ނަގޫރޯޅީގައި ގެއްލުން ލިބުނު ގެއެއްގެ ހާލަތު ޑިފެންސް މިނިސްޓަރު ބައްލަވާލައްވަނީ. - ފޮޓޯ: ހީނާ ވަލީދު
18 މެއި 2017 - 20:51
އައްޑޫ ހިތަދު އަށް ރޭ އެރި ނަގޫރޯޅީގައި ލިބުނު ގެއްލުންތަކަށް ސަރުކާރުން އެހީވާން ރައީސް އަބްދުﷲ ޔާމީން މިއަދު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ނަގޫރޮޅީގައި ހިތަދޫގެ ބައެއް ގެތަކަށް ލިބުނު ގެއްލުންތައް ބަލައި ބޭނުންވާ އެހީއަކީ ކޮބައިތޯ ބެލުމުގެ މަސައްކަތް ރައީސްގެ ވަަފުދުން މިހާރު އަންނަނީ ކުރަމުންނެވެ. އައްޑޫގައި ހަރަކާތްރެރިވާ އެ ވަފުދުގެ އިސް ބޭފުޅަކަށް ހުންނެވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ.
ގެއްލުން ލިބުނު އާއިލާތަކުގެ ދިރިއުޅުން އާންމު ހާލަތަކަށް ގެނައުމަށް، އަށް ބޭފުޅުންގެ ކޮމިޓީއެއް އެކުލަވާލައި މަސައްކަތް ފަށާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ނަގޫރޯޅީގައި ގެއްލުން ލިބުނު ގެއެއްގެ ހާލަތު ޑިފެންސް މިނިސްޓަރު ބައްލަވާލައްވަނީ. - ފޮޓޯ: ހީނާ ވަލީދު
ރައީސް އޮފީހުން ބުނި ގޮތުގައި ސަރުކާރުގެ ބައެއް ވުޒާރާތަކާއި ކުންފުނިތައް ހިމެނޭ ގޮތަށް އެކުލަވާލި މިކޮމިޓީގައި އެމްއާރުޑީސީ، އެމްއެންޑީއެފް، ފުލުސް އޮފީސް، ސިޓީ ކައުންސިލް، ވެމްކޯ، އެސްޓީއޯ، ފެނަކަ އަދި ހައުސިން މިނިސްޓްރީގެ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.
ނަގޫރޯޅި އެރުމާ ގުޅިގެން، ގެއްލުން ލިބިފައިވާ ފަރާތްތަކަށް މިހާރުން މިހާރަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެ އެވެ.
ނަގޫރޯޅީގައި ހިތަދޫ ގެއަކަށް ގެއްލުން ލިބިފައި. - ފޮޓޯ: ހީނާ ވަލީދު
ހިތަދުއަށް އެރި ނަގޫރޯޅީގައި އެ އަވަށުގެ 13 ގެއަކަށް ބޮޑެތި ގެއްލުންތަކެއްވި އެވެ. އޭގެ ތެރެއިން ގިނަ ގެތަކުގެ ފުރާޅު އެއްލާލައި، އެކި ވަރުގެ ގެއްލުންތައް ވަނީ ވެފަ އެވެ.
ގެއްލުން ލިބުނު އާއިލާތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް އައްޑޫ ސިޓީ ކައުންސިލުން ވެސް މަސައްކަތް ފަށައި އެކަމަށް ހާއްސަކޮށް މިހާރު ވަނީ ފަންޑެއް ހުޅުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮގުބާ
19 May 2017
ސަރުކާރަކީ މަޖިލީހުގެ މެޖޯރެޓީއާއި ޕީޕީއެމް ރަތްޔެތުންމަޖިލީހުގެ މެޖޯރެޓީއެއްގައެއް އިދިކޮޅު ފަރާތްތަކުގެ މެންބަރަކު ނުއިންނާނެ ރަށްޔެތުންނަކީ އިދިކޮޅުފަރާތްތަކުގަތިބިމީހުންނާއި އިދިކޮޅުފަރާތް ތަކުގަތިބި ރަށްޔެތުންގެ މަޖިލީހުގެ މެންބަރުން
މެކުސް
19 May 2017
އިގިރޭސިވިލާތުގަ ހުރި މީހަކައް ނުގުޅާ ކަލޭ އެހީގެ ތަކެތީ ބަހާ މާވެގެން ނޫޅެ
ފުލައްބަރު
18 May 2017
މީ ފުލައްބަރު ސަރުކާރެކެވެ. ކާރިސާތަކަށް ނުހަނު ބޮޑު ބަޖަޓު ކަނޑައަޅާފައިވާއިރު ކާރިސާގައި ވީ ގެއްލުން ދެނެގަތުމަށް މިނިސްޓަރުގެ ދަތުރުގަކަށް މިލިޔަނުން ޙަރަދުނުކޮށް ރިޒާސްޓް މެނޭޖްމަންޓްށް ކަނޑައަޅާފައިވާ ހަސަތޭކަ މިލިޔަން ރުފިޔާއިން ތިރީސް މިލިޔަން ރިފިޔާ އަށްޑޫ ސިޓީ ކައުންސިލަށް ޖަމާކޮށްދިނުމަށް ގޮވާލަށް. " ބޮޑު ތިލަދިއްމަތި "
އަސްލު ޕީޕީ..
18 May 2017
މީއޯގާތެރިސަރުކާރެއް...މިކަންތަކުގަ މިސަރުކާރަކުން ނުބަލާނެ ގެތަކުގަ ހުންނަ ކުލަ އަކަށް...ސޯބެމެން މިކަމުގަވެސް ކިޔާނެ ކޮންމެވެސް މޮޅު ވާހަކައެށް...
ރަށުމީހާ
18 May 2017
މަ ހަމަ ކޮސްވެއްޖެ. ދިވެހިރާއްޖޭގެ ރަށަކަށް ގުދުރަތީ ހާދިސާއެއް ދިމާވީމަ ސަރުކާރު ނޫން ދެން ކާކުތަ އެހީވާން ޖެހޭނީ. އެހީވުމާ އެހީ ނުވުމަކީ ސަރުކާރަށް އޮތް ޗޮއިސްއެއް ނޫނޭ. ކިތައްމެ އެހީވާން ބޭނުން ނުވިޔަސް ޖެހޭނީ އެހީވާން. މީވަރަށް ވާހަކަ.
ކޮބާ
18 May 2017
ކޮބާތަ ޑިޒާސްޓަރ މެނޭޖުމަންޓު?
ހަބީބު
18 May 2017
ދައުލަތައް ހެސްކިޔާފަ ޓެކްސްދައްކާއިރު މިހާރުވެސް ލަސްވެއްޖެ ރައްޔިތުންނައް ރައްކާތެރި ބޯހިޔާވަހިކަން ފޯރުކޮއްދެއްވަން ތީއަދި ސިޓީތަކުގެ ހާލު އަދިކޮބާ އާދައިގެ އާބާދީ ބޮޑެތި ތަންތަނުގެ ހާލު ރެފިޔުޖީ ކޭންޕުތަކެކޭ ރައްޔިތުންގެ ދިރިއުޅުމެކޭ ތަފާތެއްނެތް އަހަރަކު 10.000 މީހުންނައް ސަރުކާރުން އަޅާލާނަމަ މިއަދު މިރާއްޖޭގަ ތިބޭނީ ސިންގަޕޫރުގަ އުޅޭހާ މުއްސަނދި ބައެއް ނުވަތަ އެއައްވުރެ ތަރައްގީ ބައެއް އާބާދީޔާ ނުބައްދަލު އާމްދަނީ ދައުލަތައްވަދޭ ނަމަވެސް ވަކިބަޔަކު މިފައިސާ ކޮންޓްރޯލު ކޮއްގެން ވަކިބަޔަކު މުއްސަނދި ކުރުވަނީ މިވެސް އިންސާފެކޯ
ކަސަބު
18 May 2017
ވޭތުވެދިޔަ 33 އަހަރު ތިކަން ރަނގަޅުކޮށްފައިވާނަމަ މިއަދު މިހެންނުވީސް
ސިންތިލީ ވޫމް
18 May 2017
އަވަހަކަ ލިބޭނެ ކަމުގެ ޔަގީން ކަމެއްނެ، ލިބިއްޖެޔާމުން ރަގަޅު ކިތައްމެހާވެސް!!!!
ޅިޔަނު
18 May 2017
ލަސްވަންޔާ އިގިރޭސިވިލާތުގަ ހުރި ކަލޭގެ އާގުޅާ އޭރުން ޑޭވިޑްކެމަރޯނު އަންނާނެ ހެލިކޮޕުޓަރުގަ ތަކެތިހިފައިގެން