މިރޭ އިންތިޚާބުކުރި، މާލޭގެ އާ މޭޔަރު ޝިފާ މުހައްމަދާއި އާ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ސަލާމް ކުރައްވަނީ.---ފޮޓޯ: ނަސްރުﷲ ސޯލިހް
03 ޖޫން 2017 - 23:46
މާލޭގެ ފުރަތަމަ އަންހެން މޭޔަރުގެ ގޮތުގައި ކުރީގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު މިރޭ މޭޔަރު ކަމަށް އިންތިޚާބުކޮށްފި އެވެ.
އެމްޑީޕީގެ ވެރިކަމުގައި އެޑިއުކޭޝަން މިނިސްޓަރުކަން ކުރެއްވި ޝިފާ މާލޭގެ މޭޔަރު ކަމަށް އިންތިޚާބުކުރީ މާލޭ ސިޓީ ކައުންސިލަށް އަލަށް ހޮވުނު ކައުންސިލަރުން ހުވާކުރުމަށް ފަހު، ބޭއްވި ޖަލްސާގައި އެ ކައުންސިލްގެ 13 މެމްބަރުންގެ ތެރެއިން 11 މެމްބަރުންގެ ވޯޓުންނެވެ.
ޑެޕިއުޓީ މޭޔަރު ކަމަށް އިންތިޚާބުކުރީ ނިމި ދިޔަ ދައުރުގައި އެ ކައުންސިލްގެ މެމްބަރުކަން ވެސް ކުރެއްވި ޝަމާއު ޝަރީފެވެ. އޭނާ އިންތިޚާބުވީ 12 މެމްބަރުންގެ ވޯޓުންނެވެ.
އެ ކައުންސިލްގެ 13 ގޮނޑީގެ ތެރެއިން އެންމެ ގޮނޑިއެއް ފިޔަވައި ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ އެމްޑީޕީންނެވެ.
މާލޭ ސިޓީ ކައުންސިލްގެ މެމްބަރުން މިރޭ ހުވާކުރަނީ--މިހާރު ފޮޓޯ/ހުސައިން ވަހީދު
ކައުންސިލަރުން ހުވާ ކުރުމަށް ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ކައުންސިލަރުންނަށް ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.
އެ ރަސްމިއްޔާތަށް ދައުލަތުގެ އިސްވެރިންނަށް ދައުވަތު ދީފައި ވިޔަސް ސިވިލް ސާވިސް ކޮމިޝަން ރައީސް ޑރ. އަލީ ޝަމީމް ފިޔަވައި ދައުލަތުގެ އެހެން މުއައްސަސާއެއްގެ އިސް ބޭފުޅަކު ބައިވެރިވެ ވަޑައެއް ނުގަންނަވަ އެވެ.
މާލޭ ސިޓީ ކައުންސިލްގެ އާ މެމްބަރުން ހުވާ ކުރެއްވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އެބޭފުޅުންނަށް ހުވާލައިދެއްވި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދާ، އާ މޭޔަރު ޝިފާ ސަލާމް ކުރައްވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
އެކަމަކު ސަރުކާރު ކޯލިޝަންގައި ހިމެނޭ ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އެ ހަފުލާގައި ބައިވެރިވެ ވަޑައިގަތެވެ. މާލޭ ސިޓީ ކައުންސިލަށް ސަރުކާރު ކޯލިޝަނަށް ކާމިޔާބުވި ހަމައެކަނި ގޮނޑި ކާމިޔާބުކުރީ ޑީއާރުޕީގެ ކެންޑިޑޭޓެކެވެ.
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ހުރިހާ ސިޓީ ކައުންސިލްތަކާއި ބޮޑެތި ދާއިރާތަކުގެ އަޣުލަބިއްޔަތު ނެގީ އެމްޑީޕީންނެވެ. އަލަށް ހޮވުނު ހުރިހާ ކައުންސިލަރުން ހުވާ ކުރުން އެކި ރަށްރަށުގައި މިއަދާއި މިރޭ ކުރިއަށް ގެންދިޔަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިރުބެ
05 June 2017
ލޮލް އައްޔާ ތިބުނީ ހަމަ ރަނގަޅަށް. ޝަރުބަތޭ މިހާރު ވަރަށް ވައިކޮަށް އުޅެނީ
އަލީ
04 June 2017
ކިރުސަރުބަތޭމެން ވަރައް މޭކަރާނެ އެކަމަކު ކީއްކުރާނީ ރައްޔިތުން އެވަނީ ބަސްބުނެފަ މިސަރުކާރު ދާމިސްރާބު ކަމުނުދާކަމައް ބުނެފަ
ޢަލީ
04 June 2017
ދެންވެސް އަވަހައް ސަރުކާރުން ރައްރަށައް ވެފަވާ ވައުދުތައް ފުއްދަވަންވީ އެއާޕޯޓާ ރިސޯޓު ހިއްސާތަކާ މަސްވެރިންނާ ދަނޑުވެރިންގެ ފައިސާ ދެއްވަންވީ ރައްޔިތުންގެ ދިޔަފެލާފަ ނަގާ ޓެކްސްގެ ފައިސާއިން މާލޭގަ ބުރިޖާ އެއާޕޯޓާ އެޅިޔަސް ރައޔިތުން ތިބީ އެތަރައްގީ ބޭނުންވެފަކާނޫން
ބޫ
04 June 2017
ކައުންސިލުން ހުވާކުރަން ދަރުބާރުގެ ނުދީފައި، ހަމަ ރޭގައި، ޕީޕީއެމްގެ ތަރާވީހަކަށް ދަރުބާރުގެ ދިނީ އެއީ ރައްޔިތުންނަށް ކޮން މެސެޖެއް ދޭންބާ؟
ބޭބެ
04 June 2017
ކާނަލް ލަދުގަނޭބާ ... ގަނެވަޑައިގެންނެވި ގޮނޑި ހުވާކުރާތަން ބައްލަވަން ވަޑައިގަންނަވަން.
ގާނޫނީ އެޑުވައިސް
04 June 2017
މި ސަރުކާރުން ނިގުޅާއިގެންފައިވާ ލާ މަރުކަޒީ ގެ ބާރު ތައް އަލުން ލިބޭތޯ ފަހު ބަސް ބުނާ ކޯޓަށް މައްސަލަ ހުށަހެޅުމަށް މާލޭގެ މޭޔަރަށް ހަނދާންކޮށްދެމެވެ!
ސްޕޭސް
04 June 2017
މާލޭގެ މޭޔަރަކަށް ޝިފާ އިންތިޚާބު ވުން އެއީ މަމެން ވެސް މަރުހަބާ ކިޔާ ކަމެކެވެ. ޝިފާ ވެސް ވިސްނަންވީ މުހައްމަދު ޝިހާބު އަށް މާލެ ސިޓީ ކައުންސިލް ރަނގަޅަށް ޑްރައިވް ކުރަން ނޭގުނު ކަން. މުހައްމަދު ޝިހާބު މެން ސަރުކާރުގައި އުޅުނު އިރު މަމެން ވެސް އުޅުނިން ސަރުކާރުގައި. ޝިހާބު މެންނަކީ އެއީ ޑިމާންޑިންގް މެނޭޖްމެންޓް ސިސްޓަމް އެެއްގައި މަސައްކަތް ކުރަން އިނގޭނެ ބަޔެއް ނޫނެވެ. އަދި އެެއީ އެހާ ބޮޑަށް ހީވާގި ކަމާއި އަދި މުރާލި ކަމާއި އެކު މަސައްކަތް ކޮށްފައިވާ ބަޔެއް ކަމަށް އެމެންގެ ޓްރެކް ރިކޯރޑްސް ތަކުން ނުދައްކަ އެވެ. އެހެންވެ މާލެ ސިޓީ ކައުންސިލު އާއި ރައްޔިތުންނާއި ދެމެދު ޑިސްޓެންސް ބޮޑުވެ ރައްޔިތުން ނަށް އިތުބާރު ނުކުރެވޭ ބަޔަކަށް އެމެންވީ. މިކަން އެބަޖެހޭ ބަދަލު ކުރަން ޝިފާ މެން. މާލޭގެ މަގުތަކުގައި ޕާރކް ކުރާ ވެހިކަލްސް ތައް ނިދަން ދާން ޖެހޭނީ ހުޅުމާލެ ދޭއް ގައި ހަދާ ޕާރކިންގް ބިލްޑިންގްސް ތަކަށް އިރޮއޮއްސި 6 ޖެހުމުން. މާލެ އަކު ނެތް ޖާގަ އެއް. މޭކް އަ ލިޓިލް ސްޕޭސް ޓު މޭކް އިޓް އަ ބެޓަރ ޕްލޭސް..
އައިކުޑް
04 June 2017
މާލޭގެ މޭޔަރަކަށް ޝިފާ އިންތިޚާބުކޮށްފި އެވެ. އެއީ މަމެން ޕިންކީން އެކަމަށް މަރުހަބާ ކިޔާނެ ކަމެކެވެ. މިރާއްޖޭގެ އިގްތިސާދު ކުރިއަރައިގެން ނުދިއުމުގެ އެންމެ ބޮޑު މައްސަލަ އަކީ އެއީ މާލެ ސަރަހައްދުގެ ބޮޑެތި ކުލި އާއި އަދި ނަގާ އެޑްވާންސް ބޮޑު ކަމުން ވަކި ބަޔެއްގެ އަތް މައްޗަށް ރާއްޖެއަށް ލިބޭހާ ފައިސާ އެއް އެބައިމީހުން އެއްވެސް މަސައްކަތެއް ނުކޮށް ތިއްބާ އެރުމުން އެބައިމީހުން އެފައިސާ އިސްރާފު ކުުރުމެވެ. ކަން މިހެން ހުރުމުން ޝިފާ މެން އެބަޖެހޭ މާލެ ސަރަހައްދުގައި ކުއްޔަށް ދިރިއުޅޭ މީހުންގެ ތެރޭން މިހާރު ހައުސިންގް މިނިސްޓްރީ އަށް ފްލެޓްސް ތަކަށް އެދިފައިވާ އެންމެންނަށް އެކަކު ވެސް ބާކީ ނުކޮށް ފްލެޓްސް މާލެ ސަރަހައްދުން ލިބޭނެ އުސޫލުން ސަރުކާރާއި ގުޅިގެން މަޝްވަރާ ކުރަން ރޯޑް މެޕެއް އެކުލަވާލާ އެމަގުން މަސައްކަތް ކުރަން. އެކަން އެކަނި ޝިފާ ގެ ލީޑަރޝިޕް ގައި މާލެ ސިޓީ ކައުންސިލުން ކޮށްދީފިނަމަ ޝިފާ މެންގެ ނަން ދިވެހި ތާރީޚް ގައި ލިޔެވޭނީ ފުރަތަމަ ފަހަރަށް ރައްޔިތުންގެ މޭޔަރަކަށް.
ޔޫކާންޓް
04 June 2017
މޮޅު ވާހަކަ ނުދައްކާށެވެ. ހަޖަމުވާމީހުން ފެނޭހެއްޔެވެ. ރައީސް ނަޝީދަށް ބޮޑު ދުޝްމިނެއްކަން އިނގޭ ހާލުވެސް ޔާމީންގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ދިޔައެވެ. މިސަރުކާރުގެ އެކަކަށްވެސް ކައުންސިލް ހުވާކުރުމަށް ދާން ނުކެރުނެއެވެ. ކޮން ރޯޑް މެޕެއްކިޔާކަށްހެއްޔެވެ. އަދިވެސް ކައުންސިލަކީ ނެތްއެއްޗެއްކަމަށް ހެދޭތޯ ކޯޑީނޭޓާރުން ލައްވާ ސޯޝަލް މީޑިއާގައި ހޯބޯލެވޭތޯ ބަލާށެވެ. މަޖާކަމަކީ އެހެންކިޔަން ތިއްބާ ރައްޔިތުން ވޯޓު ބޫތުތަކަށް ވަދެ، ފިސާރި ބާރަށް ސަރުކާރަށް ނޫނެކޭ ބުނިކަމެެވެ.
ބަޑިތަކުރު
04 June 2017
މާލޭ ސަރުކާރު ހުވާކޮށްފި! ދެންމާލޭ ރައްޔިތުން ތަކެތި އަގުބޮޑުވާވާހަކަ ދައްކާކަށް ނުޖެހޭނެ މިފަހަރު ހުރިހާކަމެއްވެސް ހަމަމަގަަށް އަޅުވާލާނެ. މިފަހަރު އެންމެ އަވަހަށް ކުރަންވީކަމަކީ މާލޭގައި ހުހަށްހުރި ބިންތައް ވޯޓު ހޯދައިދިން ކުދިން ކޮޅަށް ކުޑައަގެއްގައި 99 އަހަރަށް ދޭންވީިއެވެ އަދި މާލޭގައި ހުރި މީހުން ދިރިނޫޅޭ ގޯތިތައްވެސް މާލޭ ސަރުކާރުން ނަގަންވާނެއެވެ. މިކަމާބެހޭ ޖަލްސާ މިފަހަރު ބާއްވާނީ ޔޫއެން ބިލްޑިންގ ގާގަނޑު މަތީގައެވެ. ކޮންމެވެސް މިފަހަރު މައުމޫނު ގޯތި ނުނަގާވޭތޯ ބަލައިދިނުން އެދި އާދޭސް ކުރަމެވެ.
ޒ
04 June 2017
ޔާމީނުގެ ސަރުކާރަށް ޑިމޮކްރަސީގެ ރިވެތި އުސޫލް ދަހެއް ނުވިތާ މިއޮތް ހުރިހާ ދުވަހު ވެރިކަންކުރިއިރުވެސް. މުޅިންވެސް ގަދަބާރުން ވިއްޔަ އުޅެނީ. ހިތްތިރިކޮށް ރައްޔިތުންގެ ނިންމުމަށް މަރުހަބާ ކިޔާލިނަމަ ދޯ. 2018ވެސް އެހާ ކައިރިވެފަ އޮއްްވާ. މުޅިންވެސް އަމިއްލަޔަށް އެންޓިކެމްޕެއިން ކުރާ ސަރުކާރެއްް މިއީ.