ޔާމީނަށް އިންސާފު ހޯދައިދޭން އާއިލާ އާއި އެކުވެރިން ބޭއްވި ހަރަކާތެއްގައި އޭނާގެ ބައެއް ޓްވީޓްތަައް ހިމަނައިގެން ހަދާފައިވާ ޕޯސްޓަރުތަކެއް -- ފޮޓޯ: ނިޝާން އަލީ/ މިހާރު
11 މެއި 2017 - 12:22
ރަހުމުކުޑަ ގޮތަކަށް މަރާލި ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އާއިލާއިން އދ.އަށް ހުށަހަޅައި، އެކަމުގައި ކުރަން ޖެހިދާނެ ހޭދައަށް މާލީ އެހީ ހޯދަން ފަށައިފި އެވެ.
ޔާމީންގެ މަރުގެ މިނިވަން ތަހުގީގެއް ހިންގައި ދިނުމަށް އެދި އދ.ގެ ހަތަރު މަންދޫބަކަށް އާއިލާއިން މިއަދު ވަނީ ހުށަހަޅާފަ އެވެ. އެއީ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަންދޫބާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ރައްކާކުރުމާ ބެހޭ މަންދޫބާއި ދީނީ މިނިވަންކަމާ ބެހޭ މަންދޫބާއި އިންސާނީ ހައްގުތައް ދިފާއުކުރުމާ ގުޅޭ މަންދޫބަށް އާއިލާއިން ހުށަހެޅި "އާދޭހު"ގައި އެދިފައިވަނީ ވީހާވެސް އަވަހަކަށް ޔާމީންގެ މަރުގެ ތަހުގީގެއް ފަށައި ދިނުމަށެވެ.
ބަައިނަލްއަގުވާމީ އެހީތެރިކަން ލިބުނަސް އެކަމަށް އާއިލާ އިން ހޭދަކުރަން ޖެހޭނެތީ 40،000 ޔޫރޯ (670،000ރ) ހޯދަން އަމާޒުކޮށް ފަންޑެއް ވަނީ ހުޅުވާލައިފަ އެވެ. އާއިލާ އިން ބުނާ ގޮތުގައި އިންސާފު ހޯދުމަށާއި ބައިނަލްއަގުވާމީގޮތުން ކުރަން ޖެހޭ މަސައްކަތް ކުރުމަށް ބޭނުންވާ ފައިސާ ހޯދަން ހުޅުވާލުމާ އެކު މިހާތަނަށް 5،650 ޔޫރޯ ލިބިފައިވެ އެވެ.
ޔާމީންގެ އާއިލާއިން ބުނީ އެ މަރުގެ ތަހުގީގުގައި ދިވެހި ފުލުހުން ކުރަމުން އަންނަ މަސައްކަތް ބަލައިގަންނަ ކަމަށެވެ. އެކަމަކު ކުރިން ހިނގާފައިވާ މިފަދަ މައްސަލަތައް ފުލުހުން ތަހުގީގުކޮށްފައިވާ ގޮތާއި، ޔާމީނަށް ދިން މަރުގެ އިންޒާރުތަކަށް ފިޔަވަޅެއް އަޅާފައި ނުވާތީ، ބައިނަލްއަގްވާމީ އެހީއަށް އެދުނީ ކަމަށް އާއިލާ އިން ބުނެ އެވެ.
މިދިޔަ މަހު 22 ވަނަ ދުވަހުގެ ރޭ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރައި މަރާލި ޔާމީންގެ މަރުގެ މައްސަލައިގައި މިހާތަނަށް ހަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމަކު އެ މީހުންނާ ބެހޭ އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ޔާމީންގެ މަރުގެ ތަހުގީގަށް އާންމުންގެ ފާޑުކިޔުން އަމާޒުވެފައި ވިޔަސް ފުލުހުން ބުނެފައި ވަނީ ތަހުގީގަށް ކުރިއެރުން ލިބެމުން އަންނަ ކަމަށެވެ. އެގޮތުން މިހާތަނަށް ލިބިފައިވާ ހެކި އިތުރަށް ތަހުލީލުކުރަން ރާއްޖެއިން ބޭރުގެ ފޮރެންސިކް ލެބޯޓަރީތަކަށް ފޮނުވައިގެން، ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
ޔާމީނަށް އިންސާފު ހޯދައިދިނުމަށް އެދި ރާއްޖެ އާއި ސްރީ ލަންކާގައި ވަނީ އެއްވުންތައް ބާއްވައިފަ އެވެ.
ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރު ޔާމީން މަރާލާފައި ވަނީ ރޭގަނޑު އޮފީހުގައި އުޅުމަށް ފަހު ގެޔަށް ގޮސް ވަން ވަގުތު، ގޭ ސިޑި ކައިރީގަ އެވެ. އޭނާ މަރާލަން ހަމަލާ ދޭން ގޭތެރެއަށް ދެ މީހަކު ވަންނަ ތަން ފެންނަ ސީސީޓީވީ ފުޓޭޖެއް މީގެ ކުރިން ފުލުހުން ވަނީ އާންމުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދޫ
11 May 2017
މިކަމުގާ ތިޔަ ދާލަކަށް ކޮށްދެވޭނެ ކަމެއް ނެތް .ތިޔަކަން ހިގާދިޔައި ތިޔަ ދާލުން ބަލަން ތިއްބާތަ؟ތިޔައީ ކޮންމަޔަކު ކިހިނެތް ވެގެން ހިންގި އަމަލެއްކަން ތަހުގީގު ނިމެއިރު އެގޭނެ ،ފޭސް ބުކް ރާއްޖެ މިއަދު ބެއްލެވި ބޭފުޅަކަށް މިކަމުގެ ހަގިގަތް ހާމަ ވާނެ ކަމަށް ފެނޭ
ސީމްސް
11 May 2017
މިތާ ހުރި ކޮމެންޓުތައް ބަލާފަ މަށަށް ހިތްވަރެއް ލިބިއްޖެ ތިޔަ ފަންޑަށް ޑޮނޭޓުކުރަން. މިކަހަލަ ކަމަކާ ނުބައްދަލު ވަރަކަށް އެކަން ހުއްޓުވަން ނުވަތަ މިކަމާ ދެކޮޅަށް ކޮމެންޓުކޮށްފަ ހުރުމުން ވަރަށް ޝައްކުވޭ. ބަޔަކު މީހުން ވަރަށް ބޭނުންވޭ މިކަމަށް ބޭރުގެ ފަރާތްތަކުން ނުވަންނަން. ރައީސް ޔާމީނުގެ ލޯންޗުކޮޅު ގޮއްވާލީމަ ސަރުކާރުން ޚަރަދުކޮށްގެން ތިން ހަތަރު ގައުމެއްގެ އެކްސްޕާޓުން ބޭނުންކުރި. މިފަހަރު މި އާއިލާއިން އެކަން ކުރަން އެއުޅެނީ އެމީހުންގެ އަމިއްލަ ޚަރަދުގަ. އެއީ ދެން އެހެން ބަޔަކާ ބެހޭ ކަމެއް ނޫން ދޯ؟
މުރީދު
11 May 2017
ޔާމީން ރަޝީދު ޢާއިލާ އިން ކަންތައްކުރަން ޖެހޭ ގޮތް އިނގޭނީ ހަމަ އެ އާއިލާ އަށް... އަހިރުމެން އެއަށް ހަޖޫ ޖަހާކަށް ކޮންމެ ހެން ނުޖެހޭނެ.... ތިމާ ވެސް އަމިއްލް ދަރިއަކަށް މިކަހަލަ އަނިޔާވެރި އަދި ހިތާމަވެރި ގޮތެށް ވެއްޖެނަމަ މިބުނާ އެއްޗެއް ފަހުމް ވާނެ!
ޝަލަފު
11 May 2017
މިސަރުކާރު އ.ދ އިން ވަކިވާނެކަމުގެ ކޮޅުމަތި މިފެންނަނީ. ޔާމީނު ސަރުކާރައް އެއްވެސް އ.ދ އެއް ހ. ށ. ނ. ގ. ބ. ޅ އެއް ނޯންނާނެ.
ޒާ
11 May 2017
ކީއްވެގެން އުޅޭ ބައެއްތަމީ؟ މީހަކު މަރާއިރަށް އެކަމެއް އދ. އަށް. ސިޔާސީ މީހަކު ކުށެއްކޮށްގެން ހުކުމެއް ކުރާއިރަށް އދ. އަށް. ބަލަ އެހާ އިންސާފުހޯދައިދޭ ތަނެއްތަ އދ. އަކީ؟ އެހެންކަމަށްވާނަމަ ކީއްވެތަ ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުން މަރާއިރު، މިޔަންމާގައި މުސްލިމުން މަރާއި ގެދޮރު އަންދާއިރު، ފަލަސްތީނުމީހުންގެ ޙައްގުތައް ނިގުޅައިގެންފައިވާއިރު އިންސާފު ހޯދައި ނުދެނީ؟ މުސްލިމު ނަށް ޖެއްސުންކޮށް އެއީ ޓެރަރިސްޓުން ކަމުގައި ހަދާ އެގޮތަށް ޢަމަލު ކުރާ ޖަމާޢަތެއްގެ ފަހަތުން ދުވާއިރު އެކަމުގައި ޝައްކެއް ނުކުރަން އެއީ މުސްލިމުންނަށް ދެރަދޭން އުޅޭ މީހުންކަމާމެދު.
ކޮއިމަލާ
11 May 2017
ޒާ ގެ ދަރިޔަކު މަރާ އެކަމަށް އިންސާފު ނުލިބި ވާންފެށީމަ ވިސްނޭނީ ކީއްވެގެން އުޅޭބައްއެކަން މީ. އަހަރެން ދުއާކުރަން ޒާއް އައް އެއީ ކީއްވެގެން އުޅޭ ބައެއްކަން އިހުސާސްކުރެވޭނެ ދުވަހެއް ދެއްކެވުމަށް
އަލިިފުދާލުލޮލް
11 May 2017
ތިޔަ އަލިފު ދާލަކަށް ފެނޭތަ ފަލަސްތީނާ، ބަރުމާއާއި ، ސީރިޔާއާއި ، އިރާޤާ އެތަކެއް ޤައުމެއްގައި މުުސްލިމުން މަރާ އެމީހުންގެ ގެދޮރު ތައް ސުންނާފަތިކުރެވި، މުސްލިމުން މައިން ހުވަފަތްކުިރުވި ދަރިންތައް ޔަތީމް ކުރެވި އަންހެން ކަބަލުންގެ އިއްފަތް ފޭރިގަނެގެން ދާތަން. ދ
ކުޑަދޫއަހްމަދު
11 May 2017
މިއީ ރަނގަޅު ފެށުމެއް! އަދި ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާގެ އަމަލުތަކާއި ގުޅޭގޮތުންވެސް ބައިނަލްއަގްވާމީ މައިދާނުގައި ބަޔަކު މީހުން މައުލޫމާތު ދިނުމަށް ކެނޑިނޭޅި މަސައްކަތްކުރުމަށް ގޮވާލަން! އަދި ނުހައްގުން އަދަބު ލިބޭ މީހުންގެ މައްސަލަތަށް ބައިނަލްއަގްވާމީ ސަމާލުކަމަށް ގެނައުމަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން މިފުރުސަތުގައި ފާހަގަކޮށް، ފަންޑުތަށް ހުޅުވާލުމަށް ގޮވާލަން
ސަރުކާނު
11 May 2017
ވަރަށް ބައިވަރު ވާހަކަ ބުންނަ އެބަހުރި އެކަމކު ހަނު ހުންނާނީ.
ހާމާނު
11 May 2017
އަހަރެން ޕީޕީއެމްށް ވޯޓު ނުދިން ސަބަބު! ޒުވާނުންނަށް ރައްކާތެރިކަން ނުދެވުން. ޒުވާނުން ހުޅުމާލޭ ސަހަރާއަށް އެއްފަސްވުން.
އެޑްމުންޑޯ
11 May 2017
ހީވާގޮތުން ޔާމީނުގެ އާއިލާއިން މިހާރު ތިއުޅެނީ މާމައްޗަށްގޮސް ފެންވަރު އޮޅިގެން ، ތިބުނާ ތަންތަނުގެ ހެޑް އޮފީސްތަށް ހުންނަ ގައުމު ތަކުގައި ދުވާލަކު ކިތައް ކުށެއްނެތް މީހުން މަރަމުންދޭ ، އެމީހުންނަށް ކުރެވެނީ ކިންކަމެއް ، ކޮންތަހުގީގެއް ހިންގެނީ ، މިރާއްޖޭގެ ހިގާފައިވާ ކަމަކަށް އެމީހުންނަށް އަމަލީގޮތުން އެއްވެސް ކަމެއް ނުކުރެވޭނެ ، ތިކަހަލަ ކިތަންމެ މައްސަލައެއް ތިތަންތަނަށް މިއަހަރާއި މިދިޔަ އަހަރުވެސް ހުށަހެޅި ، ތިމައްސަލަ ރަގަޅަށް ބަލަން ބޭނުންނަމަ ފުލުހުންނަށް އެއްބާރުލުންދީ މިހާރު ތިޖަހާސަކަރާތް ހުއްޓާލަން ޖެހޭނީ