އަލިމަސް ކާނިވަލުގައި ހުންނަ ކެފޭއެއް: އެތަނުގައި ހިންގާ ހުރިހާ ތަނެއް ބަންދުކުރަން ނޯޓިސް ދިނީ، އެ ސަރަހައްދު ތަރައްގީކުރަން ކަމަށް ހައުސިން މިނިސްޓްރީން ބުނޭ.
11 ޖޫން 2017 - 12:35
އަލިމަސް ކާނިވާ ސަރަހައްދުގައި ހިންގާ ހުރިހާ ކެފޭ/ ރެސްޓޯރަންޓެއް ބަންދުކުރަން ނޯޓިސް ދީފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހުމަދު ފަޒާލް ވިދާޅުވީ މިހާރަށް ވުރެ ފެންވަރު ރަނގަޅުކޮށް، ކާނިވާ ސަރަހައްދު ތަރައްގީ ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެތަނުގައި މިހާރު ހިންގާ ވިޔަފާރިތަކަށް ނޯޓިސް ދިނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކާނިވާ ސަރަހައްދު ތަރައްގީ ކުރަން މި އަހަރުގެ ބަޖެޓުގައި ވެސް ވަނީ ހިމަނާފައި،" އޭނާ ވިދާޅުވި އެވެ.
އެ ސަރަހައްދު ހުސްކުރަން އެންގީ ކޮން ތާރީޚަކަށް ކަމެއް އަދި ތަރައްގީ ކުރަން ސަރުކާރުން ފަށާނެ ދުވަހެއް ވެސް ހައުސިން މިނިސްޓްރީން ނުބުނެ އެވެ.
ހައުސިން މިނިސްޓްރީން ކުރިން ބުނެފައި ވަނީ ކާނިވާ ސަރަހައްދުގެ ބައެއް ކަޑަތައް ހުސްކުރަން މިދިޔަ މެއި މަހުގެ ތެރޭގައި އެންގީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހިލޭ އެހީގައި އެތަނުގައި އިމާރާތް ކުރާ މިސްކިތުގެ މަސައްކަތް ފަށަން ކަމަށެވެ. އެ މިސްކިތުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފަށާގޮތަށް ކުރިން އޮތީ ނިންމައިފަ އެވެ.
ހަ ބުރި އަށް އިމާރާތްކުރާ އެ މިސްކިތަކީ ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ބޮޑު އަދި އެންމެ ރީތި މިސްކިތަށް ވާއިރު، އެތަނުގައި އެއްފަހަރާ 6،000 މީހުންނަށް ނަމާދުކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ކާނިވަލުގައި ހިންގާ މަޝްހޫރު ކެފޭ "ޗިލެކްސް" ފުލުހުން އިއްޔެ ހަވީރު ވަނީ ބަންދުކޮށްފަ އެވެ. އެތަން ބަންދުކުރީ ހައުސިން މިނިސްޓްރީން އަންގައިގެންނެވެ.
ޗިލެކްސް ކެފޭ ހިންގުމުގައި އިސްކޮށް ތިއްބެވި ދެ ބޭފުޅުންގެ ތެރެއިން އެކަކީ ނައިބު ރައީސް އަބްދުﷲ ޖިހާދާ އާއިލީ ގޮތުން ތިމާގެ ބޭފުޅެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ
14 June 2017
މިސްކިތަކާއި ޖީބަށް ލާން ލިބޭ ފައިސާއަށް އަތޮޅެއްގެ އެއްބައި ދާއިމަށް. ތި މިސްކިތް އަޅާނިމުނީމަ ރާއްޖޭގެ ބިން ވިއްކުމާ ދެކޮޅު މީހުންވެސް މަދުވާނެ ކަމަށް އެމީހުން މިހާރުވެސް ބަލައިގެން ތިބޭނީ.
ބަންދުކާނި
12 June 2017
ބަންދު ނުކުރެވިގެން އުޅޭ ހެން ހަދާވެސް ނިންމަ ބަލަ ތިބަންދު ކުރާ ތަންތަން، ލާމަރުކަޒީގެ ބޭނުން ރަގަޅު ގޮތުގައި ހިފުމަށް ސިޓީ ކައުންސިލްތަކުން ކުރަން ޖެހޭ ކަމެއްތީ، ހައުސިންގް މިނިސްޓްރީ މިއީ ބޭކާރު ތަނެއް. ޑިކްޓޭޓަރުކަން ކުރަން އޮންނަ ތަނެއް އެީ
އެކްސް
12 June 2017
މިސަރުކާރުން ތަރައްގީކުރަން ބަންދުކުރިތަންތަން: 1. ހުޅަނގު ދެކުނު ހާބަރު ސަރަހައްދު 2. ސަލްޓަންޕާކު 3. އަލިކިލެގެފާނު މަގުގައި ސަލާޙުއްދީން މިސްކިތާއި އިންވެގެން އޮތްޕާކު. މިތަންތަން ބަންދުކޮށް ރައްޔިތުންނަށްވީ ފަސޭހައެއްނެތް. ލާހޫރޭ ކިޔަނީ ހަމަ ރަނގަޅަށް..
ހަސަން
12 June 2017
އަނެއްކާ އަނެއްތަން ބަންދުކުރަނީ؟ ހާބަރު އެއޮތީ ހަދާ ނިމިފަ ދެއްތޯ؟ ހާދަހާވާ ޗާލޭ!
އަލީ
12 June 2017
އެކި ފަހަރު އެކި ވާހަކަ ދައްކަނީ. ހަމަ ވާނުވާގަ. ތިއީ މިސްކިތެއް ހަދަން އެންމެ ރަގަޅުތަން ނޫންކަން ވިސްނުނީތޯ؟
ހަބޭސް13
12 June 2017
މަނިކް ކަލޭ ލިޔަން ދަސް ކުރަންވީނު
ޝަހާމް އިބްރާހިމް
11 June 2017
ތިގޮތަށް ތަރައްގީ ކުރަން ޚާބަރު ކަޑަތައްވެސް ބަންދު ކުރި. އެކަމަކު މިހާރު ގާތްގަނޑަކަށް 2 އަހަރާ ގާތްވަނީ އެތަނުގައި ކުރި އެއްވެސް ކަމެއް ގެނައި ތަރައްގީއެއް ނުފެނުނު. ފެންސުޖަހާ ބަންދުކޮށްފައި އޮންނަނީ. އެހެން އޮއްވާ ކޮޅިގަނޑެއްގައި ވައިގަދަވެ ދާދިފަހުން ބައެއް ޓިނުތައް އަރިއަޅާލައިގެން ވެއްޓިފައިވެސް އެބަހުރި. ތިގެންނަ ތަރައްގީއެއް 2018 ގެ ކުރިން ފެނިގެން މެނުވީ 2018 ޔަގީން ކުރަން އުނދަގޫވާނެ.
ސޮލިއުޝަން
11 June 2017
ހާބަރު ސަރަހައްދުވެސް ވަރަށް ފެނަވަރު ރަނގަޅުކޮށް އެބަ ތަރައްގީކުރޭ. ކޮލިޓީކަމުން ކައިރިވެސް ނުވެވޭ.
އަހުމަދު ސާހު
11 June 2017
ހަދާނިމުނީމަ ހަމަ އެމީހުން ނަށް ދޭނެތޯ ސުވާލަކީ،
މަނިކު
11 June 2017
މިހަބަރަކުން ނޭނގޭ ތަނެއްދޮރެއް. ކާނިވާ ކިޔަނީ ކަޑަތައް ހުރި ދިމާއައް އެކަނިތަ؟ ހުސްކުރަނީ އެސަރަހައްދުގެ އިރު ދެކުނު ފަޅިތަ؟ ނޫނި މެދުން ފެށިގެން އިރުދެކުނައްތަ؟ ބަލަގަ އަސްލު ކާނިވާ ހުރިތަނުގަ މިހާރު ސިޓުރޮންވެސް އެހުރީ؟ ޑައިނަމޯވެސް! ކާނިވަލާބެހޭގޮތުން ޚަބަރުލިޔާ މީހުން ރޮފިލަން ވެއްޖެނު! ދުވަސްކޮޅަކުން ލިޔަންފަށާފާނެ ކާނިވާ ސަރަހައްދުގަ އޮންނަ ނޯތު ހާބަރޭބެސް، އެވެސް މާލޭގެ ނައެއްވިއްޔާ!