ލ. ގަމަށް ދަތުރުކުރަނިކޮށް ގެއްލުނު ކޮޅުވެއްޓި: ކަނޑުގަދަވުމުގެ ސަބަބުން މާލެ ގެނައުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފައި. ފޮޓޯ: އެމްއެންޑީއެފް
24 މެއި 2017 - 14:13
ކ. ތުލުސްދޫން ފުރައިގެން ލ. ގަމަށް ދަތުރު ކުރަނިކޮށް މިދިޔަ ހަފުތާގައި ބެހުނު ކޮޅުވެއްޓީގައި ތިބި މީހުން ސަލާމަތްކުރުމަށް ފަހު، ކަނޑަށް ދޫކޮށްލާފައިވާ ކޮޅުވެއްޓި ސަލާމަތްކުރަން ސްރީ ލަންކާގެ ޓަގެއް ގެނެސްފި އެވެ.
މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ގެއްލުނު ކޮޅުވެއްޓި ފެނުނީ އެމްއެންޑީއެފާއި އިންޑިއާގެ ކަނޑުގެ ސިފައިން އެ ހޯދުމުގެ މަސައްކަތް ފެށިތާ ފަސް ދުވަސް ފަހުންނެވެ. އޭގައި ތިބި މީހުން ސަލާމަތްކޮށް، އިންޑިއާގެ މަނަވަރަކަށް ނެގި ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ކޮޅުވެއްޓި ގެނެވޭ ގޮތް ނުވެ ދޫކޮށްލީ އެވެ. ކޮޅުވެއްޓި ބެހުނީ އޭގެ ރޭމްޕް ހަލާކުވެ ވެއްޓުމުގެ ސަބަބުން ނުދުއްވިގެންނެވެ.
ކޮޅުވެއްޓި، "މާރިޔާ-3" ގެ ވެރިފަރާތް ކަމަށްވާ ސްރީ ލަންކާގެ ސެނޯކް އިން ބުނީ ކޮޅުވެއްޓި އޮތް ހިސާބަށް މިހާރު ޓަގު ފުރާފައިވާ ކަމަށެވެ. ކަފު ޖަހައިގެން އެ ދެ އުޅަނދު ދާނީ ލ. ގަމަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
"ކޮޅުވެއްޓި އޮތް ސަރަހައްދު އަޅުގަނޑުމެންނަށް އެމްއެންޑީއެފުން ވަނީ ކިޔައިދީފައި. އެތަނަށް ޓަގު މިހާރު އެބަދޭ. އެކަމަކު ކޮޅުވެއްޓިއާ ހަމައަށް ފޯރާނީ ކޮންއިރަކުން ކަމެއް އަދި ބުނާކަށް ނޭނގޭ،" ސެނޯކް އިން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.
ހަ މީހުންނާ އެކު ދަތުރުކުރި ކޮޅުވެއްޓި އިންޑިއާގެ އަސްކަރީ މަތިންދާބޯޓަކަށް ފެނުނީ ލ. އިސްދޫ އިރުއުތުރުން 120 މޭލު ބޭރުންނެވެ. އޭގައި ތިބި މީހުން އިންޑިއާ މަނަވަރުގައި އިއްޔެ ވަނީ މާލެ ގެނެސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަނަސަ
24 May 2017
ކޮޅުވެއްޓީގަހުރީ ކޮންކަހަލަ މުދަލެއްބާ... އެސުވާލުއުފެދުނީ އަނެއްކާ ވައިކޮޅަށް ހަމަ ގަމަށް އޭތިގެންދަންއުޅޭތީވެ. ޜޭމްޕް ނެތިސް ކިހިނެއްތޯ މިހާ ގަދަ ދުވަސްވަރެއްގާ ލ. ޢަތޮޅަށް ގެންދާނީ. ލަންކާއަށް ވައްދާފަ މަޑުވީމަ ގެނެވިދާނެކަމަށްފެނޭ.
ދދ
24 May 2017
ކޮޅުވެއްޓި އޮތްހިސާބަށް ތިޓަގު ބޯޓަށް ދެވޭނެބާ؟ އަދި އޭތި ކަފު ޖަހައިގެން ތިޓަގުބޯޓަށް އާދެވޭނެބާ؟ މިހާރު ކޮޅުވެއްޓި އަސްލު ވީ ހިސާބެއް ހޯދޭނެ ގޮތަކަށްތޯ ކޮޅުވެއްޓި ދޫކޮށްލިއިރު ދޫކޮށްލާފަވާނީ؟
GAN Island
24 May 2017
ހަބަރުގައި ވަނީ ''މޫސުން ގޯސްވުމުގެ ސަބަބުން ކޮޅުވެއްޓި ގެނެވޭ ގޮތް ނުވެ ދޫކޮށްލީ'' ކަމަށް. ސުވާލަކީ މިފަދަ ގޮތަކަށް ބައިނަލް އަޤުވާނީ ކަނޑުގެ ސަރަހައްދަށް އުޅަނދުތައް އޮޔާދިއުމަށް ދޫކޮށްލުމަކީ ހުއްދަގޮތުގައި ކުރެވޭ ކަމެއްބާވައޭ، ؟! . . . އަދި މިހަބަރުގައި ''ކަނޑަށް ދޫކޮށްލާފައިވާ ކޮޅުވެއްޓި ސަލާމަތްކުރަން ސްރީ ލަންކާގެ ޓަގެއް ގެނެސްފި'' ކަމަށް ލިޔެފައިވާ އިރު ތިޔަ ބުނާ ޓަގެއް ގެނައުމަށް އަނެއްކާ ޙަރަދު ކުރެއްވީ ޑިފެންސް ފޯސް މެދުވެރިކޮށް އަހަރުމެން ދިވެހިންގެ ފައިސާތޯ ނުވަތަ ސިލޯނު ކުންފުނީގެ ފައިސާތޯ އިގޭ ގޮތަށް އެކަން ސާފުކޮށްފައި ލިއުނު ނަމަ ވަރަށް ރަނގަޅު. . . . ދަދި ފަހުން Supreme Court އިން ނެރުއްވި އަމުރަކާއި ބެހޭ ގޮތުން ރާއްޖޭގެ ނޫސް ތަކުގައި ހަބަރު ފަތުރާފައިވާ ގޮތާއި މެދި ''ހުކުމްތަކުގެ މަފްހޫމް އޮޅޭ ގޮތަށް މައުލޫމާތު ނުފަތުރަން'' Department of Judicial Administration އިން ވެސް ނޫސްތަކަށް ވަނީ ހަދާންކޮށް ދެއްވާފައި. އެހެން ކަމުން މިފަދަ ހަބަރުތައް ލިއުއްވާ އިރުވެސް ޑީޖޭއޭ އިން ދެއްވާފައިވާ ފަދަ އިރުޝާދު ބޭނުން ކުރެއްވުން ރަނގަޅުވާނެ.