ޑީއާރުޕީގެ ރައީސް ކާނަލް ނަޝީދު: ޑީއާރުޕީން ކައުންސިލް އިންތިޚާބަށް ނިކުތީ ސަރުކާރު ކޯލިޝަނާ އެކު---މިހާރު ފޮޓޯ: ހުސެއިން ވަހީދު
03 ޖޫން 2017 - 23:29
ރާއްޖެއިން ތައިލެންޑަށް ކަނޑައަޅާ ސަފީރުގެ މަގާމަށް ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އައްޔަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
ކުރިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި ނަޝީދުގެ ނަން ރައީސް ޔާމީން މަޖިލީހަށް ފޮނުއްވުމުން އެކަން މަޖިލީހުގެެ ކަމާބެހޭ ކޮމެޓީއަށް ފޮނުވުމުގެ މައްސަލަ އަންނަ ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފަ އެވެ. ޗުއްޓީއަށް ފަހު މަޖިލިސް ހުޅުވޭނީ ހޯމަ ދުވަހު އެވެ.
ކުރިން އެމްޑީޕީ މެމްބަރެއްގެ ގޮތުގައި ހުންނެވުމަށް ފަހު ނަޝީދު ޑީއާރުޕީއާ ގުޅިވަޑައިގަތްތަނާ އެ ޕާޓީގެ ލީޑަޝިޕް ހުރިހާ ބޭފުޅުން ޕާޓީން ވަކިވެ ވަޑައިގެން، އެމްޑީޕީއާ ގުޅިވަޑައިގަތުމުން ޑީއާރުޕީގެ ރައީސް ކަމާ ހަވާލުވެ ވަޑައިގަތީ ނަޝީދެވެ. ނިމިދިޔަ ލޯކަލް ކައުންސިލްގެ އިންތިޚާބަށް ޑީއާރުޕީން ނިކުތީ ސަރުކާރު ކޯލިޝަނާ ގުޅިގެންނެވެ.
ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލުން ސަރުކާރު ކޯލިޝަނަށް ލިބުނު ހަމައެކަނި ގޮނޑި ކާމިޔާބުކުރީ ޑީއާރުޕީގެ ކެންޑިޑޭޓެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Gaathun balaa meehaa
04 June 2017
ވަރަށް ދެރަކަމެއް. މިކަހަލަ ޕޮލިޓިކަލް މީހުން ސަފީރު ކަމަށާއި ޑިޕްލޮމެޓިކް ޕޯސްޓިންގްސް އަށް ފޮނުވީމާ ހަގީގަތުގައި ދިވެހި ފޮރިން ސާރވިސް ވާނީ ހަލާކު. ފޮރިން މިނިސްޓްރީގައި ތިއްބެވި ސީނިއަރ ބޭފުޅުންވެސް ވާނީ ފޫހި.
ޑީޢާރުޕީ
04 June 2017
ޑީއާރުޕީ އުވާލަންވީ. ޢެމްޑީޕީ މަލޭކައުންސިލް ކެންޑިޑޭއައް ރިޝްވަތު ދިނުމުގެ ދައުވާ ޑީއާރުޕީ އަދި ކާނަލް ނަޝީދުގެ މައްޗައް އުފުލަންވީ. ޜައޔިތުންގެ ހައްގަކައް އަރައިގަންފަ އެހެރީ، މިކަހަލަ ކަންކަމުގަ ދޫދޭތީ، ދެން އަރިއިގަންނާނީ މިޔައްވުރެ ބޮޑު ހައްގަކައް.
ހަލީމް
04 June 2017
ކާނަލް އަކީ ރައީސް ނަޝީދު 500 އަހަރު ވަންދެން ވެރިކަމުގައި ބަހައްޓަން ހުށަހެޅި މީހާ. އޭނަ މިފަހަރު ޔާމީން 500 އަހަރު ބަހައްޓަން ހުށަހަޅާނެ. ޑިމޮކްރަސީގެ އަލިފުބާ ދަސްކުރަން ފޮނުވަންވީ މިކަލޭގެ
ދައިތަބެ
04 June 2017
ޑީއާރުޕީ އަށް ތައިލެންޑް އިން މެމްބްރުން ހޯދަވަންތޯ. ނުވިކޭނަމެވެ. ނުވެސް ވިކޭނަމެވެ.
އުމަރު
04 June 2017
ރައީސް ޔާމީނުގެ ވެރިކަމުގައި ސިއްކަޖެހެން ކައިރިވާވަރަކަށް މިފަދަ މަގާމުތަށް އުފައްދާނެ، މިއީ ޑީއާރްޕީއަށް ދިން ހަދިޔާއެއް ކައުންސިލް އިންތިހާބުގައި ހޯދި ކާމިޔާބީއައްޓަކައި
ކޮލަމާފުށި
04 June 2017
މިއިދޯ މިވީގޮތަކީ....ހާދަވަރަކަށޭ ޔާމިނަށް ޚުޝާމަދު ކުރީ..
ދާމިސް
04 June 2017
ނުވިކެމެވެ. ނުވެސް ވިކޭނަމެވެ. މިއީ ވަރަށް ވާހަކަ،
އޭބީ
04 June 2017
ޑީއާރުޕީ އެއްކޮށް ތައިލެންޑަށް؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟
ތތ
04 June 2017
އިސްތައްޓެއްގެ ބުރަދަންވެސް ނެތްޕާޓީއެއް ސަފީރުކަން ދީގެން ގަތީމާ ދެން ސަރުކާރުގެ ބުރަދަން ވަޒަންކުރަން ދައްޗެއްނޫނެވެ.
އަހުމަދުބެ
04 June 2017
ތިޔައީ ބޭނުން ބައެއް ނޫނެވެ. ކުރާކަމެއް ނެތެވެ. އާއިލާ އާއިއެކު ފަސޭހަ ދިރި އުޅުމުެއް އުޅެފަ ވިޔަފާރި ކޮށްފަ އަންނަނީއެވެ. ސަރުކާރުންވެސް މިމީހުން ކުރާ ކަންތައް ބަލަން އެބަޖެހެއެވެ.