އދ. ގެ ސެކިއުރިޓީ ކައުންސިލް ބައްދަލުވުމެއް: އެ ކައުންސިލަކީ އދ. ގެ އެންމެ ބާރުގަދަ ގުނަވަން --ފޮޓޯ/މިހާރު
07 ޖޫން 2017 - 19:04
އދ. އެންމެ ބާރު ގަދަ އަދި އެންމެ ވާދަވެެރި ކައުންސިލް ކަމަށްވާ ސެކިއުރިޓީ ކައުންސިލްގެ މެމްބަރު ކަމަށް ރާއްޖެ އިން ވާދަ ކުރަން ނިންމާފައިވާތީ އެކަމަށް ގައުމުތަކުގެ ތާއީދު ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
ސެކިއުރިޓީ ކައުންސިލްގެ އިންތިޚާބުގައި ރާއްޖެ އިން ވާދަކުރަން ނިންމާފައިވަނީ 2019 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް ހޮވާ މެމްބަރު ކަމަށެވެ. އެ އިންތިޚާބު އަންނަ އަހަރު ބާއްވާނެ އެވެ. މިއީ އެ ކައުންސިލްގެ މެމްބަރު ކަމަށް ރާއްޖެ އިން ވާދަކުރާ ފުރަތަމަ ފަހަރެވެ.
އެކަމަށް ތާއީދު ހޯދުމުގެ ގޮތުން ރާއްޖޭގެ ބައެއް ސަފީރުން މިހާރު ގެންދަވަނީ އެކި ގައުމުތަކުގެ ސަފީރުންނާ ބައްދަލު ކުރައްވަމުންނެވެ. އެގޮތުން ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވަނީ ޖަޕާނުގައި ހުންނަ އުރުގުއޭގެ ސަފީރާއި މަރުޓޭނިއާގެ ސަފީރާ ބައްދަލު ކުރައްވައި، އެ ދެ ގައުމުގެ ތާއީދު ރާއްޖެ އަށް ހޯދުމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.
އަދި ޕާކިސްތާނުގައި ހުންނަވާ ރާއްޖޭގެ ސަފީރު އަހުމަދު ސަލީމް ވެސް ވަނީ އެ ގައުމުގައި ހުންނަވާ ތުރުކީގެ ސަފީރާއި އާޖެންޓީގެ ސަފީރު އަދި ބޮސްނިއާގެ ސަފީރާ ވެސް ބައްދަލު ކުރައްވައި، އެ ގައުމުތަކުގެ ތާއީދު ރާއްޖެ އަށް ހޯދުމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. މީގެ އިތުރުން އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު އަހުމަދު މުހައްމަދު ވަނީ އިންޑިއާގައި ހުންނަވާ މެކްސިކޯގެ ސަފީރާއި މިސްރު ސަފީރާއި ސޫދާން ސަފީރު އަދި ޒެމްބިއާ ސަފީރާ ވެސް ބައްދަލު ކުރައްވައިފަ އެވެ.
އދ. ސެކިއުރިޓީ ކައުންސިލްގެ މެމްބަރު ކަމަށް ހޮވޭނީ އދ. ގެ ޖެނެރަލް އެސެމްބްލީގައި ނަގާ ވޯޓުގައި މެމްބަރު ގައުމުތަކުގެ ތެރެއިން ތިންބައި ކުޅަ ދެބައި ގައުމުގެ ވޯޓު ލިބިގެންނެވެ. އަންނަ އަހަރުގެ އިންތިޚާބުގައި އެ ކައުންސިލަށް އޭޝިއާ ރީޖަނުން ރާއްޖޭގެ އިތުރުން ވާދަކުރަނީ އިންޑޮނީޝިއާ އެވެ.
ސެކިއުރިޓީ ކައުންސިލްގެ ދާއިމީ މެމްބަރުންގެ ގޮތުގައި ފަސް ގައުމެއް އޮންނައިރު ބާކީ ތިބޭ 10 މެމްބަރުންނަކީ ދެ އަހަރުގެ މުއްދަތަށް އިންތިޚާބު ކުރާ މެމްބަރުންނެވެ. ވަގުތީ މެމްބަރު ކަމަށް އިންތިޚާބު ކުރަނީ އެކި ސަރަހައްދުތަކުންނެވެ.
އެގޮތުން އޭޝިއާ ގައުމުތަކުންނާއި އެފްރިކާގެ ގައުމުތަކުންނާއި އާއި ލެޓިން އެމެރިކާ އަދި ކެރީބިއަންގެ ގައުމުތަކުންނާއި ޔޫރަޕާއި މެދު އިރުމަތީގެ ގައުމުން ވެސް އެ ކައުންސިލަށް މެމްބަރުން ހޮވާނެ އެވެ. އެ މަޖިލީހުގެ ރިޔާސަތު އާންމުކޮށް ބަލަހައްޓާނީ ވަގުތީ މެމްބަރުންނެވެ. ރިޔާސަތު ބަލަހައްޓާ މެމްބަރުން ދާނީ ކަނޑައެޅޭ ވަކި ތަރުތީބަކުން ކޮންމެ މަހަކު ބަދަލުވަމުންނެވެ.
ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުންގެ ގޮތުގައި ތިބެނީ ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަށްވާ އެމެރިކާ އާއި ރަޝިއާ އާއި ޗައިނާ އާއި އިނގިރޭސި ވިލާތް އަދި ފްރާންސް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަތޫކް
09 June 2017
އދގެ ގޮނޑިއެއްހޯދުމަށްވުރެ މާރަނގަޅޭ ޔާމީނުގެ ސަރުކާރުންހިންގާ ލާއިންސާނީ އަމަލުތައްހުއްޓުވުން
ލޮލް
08 June 2017
އަސްލު ސައުދީއިން ބޭނުންވީ ސެކިއުރިޓީ ކައުންސިލުގަ ޕަޕެޓެއް ބަހައްޓަން. ހޮވިޖެނަމަ ފެންނާނީ ސައުދީން ބޭނުންވާ ގޮތަށް ވޯޓުދޭތަން
މާނާ
08 June 2017
އަމިއްލަ ޤައުމުގަ އަގެއް ނެތް. ބޭރު ދުނިޔޭގަ އަގެއް ނެތް. އަމިއްލަ ޤައުމުން ނުލިބުނު ވޯޓު ބޭރުން ނުލިބޭނެ ދޯ؟
ގދ
08 June 2017
އދ ގަބޫލުކުރަންނުޖެހޭބަޔަކު އެމަޖިލީހުގެގޮނޑިއެއްހޯދަން އުޅޭނަމަ އެކަންވާނީ ހަނދާންނައްތާލަން .. ލޯކަލްއިންތިޚާބުގެ ނަތީޖާ ؟؟؟
މޮޔަގަޓު / ޔޯގަޑު
08 June 2017
އަމިއްލަ ޤަޢމުގައި އޮތީ އެއްމެ 3 ސިޓީ ކައުންސިލް އެތަނުން އެއްމެ ގޮނޑިއެއްވެސްނުލިބުނު. ދެން އޮތީ އަތޮޅުތަކާއި ރަންތައް އެތަންތަނުން ރައްޔިތުން މި ސަރުކާރަށް ނޫނެކޭ ވިދާޅުވެ ލަދުގަންނަވާލީތީވެ. ބަދަލެއްގެގޮތުން ރައްޔިތުން ބަދުނާމުކޮށް މި ޤަޢުމު ފަޠީހަތް ކުރާނަމޭ ހިތާދޯ ތިޔަ އުޅުއްވަނީ. ކީއްވެތޯ ވީޓޯ ކުރުމުގެ ބާރުވެރިކަމުގެ ގޮނޑިއަކަށް ނުއެދުނީ......... މޮޔައަކު އަތަށް ކަނޑިއެއް ދިނީމަ ވާނެ ގޮތް މިވަނީ.
އަޅުންގެ އަޅު
08 June 2017
އަމިއްލަ ގައުމުގެ މަސްލަހަތު ރަނގަޅައް ނުބެލެހެޓޭއިރު މިކަން އަދި ކިހިނެއްބާ ކުރެވޭނީ.
އަލީ
08 June 2017
ރާއްޖޭގައި މިހާރު މިއޮތް ސަރުކާރު އޮއްވާ އެއްގޮތަކަށްވެސް ތިިޔަ ގޮޑި ދޭން ހެޔޮނުވާނެ. ތިޔަތާވެސް ވޯޓު ވިއްކަންފަށާފާނެ.
ގަތަރު
08 June 2017
އަސްލު ތިކަން ކުރަން މިހެން މިއުޅެނީވެސް. ސައުދީއިން ލަފާ ދިނީމަ ކަމަށްވާނީ ގޮނޑި ހޯދަން ފައިސާގެ އެހޭ ދޭނެކަމައް. ދެން ބޭރުދުނިޔޭގަ ރާއްޖޭގެ އިމޭޖް ވަރަށް ރަނގަޅުވީމަ ފަހަރެއްގަ ހޮވިވެސް ދާނެ. އެކަމަކު މިތާ ތިބެ އީރާނަށާއި ގަތަރު ފަދަ ތަންތަނަށް ދަތިކުރަން ފިޔަވަޅުއަޅަން އެހީވާނީ ފައިސާކޮޅަކަށް. ސައުދީ މިހާރުވެސް އެއޮތީ ހިއުމަން ރައިޓްސް ކައުންސިލްއަަށްވެސް ވަދެފަ.
ޕޮކަންޑި މޭން
08 June 2017
ސަލާމަތީ މަޖިލީހުގެ މެމްބަރު ކަން ހޯދަންށޭ! ދެން މަހީހީ، ވާގޮތެއް އެނގިދާނެތާ، ނަތީޖާ ނުކުންނަ ގޮތަކުން އިތުރަށް ހޭން އިނގޭނީ.
GAN Island
08 June 2017
އަހަރުމެން ރައްޔިތުންނަށް އަހަރުމެންގެ ޤައުމަށް އިތުބާރު ކޮށްފައި ދުނިޔޭގެ ޤައުމު ތަކުން ދެއްވާ ގޮނޑި ''ވިއްކާލާނެ ކަމުގެ ބިރު'' އޮތްލެއް ބޮޑޫ ކަމުން އަހަރުމެންނަށާއި އަހަރުމެންގެ ޤައުމަށް ހެޔޮއެދޭތީ މިފަހަރު ތިކަން ވުމަށް ވުރެން ނުވުން ރަނގަޅު ކަމުގައި ދެކެން. . . . ކޮމިއުނިސްޓް ޗައިނާ ނުވަތަ ރައްޔިތުންގެ ބާރެއްނެތް އާއިލީ ރަސްކަމެއް ދަމަހައްޓަމުން އަންނަ ސައުދު ގެ ޤައުމުން އެމީހުން ބޭނުން ނަމަ ގޮނޑި ތަކަށް ކުރިމަތިލައިގެން އަމިއްލައަށް ގޮނޑިތައް ހޯދާ. ކޮންމެހެން އަހަރުމެން ''ގޮނޑި ކޮށްކޮ'' ހައްދަން އުޅޭނެ ކަމެއްނެތް.
މޫސާ
08 June 2017
މަ ބުނީ ލައްކަ އެހީ ގަތަރުން ވެޔާ... ސައުދީން ދޭ ކަދުރުކޮޅު ނޫން އެއްޗެއް ނުފެނެއޭ.. ދެން ސަުދީ ބުނާއިރަށް ބޮޑު ގައުމަކާ ގުޅުން ކަނޑާލާ ފެންވަރަށް ސައުދީ ގެ ނުފޫޒު ރާއްޖެ މައްޗަށް މިވަރަށް މި އޮންނަ ސަބަބުތައް ކޮބައި ހޭ؟؟؟ ކޮބާހޭ އެވަރު ބޮޑު ކަމެއް ކުރިމާ އެކަމުގެ ބަދަލަށް ސައުދީން ދޭ 'އެހީ' ގެ އެތިވަރު؟؟ މި ވަރު ނުފޫޒެއް އޮންނާނީ ގަތަރުން އެދޭހާ އެއްޗިއްސައްވުރެ މަދުވެގެން ދެތިން ގުނަ އިތުރަށް 'އެހީ' ދީގެނޭ .. ކޮބާހޭ އެ އެތިވަރުތައް... ބަލަ ކޮބާހޭ!!! ކޮބާހޭ.. މަށަށް ވީބައި ކޮބާ ހޭ؟؟؟