21 މެއި 2017 - 00:36
ކ. ތުލުސްދޫން ފުރައިގެން ލ. ގަމަށް ދަތުރުކުރަނިކޮށް ހަ މީހުންނާ އެކު އަންގާރަ ދުވަހު ގެއްލުނު ކޮޅުވެއްޓި ފެނިއްޖެ ކަމަށް އެމްއެންޑީއއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ ދިވެހި ދެމަފިރިއަކު ވެސް ދަތުރުކުރި "މާރިޔާ 3" ކޮޅުވެއްޓި ފެނުނީ ލ. އިސްދޫގެ އިރު އުތުރުން 120 މޭލު ދުރުން ކަމަށެވެ. އެއިން ދަތުރުކުރި ހަ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑުން ބުންޏެވެ.
ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ސެނޯކުގެ "މާރިޔާ-3" ތުލުސްދު އަށް ގޮސް، އެ ރަށުން ބަނދަރު ހަދާ ސާމާނުތަކެއް އަރުވައިގެން ލ. ގަމު ތުނޑީ އަވަށަށް ދިޔުމަށް ފުރީ އަންގާރަ ދުވަހު ހަވީރު އެވެ. ކޮޅުވެއްޓީގެ ހަބަރެއް އެންމެ ފަހުން ވެފައި ވަނީ އަންގާރަ ދުވަހުގެ ރޭ 9 ޖަހާކަން ހާއިރެވެ.
ކޮޅުވެއްޓީގައި ތިބި ދެމަފިރިން -- ފޮޓޯ: ރާއްޖެއެމްވީ
ކޯސްޓް ކާޑުން ބުނީ ކޮޅުވެއްޓި ފެނުނީ އެ އުޅަނދު ހޯދުމަށް ޓަކައި ހަރަކާތްތެރިވާ އިންޑިއާގެ އެއާ ކްރާފްޓަށް ކަމަށެވެ. ކޮޅުވެއްޓި އަށް ދަތުރު ނުކުރެވި އޮތީ އޭގެ ކުރީކޮޅުގެ ރޭމްޕް ވެއްޓިފައި އޮތުމުގެ ސަބަބުން ކަމަށް ވެސް ކޯސްޓް ގާޑުން ބުންޏެވެ.
ކޮޅުވެއްޓި ހޯދުމަށް ޓަކައި ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ވަނީ އޮޕަރޭޝަން ހިންގައިފަ އެވެ. މި ކޮޅުވެއްޓިން ދަތުރުކުރީ ތ. ވިލުފުށީ ދެމަފިރިންގެ އިތުރުން ހަތަރު ބިދޭސީންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒާއްޓެ
21 May 2017
الحمدލިއްލާހި ވަރައްބޮޑައް އުފާވެއްޒެ އެކަމަކު ބޭރުގައުމެއްގެބަޔަކައް ތިފެނުނީދޯ ނަމަވެސް ފެނުނު ކަމައްޓަކާ ހަމަސުކުރު ކުރަން
މިފީ
21 May 2017
އަލްހަމްދު ﷲ.
އިސްމާއިލް
21 May 2017
އަޙްމަދު ލިއްލާހި
الحمد الله
21 May 2017
الحمد الله ހިތްވަރާއި އެކު ހޯދުމުގެ މަސައްކަތް ކުރި އެންމެނަށް شكر އާއި މަރުހަބާ! އާއިލާތަކުގެ ކެތްތެރިކަމަށްވެސް.
ބަލްރޯގް
21 May 2017
ޔެމްޔެންޑީޔެފް ގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިސާބު ހެދިއިރު ކޮޅުވެއްޓި އޮތީ ބާމިއުޑާ ޓްރައިންގަލްގަ. އެކަމަކު އިންޑިއާ ނޭވީން ކޮޅުވެއްޓި މިހޯދީ ރާއްޖޭ ސަރަހައްދުން. މިވަނީ ކިހިނެއްބާ؟
މުހައްމަދު
21 May 2017
މީގެ ކުރީގައިވެސް އެބަހުރި ރާއްޖޭގެ ސަރަހައްދުން ބޭރަށް ގޮސްފަ. މޫސުމާ އެހެން ކަންތައްތަކަށް ބަލާފަ އެފަދަ ގޮތަކަށް ލަފާކޮށްފައިވަނީ އެހެން ވެސް ވެދާނެތީ އެކަމަށްވެސް ބެލުމަށް. އޭގެ މާނައަކީ ރާއްޖޭގެ ސަރަހައްދު ބެލުން ހުއްޓާލީކީ ނޫން. ވަރަށް ގިނަ ކޮމެންޓްތައް ހުރީ ވަރަށް ސަރކަސްޓިކް (މަލާމާތުގެ) ގޮތަކަށް. އެހެންނަމަވެސް ފެނުމުން ﷲ އަށް ޙަމްދުކުރާ ދިވެހިންވެސް ތިބިކަންވެސް ކޮމެންޓްތަކުން ފެނޭ. އަބަދު ސަރކަސްޓިކްވުމުގެ ބަދަލުގައި ކަންކަމަށް ފުންކޮށްވިސްނާފަ ހެޔޮއެއްޗެެއް ބުނާނަމަ، ނުވަތަ ފައިދާހުރި ކޮމެންޓެއް ކުރާނަމަ.
ސަލާމްބެ
21 May 2017
ދިވެހި ސިފައިންނަށް ސާބަސް. އިންޑިއާ މީހުން ކޮޅުވެއްޓި ހޯދުމަކީ މަ ހައިރާންވާކަމެއްނޫން. އެކަމަކު މަ މިހުރީ ހަމަ އަންތަރީސްވެފަ.
ޢިލްހާމު
21 May 2017
ޢަދިވެސް ޗައިނާ ކަރާ މާމީރުވާހަކަ ކިޔާތި. މި މަޖިލިސް ނީލަން ކިޔާ މީހުނާހުރެ ދިވެހިންނައް 3 މަސްދުވަހު އިންޑިޔާގައި ބޭސްފަރުވާޔައް މަޑުނުކުރެވެނީ.
ރޮކް
21 May 2017
މިފަދަ ހަދިސާތަކުން އިބްރަތް ލިބި ދެންވެސް ކޯސްޓަގާޜޑުން ހަރުކަށި ފިޔަވަޅުއަޅައިގެން ވިޔަސް ސަލާމަތީ ލައިފް ބޯޓް އަދި ސެޓްލައިޓް ޓްރެކިންގް ހަރުނުކޮށް ހުންނަ އުޅަންދުތަކަށް އަރާ ހިފަހައްޓަންވީ. އަދި ވެރިފަރާތް ބޮޑު އަދަދުން ޖޫރިމަނާ ކުރަންވީ. މިކަމަށް ދައުލަތުގެ އެތައް މިލިއަން ރުފިޔާ ހަރަދުކޮށްގެން އެތައް ބަޔަކު ބިރުވެރިކަމުގަ ތިބެން ޖެހުމަކީ ހައްލެއް ނޫން. ރާއްޖޭގެ ކޮންމެ ރަށަކުންވެސް އުޅަދެއް ފުރާއިރު އަދި ވަންނައިރު ރަށުކައުންސިލްގެ ހުއްދަ ލިބިގެން ނޫނީ ފުރިގެން ނުވާނެ. އަދި ހުރިހާ ސެކެއިރިޓީ ސާމަނު ހުރިތޯ 6 މަހުނއ ޗެކްކުރަން ޖެހޭނޭ.
ނައު
21 May 2017
ވަރަށް އުފާ ވެއްޖެ.
ހަބީބު
21 May 2017
ވަރައް އުފާވެއްޖެ އަލްހަމްދުﷲ