މަޖިލީހުގެ ކޮމެޓީއެއްގައި ޝުކޫރު: އޭނާ މިހާރު ވަނީ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރައްވާފައި.
04 ޖޫން 2017 - 13:32
ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުއްޝުކޫރު އަބްދުﷲ، އެންވަޔަރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް، ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަންކުރައްވައިފި އެވެ.
ޝުކޫރަށް ސްޓޭޓް މިނިސްޓަރު ކަން ދެއްވިއިރު އޭނާ ސްޓެލްކޯ އިން ވަކިކުރެއްވީ ވެސް މިއަދެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް މިހާރު އައްޔަންކުރައްވާފައި ވަނީ ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު، އަހްމަދު ޒުހޫރެވެ.
މަގާމްތަކަށް މި ގެންނެވި ބަދަލުތަކުގެ ތަފްސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.
ޝުކޫރު އައްޔަން ކުރެއްވުމުގެ ކުރިން އެންވަޔަރަމެންޓް މިނިސްޓްރީގައި ތިން ސްޓޭޓް މިނިސްޓަރުން ތިއްބަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްލާ އަލީ
04 June 2017
މަތި ބަރޭއާއެއްވަރަށް މަތި ބަރުވާން އަދި ގާތް ވެސް ނުވޭދޯ ، މަތި ބަރުވާނީ 700 ސިޔާސީ މަގާމަށް ވުރެ މަތިވުމުން.
ނެޝަނަލިސްޓް
04 June 2017
ޝުކޫރު "ރިޓަޔަރ" ކުރައްވަން ވީ ވަގުތު ޖެހިއްޖެ ކަމަށް ފެނޭ!
ނާދިރާއަލީ
04 June 2017
ކުރާނެ ކަމެއްނެތެވެ. ނަޝީދުގެ ވެރިކަމުގައި ޑީއަރޕީގެ އެއްވެސް މީހަކަށް ޕިޔޯނުކަންވެސް ނުލިބެއެވެ. އެއީ ޑިމޮކްރަސީގައި އެކަން އޮންނަގޮެތވެ. ޕާޓީ ގައުމެއްގައި އެކަން އޮންނާނީ ހަމަ އެހެންނެވެ. މައްސަލައަކީ ކޮބައި ހެއްުޔެވެ؟ މިއަދުގެ ސަރުކާރުގެ ޑިކޮމްރަސީ އެނގޭނީ އެމީހުންނަށވެ. ހަޖަމް ކުރައްވށެވެ. މާދަން ކަލޭމެން އައިސް މާރިޔާއާއި ޒަކީއާއި އަފީފް އަދި ނަޝީދު އަދި ކެރަފާ ނޫން އެހެން ބަޔެއް ނުތިބޭނެއެވެ. މިއީ ހަޤީޤަތުގަިއވެސް މިކަން ވާނެ ގޮތެވެ. ތިޔައުޅެނީ ނޭގިގެންނޫނެވެ.. މަިތިރިވާށެވެ
ޢަބްދުﷲނާފިޒު
04 June 2017
މަތި ބަރެއް ނުވޭނު، ދެއްތޮ.
ބޭޝަރަމް
04 June 2017
މިވާގޮތެއް ބަލަން ޖެހެއެވެ. ނޫސްތަކުންވެސް އިތުރު ތަފުޞީލެއް ނުލިބުނޭ ކިޔާފަ ނިންމާލެވޭކަށްނެތް! ގައިމު ބަދަލު ކުރާނީ ކޮންމެވެސް ކަމެއްވީމަތާ! އެހެން ނޫނީ، މަގާމުގެ މުއްދަތެއްވެސް ކަނޑައެލިފައި އޮންނަންވާނެއެވެ. މިހާރުކަންކަން ދާގޮތުން ހީވަނީ ކޮންމެވެސް ނުނިޔަތެއް އޮވެގެން ކުރާކަމެއްހެން! ރޯދަ މަސް އެހެނަސް ހިތަށް އަރާއެއްޗެއް ވީމަ ދަންނަވާލީ! ވަގުތީ ގޮތުން ހަވާލު ކުރިޔަސް އެތަނެއްގެ ވެރިޔަކަށް ލިބިގެންވާ ބާރާއި އިޚްތިޔާރު ލިބެއެވެ. މައްސަލަ ތަކުގެ ތުހުމަތުގައި ރާއްޖޭގައި ޕާސްޕޯޓް ހިފަހައްޓާފައި ތިބި ބައެއް މީހުން ބޭރަށް ގޮސް ފިލައިގެން އުޅެނީވެސް އެކަހަލަ ހަނިފުރުޞަތު ތަކުގައެވެ.
މުހައްމަދު
04 June 2017
މިހާރު އެތަނަށް އެލީ އެންމެ ރަނގަޅަށް ކަރަންޓު ކިޔަން ދަންނަ ބޭފުޅާ ތޯއްޗެކެވެ. ދައުރު ނިމޭއިރު ކޮންމެވެސް ތަނެއްގެ ޕިޔޯނެއްގެ މަގާމުވެސް އަދާކުރާނެ ތޯއްޗެކެވެ.
ޥައިކާ
04 June 2017
ކަލޯ. އެއީ އިންޖިނިއަރިންގ އިން ޑަބަލް ޑިގްރީ ހައްދަވާފައިވާ ބޭފުޅެއް. ދެންކަރަންޓް ކިޔަން ނޭގެންވީ ކީއްވެ؟
މާލެމީހާ
04 June 2017
އަޅެ ގެދޮރު ދިހަ ބުރިއަށް ހަދާ މަސް ނިމުނީމާ ލައްކައިން ކުލި ލިބޭ މީހުންވެސް ހަމަ ސަރުކާރުގެ އެއްވަޒީފާއިން އެއްވަޒީފާ ނެތީއްޏާ އަނެއްވަޒީފާ އަށް ދުވެދުލާ،
ބަބުރު
04 June 2017
ގަޓް ރައީސް ޑިފެންސް ނުކޮށް ކުރިޔަށް ކުޅެ ގޯލް ޖަހަގެން މޮޅުވާން މަސައްކަތް ކޮށްބަލަ. ޙައްތަހާ ބައިކޮލަށް ގޯލް ޖައްސަވަނީ
Oooo
04 June 2017
ލާނެނުލާނެ ތަނެއ ނޭނގިގެން ތިއުޅެނީ ރާޒުވާކުޅިބައެއްތަ
އަލީ
04 June 2017
މިއީ ބަލަދު އެރީމާ ވާ ގޮތެއް