ޚަބަރު / މެމްބަރު ގާސިމް އިބްރާހިމް (މާމިގިލި)

ގާސިމް ހައްޔަރު ކުރުމަކީ ސިޔާސީ މަރުގެ ސެޓްފިކެޓްގައި ސޮއިކުރުން: އުމަރު

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހައްޔަރު ކުރުމަކީ ސިޔާސީ ގޮތުން އަމިއްލަ އަށް މަރުވުމުގެ ސެޓްފިކެޓްގައި ސޮއިކުރުން ފަދަ ކަމެއް ކަމަށް މި ސަރުކާރުގެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ރޭ ދަންވަރު މ. މާފަންނު ވިލާ އަށް ވަދެ، ގާސިމް ހައްޔަރުކޮށްފަ އެވެ. މިއީ ރިޝްވަތު ދިނުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރި ދެ ވަނަ ފަހަރެވެ. ފުރަތަމަ ހައްޔަރުކުރީ ޕްރޮސެކިއުޓަ ޖެނެރަލްގެ ބަހެއް ނެތި ކަމަށް ވާތީ، ހައި ކޯޓުން އޭނާ ދޫކޮށްލުމުން، މިފަހަރު ކްރިމިނަލް ކޯޓުން އަމުރު ނެރުނީ ޕީޖީ އައިޝަތު ބިޝާމް އެކަމަށް އެދިވަޑައިގަތުމުންނެވެ.

ގާސިމް ހައްޔަރުކުރުމުން ސިޔާސީ އިދިކޮޅު ބައެއް ބޭފުޅުން ގެންދަވަނީ އެކަމާ ދެކޮޅަށް ޚިޔާލު ފާޅުކުރައްވަމުންނެވެ. އެގޮތުން އުމަރު ވިދާޅުވީ ގާސިމް ހައްޔަރުކޮށްގެން މިހާތަނަށް އެއްވެސް ވެރިޔަކު ދެވަނަ ފަހަރަށް ރައީސް ކަމަށް އިންތިޚާބުވެފައި ނުވާ ކަމަށެވެ. އެހެންވެ، މިއީ ސިޔާސީ ގޮތުން އަމިއްލަ މަރުގެ ސެޓްފިކެޓްގައި ސޮއިކުރުން ފަދަ ކަމެއް ކަމަށް، ރައީސް އަބްދުﷲ ޔާމީނަށް ނިސްބަތްކުރައްވާ، އޭނާ ވިދާޅުވި އެވެ.

އުމަރު އެގޮތަށް ޓްވީޓްކުރެއްވި އިރު، 2008 ގެ ރިޔާސީ އިންތިޚާބުން ބަލިވެވަޑައިގެންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގަ އާއި 2013 ގެ އިންތިޚާބުގައި ނާކާމިޔާބާ ކުރިމަތިވެވަޑައިގެންނެވި މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް ގާސިމް ހައްޔަރުކުރި އެވެ.

ގާސިމް ހައްޔަރުކުރުމާ ގުޅިގެން މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ނަޝީދު ވަނީ ބައިނަލްއަގުވާމީ މުޖުތަމައުން ފިޔަވަޅު އަޅަން ގޮވާލައްވައިފަ އެވެ. އަދި ގާނޫނާ ޚިލާފަށް ގާސިމް ހައްޔަރުކުރުމަކީ ރާއްޖޭގެ އިތުރުން އިންޑިއާ ކަނޑުގެ ހަމަޖެހުމަށް ވެސް އަސަރުކުރާނެ ކަމެއް ކަމަށް އެމަނިކުފާނުގެ ޓްވީޓްގައި ވިދާޅުވި އެވެ.

ގާސިމްގެ ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ އާއި ރައީސް މައުމޫންއާ އެކު ބައިވެރިވެ، ސަރުކާރާ ދެކޮޅަށް މިހާރު މަސައްކަތްކުރަމުން އަންނަ އަދާލަތު ޕާޓީން ބުނީ ސިޔާސީ ވާދަވެރިންނަށް ފުރުސަތު އޮންނަން ޖެހޭނެ ކަމަށެވެ. އޭގެ އިތުރުން ގާސިމް ވަގުތުން ދޫކޮށްލަން ވެސް އެ ޕާޓީން ވަނީ ގޮވާލައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވި ގޮތުގައި ގާސިމް ހައްޔަރުކޮށް، މުއްދަތު އިތުރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކޯޓުން ކުރިން ކަނޑައަޅާފައި އޮއްވާ އަނެއްކާވެސް އެ އަމަލް ހިންގި ފަރާތްތަކުން ލަދުވެތިވާން ޖެހޭނެ އެވެ.

ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމަށް އިދިކޮޅު ފަރާތްތަކުން އުފައްދާފައިވާ ކޯލިޝަންގެ އެންމެ އިސް ވެރިންގެ ތެރެއިން މާލޭގައި ހަރަކާތްތެރިކަމާ އެކު އުޅުއްވާ ހަމައެކަނި ލީޑަރު ގާސިމް ދެވަނަ ފަހަރަށް ހައްޔަރުކުރިއިރު، އޭނާގެ މައްޗަށް ތިން ދައުވާއެއްކޮށް މި މަހުގެ 13 ގައި ވަނީ ޝަރީއަތް ވެސް ފަށައިފަ އެވެ. އެ ޝަރީއަތުގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ އާދިއްތަދުވަހު އެވެ. އެންމެ ފަހުން ކުނޫޒުގައި އޮތް ޖަލްސާގައި ގާސިމް ވިދާޅުވީ ހައްޔަރުކުރިޔަސް ގައުމު އިސްލާހުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.

"އަޅުގަނޑުގެ ހުރި އެއްޗެއް ވިއްޔާ ނެގިދާނެ. ނަންގަވާ ނަންގަވާ. ހުސްވަންދެން ވެސް ނަންގަވާ. ހުންނާނީ ފެންނަ ގޮތަށް، ދިވެހި ރައްޔިތުންނަށް ފެންނަ ގޮތަށް. އަވަހަށް ނަންގަވާ، އަވަސް ކުރައްވާ. އެވަރުން ވެސް ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާތޯ ބައްލަވާ އަޅުގަނޑު ޖަލަށް ނުގެންގޮސް،" ރައީސް ޔާމީނަށް ނިސްބަތް ކުރައްވައި ގާސިމް ވިދާޅުވި އެވެ.

"މަރާލައްވާ އިނގޭތޯ. މަނިކުފާނަށް ކުރެވިދާނެ. އޭކޭ 47 ގެނެސް މަގޭ ގަޔަށް ޖެހިދާނެ. މި އަޒުމެއް ނުގުޑާނެ."

32 ކޮމެންޓް, 170 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 5%
icon angry icon angry 82%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހުމަދު

21 April 2017

އުމަރުބޭ ކޮބާ ކޮމާންޑް ސެންޓަރުންތަ ތި ޓްވިޓްކުރެއްވީ، އަވަހަށް ހަރުގަނޑު ކޮޅެއް ހޯދާފަ ބަހައްޓާ ގާސިމް ސަލާމަތް ކުރަންދާން. އުމަރުމެން މިގައުމު ހަލާކުކުރީ. ހުރިހާ ޒިންމާއެއް އުމަރުމެން ނަގަންޖެހޭ. ދެންވެސް ކޮމާޑް ސެންޓަރުން ބޭރަށް ނިކުމެ އަމަލުން އެކަން ދައްކަބަލަ.

The name is already taken The name is available. Register?

ައަލްކަމިސްޓް

21 April 2017

ކަލޭވަރުގެ ތުއިކޮށް ކޮމެންޓްކުރާ މީހަކު ނޫޅޭ މިތާކު. އެހެންމީހުންގެ ސަމާލުކަން ހޯދަންވެގެން އަނގައޮރިއޮރިއަށް ދަމާފަ އިނގިރޭސިންނާ ތަމަޅައިންނާ ސްކްރީލެކްސްގެ ލަވަތަކުގަ ހުންނަކަހަލަ ބީޓު ޖައްސާފަ ކޮމެންޓްކުރާއިރު އެއްގޮތް 13 އަހަރުގެ އަންހެންކުއްޖެކޭ. ތިމާގެ ހުރި ރަނޑުކަންފިލުވަބަލަ ފުރަތަމަ. ކަލޭތީ ޕޕމ މީހުންނަށްވެސް ހުރި ބޮޑު ލަދެއް.

The name is already taken The name is available. Register?

ޑޯން

21 April 2017

ކާކުވާހަކަ...

The name is already taken The name is available. Register?

އިޚްލާސް

21 April 2017

ސަރުކާރާ ދެކޮޅަށް ނުވަތަ ސަރުކާރު ވައްޓާލުމަށް އިދިކޮޅު ފަރާތްތަކުން ކުރާކަންތައް ތަކުގެ ދިފާއުގައި އެއިރެއްގައި އޮން ސަރުކާރަކުން އެ ސަރުކާރުގައި ބާރުއޮތް މިންވަރަކުން ކަންތައްތައް ދަނީ ކުރަމުންނެވެ. މިއީ ޑިމޮކްރަސީ އޮންނަ ހުރިހާ ޤައުމެއްގައިވެސް ކުރަމުންދާ ކަންކަމެވެ. އެކި ޤައުމަތުކުގައި ކަންކަން ކުރަނީ އެކިގޮތްގޮތަށެވެ. ޑިސްލައިކް ކުރަން ހަމަޖައްސާފައިވާ ބޭފުޅުން މިއަށް ޑިސްލައިކް ކުރެއްވިއަސް އަޅުގަނޑަށް މަސްލައެއްނެތެވެ. މީއީ ފެންނަން އޮތް ހަޤީގަތެވެ.

The name is already taken The name is available. Register?

ޏަމަޏަމަ

21 April 2017

ޤާނޫނީ ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި އޮނަރަބަލް ޤާސިމް ހައްޔަރުކުރަން ލަދުނުގަންނަނީ ކީއްވެތޯ؟ 23 ދުވަސް ވަންދެން ލޮނުޒިޔާރަތް ކޮޅުގައި ޔާމީނު ވެސް ހިމެނޭގޮތަށް އެކުރި މުޒާހަރާ ތަކަކީ ވެރިކަން ވައްޓާލަން ކުރި ހަޑި މުޑުދާރު ޢަމަލެއް ނޫންބާ؟ ތިޔަހެން އުޅުނީމަ ބުރާނީ ގަޔަށް ނަޖިސް....

The name is already taken The name is available. Register?

ފާށަނާ

21 April 2017

އުމަރުމެން އަނގަ ނުތަޅުވަފާނަންތަ، މި ނުބައި ނުލަފާ ވެރިކަން މިގައުމަށް އުފަންކުރުވީވެސް ތިޔަ އުމަރާ ޤާސިމާ ދެންވެސް ތިބިއްޔާ ތިބިބަޔަކުނު. މިހާރު ކަރުގައި ލާ ރަހަ ވަރައް ހިތިދެއްތ؟ ޮ

The name is already taken The name is available. Register?

ސުކުދުކު

21 April 2017

އބައަކު ފޭހުނު އިލޮށިގަނޑު އެބައެއްގެ ލޮލަށް ހެރޭނެ. ބަޣާވާތްކުރި ކުދީންނަށް ވެދުން.

The name is already taken The name is available. Register?

ސަމްތިނގް

21 April 2017

ނެއްތަ ވިއްކާ ހަރުގަނޑެއް.ހަރުގަނޑު ވިއްކަން ހުރިތަނެއް އިނގިލައްވާތޯ

The name is already taken The name is available. Register?

އަހުމަދު

21 April 2017

ނަޝީދު ޔޫކޭގައި ހުރެގެން މައުމޫން، އަބްދުލްﷲ ރިޔާޒް ، ފާރިޝް އަދި މިނޫންވެސް ފެބްރުއަރީ 7 ގެ ފަހުން ބާޢީންގެ ގޮތުގައި އެމްޑީޕީ އިން ބަލަމުންގެންދިޔަ އެންމެން ބޭނުންކޮށްގެން ސިޔާސީ ފައިދާ ހާސިލް ކުރަނީއެވެ. ނަޝީދު ހުރީ އަރާމުގައި ޔޫކޭގައެވެ. ހަތުރުން މިތުރުންނަށް ހަދައިގެން ވެރިކަމާއި ތޮޅެން މިކުރާ މަސައްކަތް ބަލަން ދިވެހިން ތިބީ ހޭލައެވެ.

The name is already taken The name is available. Register?

ދަލޭކަ

21 April 2017

ނޫނޭ! ނިދާފައި ތިބި ބަޔަކު ވެސް އެބަ އުޅޭ!

The name is already taken The name is available. Register?

ެ އިންކަމް

21 April 2017

ޖުހާއަށް ވެރިކަންލިބުނީމާވެސް ކަންތައްކުރަންނޭގިގެން އުޅުނީމިހެން . .

The name is already taken The name is available. Register?

ނަތަން

21 April 2017

ގާސިމްގެންދިޔައީ ފިޒިއޮތެރެޕީ އެއްހަދަންވެގެން އެކަން ނިމުނީމަ ގެޔަށްދާނެ!

The name is already taken The name is available. Register?

އަލީ

21 April 2017

ކޮމާންޑް ސެންޓަރު އަނެއްކާ ހުޅުވުނީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454