މުއައްޒިންގެ ފުރަތަމަ ވީޑިއޯ ލަވަ "ލޭކޮކާ" ހޮނިހިރު ދުވަހުގެ ރޭ ދައްކާލާނެ.
11 މެއި 2017 - 20:13
މިދިޔަ އަހަރު މޯލްޑިވިއަން އައިޑޮލް އިން ރޮކްސްޓާގެ ގޮތުގައި މަޝްހޫރުވި މުހައްމަދު މުއައްޒިންގެ ފުރަތަމަ ވީޑިއޯ ލަވަ ހޮނިހިރު ދުވަހުގެ ރޭ މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ފިނާލޭ ޝޯގައި ރިލީޒް ކުރަން ނިންމައިފި އެވެ.
އަމިއްލަ ރާގަކަށް، މުއައްޒިން ކިޔާފައިވާ ލަވައިގެ ނަމަކީ "ލޭކޮކާ" އެވެ. ލަވައިގެ ވީޑިއޯ އިން ވެސް އޭނާ ފެނިގެންދާ އިރު، އަންހެން ބައިވެރިއެއްގެ ގޮތުގައި ބައިވެރިވަނީ އާ ބަތަލާއެއް ކަމަށްވާ އަފާ އެވެ.
ހަބޭސް ބޮޑުބެރު ބޭންޑްގެ ތައްގަނޑުގައި ހިންގާ ގްރެވިޓީ ބައި ހަބޭސް ބޭންޑްގެ ލީޑް ވޯކަލިސްޓް މުއައްޒިން ބުނީ "ލޭކޮކާ" އަކީ ވަރަށް ތަފާތު ލަވައަކަށް ވާނެ ކަމަށެވެ.
"މީގެ ކުރިން ރާއްޖޭގައި އިވިފައި ނުވާ ވައްތަރުގެ ލަވައަކަށް ލަވަވެގެން ދާނީ. އަދި މީގެ ވީޑިއޯ ވެސް ހަމަ އެހާ ތަފާތު ވާނެ،" ހަބޭސްގެ އަލީ މަމްދޫހު ޑައިރެކްޝަން ހަދާފައިވާ ލަވައާ ބެހޭ ގޮތުން އޭނާ ބުންޏެވެ.
މުއައްޒިން އަދި ބުނީ މިއީ ކުރީގެ ލަވަ ކިޔުންތެރިން ކަމަށްވާ ސަމީއު އާއި ފައްތޭގެ ލަވަތަކުގައި ހުންނަ ކަހަލަ ގޮތެއް އެކުލެވޭ ލަވައަކަށް ވާނެ ކަމަށެވެ.
މުއައްޒިން ޝޯއެއްގައި ލަވަ ކިޔަނީ: އޭނާގެ ސޯލޯ އަލްބަމް ވަރަށް އަވަހަށް ނެރޭނެ.
"އެކަމަކު ވެސް ރޮކްސްޓާ ސްޓައިލްގެ ގޮތްގަނޑު ވަރަށް ބޮޑު ވާނެ. އެހެން ގޮތަކަށް ބުނަންޏާ މިއީ ހަމަ އަހަރެންގެ ސްޓައިލްގެ ލަވައެއް،" އޭނާ ބުންޏެވެ.
"ލޭކޮކާ" އަކީ މުއައްޒިން މިހާރު ހަދަމުން އަންނަ އަމިއްލަ ރާގުގެ ސޯލޯ އަލްބަމްގެ ލަވައެކެވެ.
"އަލްބަމްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދޭ. މާ ލަސްތަކެއް ނުވެ އަލްބަމް ނެރޭނަން. އަދި މީގެ އިތުރު ދެ ލަވައެއްގެ ވީޑިއޯ ވެސް ގެނެސް ދޭން ވިސްނާފައި އެބަ އޮތް،" އޭނާ ބުންޏެވެ.
"ލޭކޮކާ" ޔަގީނުން ވެސް ވެގެން ދާނީ މުއައްޒިންގެ ފޭނުންނަށް ވަރަށް ކަމުދާނެ ހަދިޔާއަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮލް
12 May 2017
ޝަލަބީ ލަވައެއް ނެރޭތީ މީނާވެސް ނެރެނީ ދޯ
މެގީ
12 May 2017
މިވަށްތަރަށް ވާހަކަދެއްކުން ދިވެހިން ހުއްޓާލަންވެއްޖެއެއްނުން.
ލޮލް
13 May 2017
ޢެހެން މީހުން ކޮމެންޓު ކުރާތީ ކަލޭވެސް މޮޅު އެއްޗެއް ކިޔާލާނަމޭ ހިތާ ކޮމެންޓެއް ކޮއްލީ ދޯ..
މަރީ
12 May 2017
ސާބަހޭ މުއައްޒިން
ބަކުރު އެންޑް ޒުބޭރް
11 May 2017
ރަކްސްޓާއަށް އަހަރެއްވީއިރު އެންމެ ލަވައެއްގެތަ ވީޑިއޯ ހަދާލެވުނީ؟
ހަޖަމް
13 May 2017
ދެން ތިބި މީހުނަށް އެވަރުވެސް ނުވާކަން ދެނެހުރީމުތަ؟ 6 ވަނައަށް ދިޔަ ސޮރު ވާ ލަވަ އެއް އެ ނެރެނީތާ. ހަޖަމު ކޮއްލަން ވާނެ އެކަހަލަ ކަންކަން
މަޖުފާ
11 May 2017
ތިޔަ ރޮކްސްޓާ އަކަށް އެެއްވެސް އިރެއްގަ އަޅުގަނޑުގެ ޝައުގެއްނެތް
މާޑު
12 May 2017
އެކަމަކު އޭނައާބެހޭ ޚަބަރު ކިޔާ ކޮމެންޓްކުރަން ޝައުގުވެރިވޭ. އަރަތެއް
ހަމްނާ
11 May 2017
ކާންޓް ވެއިޓް ޓު ސީ !!!
ރޮކް ފޭން
11 May 2017
އައިޑޮލް އިން ކުރިޔައް ދެވުނީ ހަމަ މުއައްޒިން އަައް އެކަނި.. ސާބަހޭ