މާލޭ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި މެމްބަރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ފޯން ކޮންފަރެންސެއްގައި ފޮޓޯ: އެމްޑީޕީ
26 މެއި 2017 - 12:00
މާލޭ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތު އަންނަ މަހުގެ ތިންވަނަ ދުވަހު ބާއްވަން ހައުސިން މިނިސްޓްރީން ދަރުބާރުގެ ދޫނުކުރި ކަމަށް، މިހާރުގެ ކައުންސިލުން މިއަދު ބުނެފި އެވެ.
ސިޓީ ކައުންސިލްގެ މެމްބަރު ޝަމާއު ޝަރީފް ވިދާޅުވީ އަލަށް ހޮވުނު މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވަން ހައުސިން މިނިސްޓްރީން ފުރަތަމަ ދޭން ނިންމީ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަން ކަމަށެވެ. އެގޮތުން 13،000ރ. ދައްކަން މިނިސްޓްރީން އެންގި ކަމަށް އޭނާ ވިދާޅުވި އެވެ.
"ފަހުން އެންގީ ފާށަނާ މާލަން ކަމަށް ދެެވެން އޮތީ،" މިފަހަރު ވެސް މާލޭ ސިޓީ ކައުންސިލަށް އިންތިހާބުވެވަޑައިގެންނެވި ޝަމާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފާށަނާ މާލަން ދޭން އެއްބަސްވުމަށް ފަހު އެންގީ ދައްކަން ޖެހޭނީ ނަގުދު ފައިސާއިން ކަމަށެވެ. އެކަމަކު އެ ފައިސާ ދައްކަން އުޅެނިކޮށް އިއްޔެ ކުއްލިއަކަށް މިނިސްޓްރީން އެންގީ އެތަން ވެސް ދޫކުރެވެން ނެތް ކަމަށް ކަމަށް، ޝަމާއު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ރަސްމިއްޔާތު ބާއްވަން އެތަން ހޯދަން އުޅޭތާ މިހާރު މަހެއްހާ ދުވަސް މިވީ. އެކަމަކު ކުއްލިއަކަށް އެންގީ އެހެން ބޭނުމަކަށް އެތަން ވެސް ދޫކޮށްފައި ކަމަށް އޮތީ،" އޭނާ ވިދާޅުވި އެވެ.
ޝަމާއު ވިދާޅުވީ ދަރުބާރުގެ ނުލިބުމުން މިހާރު ނިންމާފައި ވަނީ ކޮންމެވެސް ސްކޫލެއްގައި ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވަން ކަމަށެވެ.
"އަޅުގަނޑުމެން ފޮނުވާ އެއްވެސް ސިޓީއަކަށް ހައުސިން މިނިސްޓްރީން ޖަވާބެއް ނުދޭ،" ޝަމާއު ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.
މިމަހުގެ ހަވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީ ކައުންސިލްގެ 13 ގޮނޑީގެ ތެރެއިން އެއް ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެކެކެކެ
27 May 2017
މިސިތީ ކައުންސިލް ތަކަކީ މިރާއްޖެއަށް ބޭރުން އަރަގެން އުޅޭ ބީރައްޓެހި ބަޔަކީބާ ނޫނީ ދަރުބާރުގެ ފަދަތަންތަނަކީ އަމިއްލަމީހެއްގެ މިލްކު މުދާގަޑެއްބާ.
އެމްޑީ
27 May 2017
އެމްޑީޕީވެރިކަމުގަ ކިނބިގަސްދޮށުގެ ދައުލަތަށް ނަގަންވެގެން މަގުމަތީގަ ކޯޓް ހެދިޔެންނު އެހެންވީމަ މަގުމަތީގަ ހުވާކުރޭ
އުމަރު
27 May 2017
ބަލަ ލާމަރުކަޒީ ޤާނޫނެއް މިހާރު އެބައޮތްތޯ؟ މަޖިލިހުގެ ބާރުތަށް ކޯޓުންނަގައިފި، ދެން ކިހިނެއް މަޖިލިހުން ހަދާފައިވާ ޤާނޫނުތަކަށްވާނީ؟ އަހަރެން އެދެނީ އެމީހަކު ހުރިތަކެއްގައި ހުރެފައި ހުވާކޮށްލުމަށް، ނުވަތަ ހުވާކުރަން މިސްކިތް ބޭނުންކުރުމަށް، އަދި އެހެންނޫނަސް ހުވާކުރަން އެންމެ ރަނގަޅުވާނީ މިސްކިތްތަށް
ދޮގުހުވާ
27 May 2017
ތިޔަ ކައުންސިލަރުންނާއި މެންބަރުން ހުވާކުރަން ހެޔޮ ނުވާނެ މިސްކިތްފަދަ ކަރާމާތްތެރި ތަންތަން ބޭނުން ކުރާކަށް. އެފަދަ މުޤައްދަސް ތަންތަނަކީ ، ﷲ ގަންދީ ދޮގުހުވާކުރަން ހެޔޮވާވަރުގެ ތަންތަނެއްނޫން. ތިއިން އެކަކުވެސް ހުވާ ކޮށްފަ އެހުވަޔާ ޚިލާފު ނުވެއެއް ނެތް. އެހެން ވީމަ އެކުރާ ހުވާ ދޮގުވެދާނެގޮތަށް މިސްކިތަފަދަ ތަންތަނާ ތިހުވާ ކުރަން އުޅެން ހެޔޮނުާނެ.
މަގުމަތީ މޭޔާ
27 May 2017
ތަނެއް ނުދީފިއްޔާ މަގުމަތީގަ ހުވާކުރަން ފެންނަނީ. ޜައްޔަތުން ވެސް މަގުމަތި ކޮއްފިވިއްޔަ.
ނަސީރު
27 May 2017
ޔާމީނަށާ ހައުސިން މިނިސްޓަރީ އައަށް ނޭގެނީތޯ އެއީ އަހަރުމެން ރައްޔިތުން ހޮވާފަތިބި ބައެއްކަން. ގަދަބާރުން ކިހާދުވަހަކަށް ތިހެން އުޅެވޭތޯ ބަލާލާނަން.
ރިޒާން
27 May 2017
އަސްލު ތީވަރައް ދެރަކަމެއް. ހަމަހަމަކަމާއި އިންސާފް ކޮންމެކަމެއްގައިވެސް އޮންނަން ޖެހޭނެ ނޫންތޯ.
ހަމަ
27 May 2017
ހުރިހާބާރުތައް މުށުތެރެއަށް ލައިގެން ހާސިލުވީ ކޮންކަމެއްތޯވެސް ބަލަންޖެހޭދޯ
މުސްކުޅިސިންގާ
27 May 2017
ދަރުބާރު ފެކްޝަނުން ދަރުބާރުގެ ހިފައިގެން އުޅެނީ ކޮންވޮތަކަށް ކަން އެބަ ހާމަވާން ޖެހޭ ބުޅާ ގޯނިންނެރެ ހާމަ ކުރާނެ ދުވަސް އަންނަނީ ކައިރި ވަމުން
ޔާގުންޔާ
27 May 2017
މަމެން ޕިންކީންގެ ހިތް ހުއްޓޭވަރުވެއެވެ. ރައްޔިތުން ތާއީދެއް ނެތަސް މަމެންގެ ވެރި ޔާމިން ހިތްހަމަ ޖެހޭވަރަށް ރައްޔިތުންގެ ބޮޑު ފަޅި އޮތީ މަމެންނަށޭ ކިޔާ އުޅެމެވެ. ދެންވެސް މަމެން ވެރިކަން ކުރާނީ ހަމަ އޮބި އަޅާއިންނެވެ. ރިންދޫ ކުދިން ދެން ތިހެން ރައްޔިތުންގެ ލޯބި ލިބި ހަމަ އެއްކަމެއްވެސް ނުވާނެވެ. މަމެން ލާދީނީއޭވެސް ކިޔާ އުޅެނީ ރައްޔިތުންނަށް ވާނުވާ ނޭނގެނެ ކަމަށެވެ. މަމެން ލާދިީނި އެއްވެސް ބައެއްގެ އަތުން އެހީއެއް ބޭނުން ނުވާނެ ކިޔާ އުޅެމެވެ. ދެން ބްރިޖު ކަންތަ އެއީ ހަމަ ލާދީނީ ޗިއިނާ ކުދިން ކޮޅެއް ހަމަ ހެޔޮހިތުން ކޮށްދިން ކަމެކެވެ. ޝުކުރިއްޔާ ޔާމިން
މުއެޓެ
27 May 2017
ޖެއްސުން ކުރިވަރަކަށް ކުރިއަށްއޮތީ ދަރުބާރޭމެން ނާކާމިޔާބާ ކުރިމަތިލުން! މުޅިދަރުބާރުގެ ސަރަހައްދު އެއްކޮށް ހިފައިގެން ތިއްބަސް ވޯޓް ފޮށީގެ ނަތީޖާ ފެނިއްޖެ ދެއްތޯ! މިކަން ހަޖަމުނުވެގެން ދެން ކުރެވޭނީ ޖެއްސުން! ހައުސިންގ މިނިސްޓަރ އިސްތިއުފާ!