މުއާ: އޭނާއާ އެކު އިތުރު ތިން މީހަކު ވެސް ހައްޔަރުކުރި
17 ޖޫން 2017 - 15:16
މަޝްހޫރު ފިލްމީތަރި އަދި ޔޫތު މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު އަބްދުﷲ މުއާޒު (މުއާ) އާއި އިތުރު ބަޔަކު، ބަނގުރަލުގެ މައްސަލައެއްގައި ފުލުހުން ރޭ ހައްޔަރުކޮށްފި އެވެ.
ފުލުސް އޮފީހުން ބުނީ ފަތިހު، މއ. ގޮމަށިގޭގައި ބަނގުރާ ބޯން ތިބި ކަމަށް ތުހުމަތުކުރެވިގެން ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި މުއާ ވެސް ހިމެނޭ ކަމަށެވެ. އެ މައްސަލައިގައި ދެން ހައްޔަރު ކުރީ ފިރިހެނަކާއި ދެ އަންހެނުންނެވެ.
ފުލުހުން ބުނި ގޮތުގައި ކޮންމެވެސް ވަރަކަށް ރާ ހުރި ހަތަރު ފުޅި ވެސް އެތަނުން ފެނިފައިވެ އެވެ.
ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރުގެ މަގާމުގައި މުއާ މަސައްކަތް ކުރަމުން ދިޔައީ ދެ ވަނަ ފަހަރަށެވެ. އެންމެ ފުރަތަމަ އެ މަގާމުގައި ހުއްޓާ އޭނާ ވަކިކުރީ އެވެ. އެކަމަކު ފަހުން އަނެއްކާ އެގްޒެކްޓިވް ކޯޑިނޭޓަރުގެ މަގާމަށް ހަމަޖެއްސީ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ
18 June 2017
ފިލްމީ ތަރި އޭ.... އަހަރެމެން ކިޔަނީ ފިލްމީ ދަގުއި..
ގޯޅި
18 June 2017
ތިނޫން މީހަކު ތިތާ އުޅޭނެތަ
މުއާ
18 June 2017
ހެހެހެހެހެހެހެހެހެހެހެ ހީވޭ ކަމެއްހެން
ހަބަރު
18 June 2017
މީވެސް ދެން ހަބަރެއްތަ؟ ރާއްޖޭގައި ފިލްމީ ތަރިންނަކީ މާ މުހިއްމު ބައެއްނޫން ކަމެއްވާއިރަށް ނޫހަށް އަރުވާކަށް.
ޕީޕީއެމް މުއާ
18 June 2017
ކީވެތަ ފިލްމީތަރިއެކޭ ލިޔެފައޮތީ. ހުތުރު އަމަލެއް ކުރީމަ ކޯޑިނޭޓަރަކަށް ނުވޭ ސިޔާސީ މީހަހަކަށް ނުވޭ. ވަރަށް ހެއްވާ
މުހައްމަދު
17 June 2017
ނަންވާނީ އަންނި.
ބިގަރޭ
17 June 2017
ދެން ފަހެ ދަންނައެވެ. ތިޔަ މަށްސަލައިގެ ބާވަތުން ތިޔަ ކަންތައް ހިގާފަ ވަނީ ރޯދަމަހު ކަމަށް ވާތީ ތިޔަ މަށްސަލައިގެ މަށްޗައް ސޫޖީ ތަށްޓެއް ބަންޑުން ވެދާ ހުއްޓެވެ......އ.ހ.
އިސްލާހު
17 June 2017
ކޯޑިނޭޓަރު ގެ މަގާމް ތިއޮތީ މައްޗަށް ޖައްސަން ޖެހިފައިތާއެވެ.
ޙަހާހާ
17 June 2017
ޙާސްވާނެކަމެއްނެތްދެއްދޭނީމާމަތީމަގާމެއް
ރިއަލް ޑޮނަލްޑް ޑަކް
17 June 2017
އަޅުގަނޑުގެ ސުވާލަކީ ކޯޑިނޭޓަރުކަން ކުރާގޮތަކީ އެއީތޯއޭ؟