ކޮޅުވެއްޓީގައި ތިބި މީހުން މާލެ އައުމުން އާއިލާގެ މީހުން އެ މީހުންނާ ބައްދަލުކުރަނީ-- ފޮޓޯ: ހުސެން ވަހީދު/ މިހާރު
23 މެއި 2017 - 10:15
ކ. ތުލުސްދޫން ފުރައިގެން ލ. ގަމަށް ދަތުރުކުރަނިކޮށް ބެހުނު ކޮޅުވެއްޓީގައި ތިބި ހަ މީހުން އިންޑިއާ މަނަވަރެއްގައި މިއަދު ހެނދުނު މާލެ ގެނެސްފި އެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ ގެއްލުނު އެ އުޅަނދު، އިންޑިއާގެ މަނަވަރަކުން ހޯދައި މާލެ ގެނައުމުން، ކޮޅުވެއްޓިން ދަތުރު ކުރި ތ. ވިލިފުށީ ދެމަފިރިންގެ އާއިލާގެ މީހުންނާއި މީޑިއާ ވަނީ މަނަވަރަށް ގޮސް އެ މީހުންނާ ބައްދަލުކޮށްފަ އެވެ.
ސްރީ ލަންކާ ކުންފުންޏެއް ކަމަށްވާ ސެނޯކްގެ "މާރިޔާ-3" ބެހުނީ އޭގެ ރޭމްޕް ހަލާކުވެގެން އެ މައްޗަށް ނެގޭނެ ގޮތެއް ނެތި ދިމާވި މައްސަލަތަކުގަ އެވެ. އޭގައި ތިވި ދެމަފިރިންނަކީ ކޮޅުވެއްޓީގެ ކެޕްޓަން އާދަމް ނައީމާއި އޭނާގެ އަންހެނުން ޒުލޭހާ އުސްމާނެވެ.
ކޮޅުވެއްޓީގައި ތިބި މީހުން މާލެ އައުމުން އާއިލާގެ މީހުން އެ މީހުންނާ ބައްދަލުކުރަނީ-- ފޮޓޯ: ހުސެން ވަހީދު/ މިހާރު
އުޅަނދު ފެނުނު އިރު މޫސުމް ވަރަށް ގޯސް ނަމަވެސް، އިންޑިއާގެ މަނަވަރު ވަނީ 21 ވަނަ ދުވަހުގެ ރޭ އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެކަމަކު ކޮޅުވެއްޓީގައި ތިބި މީހުން އޭރު ބޭނުންވީ އެ އުޅަނދުގައި ތިބެގެން މާލެ ދަތުރު ކުރާށެވެ.
މޫސުމް މާ ބޮޑަސް ގޯސްވުމާއި ކޮޅުވެއްޓި ކަފުޖަހައިގެން ދަތުރު ނުކުރެވޭތީ ފަހުން އެމްއެންޑީއެފުން ވަނީ އޭގައި ތިބި މީހުން މަނަވަރަށް ނަގައި، ކޮޅުވެއްޓި ދޫކޮށްލާފަ އެވެ.
އެކަމަކު އުޅަނދުގެ ވެރިފަރާތުން އޭތި ކަފުޖަހައިގެން ގެންނާނެ ގޮތެއް އޮތްތޯ އަންނަނީ ބަލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޫތު
23 May 2017
އެމް.އެން.ޑީ.އެފް ހަބޭސް......ކެކެކެ
ސަލީމް
23 May 2017
ތިފަދަ އުޅަދުފަހަރާ މަސްދޯނިތަކުގަ ސެޓެލައިޓް ފޯނެއް އޮތުން ވަރައްމުހިއްމު. ޢޭގެފޯނެއް 10،000 ހާރުފިޔާއައް ލިބޭ. ޥަރައްގިނަބަޔެއްގެ ވަގުތާ . ޢެތައް މަތިން އަދި ތިރިން ދުއްވަބޯޓުގެ ތެޔޮ ސަލާމަތް ކުރެވިދާނެ. ޢެެއީ ވަރައްބޮޑު ހަރަދެއް. މިފަދަ ކަމަކައް ގަނޫނެއް ހަދަން ފެނޭ.
ހިތުގެ އުދާސް
23 May 2017
ކޯޅުވެއްޓި ދޫކޮއްލީ ކީވެބާ؟ ބޭރުބަޔަކު މުދަލެއްވީމަތޯ..، ދިވެހިންގެ މުދަލާ ފުރާނަ ސަލާމަތްކުރުމައް ބޭރުގެ އެހީއައްނޭދެމުތޯ؟
މޯޑް
23 May 2017
ކޮޅުވެއްޓި ފަދަ ތަކެތީގައި އޭގާ އުޅޭ ފަޅުވެރިން ފިޔަވާ އެހެން މީހުން ދަތުރުކުރުމަކީ މަނާކަމެއް ކަމަށް ވޭ ، ސަލާމަތުން އާދެވުނީތީ ވަރަށް އުފާވޭ ، އެކަމަކު އެހާމެ ބިރުވެސް ގަނެ ދެރަވެސްވޭ ، ފުލުހުންނަކީ ޤާނޫނުތަށް ބަރާބަރަށް އަކުރެއް ފިއްޔަކަށް ވެސް ތަފާތު ކުރުމެއްނެތި އަދި ޤާނުނަކާ ޤަވާއިދަކަށް މާފަހުންވެސް ހިލާފުވެދާނެތީ ކުރިޔާލާ ފިޔަވަޅު އަޅާ ރައްޔިތުންނަށް އެހާމެ އިހުލާސްތެރި ބަޔެއް. ހައްޔަރެއް ކައިރީގަ އޮވެދާނެތީ ފިކުރު ބޮޑުވަނީ ، ދެން ޕާޓީގަ ނަންއިނިއްޔާ އެއޮތީ އޯޕަން ޓިކެޓެއް .
ޒުނޭ
23 May 2017
އަލްޙަމްދުލިއްލާހި ވަރައްއުފާވެއްޖެ ކޮޅުވެއްޓީގައި ބިއްބެވި މީހުނަށް ސަލާމަތުން ހިކިފަސްތަނަކަށް އާދެވުމުގެ އުފާވެރިކަން ލިބުމުން
މަ މިއު މަ
23 May 2017
الحمد لله
ފޮނިކަލޯ
23 May 2017
މިއާޓިކަލް ކިޔަމުން ދިޔައުރު އަޅުގަނޑައް ހުރީ އުފަލުން ރޮވި ރޮވި
ސައިމާ
23 May 2017
އަލްހަމްދުލިﷲ
ގަބުޅި ކުޑަހުއްތު. ކ. ހުޅުމާލެ
23 May 2017
އަޅުގަނޑު ހިތަންއަރާ ރާއްޖޭސިފައިންގެ ޒިންމާޔަކީ އެކިދުވަސްތައް ފާހަގަ ކުރާއިރު ކުޑަކުދިން ސިފައިންގެ ޔުނީފޯމުލައްވައިގެން ބަތްކައްކާ ކުޅުންބާއޭ! ގައިމު ރައްތުންގެ ފައިސާއިން އެތައް މިލިޔަނެއް ހަރަދުކޮގެން ދުނިޔޭގަނެއްވަރު ކެއްއުމާއަދި އެހެނިހެން ހިދުމަތްތައް ދޭއިރު ވެސް، ރައްޔިތުން ހާލުގަ ޖެހިގެން އެހީތެރިކަމައް އެދި އަބަދުވެސް އިންޑީޔާ ސިފައިން ކަރިޔައް ސަލާންޖަހަން ޖެހޭތި! ގައިމު ރާއްޖެއައް ކުރިމަތިވި އެންބިރުވެރިދުވަސް ކަމައްވާ ނުވެންބަރު ތިނެއްގައި ބަޑައްޖެހިފަތިބި ވިސްކައް ތަމަޅައިންގެ އަތްދަށުން ގައުމު ސަލާމައް ކުރަންވެސް ހަމަ އިންޑިއާ ސިފައިން ނައްސަލާން ޖަހަން ޖެހުނީތި! އަޅުގަނޑު ދެކެން ބޭނުން ދުވަހަކީ ރާޖޭސިފައިނައް މިކުރާހަރަދު ކޮންމެވެސް ބޭނުންހުރި ކަމަކައް ހަރަދު ކުރާދުވަހެއް! ހެޔޮވިސްނޭ ކޮންމެ ރައްތަކައް އެގޭނެ ކުޑަކުދިން އެކީ ބައްކައްކާކުޅުމައް މިލިޔަނުން ހަރަދު ކުރުމަކީ ބޭކާރުކަމެއްކަން! އަދި އެފައިސާ ކުޑަކުދިންގެ ސުކޫލުތަކައް ހަރަދު ކުރިއްޔާ ގައުމުގެ ކުރިމަގު ކަމައްވާ ކުޑަކުދިންނައް މާފައިދާ ވާނޭކަން!
ރަދީފް
23 May 2017
1988 މީގެ 29 އަހަރުކުރިން ރާއްޖޭގެ ކެޕޭސިޓީއެއް ހުންނާނެހެންހީނުވޭ ތިޔަބުނާ ''ބަޑައްޖެހިފަތިބި 20 ތަމަޅައިންގެ އަތްދަށުން'' ސަލާމަތްވުމުގެ.ނަމަވެސް މިއަދުގެ ހާލަތު ވަރަށް ތަފާތު.ދިވހެި ސިފައިންވެސް ވަރަށް ކުޅަދާނަވާނެ.ދަންނަވަންތޯ ނޭޓޯގެ ގައުމުތައްވެސް އެއްގައުމުމުން އަނެއްގަމުމުން ބޮޑެތި ހާދިސާތަކުގަ އެހީތެރިކަން ހޯދާ އިނގޭ. ވ.ވެދުން
..
23 May 2017
ބަލަގަ ނުފެނޭތަ ރާއްޖޭ ސިފައިން އަވައްޓެރި ޤައުމުތަކަށްވެސް އެގޮތަށް އެހީތެރިކަން ފޯރުވާތަން.. ސިރީލަންކާގެ މަސްބޯޓުވެސް ހޯދީ ރާއްޖޭގެ ސިފައިން
ކާށި ކުޑަހުއްތު
23 May 2017
ގަބިޅި ކުޑަހުއްތު ބުނަންތަ ވާހަކައެއް.ދިވެހި މިލިޓަރީވެސް ވަކިދެރައެއްނޫން.
ތަކުރު
23 May 2017
ޝުކުރިއްޔާ އިންޑިއާ