ދުނިޔޭގެ އެންމެ ބޮޑު ކޮންޓެއިނާ ލައިން ޑެންމާކުގެ މައެސްކް އިން ވަނީ އޮމާން މެދުވެރިކޮށް ގަތަރަށް މުދާ ފޮނުވޭނެ އިންތިޒާމް ހަމަޖައްސާފައި. --ފޮޓޯ:ރޮއިޓާސް
13 ޖޫން 2017 - 12:39
ދޯހާ (ޖޫން 13) - ބައެއް ގައުމުތަކުން ސިޔާސީ ގުޅުން ކަނޑާލާ، ވިޔަފާރީގެ ގޮތުން ދަތިކޮށްފައިވާ ގަތަރުގައި ކާބޯތަކެއްޗަށް ޖެހިދާނެތީ 300 ކޮންޓެއިނާގެ ފިނިކުރި ބާވަތްތަކުގެ ކާނާ އޮމާނުން ގަތަރަށް އެތެރެ ކުރަން ނިންމައިފި އެވެ.
ގަތަރުގެ ފުޑް ކޮމްޕެނީގެ ވެރިޔާ އަހުމަދު އަލް ޚަލާފް ވިދާޅުވީ އޮމާނުގެ ސޮހާރު އަދި ސަލާލާ ބަނދަރުން 12 ބޯޓުގައި ގެންނަ ކާނާގެ ބާވަތްތައް މިހާރު ވެސް ގަތަރަށް ލިބެން ފަށާފައިވާ ކަމަށެވެ.
"ގަތަރަށް ގެންނަނީ 300 ކޮންޓެއިނާގެ ކާނާ. އޭގެ ތެރޭން ބައެއް ތަކެތި މިހާރު ވަނީ ލިބިފައި. އަނެއްބައި ތަކެތި ވަނީ ލިބުމުގެ މަގުމަތީގައި،" ޚަލާފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޮމާނުން ގަތަރަށް މުދާ އެތެރެކުރި ނަމަވެސް ޔޫއޭއީގެ ޖަބަލް އަލީ ބަނދަރުގައި ގަތަރަށް ގެންނަން ހުރި ކޮންޓެއިނާތައް ހުރީ ތާށިވެފައި ކަމަށެވެ. ނަމަވެސް ޔޫރަޕުން އަންނަ ޝިޕްމަންޓްތައް އޮމާން މެދުވެރިކޮށް ގަތަރަށް ގެންނަން އަލުން ބުކިންސް ހައްދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދުނިޔޭގެ އެންމެ ބޮޑު ކޮންޓެއިނާ ލައިން ޑެންމާކުގެ މައެސްކް އިން ބުނީ އޮމާން މެދުވެރިކޮށް ގަތަރަށް ކޮންޓެއިނާ ފޮނުވުމުގެ އާ ބުކިންސް ގަބޫލް ކުރާނެ ކަމަށެވެ. ދުނިޔޭގެ ދެ ވަނަ ކޮންޓެއިނާ ލައިން ސްވިޒަލެންޑުގެ އެމްއެސްސީ އިން ބުނީ އޮމާނުގެ ސަލާލާ ބަނދަރުން ގަތަރަށް މުދާ ގެންދެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ.
ގަތަރު ޕޯޓްސް މެނޭޖްމަންޓް އިން އިއްޔެ ވަނީ ދޯހާގެ ހަމަދު ބަނދަރާއި އޮމާނުގެ ސޮހާރު ބަނދަރާ ދެމެދު ސީދާ މުދާ އުފުލޭނެ ނިޒާމެއް ގާއިމްކޮށްފަ އެވެ. މި ނިޒާމުގެ ދަށުން ހަފުތާ އަކު ތިން ދުވަހު ގަތަރުގެ ބަނދަރުތަކުން މުދާ ބޭރުކޮށް އަދި އެތެރެކުރާނެ އެވެ.
ސިޔާސީ ގުޅުން ކަނޑާލުމަށް ފަހު ސައުދީ އަރަބިއާ، ޔޫއޭއީ އަދި ބަހުރޭނުން ވަނީ އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ގަތަރު އެއާވޭސްގެ ބޯޓުތަކަށް ބަންދުކޮށްފަ އެވެ. އަދި ސައުދީ އަރަބިއާގެ އެއްގަމު ބޯޑަރު ވަނީ ގަތަރަށް ބަންދުކޮށްފަ އެވެ. ގަތަރަށް އިމްޕޯޓްކުރާ ކާނާގެ 40 ޕަސެންޓް އެތެރެ ކުރަނީ އެއްގަމު މަގުން ސައުދީންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނިބިހޫރު
14 June 2017
ހަމްދިލިއްލާހި.... އިސްލާމީ ޤައުމުތައް އެކަތިގަނޑެއްކަމުގައި ލައްވާށި. ދިވެހިރާއްޖެ އަހަރެމެންގެ ޤަޠަރާ ގުޅުން ކަނޑާލިއަސް އަހަރެމެންގެ ޤަޠަރާއެކު އިސްލާމީ ޤައުމުތައް އެބަތިބިކަން މިއިންވެސް އެނގެނީ
އާދަމް އިބްރާހިމް
13 June 2017
ސަޢުދު އާއިލާއަށާއި ދިވެހިވެރިކަމުގައި މިހާރުހުރި މީހާއަށް މުސްލިމު އަޚުންނަށް މިދޭ އަނިޔާގެ ބަދަލު ދައްކަވާށި! ފަލަސްތީނުގެ ހަމާސްއަށް ޤަތަރުން ތާއީދު ކުރަނީ އެއީބފަލަސްތީނުގެިފޭރިގެންފައިވާ މިނިވަންކަން ހޯދުމަށް. މިކަންކަން ޓެރަރިޒަމަށްވެފައި އިޒްރޭލުން ހިންގާ އަނިޔާވެިކަން ޓެރަރިޒަމަށްނުވާ ޔަހޫދީ ވެރިންގެ ކިބައިން މިޤައުމު މިންޖުކުރައްވާށި!
ރާބެ
13 June 2017
އާމީން
ގރގރެ
14 June 2017
އާމީން
ކުޑޭ
13 June 2017
ގަތަރާ ދެކޮޅައް ފިޔަވަޅު އެޅި ފަރާތްތަށް ބަލިވުމަކީ މަ އެދޭގޮތް!
މުންކޮ
13 June 2017
ސައުދީގައި އޮތް ވެރިކަމަކީ މިއުންމަތުގެ ހަލާކު
ހަސަނު
13 June 2017
މި އޮއްފަދަ ރޯދަމަހު ސައުދީން ބޭނުންވަނީ މުސްލިމުން ބަނޑަށް ޖައްސައި މަރަންތަ އަޅެ... ދެހަރަމް ބަލަހައްޓާ ވެރިންގެ ކިބައިން ފެނިގެން ނުވާނެ ކަހަލަ ކަންކަން ދޯ މީ... މާ ބޮޑު ކަމެއް ނުކުރެވުނަސް މަ ވެސް ގަތަރާއެކު..
މަގޭބުނީ
13 June 2017
ދެން ސައުދީ ރައްޔިތުން އަރައިގަންނަތަންފެންނާނީ، އާންމު އެތައް ވިޔަފާރިއެއް ބަނގުރޫޓްވެ އިނދަޖެހެނީ، ޤަތަރު މީހުން ހަމަ ކޫލް، ކުރިޔަށްވުރެވެސް ކޫލް، ފޫޑްވެސް މާއަގުވެސްހެޔޮ...