މައުމޫން ފައުންޑޭޝަނުން ރޭ ބޭއްވި އިހްޔާ ކުރުމުގެ ޕްރޮގްރާމުގައި މައުމޫން ވާހަކަފުޅު ދައްކަވަނީ-- މިހާރު ފޮޓޯ: ހުސެން ވަހީދު
22 ޖޫން 2017 - 14:16
ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ އޮޑިޓް ރިޕޯޓަކާ ގުޅޭގޮތުން ސުވާލު ކުރެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވެ ވަޑައިގަތުމަށް އަންގައިފި އެވެ.
މައުމޫން ފެކްޝަނުގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް މިއަދު ވިދާޅުވި ގޮތުގައި މައުމޫން އޭސީސީ އަށް ހާޒިރު ވެވަޑައިގަތުމަށް އެންގީ 2007، 2008 ގެ ތީމުގޭ އޮޑިޓް ރިޕޯޓާ ގުޅޭގޮތުން ބަޔާން ނެގުމަށެވެ. އެކަމަކު ހާޒިރު ވަޑައިގަންނަވަން ޖެހޭ ދުވަސް އަދި ސާފުނުވާ ކަމަށް ވިދާޅުވި އެވެ.
ތީމުގެގޭ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ވެރިކަމުގެ ބާރު ބޭނުން ކުރައްވައިގެން މައުމޫން ވަނީ ކޮރަޕްޝަނަށް މަގު ފަހިވާގޮތަށް ގިނަ ކަންތައްތަކެއް ކުރައްވައިފަ އެވެ.
ތީމުގޭގެ އޮޑިޓް ރިޕޯޓާ ގުޅޭ ގޮތުން މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫންގެ މައްސަލައެއް ފުލުހުން ތަހުގީގުކޮށް އޭނާގެ މައުމޫންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ވެސް ކުރިން ފޮނުވި އެވެ.
އެކަމަކު ޖިނާއީ މައްސަލަތަކުގައި ދައުވާކުރުމަށް ގާނޫނުލް އުގޫބާތުގައި ދީފައިވާ މުއްދަތު ފާއިތުވެފައިވާތީ ޕީޖީ ވަނީ އެ މައްސަލަ އަނބުރާ ފުލުހުންނަށް ފޮނުވާލައިފަ އެވެ.
ރައީސް އޮފީހުގައި މިިދިޔަ އަންގާރަދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން ގިނަ އޮޑިޓް ރިޕޯޓްތަކެއް ނެރެފައިވާއިރު، ދައުލަތަށް އެތައް ބިލިއަން ރުފިޔާއެއް ގެއްލިފައިވާ ކަން ފެންނަން އެބަހުރި ކަމަށެވެ. އޭގެތެރޭގައި ޚިޔާނާތްވުމާއި އިހުމާލުވުމާއި ގާނޫނުތަކާއި ގަވާއިދާ ޚިލާފަށް އަމަލު ކުރުމުން ގެއްލުނު ފައިސާ ހިމެނޭ އިރު، އެ ފައިސާ ހޯދުމަށް ކަމާ ބެހޭ އިދާރާތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"ސަރުކާރުގެ އެންމެ އިސް ވާޖިބެއްގެ ގޮތުގައި މި ދެކެނީ ދައުލަތަށް ލިބެން ޖެހޭ ފައިސާ އަނބުރާ ހޯދައިދިނުން. ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ދޭން ބޭނުންވާ ފައިސާ އަނބުރާ އިއާދަކޮށްދިނުން،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިހާން ބްރޯ
24 June 2017
"މިއީ ހަމަ ސީދާ މި ދަނޑިވަޅުގައި އައި ސިޔާސީ ޓައިމް ބޮމެއް. އޭރު ވެސް މިއީ މައުމޫނަށް އޭރުގެ އޮޑިޓަ ޖެނެރަލް އިބްރާހިމް ނައީމް ފޮނުވާލި ޓައިމް ބޮމެއް. ސީދާ ސިޔާސީ އޮޑިޓް ރިޕޯޓްތަކެއް،" ނިހާން ވިދާޅުވިއެވެ. "ރައީސް މައުމޫން ޒިންމާ އުފުއްލަވަންޖެހޭ އެއްވެސް ކަމެއް މި އޮޑިޓް ރިޕޯޓްތަކުގައި ނުހުންނާނެކަން އަޅުގަނޑަށް ކަށަވަރު،" އޭނާ ވިދާޅުވި އެވެ. https://mihaaru.com/news/2679 ކޮބާ ނިހާން؟ އެބޭފުޅާގެ ބަހެއް މިކަމުގަ އެބަ ބޭނުންވޭ.
ޞައްދާމު
24 June 2017
އަދި ތަންކޮޅެއް އަވަސް
ޥަސަންތި
22 June 2017
ތިވައްތަރީ ބޮޑައް އާއިލީ މައްސަލައަކާ
ްޤުއްޓޭ
22 June 2017
މަޢުމޫނެއް ޢީސައެއް ކާސިމެއް ގާސިމެއް ޔާމިނެއް ނޯންނާނެ. ކޮންމެ މީހަކުވެސް ރައްޔިތުންގެ މުދަލަށާއި ފައިސާ އަށް ޙިޔާނާތެއް ވެވިފައިވާނަމަ ރަޢީސް ޔާމީން އެނ ބުނާ ގާނޫނުގެ ދިގު އަށް އެންމެންނަށް ވެސް ފޯރާނެކަން ހަދާން ބެހެއްޓެވުން ވަރަށް މިޙިންމު.
ޓެގްކޮށްބަލަ
22 June 2017
ނިކަން މައުމޫން އޭސީސީއައަށް ޙަޟިރުކުރާތީ ދެރަވާ ކުދިންކޮޅެއް #ޓެގްކޮށްބައަ
ބޯސަކަރާތް
22 June 2017
ނިހާން މިހެންވެސް ވިދާޅުވިއެވެ. https://mihaaru.com/news/2679
ހުސޭނު
22 June 2017
ހައްހައް ހާ... ހިނިއަންނަނީ
ހަސަން
22 June 2017
ތީހަމަ ކުރަންޖެހޭ ކަމެއް އެކަން މާބޮޑަށް ލަސްކުރީތީވެ މީގެކުރިން ވެރިކަންކުރި މީހުންނަށް ވެސް އެދަބުލިބެންޖެހޭ
ހަސަން
22 June 2017
ދެން ފޮނުވާނީ ދައުވާ ކުރަން. ގާނޫނުގައި ބުނާ ދުވަސް ހަމަވެފައި އޮތިއްޔާ ގާނޫނު ބަދަލުކުރާނެ. މަޖިލީހުން ނުވިއްޔާ ސުޕްރީމްކޯޓުން ކޮށްދޭނެ. މިއީ ވަރަށް ފައްކާ ޑިމޮކްރަސީއެއް އޮންނަތަނެއް. މީގެ 9 އަހަރު ކުރީގެ ކަމެއް. އަދި ކިރިޔާ ތަހުގީގުކުރަން ހިތައް އެރީ! ކިހާ އިންސާފުވެރި؟ ކިހާ މިނިވަން މުއައްސަސާއެއް؟
ރާބޮޑޭ
22 June 2017
ފުލެޓުން އަގަމަތީގަޖެހީމަ ދައުލަތުގެ ބައިތުލްމާލުން ގެއްލުލަރިގަޑާ ބެހޭގޮތުން ސުވާލު ނުކުރާން ލުތުފީ ތިޔަހުންނެވީ އާޚިރަތްދުވަހު އެކަމާ ސުވާލެއް ނާންނެކަން އަނެއްކާ އެގެނީބާ ؟