ޚަބަރު / މާލޭގެ މޭޔަރު ޝިފާ މުހައްމަދު

ގޮންޖެހުން ބޮޑު، އެކަމަކު ހިތްގައިމު ތަނަށް މާލެ ހަދަން މަސައްކަތް ކުރާނަން: އާ މޭޔަރު

މާލެ ސިޓީ ކައުންސިލްގެ ތިންވަނަ ދައުރުގެ މެމްބަރުކަމުގެ ލިޔުމުގައި މޭޔަރު ޝިފާ ރޭ ސޮއިކުރައްވަނީ: ގޮންޖެހުންތައް ހުއްޓަސް މާލޭގެ ރައްޔިތުން ބޭނުންވާ ހިދުމަތް ފޯރުކޮށްދޭން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވި. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މާލޭގެ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެ ކަންކަމާއެކު ވެސް މާލެ އަކީ ހިތްގައިމު ތަނަކަށް ހަދަން މަސައްކަތް ކުރައްވާނެ ކަމަށް މާލޭގެ އާ މޭޔަރު، ޝިފާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ފުރަތަމަ އަންހެން މޭޔަރު ޝިފާ "މިހާރު" އަށް ވިދާޅުވީ ކުރީގެ ކައުންސިލްގައި މަސައްކަތް ކުރައްވާފައިވާތީ، ރައްޔިތުންނަށް ހިދުމަތް ދޭން ހުރި ގޮންޖެހުންތައް ވަރަށް ރަނގަޅަށް ސާފުވެވަޑައިގަންނަވާ ކަމަށެވެ. އެކަން އެނގިވަޑައިގަންނަވާއިރު ވެސް އަލުން ކައުންސިލްގައި މަސައްކަތް ކުރައްވަން ބޭނުންވީ، ރައްޔިތުން އެދޭ ގޮތަށް ހިދުމަތްތައް ފޯރުކޮށްދެއްވަން ހައްލުތަކެއް ފެނޭތޯ ކަމަށް ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނުން ބޮޑެތި ބާރުތަކެއް ކައުންސިލަށް ދީފައިވީ ނަމަވެސް އެ ބާރުތައް ތަންފީޒުކުރާނެ ހުރިހާ މަސައްކަތްތަކަކާއި ބަޖެޓު ވެސް މާލޭ ސިޓީ ކައުންސިލުގެ އަތުން ވަނީ އަތުލައިފަ އެވެ. މިއީ، މިފަހަރު އިންތިހާބުވެވަޑައިގެންނެވި ކައުންސިލަރުންނަށް ވެސް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ކައުންސިލްގެ ހުރިހާ ކަމެއް ނިގުޅައިގަނެގެން ދިޔައީ. ކުރީގެ މޭޔަރު ޝިހާބު ވެސް ވަރަށް ބޮޑު ހިތްވަރަކާ އެކުގައި މަސައްކަތްތައް ކުރެއްވީ. އަޅުގަނޑަށް އެނގޭ ހިންގުމުގައި ހުރި ދަތިތަކަކީ ކޮބައިކަން. އެކަމަކު ވެސް އަޅުގަނޑުމެން [ކައުންސިލް މެމްބަރުން] ވިސްނާފައި ހައްލުތަކެއް ނެރެވޭތޯ ގޮތްތަކެއް ރާވާނަން،" މާލޭގެ މޭޔަރުގެ މަގާމާ ރޭ ހަވާލުވެވަޑައިގެންނެވި ޝިފާ ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލްގެ އާ މެމްބަރުން ހުވާ ކުރެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އޭނާ ފާހަގަކުރެއްވި ގޮތުގައި އެކި ދާއިރާތަކުން ކައުންސިލަށް އިންތިހާބުވެވަޑައިގެންނެވީ އެ ދާއިރާގެ ރައްޔިތުންގެ އިހްސާސްތައް ދަންނަ ބޭފުޅުންތަކެކެވެ. އެހެންވެ، ރައްޔިތުން އެދޭ ގޮތަށް ކަންކަން ނިންމަން ކައުންސިލަށް ފަސޭހަވާނެ ކަމަށް ވިދާޅުވި އެވެ.

ޝިފާ ވިދާޅުވި ގޮތުގައި މާލޭ ސިޓީ ކައުންސިލަކީ މާލޭގެ ރައްޔިތުންގެ ގިނަ މައުލޫމާތުތަކާއި މުދާ ހުރި ތަނަކަށް ވިއަސް އެ ހުރިހާ ތަކެއްޗެއް ވެސް ވަނީ ކައުންސިލްގެ އަތުން ނަގައިފަ އެވެ. އެއީ ވެސް ވަރަށް ދެރަކޮށް ހިންގި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިފާ ވިދާޅުވި ގޮތުގައި ހިދުމަތް ފޯރުކޮށްދިނުމުގައި މާލޭ ރައްޔިތުން އެދޭ ގޮތަށް ސަރުކާރުން ދޫ ދޭން ޖެހެ އެވެ. އިސްލާހުގެ މަގަށް ކަންކަން ކުރާ ނަމަ ރަނގަޅު ކުރެވޭނެ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށާއި އޭގެ މަންފާ ސަރުކާރާއި ކައުންސިލަށް ވެސް ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މާލޭގެ ކުރިއެރުމާއި ތަރައްގީ އަށް ރާވައި ކައުންސިލުން ހިންގާ މަސައްކަތްތަކުގައި މާލޭގެ ރައްޔިތުން ވެސް އެއްބާރުލުން ދޭން ޝިފާ އެދިވަޑައިގެންނެވި އެވެ.

"އެތަކެއް މައްސަލަތަކެއް މިހާރު އެބަހުރި. އަޅުގަނޑަށް މެސެޖުތަކުން ވެސް ލިބިފައި އެބަހުރި އެތައް ބައިވަރު ޝަކުވާތަކެއް. އަދި ރައްޔިތުން ބޭނުންވާ އެތައް ކަމެއް ވެސް އެބަހުރި،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރާނަން ތިޔަ ރައްޔިތުންނާ އެކުގައި މާލެ އަކީ މީހުން ދިރިއުޅޭ ހިތްވާ ކަހަލަ ތަނަކަށް ހެދުމަށް."

އެކަންކަމަށް ހައްލު ހޯދަން، ޝިފާ ވިދާޅުވި ގޮތުގައި، ސަރުކާރާ އެކު އިށީނދެވޭނެ ކަމަށް އޭނާ އުއްމީދުކުރައްވަ އެވެ. އެކި މުއައްސަސާތަކާ އެކު މަޝްވަރާ ކޮށްގެން މައްސަލަތައް ހައްލުކުރަން ކައުންސިލުން ބޭނުންވާއިރު، އެ ކަންކަމަށް ސަރުކާރުން އެއްބާރުލުން ދޭނެ ކަމަށް ވެސް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލްގެ އާ މެމްބަރުކަމުގެ ހުވާ ކުރެއްވުމަށް ފަހު ޝިފާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ހުވާލައިދެއްވި އާދަމް މުހައްމަދާ ސަލާމް ކުރައްވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

"އެ ފުރުސަތު އަޅުގަނޑުމެންނަށް ނުދެއްވައިފި ނަމަ އޭގެ ނަތީޖާ ސަރުކާރަށް އަނެއްކާ ވެސް ރައްޔިތުން ދައްކާނީ ވަރަށް ގޯސްކޮށް. އެއީ އެންމެ ރަނގަޅު ގޮތަކަށް ނުވާނެ. ސަރުކާރު ހިންގުމުގައި އެބަތިއްބެވި ވިސްނުން ތޫނު، ކަންކަމާ ކަންބޮޑުވެ ރައްޔިތުންގެ ކަންކަން ހައްލުކުރަން ބޭނުންވާ ބޭފުޅުން، މުއައްސަސާތަކުގައި، ސިވިލް ސާވިސްގައި އެބަތިއްބެވި،" ޝިފާ ވިދާޅުވި އެވެ.

ސަރުކާރާ އެކު ކުރަން ޖެހޭ މަސައްކަތްތަކުގައި ކައުންސިލުން އެއްބާރުލުން ދިން ނަމަވެސް ރައްޔިތުންގެ ހައްގުގައި ބަސް ބުނަން ޖެހޭ ތަންތަނުގައި އެކަން ވެސް ކައުންސިލުން ކުރާނެ ކަމަށް ވިދާޅުވި އެވެ.

"މިއީ، ޑިމޮކްރެޓިކް ވެއްޓެއް. ރައްޔިތުންގެ ހައްގުގައި ބަސް ބުނީމާ އެކަމަމާ ކޯފާވެގެން ހިތްހަމަނުޖެހިގެން ކަންކަން ކުރުން ހުއްޓާލަން ޖެހޭ. ރައްޔިތުންގެ ހައްގުގައި ބަސް ބުނީމާ އެކަން ސަރުކާރުން ގަބޫލުކުރައްވަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ލާމަޒުކަރީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަކީ ޑިމޮކްރެޓިކް ނިޒާމެއްގައި ވަރަށް މުހިއްމު ކަމެކެވެ. އެހެންވެ ކައުންސިލަށް ބަޖެޓު ހަމަޖައްސައިދީ، ވަސީލަތްތައް އަނބުރާ ދިނުމަށް ޝިފާ ގޮވާލެއްވި އެވެ.

36 ކޮމެންޓް, 51 ރިއެކްޝަންސް

icon happy icon happy 41%
icon sad icon sad 2%
icon angry icon angry 57%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޯޓޭ

05 June 2017

ވަރައް އުފާވެއްޖެ އަނހެންބޭފުޅަކު ތިމަގާމައް އައީމަ. ތަފޭތެއް ފެނިދާނެކަމުގެ އުައްމީދުގަ. މަގުމަތީގައި އެ ބަހައްޓައި ކުނިކޮތަޅުގެ ކަންތައް ހައްލު ކުރިއަސް އަހަރެން މޭޔަރައް ސެލިއުޓް.......

The name is already taken The name is available. Register?

ނެރު

05 June 2017

މަގުކުނިކަހާ ސާފުކުރުން ތިޔައީ ބަންގާޅުން ގެނެސް ތިބި ބަންގާޅުން ލައްވާ ކުރުވާ ކަމެކޯ! އެމީހުންނަށް ފެންނަ ގޮތަކަށް އެމީހުން ބޭނުންވާ ގޮތަށް އެމީހުން އެކަން ކުރަނީ އިރު ބޮންތިއަކަށް އަރާލީމަ ކަންނެއްކަމުގަ ތިބެގެން މަގުމަތީ މަށަން ދަތި އަޅާލާނެ ދެން އިރުކޮޅަކުން ގެއްލިދާނެ ސާފުކުރާތަން ނުކުރާތަނެކޭ އެއްގޮތްވާނެ މިހެންވާން މި ޖެހެނީ ސްޕަވައިޒަރީ ރޯލްު ހަމަނެތިގެން ދިޔާމަ ހެނދުނު 8 ޖަހާއިރަށް އެމީހުން މަގުމައްޗަކުން ސާފުކުރަން ތިއްބާ ނުފެންނާނެ ދެންކުރާނީ ކޮންމެވެސް އެހެން މީހެއްގެ މަސައްކަތެއް އެ ސްޕަވައިޒަރުންނަށް އެނގޭނެ އެމީހުން މަސައްކަތް ކުރަން ތިބޭނެ ތަންވެސް މީގަ ވާންވި ގޮތަކީ ސިޓީ ކައުންސިލުން ކުނިކަހާ މީހުންގެ ދަފްތަރެއްހަދާފަ ކުނިކަހާ ސާފުކުރުމުގެ މަސައްކަތަށް ބޭނުންވާ މީހުން ދަފަތްރުގަ ނަންނޯޓް ކުރުމަށް ދިވެހިންނަށް ފުރުޞަތު ހުޅުވާލަންވީ ދެން އެމީހެއްގެ ގެއާ އެންމެ ކައިރި ސަރަހައްދު އެމީހަކު ކުނިކަހާ ބަލަހައްޓާނީ އޭރުން އެމީހުންނަށް މުސާރައެއްވެސް ލިބުނީ މާލެއަކީ މިހާރު ހަޑި މުޑުދާރު ތަނެއް ބަންގާޅުންގެ ވަރަށް ޢާއްމު ކަމެއް ކައިބޮއި ހަދާފަ ކުނީގެ ތަކެތި މަގުމައްޗަށް އެޅުން އެމީހުންނަކީ ވަރަށް ނާތަހުޒީބު ވެއްޓެއްގަ އުޅެފަ އައިސް ތިބި ބައެއް މާލޭގެ ކާނުތައްވަނީ ކުނިން ފުރިފަ ސާފެއް ނުކެރެވޭ ނަތީޖާއެއްގެ ގޮތުން ފެން ނުހިނގާ ހުރުމުގެ ސަބަބުން މަދިރި އަޑުކިޔާލާފަ ބައެއް މީހުންނަކީ މަގުހިނގާ އުޅޭ ބައެއް ނޫން އެމީހުން ކާރުގަ އެހެންވީމަ ފެންބޮޑުވިޔަސް އެމީހުންގެ ފައެއް ނުތެމޭނެ މަދިރި އުޅުނަސް މަދިރިއެއްވެސް ނަހަފާނެ ދިވެހިން ކޮންމެ ގޮތެއް ވަރިހަމަ ވެފަ މިހާ ދޯހޮޅިވެފަ ތިއްބާ މީގެ ކުރިއަކުން ނުފެންނާނެ އެވެ.

The name is already taken The name is available. Register?

ކަންކަން

05 June 2017

މުއިއްޒު ހުއްޓާ އެއްވެސް ކަމެއް ނުވާނެއެވެ. ކައުންސިލްގެ ބާރު ކަނޑުވާލީ ކަރުގަހިފާ އަތްފައި ބަނދެފައެވެ.

The name is already taken The name is available. Register?

މުހައްމަދު

05 June 2017

ފުރަތަމަ މާލޭ ސިޓީ ކައުންސިލާއަކު އެންމެ ބޭއިންސާފު ލިބުނު ތަނަކީ ގައުމީ ކުތުބުހާނާ. މާލޭ ސިޓި ކައުންސިލަށް އޮފީސް ދިނުމަށް ގައުމީ ކުތުބުހާނާ ބޭރުކޮށްލާ ކުތުބުހާނާއަށް ދެން ދެއްކީ ޖާގައިގެ ގޮތުން ވަރަށް ކުޑަތަނެއް. އެތަނުގެ ޖާގައިގެ ކުޑަކަން އެނގޭނީ އެއް ފަހަރު ނަމަވެސް އެތަނަށް ސިޓީ ކައުންސިލަރު ޒިޔާރަތްކޮށް ބަލާލައިފިނަމަ. ރައީސް ނަޝީދަކީ ލިޔުންތެރިކަމަށް ޝައުގުހުންނަ ބޭފުޅަކަށްވީއިރު އެފަދަ ކަމެއް އޭރު ކޮށްފައިވާތީ ދެރަވޭ. އަޅުގަނޑަކީ ވަރަށް ކުޑައިރުއްސުރެ ކުތުބުހާނާއަށް ގޮސްފައިވާ މީހަކަށްވާތީ އިހްސާސްކުރެވޭ 2009ގެ ފަހުން ކުތުބުހާނާ ނިކަމެތިވެފައިވާ ވަރު. ކުރީގައި ކުުތުބުހާނާ ރޭގަނޑުވެސް ހުޅުވާފަ ހުރޭ. ދުވާލުގަޑީގައި މަސައްކަތްކުރާ މީހުންނަށް ރޭގަނޑު ޒިޔާރަތްކޮށްލުމަށް ފުރުސަތުއޮތް. ނަމަވެސް އެކަންވެސް ވަނީ 2009ގައި ބަދަލުކޮށްފަ. އެހެންކަމުން، ކުތުބުހާނާއަށް އެތަނަށް އެކަށީގެންވާ ދަރަޖައާ އިންސާފު ހޯއްދަވާދެއްވާ!

The name is already taken The name is available. Register?

ޢަލީ

05 June 2017

ޢަރަބިއްޔާ ސްކޫލްއަށްވެސް ހެދީ ހަމަ ތިހެން.......

The name is already taken The name is available. Register?

ސޯބެ

05 June 2017

ތީ ހުސް އަގަ، މޭޔަރާ ކަމަށް ލައިދީފަ ތިހިރީ ރައީސް ނަޝީދު، އެއީ ރައީސް ނަޝީދުގެ އާއިލީ ބޭފުޅެއް ވީމަ. މާލެއަށް ކަމެއް ކޮއްދޭކަށް ނޫން.

The name is already taken The name is available. Register?

ލުގުމާން

05 June 2017

އަޅުގަނޑު ވަރަށް އެދެން މާލޭގައި މިހާރުރު ހުރި ބައެއް ހުސް ބިންތަށް ރަނގަޅުއަގެއްގައި ސާހޮޓާ ހަދަން ބޭނުވެފައި ތިބި ފަރާތްތަކަށް އެތަން ތަން ރަނގަޅު އަގުގައި ކުއްޔަށް ދެވޭނެ ގޮތް ހޯއްދަވައި ދެއްވުން. އަދި މާލެ ހުޅުމާލެ ބުރިޖްގެ ކަންތަށް ވެސް ތަންކޮޅެއް އަވަސް ކޮށް ދެއްވުން ވެސް. އަދި މަޖީދީ މަގުވެސް ތަންކޮޅެއް އަވަހަށް ނިންމަވައި ދެއްވުން. އަދި މީގެ އިތުރުން މިހާރު މާލޭގައި ނިމިފައިހުރި ފުލެޓްތަށް ވެސް ކުއްޔަށް ލިބޭނެ ގޮތެއް ހޯއްދަވައި ދެއްވުމާއިއެކު މާލޭގެ ހުޅަގު އިންޑަސްޓްރިއަލް ވިލެޖް ވެސް ތަނކޮޅެއް އަވަހަށް ޚިދުމަތް ލިބޭނެ ގޮތެއް ހޯއްދަވައިދެއްވުން. ވަލް ހަމްދުލިއްލާއި ވަރަށް ބޮޑަޝުކުރިއްޔާ.

The name is already taken The name is available. Register?

ޖޯކް

05 June 2017

އަމައްޔާތް ! މީގެ ކުރިން ވެސް ދެ ދައުރު މާލޭގެ މޭޔަރު ކަން އެމްޑީޕީ ކޮށްފިއެވެ ކުރެވުނު އެއްކަމެއް ވެސް ނެތެވެ މީގެ ތެރޭގައި އެމްޑީޕީ ވެރިކަމުގައި ވެސް 3 އަހަރު މޭޔަރު ކަން ކުރެވުނު ހަނދާން އެބަހުރި ތޯއެވެ؟ކުރެވުނު ކަމަކީ ރާޅުގަޑު ސަރަހައްދުގައި ބަނޑަހަގެ ޖެހުމާއި މަގުމަތީގައި މުޒާހަރާ ކުރުމާއި މަގުމަތީގައި ޖަލްސާ ބޭއްވުން ފަދަ ޖޯކް ކަންތަށް ތަކެވެ.

The name is already taken The name is available. Register?

މަރީ

04 June 2017

ތިޔަ ބޭފުޅުންގެ ސަރުކާރު އޮތްއިރު ޝިފާ ހުންނެވި ސިޓީކައުންސިލްގައި ... ސަރުކާރު ވެއްޓުމާއި ހަމަޔަށް 2އަހަރުބައި ލިބުނު ހިތަކަށް ކަންކަން ރަނގަޅުކުރަން ޝިފާ ވިދާޅުވެ ދެއްވަބައްލަވާ ކޮންކަމެއްތޯ ކުރެވުނީ..

The name is already taken The name is available. Register?

ރަނގަޅު

04 June 2017

ކަލޭމެން ދެން އެއްވެސް މަސައްކަތެއް ކޮށްދޭނެ ކަމެއް ނެތް. ކުރިން ލިބުނު ދައުރުގައި ޚިދުމަތްކުރީ ޕާޓީ ކުރިއަރުވަން. ސަރުކާރުން އެދަނީ މިހާރު ބިއުތިފުލް މާލެއަކަށް ހަދަމުން. މާލޭގެ ވަށައިގެންނާއި، އެތެރޭގައި އެތައް ޕާކުތަކެއް ހަދައިފިއެވެ. މަގުތައް އަލުން ތަރައްޤީކުރަމުން އެއޮށް ދަނީ އެވެ. އާ ޖަނަރޭޓަރެއްވެސް ގެނެސްފިއެވެ. އައިޖީއެމްއެޗް ޒަމާނީ ކޮށްލައިފިއެވެ. މިސަރުކާރުން ރަނގަޅުކޮށްލަންވީ ކަމަކީ އިސްލާމީ މަރުކަޒު ދެކުނު ފަރާތު މަގު އަލުން ހުޅުވުމެވެ.

The name is already taken The name is available. Register?

އަލްޖިބްރާ

04 June 2017

ކިތަންމެވަރަކަށް މަސައްކަތް ކުރަން އުޅުނަސް މިސަރުކާރަކުން ސީޓީ ކައުންސިލްތަކުން އެއްވެސް ކަމެއް ކުރިއަކަ ނުދޭނެ ! މީ ޔަޤީން މުޖައްރިބު ކަމެއް !

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454