހުން ދޭން ސެނެޓުގެ ޑިމޮކްރެޓިކް މެމްބަރުން ދެކޮޅުހެދުމުން، ސެނެޓްގެ އާދައިގެ އަަގުލަބިއްޔަތަކުން ނަން ފާސްކުރަން، ރިޕަބްލިކަން ޕާޓީގެ މެމްބަރުން ކަން ކުރި ގޮތް، ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގެ ސަރުކާރުގެ މެމްބަރުން ނަމޫނާއަކަށް އިއްޔެ ނެންގެވި އެވެ. ހުރި ނޭނގުމެއްގެ ބޮޑުކަމާ އެވެ! ކަމުގެ އަސްލު އޮޅުވާލުމުގެ ހީލަތްތެރިކަމާ އެވެ! ބޭނުންވާ ތަންކޮޅެއް ނެގުމުގެ ނުބައިކަމާ އެވެ!

އެމެރިކާގެ ސެނެޓުގައި އެކަން ވީ ގޮތާއި، މެޖޯރިޓީ އޮތް ރިޕަބްލިކަނުން އެންމެ ފަހުން "ޚުދުމުޚުތާރުވި" ގޮތަކީ (ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ ނަން ސެނެޓްގައި ފާސްވާން 60 ވޯޓު ބޭނުންވެ އެވެ. އެކަމަކު އެ އަދަދަށް ވޯޓު ނުލިބޭނެތީ ކޮމިޓީން ނިންމީ އާދައިގެ އަގުލަބިއްޔަތަކުން ނަން ފާސްކުރާށެވެ. މިއީ 50 އަހަރުގެ ތެރޭގައި އެގޮތަށް ސެނެޓުން ކަން ކުރި ފުރަތަމަ ފަހަރެވެ.) އެމެރިކާގެ ކޮންގްރެސް އަށް ވެސް އަދި އާންމުންނާއި ޑިމޮކްރެޓިކް އުސޫލުތަކުގެ ރީތިކަމަށް ވެސް ލިބުނު ދެރައެކެވެ. އެއީ އެމެރިކާގައި ވެސް ނަމޫނާއެއް ނޫނެވެ. އަދި އެހާ ހިސާބުން އެމެރިކާގެ ޑިމޮކްރަސީ، ރާއްޖޭގައި މިހާރު މި ފެންނަ ގޮތަށް، މަރުގެ ތަންމައްޗަކަށް ވެސް ނުވެއްޓެ އެވެ. އޭގެ ބަދަލުގައި އެމެރިކާގައި އަންނަނީ ޑިމޮކްރަސީގެ އުސޫލުތައް ހިމާޔަތްކޮށް، ވަރުގަދަކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

މުސްލިމް ބައެއް ގައުމުތަކުގެ ރައްޔިތުން އެމެރިކާ އަށް ދަތުރުނުކުރެވޭ ގޮތަށް، ރައީސް ޓްރަމްޕް ނެރުއްވި އަމުރަށް ވީ ކިހިނެއް ހެއްޔެވެ؟ މުސްލިމުންގެ ހައްގުގައި، އެމެރިކާގެ ކްރިސްޓިއަނުންނާއި ޔަހޫދީންނާއި އެއްވެސް ދީނެއް ގަބޫލުނުކުރާ އެތައް ހާސް ބަޔަކު ނުކުމެ، އެއާޕޯޓްތަކުގައި ވެސް އަޑުއުފުލި އެވެ. އެންމެ ފަހުން އެމެރިކާގެ މަރުކަޒީ ކޯޓެއްގެ ފަނޑިޔާރަކު ވަގުތީ އަމުރެއް ނެރުއްވީ ރައީސްގެ އަމުރާ ދެކޮޅަށެވެ.

ރައީސް ޓްރަމްޕް ދެ ވަނަ އަމުރެއް ނެރުއްވީ ކުރީގެ އަމުރުގައި ހުރި ގާނޫނީ ބައެއް މައްސަލަތައް ނުހިމަނުއްވަ އެވެ. އެކަމަކު އެ އަމުރު ވެސް މިހާރު އެ އޮތީ އެހެން ފަނޑިޔާރަކު ހިފަހައްޓަވާފަ އެވެ. ޓްވީޓްކުރެއްވުމުގެ އާދަ ގެންގުޅުއްވާ ރައީސް ޓްރަމްޕަށް ދެން ވެސް ކުރިއަށް ދެވެން އޮތީ ކޯޓުތަކުން މައްސަލަ ނިންމައިގެންނެވެ. ރައީސް ޓްރަމްޕް ކިތައްމެ ވަރަކަށް މަސައްކަތް ކުރެއްވިޔަސް، އެމެރިކާގެ މިނިވަން ޝަރުއީ ނިޒާމާއި ޑިމޮކްރެޓިކް އުސޫލުތައް ދަމަހައްޓާ އަމިއްލަ ޖަމާއަތްތަކާއި ރައްޔިތުން ފަހަކަށް ނުޖެހޭނެ އެވެ. ވެރިން އަބަދުވެސް ބޭނުންވާނީ ބާރު ގަދަކުރަންކަން، އެ ޑިމޮކްރަސީތަކުގެ އަހުލުވެރިން ހަނދާނެއް ނުނެތެ އެވެ. އަދި އެ މީހުންނަށް ޑިމޮކްރަސީގެ ދިފާއުގައި ކުރިއަށް ދާނެ ފުރުސަތު އޮވެ އެވެ. އުއްމީދު ވެސް އޮވެ އެވެ.

ސެނެޓްގެ އެންމެ ނިންމުމެއް، ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލްކުރަމުން ގެންދަވާ ޚުދުމުޚުތާރު މެމްބަރުން ނަމޫނާއަކަށް ނެންގެވި އިރު، ސަރުކާރާ ދެކޮޅު އެއްވެސް ބަހުސެއް މަޖިލިހުގައި ކާމިޔާބުވި ހެއްޔެވެ؟ ރާއްޖޭގައި ސަރުކާރާ ދެކޮޅަށް ކޯޓުތަކަށް ހުށަހަޅާ އެއްވެސް މައްސަލައެއް، ސަރުކާރު ބޭނުންވާ ގޮތަށް ނޫން ގޮތަކަށް، މިހާރު ނިމޭ ހެއްޔެވެ؟ ނުވަތަ ރައްޔިތުންގެ މަޖިލިހުން ރާއްޖޭގެ ގާނޫނުއަސާސީއާ ވެސް ކަނޑައެޅިގެން ޚިލާފަށް ކުރާ ކަންކަން ކޯޓުތަކަށް ހުށަހަޅާނެ ބަޔަކު ވޭ ހެއްޔެވެ؟ މުއައްސަސާތަކަށް އިތުބާރު ގެއްލިފައި އޮތްލެއް ބޮޑުކަމުން، އާންމުންނާއި، ޑިމޮކްރަސީގެ ދުޅަހެޔޮކަމަށް ލޯބިކުރާ ފަރާތްތަކުން، އެ ތިބީ އިންސާފު ހޯދަން އުޅުމަކީ ވެސް ބޭކާރު ކަމެއް ކަމަށް ގަބޫލުކޮށްގެންނެވެ.

މުސްލިމުން އެމެރިކާ އަށް ވަނުން ރައީސް ޓްރަމްޕް މަނާ ކުރަން އުޅުއްވުމުން ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަން އިން ނިއު ޔޯކުގައި މުޒާހަރާ ކުރަނީ: ރައީސާ ދެކޮޅަށް ވެސް އާންމުން ކާމިޔާބު ހޯދާ --ފޮޓޯ:އޭއެފްޕީ

އެމެރިކާގެ ވަރުގަދަ ސަރުކާރުގެ ސަލާމަތީ އެންމެ މަތީ މުޝީރު މަގާމުން ވަކިކުރީ ކީއްވެގެންކަން، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް އާއި ވިލިމާލޭގެ އަހުމަދު ނިހާން، ފަދަ މެމްބަރުން (ސެނެޓްގެ ނިންމުން ނަމޫނާއަކަށް އެންމެ ބޮޑަށް ނެންގެވި ދެ މެމްބަރުން) އިންޓަނެޓަށް ވަދެވަޑައިގެން ހޯއްދަވާށެވެ. އެމެރިކާގެ އިންތިޚާބަށް ރަޝިޔާގެ ނުފޫޒު ފޯރާފައި އޮތްތޯ ބަލަން ކުރިއަށް ގެންދާ އެއްވެސް ތަހުގީގެއްގައި، އެޓާނީ ޖެނެރަލް ޖެފް ސެޝަން ބައިވެރިވެވަޑައިނުގަންނަން ނިންމެވީ ކީއްވެގެންތޯ ވެސް ބައްލަވާށެވެ. އަދި ކޮންގްރެސްގެ ތަހުގީގު ހިންގާ ހައުސް އިންޓެލިޖެންސް ކޮމިޓީގެ ޗެއާމަނަކަށް ހުންނެވި ޓްރަމްޕްގެ އަރިސް ބޭފުޅެއް ކަމަށްވާ ޑެވިން ނިއުނެސް، ވަގުތީ ގޮތުން އެ ތަހުގީގާ ދުރަށް ޖެހިވަޑައިގަތީ ކޮން ފިއްތުންތަކެއް ކުރިމަތިވެވަޑައިގެންތޯ ވެސް ވިދާޅުވެދެއްވާށެވެ.

އެއިން ކޮންމެ ކަމަކުން ވެސް އެނގޭނީ، ރިޕަބްލިކަން ޕާޓީގެ މެމްބަރުން، އަގުލަބިއްޔަތުގެ ބޭނުން ހިފަން މަދު ފަހަރެއްގައި ޚުދުމުޚުތާރު ވިޔަސް، ގިނަ މައްސަލަތަކުގައި، އިދިކޮޅު ޕާޓީގެ ގޮވުންތައް އަޑުއަހާކަމެވެ. އަދި ރައީސާ ދިމާލަށް ބުނަން ޖެހޭ އެއްޗެއް ވެސް، ރިޕަބްލިކަން ޕާޓީގެ މެމްބަރުން ބުނަމުން ދާ ކަމެވެ. ރައީސް ބޭނުންވިޔަސް ކޮންމެ ކަމެއް ފާސްނުވާނެކަން، ސަރުކާރުން ސިއްހީ އިންޝުއަރެންސް ފޯރުކޮށްދޭ ގާނޫނު އުވާނުލެވިގެން އުޅުނު އުޅުމުން ފެންނާނެ ކަމެވެ.

ޓްރަމްޕް ސަރުކާރުގެ ބައެއް މިނިސްޓަރުންނަށް ރުހުން ދިނުމުގެ ކުރިން، ޑިމޮކްރެޓިކް މެމްބަރުން އެތައް ގަޑިއިރަކަށް ދަންމާލި ސުވާލުތަކުން ކިތައްމެ އުނދަގުލެއް ކުރިމަތިވިޔަސް، އެ ފުރުސަތު ލިބުނެވެ. އަދި ދެން ވެސް ދޭނެ އެވެ. އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީން މުޅިން ވެސް ދައްކަމުން އަންނަނީ ޚުދުމުޚުތާރުކަމެވެ. ރައްޔިތުންގެ މަޖިލިހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން، 42 މެމްބަރުންގެ ސޮއި ހޯދަން ޖެހޭނެ ކަމަށް ބުނެ އެ އޮތް ގެނައި، ލަދުވެތި އިސްލާހު ދިފާއުކުރައްވަން، ސަރުކާރު މެމްބަރުން އެމެރިކާ ނަމޫނާއަކަށް ނަންގަވާ އިރު، ރާއްޖޭގައި މި އުޅެނީ މިނިސްޓަރަކާ ސުވާލުކޮށްލާނެ ފުރުސަތު ވެސް ނުލިބިގެންނެވެ. އެންމެ ކުޑަވެގެން، ބައްޔަކާ ދެކޮޅަށް މަސައްކަތްކުރަން އުފައްދާ އާދައިގެ ޓާސްކް ފޯހެއްގެ މީހުން ވެސް މަޖިލިހަށް ހާޒިރުކުރަން، ސަރުކާރުގެ މެޖޯރިޓީން އަޅަނީ ހުރަހެވެ.

ޖޭޕީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހައްޔަރުކުރީ، ރައްޔިތުންގެ މަޖިލިހުގެ އިމްތިޔާޒާ ބެހޭ ގާނޫނާ ކަނޑައެޅިގެން ޚިލާފަށް ކަން، ދިވެހި ކިޔަން އެނގޭ މީހަކަށް ވިއްޔާ އެ އޮތީ ފެންނާށެވެ. މި ދައްކަނީ ކޮންމެހެން ގާސިމް ވެގެން، އޭނާގެ ދިފާއުގައި އުޅުއްވަން ޖެހޭ ވާހަކައެއް ނޫނެވެ. މި ދައްކަނީ، މެޖޯރިޓީ މެމްބަރުން، މާ ގަދަރު ބޮޑުކޮށްގެން، މާ ބާރުގަދަ ތަނަކަށް ހައްދަވައިގެން އުޅުއްވާ ރައްޔިތުންގެ މަޖިލިހަށް ލިބިފައި އޮތް ހިމާޔަތެއް ފުލުހުން ނިގުޅައިގަނެގެން އުޅޭ ވާހަކަ އެވެ. ރައްޔިތުންގެ މަޖިލިހުގެ ބާރު ކޮބައިތޯ އެވެ؟ މި ހުންނަނީ، މިއަދު ހީލާފައި، މަޖިލިހުގެ ތަޅުމުގައި، މަލާމާތުގެ ބަސްތައް ވިދާޅުވެ، ދޫކޮށްލައްވަން ޖެހޭ ވަރަށް ވުރެ ބޮޑެތި މައްސަލަތަކެވެ.

އެކަމަކު މި މަޖިލިހުގައި އެ ނޫން މަންޒަރެއް ނުފެންނާނެ އެވެ.

ހަގީގަތުގައި ރައްޔިތުންގެ މަޖިލިހުގެ ސަރުކާރު މެމްބަރުން ނަމޫނާ ނަންގަވަންވީ އެމެރިކާއަކުން ނޫނެވެ. ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޒާރު އިއްޔެ ވިދާޅުވި ގޮތަށް، "ޒިމްބާބުވޭ ކަހަލަ ގައުމުތަކުންނެ"ވެ.

67 ކޮމެންޓް, 318 ރިއެކްޝަންސް

icon happy icon happy 95%
icon sad icon sad 2%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙާމާން

12 April 2017

ނިކެމެތި ލިއުމެއް. މިލިއުމުން ދޭހަވަނީ އެމެރިކާގެ އެއްބައި ކަންތައް ރަންގަޅޭ މިސާލު ނެގި ކަންތއް ގޯހޭ. އެކަމު ކަޑައީ މުޅި ލިއުމުންވެސް އެމެރިކާ ރަންގަޅު ކަންތައް ދައްކައިގެން ގޯސްކަން ހަންދާން ނައްތުވާލަން މަސައްކަތް ކުރިކަން. ބޭސިކަލީ މޫސަ ބުނީ އެމެރިކާގަ ގޯސްކޮށް 1 ކަން ކުރިޔޭ ކިޔާފަ މިތާ މަޖްލީހުގަ ހުރިހާ ކަމެށް ގޯހޭ އެހެންވީމަ ނިހާންގެ އާގިއުމެންޓް ގޯހޭ. ބައިވަރު ރްނގަޅަކުން 1 ގޯސް ފޮހެވޭ އުސޫލް އޮންނާނީ މިހާރު!!!!!!!

The name is already taken The name is available. Register?

އަހްމަދު އިލްހާމް

12 April 2017

އާޖުފާޖު ނުދަންނަ ބަޔަކު މަޖިލިހަށް ވެއްދީމަ ވާނެ ހަތަރެތި މިއޮއްގެން ވަނީއެވެ. އެވެރިންނަށް އެނގެނީ ހަމައެކަނި މީހަކު ކަމެއްކުރީމަ އެމީހަކު އެކަން ކޮށްފި ކަމެވެ. އަމުދުން ދުނިޔޭގެ ތާރީޚު ނުވެސް ދަންނަނީއެވެ. އެއްވެސް ތަނަކުން ކިޔެވި ބައެއް ނޫންކަމަށްވާތީ، އެއްވެސް އިތުރު އެއްޗެއް ނޭނެގނީއެވެ. މުޅިން ކޮޕީ ކެޓް ތަކެވެ. އަމިއްލަ ސިކުނޑިން ވިސްނައި، ދުނިޔޭގައި މިއަދާ ހަމައަށް ކަންކުރަމުން އައިސްފައިވަނީ ކިހިނެއް ކަމެއް ބެލުމެއް ނޯވެއެވެ. މީހަކު ބުނީމަ ފައިސާގަ ހިފާފަ، ފައިސާ ދޫކޮށްލުން ނޫންކަމެއް އެވެރިން ނުކުރެއެވެ.

The name is already taken The name is available. Register?

މުހަންމަދު

11 April 2017

ތިޔަކު ނެތް އާރިފު އާ ނިހާނު ދެކި ވާހަކަ ޔަށް ރަައްދެއް ދެވިފަ އެ

The name is already taken The name is available. Register?

އޮރެވާ

11 April 2017

ދެން ކޮންމެ 2 ދުވަހަކުން އިތުބާރުނެތް މައްސަލަ ވައްދަން. ފަނީ

The name is already taken The name is available. Register?

ހަސަނު

11 April 2017

ރާއްޖޭގެ ޑިމޮކްރަސީ އަދި މުޅިން މަރު ނުވާނަމަ މި ޅަ ޑިމޮކްރަސީގަ އަދި މި ޖަހަނީ މިނިވަން ނޫސްވެރިކަމުގެ ވިންދު.. މި މިނިވަން ނޫސްވެރިކަން މަރާލުމަށް މި ޑިމޮކްރަސީއަށް ޖެހިފަ މިވާ ކެންސަރުން ދިމާކުރިއަސް ނޫސްވެރިން ތިބީ އެހާ ފަސޭހައިން ގޮތްދޫކުރާގޮތަށް ނޫންކަން މި އާޓިކަލް ކިޔާލީމަ އެބަ އެނގެ....

The name is already taken The name is available. Register?

ޢަލާބީ

11 April 2017

ޙަސަނާ މިރާއްޖޭގައި ނެތް މިނިވަން ނޫސްވެރިކަމެއް. އެނޫހެއް ނުވަތަ އެނޫސްވެރިޔަކު ބޭނުންހާ ގޮތަކަށް ތާޢީދުކުރާ މީހަކަށް ފޭވަރ ކޮށްފަ ލިޔާ ނޫސްވެރިކަމަށް ކިން ގޮތަކުން މިނިވަން ނޫސްވެރިންނޭ ކިޔާނީ

The name is already taken The name is available. Register?

ރުޝްދީ ފިންލޭންޑް

11 April 2017

ޝުކުރިއްޔާ މޫސާ، އުންމީދު ކުރަން ދަރުބާރު ފެކްޝަނަށް އެއްޗެއް ވިސްނޭނެ ކަމަށް.

The name is already taken The name is available. Register?

ނާނަ

11 April 2017

ކިޔާ ނިންމާފަ އެންމެ ފުރަތަމަ މި ބެލީ ލިޔުން ތެރިޔާ އަކީ ކާކުތޯ. މީ ނޫސް ވެރިކަމަކީ މި ފެންވަރުގެ ލިޔުން ތައް ލިޔެ ރައްޔިތުންނާ ސަރުކާރާ ޢިދި ކޮޅު މެމްބަރުން ހޭލުންތެރިކުރަންވީ. ޑުވަސް ކޮޅެއް ތެރޭ ހެޔޮ ބަދަލެއް ފެނި ޤައުމަށް ހެޔޮ ބަދަލެއް އަތުވެދާނެ ކަންނޭނގެ

The name is already taken The name is available. Register?

ހާސަރު

11 April 2017

މިއީ ނޫސްވެރިން ކޮށްދޭވީ ކަންކަމަކީ ކަންކަން އޮންނަގޮތް ތިހެން ރައްޔިތުންނަށް އޮޅުންފިލުވާދޭންވީ ވަރަށް ބޮޑަށް ޝުކުރިއްޔާ.. އަދިވެސް އެއްވާހަކަ އެބައޮތް ބުނެލަން އެއީ މިހިނގާ ރައްޔިތުންގެ މަޖްލިސްގެ މިފަސް އަހަރު އެބަޖެހޭ ތާރީޚަށްޓަކާ ފިސާރިރަގަޅަށް ޑޮކިޔުމަށްޓް ކުރެވެން، ފަހަށް މަޑުނުކޮށް މިހާރު މިހިގާކަންތައް ދުވަހުންދުވަހަށް ލިޔެ ފަހުން ފޮތެއްގެ ސިފައިގާ ނެރެފި ނަމަ ވަރަށް ވިކޭނެ.

The name is already taken The name is available. Register?

ގަރުނުގެ ބޯޑު ޖޯކު

11 April 2017

އެމެރިކާ ސެނެޓޭ ތޯ؟ ނާ ހަމަ ތެދެއްތަ؟ ކެކެކެކެ! މިހާރު ނިހާނު މީ 'ސެނެޓުގެ މަޖޯރިޓީ ލީޑަރު" އުތަ! ޕަކާސް! އާ ދެން އެމެރިކާނު ސެނެޓު ފެންވަރަށް ހިގާ މަޖިލިސް އެއްދޯ މި އޮތީ ލިބިފަ! ހިސާބަށްވުރެ ބޮޑަށް މީހާ ނުލަފާވީމަ ނުބަލާނެ ކިޔޭ ނުކިޔޭ އެއްޗެއް ދެކޮޅު ޖެހޭތޯ ވެސް. ހިތުންދެން ތިތިބީ މުޅި އުމުރަށް ތި ގޮނޑި ތަކުގަދޯ؟ ގަދަ ބަސް ބުނެފަ ތިހެން އުޅުނު ވަރަށް ގިނަ މީހުންނަށް ވީގޮތް މާދުރު ނޫން މާޒީއަށް ބަލާލީމަ އެބަ ފެނޭ! ޔުއަރ ޑޭސް އާރ ނަމްބަރޑް!

The name is already taken The name is available. Register?

މުޙައްމަދު އަލީ / ކްލަބްހައުސް / ލ. ފޮނަދޫ،

11 April 2017

އެތައްހާސް ގްރެޖުއޭޓުން އަދި ޑޮކްތަރޭޓް ފާސް ނަންގަވާފައިވާ އެތައް ބަޔަކު ތިބި އިލްމީ މީހުން ގިނަ ޤައުމެއްގައި ސަރުކާރު ހިންގުމުގައި ސިޔާސަތު ކަނޑައަޅައި ޤާނޫނު ހަދައި މިނިވަން އެންމެހާ މުޢައްސަސާ އެއް އަދި ޝަރުޢީ ޙުކުމްތަކަށް ނުފޫޒުފޯރުވުމުގައި އެ ފޯރުވާ ފަރާތަށް ލަފާދެނީ މިޤައުމުގައި އަދުރޭ، ނިހާނު، ރިޔާޒް ރަޝީދު، އިލްހާމް ފަދަ މީހުން. މީގެ ތެރޭން ގިނަ މީހުންނަކީ އިނގިރޭސި ބަހުން ލިޔަންކިޔަން ނޭނގޭ، އޯލެވެލް ފެންވަރުވެސް ނެތް ބަޔަކަށް ވުން އެއީ ރައްޔިތުންގެ ކުށެއްނޫންތޯއެވެ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454