ދަރިވަރުންނަށް ނަފްސާނީ ބައްޔާ ގުޅޭ މައުލޫމާތު ދޭން ފެށި މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދަރިވަރުން ބައިވެރިވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
15 އެޕްރީލް 2017 - 11:52
ނަފްސާނީ ބައްޔާއި ދިމާވާ އެކި ކަންކަމާ ކުރިމަތިލާނެ ގޮތް ދަރިވަރުންނަށް ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހެލްތް މިނިސްޓްރީން މިއަދު ފަށައިފި އެވެ.
ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ކުރިއަށްގެންދާ މައުލޫމާތުގެ ދިނުމުގެ މަސައްކަތު ބައްދަލުވުމުގައި އެކި ސްކޫލުތަކުން ވިއްސަކަށް ދަރިވަރުންނާއި ސްކޫލުތަކުގެ 20 އޮފިޝަލުން ވެސް ބައިވެެރިވި އެވެ.
މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު އަރްވީން މާތޫރް ވިދާޅުވީ މާޔޫސް ވުމުން ނުވަތަ ކަމަކާ ކަންބޮޑުވުން ރައްޓެހިންގެ ފަރާތުން އެހީ ހޯދަންޖެހޭނެ ކަމަށެވެ. ކޮންމެ މީހަކީ ވެސް މާޔޫސްކަން ދިމާވެދާނެ މީހެއް ކަމަށާއި ނަމަވެސް، އަމިއްލަ ނަފުސަށް އިތުބާރުކޮށް މަސައްކަތް ކޮށްފިނަމަ އެކަމުން ސަލާމަތްވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދަރިވަރުންނަށް ނަފްސާނީ ބައްޔާ ގުޅޭ މައުލޫމާތު ދޭން ފެށި މައުލޫމާތު ދިނުމުގެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ޑަބްލިއުއެޗްއޯ އިން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު އަރްވީން ވާހަކަދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ނަފްސާނީ ބަލި ތަހައްމަލުކުރާ މީހުންގެ އަދަދު ރާއްޖެ އާއި އެހެން ގައުމުތަކުގައި ވެސް އިތުރުވަމުންދާ ކަން ވެސް އަރްވީން ފާހަގަކުރެއްވި އެވެ.
"އެ ބަލި ތަހައްމަލުުކުރަމުންދާ މީހުންގެ އަދަދު ދަނީ އިތުރުވަމުން. އޭގެ އެއް ސަބަބަކީ އަމިއްލަ ނަފްސު ކުށްވެރިކޮށް، އެއީ މައްސަލައެއް ކަމަށް ގަބޫލުކުރެވުން. އެފަދަ ކަންތައްތައް ކޮންމެ މީހަކަށް ވެސް ދިމާވެދާނެ އެކަމަކު އަހަރެމެން ކުރަންޖެހޭނެ ކަމަކީ އެކަމާ ދެކޮޅަށް ހަނގުރާމަކުރުން،" އަރްވީން ވިދާޅުވި އެވެ.
ދަރިވަރުންނަށް ނަފްސާނީ ބައްޔާ ގުޅޭ މައުލޫމާތު ދޭން މިއަދު ފެށި މައުލޫމާތު ދިނުމުގެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި، ހެލްތާއި އެޑިއުކޭޝަން އަދި ޖަމިއްޔާތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އޭނާ ވިދާޅުވީ ޑިޕްރެޝަނާ ދެކޮޅަށް ހަނގުރާމަކޮށް ބުރަ މަސައްކަތް ކޮށްގެން ދުނިޔޭގައި މަގުބޫލުކަން ހޯދާފައިވާ އެތައް ބަޔަކު އެބަތިބި ކަމަށެވެ. އެމީހުންގެ ދިރިއުޅުމުން މިސާލު ނަގައި އަހަރެމެން މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ)ގެ ޗެއާމަން އާސިމް މުހައްމަދު ވިދާޅުވީ ދަރިވަރުންނަށް ނަފްސާނީ ބައްޔާ ގުޅޭ މައުލޫމާތު ދިނުން ވަރަށް މުހިއްމު ކަމަށެވެ. އޭނާ ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ އިސްކަމެއް ދީގެން ޝީ އިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ހެލްތް މިނިސްޓްރީގެ ބޭފުޅުންނާއި ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ) އަދި އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިންތު
16 April 2017
އޭލެވެލްގެ އިމްތިހާންތައް ހަދާ މުއްދަތަށް ގެނަ ބަދަލާހުރެ ދަރިވަރުންނަށް ނަފްސާނީ ގޮތުން އެއްވެސް އަސަރެއް ކުރިތޯ ބަލާލުން ރަނގަޅު ކަމަށް ފެނޭ!! ބޮޑު ސިލަބަހެއް ކުރު މުއްދަތެއްގެ ތެރޭގަަ ނިންމާލާފަ، ކުރިމަގު އަތްމައްޗަށް ލައިގެން އިމްތިހާނާ ކުރިމަތިލާއިރު، ނަފްސާނީ ގޮތުން ދުޅަހެޔޮކަންމަތީ އެކުދިންނަށް އިމްތިހާން ހެދުމުގެ މަގު ތަނަވަސް ވެފަ އެބައޮތްބާ؟؟؟
ސައީދު
15 April 2017
ރާއްޖޭއަށް ބޭރު ގައުމަކުން ނަމަވެސް ސާލިހު މުސްލިމުން މީހުން ދިރިއުޅެން ދައުވަތު ދޭންވީ. ރާއްޖޭގަ ތިބި މީހުންވަނީ ފެއިލްވެފަ މާޔޫސްވެފަ.
ކާފަ
15 April 2017
ރާއްޖޭގައި ސަލާމަތުން ހުރި މީހަކު އެބަހުރިތަ އެއްބަޔަކު ނަފުސާނީ ބަލީގައި އަނެއްބަޔަކު ސިޔާސީ ބަލީގައި ބާކީ ތިބިމީހުން ކޮރަޕްޝަން ބަލީގައި
އަހުމަދް
16 April 2017
ރަނގަޅު ކިތަންމެ ބަޔަކު އެބަތިބި. މީހުން ޝައުގުވެރިވަނީ ތިބުނާކަހަލަ މިހުންގެ ވާހަކަ ދައްކަން އެކަނެ. އެހެންވީމާ ސާލާމަތުން މީހަކު ހުއްޓަަސް އެނގޭނެ؟
ފަރުހާދުގެ ކޮއްކޮ
15 April 2017
ލޮލަކީ އިންސާނާގެ ރޫހުގެ ކުޑަދޮރޭ ބުނެ އުޅޭ. މާނައަކީ ލޮލަށް މިފެންނަ މަންޒަރު ތަކުން ވެސް ބަލިތައް ފެތުރޭނެ. މިސާލަކަށް މިހާރު މިއުޅޭ ފިރިހެނުން ގަޔަށް ބާރު ފަޓުލޫނު ލާ މަންަޒަރު ފެންނަމުން ގޮސް ބަލިތައް ޖެހޭނެ... އިންސާނާ އެހާ ވެސް ބަލިކަށި.
ފަހުރު
15 April 2017
ވަރަށް ބޮޑު ފާފަވެރިޔަކު ތައުބާވާނެ ގޮތެއް ހޯދަން އިލްމްވެރިން ކައިރިއަށް ދިޔައީމަ އޭނަ އަށް ދިން އިރުޝާދަކީ ސާލިހް މީހުން ތިބި އަވަށަކަށް ހިޖުރަ ކުރަން.
އުމަރު
15 April 2017
ދަރިވަރުންނަށްނޫން ނަސްފާނީ ބަލީގެ މައުލޫމާތު ދޭންވީ، އަޅުގަނޑު ދެކޭގޮތުގައި ދަރިންގެ މައިންބަފައިންނަށް ނަފްސާނީ ބަލީގެ މައުލޫމާތު ދޭންވީ، އަދި ނަފްސާނީ ބަލިޖެހޭގޮތާއި އެކަން ފެށިގެން އަންނަގޮތް ކިޔައިދޭންވީ ބޮޑެތި މީހުންނަށް، އެއީ ބޮޑެތި މީހުންގެ ސަބަބުން ކުދިން ނަފްސާނީ ބަލީގެ ޝިކާރައަކަށް ބަދަލުވަނީ، އަދި ހަމަ ގައިމުވެސް ސިޔާސީ ޕާޓީތަކުގެ މީހުންނަށްވެސް އަދި ކަންކަމުގެ ސަރުކާރުގެ ތެރޭގައި ގޮތްނިންމާ މީހުންނަށާއި ޤާނޫނު ހަދާ މީހުންނަށްވެސް ނަފްސާނީ ބަލިތަކުގެ މައުލޫމާތު ދޭންޖެހޭ
ފަބި
15 April 2017
ހަސަދަ އިން ސަލާމަތް ވާން ދަސްކޮށްދީ.
އަޙްމަދު
15 April 2017
ތިކަމާ ގުޅޭ ގޮތުން ދީނީ ހޭލުންތެރިކަން އިތުރު ކުރުން ވަރަށް މުހިއްމު
ނޯމެންކް
15 April 2017
ދީނީ މައުލޫމާތު މިއަށް ވުރެން ގިނަ ޒަމާނެއް މީހުން ނުދެކޭ. މައްސަލައަކީ އެ ދީނީ މައުލޫމާތު ޑައިޖެސްޓްވެގެން ނުދިޔުން. ޑަޔެބެޓިކް މީހުންނަށް ވާ ގޮތަށް.
ސަމަރޭ
15 April 2017
ދީނީ މައުލޫމާތޭ؟؟ ތިބުނީ 200 ވައިބަރު ގްރޫޕްގެ ވާހަކަ؟؟ ބޭކާރު ޓައިމް ވޭސްޓް. ފުރަތަމަ ކިޔަވަން ޖެހޭނީ އަދަބު. މީހުންނާ ވާހަކަ ދައްކަންވީ ގޮތް، މައިން ބަފައިން ކުރި މަތީގަ ދައްކަން ނުޖެހޭ ވާހަކަތައް، މީހުންގެ ގޭގެއަށް ހުއްދަ ނެތި ނުވަނުން...
ކިޔުންތެރިޔާ767
15 April 2017
ނަފްސާނީ ބަލި އަކީ ރާއްޖޭގައި އެންމެ ހޭލުންތެރިކަން ކުޑަ އަދި އެކަމުގެ ވާހަކަ ނުދައްކާ ބަލި. އެންމެން ކުޑަ ތަންފުކެއްގަ އުޅެން ޖެހުމާއި، ފަގީރުކަމާއި، ވަޒީފާގެ ފުރުސަތު ނެތުމާއި، އާއިލީ މައްސަލަތަކާއި، ސިޔާސީ ފަރާތްތަކުގެ ނުފޫޒާއި، ޒަމާނީ ދިރިއުޅުމުގެ ވައްޓަފާޅި އާއި، މުޖުތަމައުން ދެކޭ ގޮތާއި، އެތައްކަމަކީ ނަފުސާނީ ބަލިމަޑުކަން އިތުރުވާ ކަންކަން. ހާއްސަކޮށް މުޖުތައުއިން ދެކޭ ދެކުން އެއީ ރަގަޅު ކުރެވިފައި ވާ ކަންކަމެއް ނޫން. ހަނގާ ކުރުމާއި، ތަފާތު ކުރުން، ބެހުން، ވަކި ގޮތެއް ވީމަ ނިކަމެތި ކުރުން. މިކަންކަން ރަގަޅު ކުރުމަށް އެއްވެސް ކަމެއް ކަމާބެހޭ ފަރާތްތަކުން ނުކުރޭ. ނަފްސާނީ ބައްޔަކީ އެޔޭ މިޔޭ ކިޔާދިނަސް އެކަން ނުހުއްޓުވޭނެ މުޖުތަމައުއިން އެކަންކަން މެދުވެރި ކުރުވާ ސަބަބުތައް ނައްތާ ނުލެވެނީސް.
ފަރޯ
15 April 2017
ސާލިހް މީހުން މުޖުތަމައު ގަ ނެތީއްޔާ، އެގައުމެއް ނުވަތަ އަވަށެއްގެ މީހުން ވަރަށް މާޔޫސްކަމާ ކުރިމަތިލާން ޖެހޭނެ. އައްޑޫ އަތޮޅު ހިތަދޫ ގެ ވަކި ހިސާބެއްގަ ހިޔުމިޑިޓީ ދަށްވާނެ، މަދިރި ނޫޅޭނެ. މީހުންވެސް ތަންކޮޅެއް މައިތިރިވެފަ ތިބޭނީ. އެހެން ހިސާބުތަކުގަ ހީވާނީ "ރޫހާނީ ހުސްކަމެއްގެ" ތެރޭގެ އުޅޭ ނޯތް ކޮރެޔާގަ އުޅެވެނީހެން. ސަބަބު ދީރާސާކޮށްލާ.
ނިޒާމް
15 April 2017
ދެން މިދުނިޔޭގެ އުޅެންނާ ކޮންމެވެސް ވަރެއްގެ އުނދަގޫތަކާ،ފަގީރުކަމާ ކުރިމަތިލާން ޖެހޭނެ. ދުވާލަކު 4 ފަހަރު ކަނޑުމަސް ނުކެވުނީމަ ވެސް ފަގީރު ކަމޭ ކިޔޭނެތަ؟ މި ދެކެވެނީ އެހެން މައުލޫއެއްގެ ވާހަކަ. ރޫހާނީ ހުސްކަމުގެ ވާހަކަ.