ރިޕޯޓް / ބިދޭސީ ޓީޗަރުން

ދަރިވަރުންގެ ލޯތްބާ އެކު އުމުރުގެ ބޮޑު ބައި ރާއްޖޭގައި

ކުމާރު (ކ) އާއި ޖޮނީ "މިހާރު"އާ ވާހަކަ ދައްކަނީ: 20 އަހަަރަށް ވުރެ ގިނަ ދުވަހު އެ މީހުން ވަނީ އަމީނިއްޔާގައި ކިޔަވައިދީފައި-- ފޮޓޯ: ހުސެން ވަހީދު/ މިހާރު

އެ މީހުން ބުނާ ގޮތުން މާލޭގެ ކޮންމެ އިދާރާއަކަށް ދިޔަޔަސް އެ މީހުން ކިޔަވައިދިން ދަރިވަރަކާ ދިމާވެ އެވެ. "ސާ" އޭ ކިޔާފައި މަގުމަތިން މީހަކު ގޮވާނުލާ ދުވަހެއް މަދު ވާނެ އެވެ. އަމިއްލަ ގައުމާއި އާއިލާ ދޫކޮށްލާފައި ރާއްޖޭގައި އުޅޭތާ އެތައް އަހަރެއް ވީ ނަމަވެސް، އެ ބީރައްޓެހިކަން އެ މީހުންނަށް އިހުސާސް ނުވަނީ މި ސަބަބާ ހުރެ އެވެ.

މާލޭގެ އެންމެ ދުވަސްވީ އެއް ސްކޫލު ކަމަށްވާ އަމީިނިއްޔާ ސްކޫލުގެ ބަޔޮލޮޖީ ޓީޗަރު ޖޮނީ ތޯމަސް އެ ސްކޫލުގައި ކިޔަވައިދޭތާ 23 އަހަރު ވެއްޖެ އެވެ. މިއީ އެ ސްކޫލުގައި ހުރި އެންމެ ގިނަ ދުވަސް ވީ ބިދޭސީ ޓީޗަރެވެ. ބަޔޮލޮޖީ އެހެން ޓީޗަރެއް ކަމަށްވާ އެސްކޭ އެންތޮނީ އާއި އިކޮނޮމިކްސް ޓީޗަރު އެމް ކުމާރު އެ ސްކޫލުގައި ކިޔަވައިދޭތާ ގާތްގަނޑަކަށް ވިއްސަކަށް އަހަރު ވެއްޖެ އެވެ.

ކުރިން މި ޓީޗަރުން ކިޔަވައިދޭން ސްކޫލަށް އަންނަނީ އޭރު މާލޭގައި ގިނަ ބަޔަކު ދުއްވި ބޮޑެތި އުސް ބައިސްކަލުތަކުގަ އެވެ. މޮޓޯ ސައިކަލުތަކުން މާލެ ތޮއްޖެހުނު އިރު ވެސް މި ޓީޗަރުންގެ ބައިސްކަލްތަކަށް ބަދަލެއް ނާދެ އެވެ. ޒަމާނާ ނުގުޅުނު ނަމަވެސް، އެ ބައިސްކަލުތަކުގައި ޓީޗަރުން ފެންނައިރު އެއީ "މަގޭ ޓީޗަރޭ" ދަރިވަރުން ބުނެލަނީ ފަހުރުވެރިކަމާ އެކު އެވެ.

އަމީނިއްޔާގައި ބަޔޮލޮޖީ ކިޔަވައިދޭތާ 19 އަހަރު ވެފައި އެންތޮނީ: އޭނާ ވަނީ އެތައް ހާސް ދަރިވަރުންނަށް ކިޔަވައިދީފައި-- ފޮޓޯ: ހުސެން ވަހީދު/ މިހާރު

މިކަން މި ހުރިހާ ޓީޗަރުން ވެސް ފާހަގަކުރެ އެވެ.

ނައިޖީރިއާގައި 15 އަހަރު ކިޔަވައިދިނުމަށް ފަހު 1994 ގައި އަމީނިއްޔާ ސްކޫލާ ގުޅުނު ފަހުން މިހާތަނަށް 7،000 އަށް ވުރެ ގިނަ ކުދިންނަށް ޖޮނީ ވަނީ ކިޔަވައިދީފަ އެވެ. ކޮންމެ އަހަރަކުހެން އެ ޓީޗަރުންނަށް އާ ދަރިވަރުންތަކަކާ ބައްދަލުވާއިރު، އެއިން ކޮންމެ ކުއްޖަކު ވެސް އަމީނިއްޔާއާ ވަކިވަނީ ޓީޗަރުންނަށް އާ ހަނދާންތަކެއް ދީފަ އެވެ.

"އެކަމަކު އެއިން ގިނަ ކުދިން އަދިވެސް ގުޅުން ބާއްވާ. ފެންނަ ކޮންމެ ފަހަރަކު ގޮވާލާ ހަދާނެ. ކިތަންމެ ގިނަ ދުވަހެއް ވިޔަސް އެ ކުދިން އަޅުގަނޑުމެން މަތިން ހަނދާން ނުނެތޭކަން އެނގުން އެއީ ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުން،" ޖޮނީ ބުންޏެވެ.

އެހާ ގިނަ ކުދިންތަކަކަށް ކިޔަވައި ދިން ނަމަވެސް އެއިން ކޮންމެ ކުއްޖަކު ފެނުނަސް މިހާރު ވެސް އެނގޭ ކަމަށް އޭނާ ބުންޏެވެ. އެކަމަކު ގިނަ ފަހަރަށް ނަމެއް ހަނދާނެއް ނުހުރެ އެވެ.

ޖޮނީ އޭނާގެ ބައެއް ދަރިވަރުންނާއެކު 1995ގައި ނަގާފައިވާ ފޮޓޯއެއް: އޭނާ ރާއްޖޭގައި ކިޔަވައިދޭތާ 23 އަހަރު ވެއްޖެ--

އަރަބި ދެ ގައުމެއްގައި ކުރިން ކިޔަވައިދިނުމަށް ފަހު ރާއްޖެ އައި ކުމާރު ބުނިގޮތުގައި ރާއްޖޭން އޭނާއަށް އެންމެ ބޮޑަށް ފާހަގަކުރެވުނީ ދަރިވަރުންގެ ލޯތްބެވެ.

"އެއް ދުވަހު އަޅުގަނޑު މަގުމަތިން ދަނިކޮށް، ކުޑަކުއްޖަކު އުރަށް ޖަހައިގެން ހުރި އަންހެން ކުއްޖަކު ސާއޭ ކިޔާފައި މަގު ހުރަސްކޮށް ދުއްވައިގެން އިރު، ކިރިޔާ މަގުމަތިން ދިޔަ ދުއްވާ އެއްޗެއްގައި ނުޖެހުނީ. އެ ކުއްޖާ އައުމުން އަޅުގަނޑު އޭނާއާ ދިމާއަށް ހަޅޭއްލަވައިގެންފިން ކީއްހޭ ތިކުރަނީ ކިޔާފައި،" ކުމާރު ކިޔައިދިނެވެ.

"އެކަމަކު އެއަށް އަޅާނުލައި ވަރަށް ބޮޑަށް ހެވިފައި ހުރެގެން އެހީ ސާއޭ އަޅުގަނޑު އެނގިއްޖެހޭ."

އެންތަނީ ބުނިގޮތުގައި ކިތަންމެ ދުވަހެއް ވިޔަސް ދަރިވަރުން ޓީޗަރުންގެ މަތިން ހަނދާން ނުނެތޭ ކަން އޭނާއަށް އިހުސާސްވީ އިންޑިއާއިން ރާއްޖެ އައި ދަތުރެއްގައި އޭނާގެ ޕާސްޕޯޓުގައި ތައްގަނޑު ޖަހަން އިން އިމިގްރޭޝަން އޮފިސަރު ތިއީ ތިމަންނަގެ ޓީޗަރޭ ބުނެ ތައާރަފްވުމުންނެވެ.

މިއިން ކޮންމެ ޓީޗަރަކު ވެސް ދަރިވަރުންގެ ވާހަކަ ކިޔައިދެނީ އުފަލާއި ފަހުރުވެރިކަމާ އެކު އެވެ.

ކުމާރު: ރާއްޖޭގެ ހުރިހާ ކަމެއް ވެސް އޭނާއަށް ކަމުދޭ

ޖޮނީ ބުނިގޮތުގައި އޭނާ ރާއްޖޭގައި ހޭދަކުރި ދިގު މުއްދަތުގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވެނީ އޯލެވެލް އިމްތިހާނުން ފުުރަތަމަ ފަހަރަށް ރާއްޖޭގެ ދަރިވަރަކު ދުނިޔޭން އެއް ވަނަ ހޯދުމެވެ. މީގެ 11 އަހަރު ކުރިން، ހ. ބޮކަރުމާގޭ ފާތުމަތު ނާޒިޔާ އަބްދުﷲ ބަޔޮލޮޖީން ދުނިޔޭން އެއް ވަނަ ހޯދި އިރު، އޭނާއަށް އެ މާއްދާ ކިޔަވައިދިނީ ޖޮޮނީ އެވެ. ނާޒިޔާ ކިޔެވުމަށް ބެހެއްޓި ޝައުގުވެރިކަމާއި އޭނާ ކިޔެވި ގޮތް ޓީޗަރު ވަނީ އެހެން ގައުމުތަކުގެ ސްކޫލުތަކަށް އޭނާ ތައްޔާރުކުރި ކަރިކިއުލަމްގައި ވެސް ހިމަނާފަ އެވެ.

"ހަމައެކަނި ނާޒިޔާއެއް ނޫން. މިހާރު ވެސް އަޅުގަނޑު ކިޔަވައިދިން ކުދިން އެކިއެކި ޕްރޮފެޝަންތަކުގައި ރަނގަޅު ވަޒީފާގައި ތިބޭތަން ފެންނަ އިރު ވަރަށް ފަހުރުވެރިިވޭ،" އޭނާ ބުންޏެވެ.

ރާއްޖެ އައި ފުރަތަމަ ދުވަސްކޮޅު އެ މީހުންނަށް ދިވެހިންގެ މާހައުލަށް ހޭނެން ވަގުތު ނެގި ނަމަވެސް، ހޭނުމަށް ފަހު ރާއްޖޭގެ ހުރިހާ ކަމެއް ދެކެ އެ މީހުން ލޯބިވި އެވެ. ދިވެހި ކެއުމާއި އިސްލާމް ދީނުގެ އުސޫލުތައް ވެސް ރީތިވި ކަމަށް އެ ޓީޗަރުން ބުންޏެވެ.

ޖޮނީ "މިހާރު"އާ ވާހަކަ ދައްކަނީ: އަންނަ އަހަރު އޭނާ ރިޓަޔާ ކުރާނެ -- ފޮޓޯ: ހުސެން ވަހީދު/ މިހާރު

ކުމާރު ބުނިގޮތުގައި އޭނާ ރާއްޖެ އައިއިރު، މާލޭގައި ތަޅުން އަޅާފައި އޮތީ ހަމައެކަނި ދެތިން މަގެއްގަ އެވެ. އެކަމަކު މިހާރު މާލެއަށް ބޮޑު ތަރައްގީއެއް އައިސް، ދިރިއުޅުމަށް ބޮޑު ބަދަލުތަކެއް ގެންނަން ޖެހުނު ނަމަވެސް ރާއްޖެއަށް ޖެހިފައިވާ ލޯތްބަކުން، އެކަން މާ ބޮޑަށް އިހުސާސް ނުވާ ކަމަށް ބުންޏެވެ.

"ކުޑަ ދުވަސްކޮޅެއް ނަގާނެ ދިވެހި އެއްޗެހި މީރު ވާން ވެސް. އެކަމަކު ކާން ފެށީމަ މިހާރު ވަރަށް މީރު،" ކުމާރު ބުންޏެވެ.

ޖޮނީ ބުނިގޮތުގައި ރާއްޖޭގެ ވާހަކަ އިންޑިއާގެ ބައެއް މީހުން ކައިރީ ބުނުމުން އެ މީހުން ހީކުރަނީ އެއީ މަލިކު ފަދަ އިންޑިއާގެ ރަށެއްގެ ވާހަކަ ކަމަށެވެ. އެހެންވެ، އޭނާ އަންނަނީ އިންޑިއާގައި ހާއްސަ ކްލަބެއް އުފައްދައި، އެ ގްރޫޕުގެ މެމްބަރުން ރާއްޖެ ގެނައުމުގެ މަސައްކަތްކުރަމުންނެވެ.

އެ ޓީޗަރުންނާ އެކު އެ މީހުންގެ އާއިލާގެ މެމްބަރުން ވެސް އެތައް ފަހަރަކު ރާއްޖެ ވަނީ އައިސްފަ އެވެ.

އެންތޮނީ ރާއްޖެ އައި އިރު އަމީނިއްޔާގައި ގްރޭޑް ހައެއް ވެސް އޮވެ އެވެ. އެހެންވެ، އޭނާ އަކީ އަމީނިއްޔާގެ ގްރޭޑް 6-10 އަށް ކިޔަވައިދިން ޓީޗަރުންގެ ތެރެއިން މިހާރު ހުރި ހަމައެކަނި ބިދޭސީ ޓީޗަރެވެ.

އެންތޮނީ ބުނިގޮތުގައި އެންމެ ކުރި އާއި މިހާރުގެ ދަރިވަރުންގެ ދެމެދުގައި ހުރި އެންމެ ބޮޑު ތަފާތަކީ ދަރިވަރުންގެ އިންޓެލިޖެންސް އެވެ. މިހާރު ދަރިވަރުން ކްލާހަށް އަންނައިރު އެ ފިލާވަޅަކާ ގުޅޭ ގޮތުން ގިނަ އެއްޗެހި އެނގޭ ކަމަށާއި ސުވާލު ވެސް ގިނައިން ކުރާ ކަމަށް ބުންޏެވެ. އެހެންވެ، ޓީޗަރުން ވެސް އެއާ އެއްވަރަށް ތަރައްގީވާން ޖެހޭކަން އޭނާ ފާހަގަކުރި އެވެ.

"މިހާރު"އާ ވާހަކަ ދެއްކި ތިން ޓީޗަރު ވެސް ވަނީ އެ މީހުން ރާއްޖޭގައި ހޭދަކުރި ދުވަސްތަކުގައި އަމީނިއްޔާގެ މެނޭޖްމެންޓުން ބެހެއްޓި ގާތްކަމަށް ޝުކުރު އަދާކޮށްފަ އެވެ. އެކަމަކު ރާއްޖޭގެ ތައުލީމީ ދާއިރާގައި ތަފާތުކުރުންތަކެއް ހުރިކަން ފާހަގަކުރި އެވެ.

އެގޮތުން ކިޔަވައިދިނުމުގައި އެހާ ގިނަ ދުވަސް ވެފައިވާ ޓީޗަރުންނާއި އަލަށް ގުޅޭ ޓީޗަރުންގެ މުސާރަ އެއްވަރުވުން ފަދަ ކަންކަން ހިނގާ ކަމަށް އެ މީހުން ބުންޏެވެ.

ކިޔަވައިދިނުމުގައި ރާއްޖޭގައި 23 އަހަރު ހޭދަކުރުމަށް ފަހު، ވަޒީފާއިން އަންނަ އަހަރު ރިޓަޔާވެ ޖޮނީ އެނބުރި އިންޑިއާއަށް ދާނެ އެވެ. މިއީ އޭނާ ކިޔަވައިދިން އެތައް ހާސް ދަރިވަރުންނަށް ލިބޭނެ ހިތާމަވެރި ހަބަރެކެވެ. އެކަމަކު އެ ޓީޗަރު ރާއްޖެއާ ވަކިވަނީ އެތައް ދިވެހި ދަރިވަރުންނަށް އުފާވެރި ހަނދާންތަކެއް ދިނުމަށް ފަހު އެވެ.

27 ކޮމެންޓް, 250 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 8%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގަޮައްޔެ

25 July 2017

ޢަސްލު ވެސް އަހުމަދިންޔަަރ ގެވަަަަަަރހަކަ ގެނެސްދިިިި

The name is already taken The name is available. Register?

ނިޙޫ

02 May 2017

ވަރަށް ލޯބިވޭ ހުރިހާ ޓީޗަރުން ދެކެ ވެސް .. ވަރަށް މިސްވެސް ވެ :(

The name is already taken The name is available. Register?

އަހުމަދު ޒާހިރު

30 April 2017

މި ލިޔުންކޮޅު މަގޭ ހަޔާތުގެ އެންމެ އުޖާލާ ދުވަސްތަށް މަތިން ހަނދާންކޮށްދީފި. އަހުމަދިއްޔާ ސްކޫލްގެ ޓީޗަރުންގެ ވާހަކަ މިގޮތައް ގެނެސްދެއްވާނެކަމަށް އުއްމީދު ކުރަން. ވަރަށް ބޮޑަށް ޝުކުރިއްޔާ ޝިފްލީން

The name is already taken The name is available. Register?

ކުޑަހުވަދޫ

30 April 2017

އަހަރެމެން ރަށަށް ކިޔަވައިދޭން ދިޔަ ފުރަތަމަ ބިދޭސީ ޓީޗަރު އެއީވެސް އަހރެމެން ކުރިމަތީގަ ރަން މުތެއްހަމަ ދުވަސް ގަނޑަކަށް ފަހު ސްކޫލޫގެ އަހަރީދުވަހުގެ ހާއްސަ މެހެމާނަކަށް ރަށުގެ ރައްޔިތުން އެޓީޗަރު ގެނެސްގެން ގެންގުޅުނީ ރަސްގެފާނަކަށްވުރެ މަތީ ދަރަޖަ ދީގެން އޭނަ އުފަލުން ރޮމުން ރަށުން ފައިބަގެން ދިޔައީ އެއީ އަހަރެމެން ނަށް ރެސްޕެކްޓް ކުރި އަދި އަހަރެމެންނަށް ރެސްޕެކްޓް ކުރަން ދަސްކޮށްދިން މީހަކީ އަހަމެން ރަށު ހުރިހާ އެންމެން އެންމެ ލޯބިވާ ފައުޒީ ސަރ

The name is already taken The name is available. Register?

އަދިކިރިޔާ

30 April 2017

ނިއުސް ވެރިކަން އެބަ ރަނގަޅުވޭ.

The name is already taken The name is available. Register?

އޯލްޑްގޯލްޑް

29 April 2017

އަމަރެސޭނާ، މިސިޒް ޖޯރޖް، ސްވާމްޕިއްލޭ، ޑެސަނަޔަކަ، މިއީ މަޖީދިއްޔާ މުސްކުޅި ދަރިވަރަކަށް ވީތީ އަހަރެން ހިތަށް އައި ނަންތަކެކެވެ. އެތަކެއް ޒަމާންތަކެއް ވަންދެއް ޚިދުމަތްކޮށްދިން ޓީޗަރުންތަކެކެވެ.

The name is already taken The name is available. Register?

ށީ

29 April 2017

ކޮބާ މރ. ޕީރިސް.... މިހާރު ބިލަބޮންގ ގައި ކިޔަވާދެއްވާ ވ. ހެޔޮ ޓީޗަރެއް. މި ހުރިހާ ޓިޗަރުންނަށް ވުރެ ގިނަދުވަސްވެފަ ހުންނާނީ ރާއްޖެއަށް ޚިދުމަތް ކުރާތާ.

The name is already taken The name is available. Register?

ރިފޫ

29 April 2017

ކޮބާ އަހުމަދިއްޔާގެ އަހަރެމެންގެ ސަސީ ސޯ އާ ސިނޭ ސޯ ގެ ވާހަކަ. އަޅެ އެ ދެޓީޗަރުންގެ ވާހަކަވެސް ގެނެސްދީބަލަ.

The name is already taken The name is available. Register?

ޝަޢުޤް

29 April 2017

މި ލިޔިން ކިޔާލީ ވަރަށް ޝަޢުޤުވެރިކަމާ އެކީގަ އެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. ހިތަށް ވަރަށް ހަމަޖެހުން ލިބިއްޖެ އެވެ.

The name is already taken The name is available. Register?

ސައްޕު

29 April 2017

ހަގީގަތުގައިވެސް ރަގަޅު، ހިތްހެޔޮ ޓީޗަރުންދެކެ، މައިން ބަފައިންނާ އެއްވަރަށް ލޯބިވޭ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454