ޚަބަރު / ރައީސް މުހައްމަދު ނަޝީދު

ސެޕްޓެމްބަރުގައި ކޮންގްރެސް ބާއްވާއިރު ނަޝީދު ރާއްޖޭގައި ހުންނަވާނެ: ހަސަން ލަތީފް

ސްރީ ލަންކާގައި ނަޝީދު އެމަނިކުފާނުގެ ސަޕޯޓަރުންތަކަކާ ބައްދަލުކުރައްވަނީ: ސެޕްޓެމްބަރުގައި ނަޝީދު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން ބުނޭ. ފޮޓޯ/މިހާރު

އަންނަ ސެޕްޓެމްބަރުމަހު މާލޭގައި ބާއްވާ އެމްޑީޕީގެ ކޮންގްރެސްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް އިއްޔެ ވިދާޅުވެއްޖެ އެވެ.

ނަޝީދު ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ހަސަން "މިހާރު" އަށް ވިދާޅުވީ ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ނަޝީދު މިނިވަންވެ، ރާއްޖެ ވަޑައިގަންނަވާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. އެ މަގަށް އެމްޑީޕީން މަސައްކަތް ފަށާފައިވާ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލާގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ނަޝީދު މިހާރު ދިރިއުޅުއްވަނީ ރާއްޖެ އިން ބޭރުގަ އެވެ. އެމަނިކުފާނު ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ގޮތަށް އެ ގައުމުން ވަނީ ހިމާޔަތް ހޯއްދަވައިފަ އެވެ. އެތަނުގައި ސިޔާސީ މަސައްކަތްޕުޅު ކުރިއަށް ގެންދަވާއިރު ދޭތެރެދޭތެރެ އިން ސްރީ ލަންކާ އަށް ވަޑައިގަންނަވަ އެވެ.

"އަޅުގަނޑަށް ވަރަށް ބޮޑަށް އުންމީދު އެބަ އޮތް، ކޮންގްރެސްގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރާއްޖޭގައި ހުންނަވައިގެން. ދެން އެއީކީ ސްކައިޕަކުންނެއް ނޫން. އެކަހަލަ އޮޅުވައިލުމެއްގެ ވާހަކައެއް ނޫން މި ދައްކަނީ. ހަމަ ރައީސް ނަޝީދު ރާއްޖެ ވަޑައިގެން ރާއްޖޭގައި ހުންނަވައިގެން ކޮންގްރެސްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އަޅުގަނޑުމެންނަށް ވަރަށް ލަފާ ކުރެވޭ. އެ ގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން ވެސް މި ގެންދަނީ،" ހަސަން ވިދާޅުވި އެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ވެސް ހޮވާ ކޮންގްރެސްގައި، ވާދަކުރައްވާނެ ކަމަށް ނަޝީދު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ހަސަން ވިދާޅުވި ގޮތުގައި ކޮންގްރެސްގައި ނަޝީދު ބައިވެރިވެވަޑައިގަތުމުގެ މާނައަކީ، މާފުށީ ޖަލުގައި ހުންނެވުމަށް ފަހު ހަމައެކަނި ކޮންގްރެސް އަށް މާލެ ވަޑައިގަންނަވާ ވާހަކައެއް ވެސް ނޫނެވެ. މިނިވަންކަމާއެކު، ކޮންގްރެސްގައި ބައިވެރިވާ އެހެން ބޭފުޅުންނެކޭ އެއްގޮތަށް ބައިވެރިވެވަޑައިގަތުން ކަމަށް ވެސް ވިދާޅުވި އެވެ.

"ބައެއް ބޭފުޅުން ވިދާޅުވެ އަޅުގަނޑުމެން ވަކި ގޮތަކަށް ނުބުނަމެއް ނޫން ހެއްޔޭ. އެހެންވީމާ ފަހަރެއްގައި ސްކައިޕުން ވެސް ވެދާނެތާއޭ، އޭރަށް އެ ބައިވެރިވެވުނީތާއޭ. އަޅުގަނޑު މިދަންނަވަނީ އެހެން އޮޅުވައިލާ ކަހަލަ ވާހަކައެއް ނޫނޭ މި ދައްކަނީކީ،" ހަސަން ވިދާޅުވި އެވެ.

"ހަމަ ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް ރައީސް ނަޝީދު ރާއްޖޭގައި ހުންނަވައިގެން ކޮންގްރެސްގައި ބައިވެރިވެވަޑައިގަންނަވާނެ ވާހަކަ މި ދައްކަނީ. އެއްގޮތަކަށް ވެސް ސްކައިޕާ ވަޓްސްއެޕާ ފާޑުފާޑުގެ އެއްޗެހިންނެއް ނޫން. ހަމަ ފިޒިކަލީ ރައީސް ނަޝީދު ރާއްޖޭގައި ހުންނަވައިގެން ކޮންގްރެސްގައި ބައިވެރިވެވަޑައިގެންނެވޭ ގޮތަކަށް އަޅުގަނޑުމެން ކޮންގްރެސް ބޭއްވޭތޯ މި ބަލަނީ."

ނަޝީދު ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރައްވަނީ، ހަސަން ވިދާޅުވި ގޮތުގައި، ސިޔާސީ މަސްރަހުގައި މިހާރު ހިނގާ ކަންކަމުގެ އަލީގަ އެވެ. މިހާރު މި ހިނގާ ކަންކަމާ އެކު، ސިިޔާސީ ގޮތުން ހައްޔަރުކޮށްފައި ތިބި މީހުން މިނިވަންވާނެ ކަމަށް ވެސް ލަފާކުރެއްވޭ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ރާއްޖެ ވަޑައިގަންނަވާ ވާހަކަ އެމްޑީޕީން ދައްކާއިރު، ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ސިޔާސީ މަސްރަހަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެއް ބަޔަކު ދެކޭގޮތުގައި، އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ވަކިކުރުމެވެ. އެމަނިކުފާނު ވަކިކުރަން ބޭނުންވާ 42 މެމްބަރުންގެ ސޮއި ލިބިފައިވާ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ނުސީދާކޮށް ދަނީ ބުނަމުންނެވެ.

އެކަމަކު ވެރިކަން ކުރާ ޕީޕީއެމުން މި ވާހަކަތައް ދޮގުކުރެ އެވެ. އެ ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އިދިކޮޅު ފަރާތްތަކަށް އެއްވެސް ކަމެއް ހާސިލެއް ނުވާނެ އެވެ. ޕީޕީއެމާއި އެމްޑީއޭ ކޯލިޝަން އޮތީ ބަދަހިކޮށް ކަމަށް ވެސް ޕީޕީއެމުން ބުނެ އެވެ.

108 ކޮމެންޓް, 226 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 2%
icon angry icon angry 27%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބާލިސް

14 November 2017

ކޮބާތޯ ސެޕްޓެމްބަރު މަސް. ހަނދާން ނެތުނީ ތޯއްޗެއް

The name is already taken The name is available. Register?

ފެންނަނީ

01 July 2017

ތިޔަހެން ބުނީމަ މިހާރުވެސް ފެންނަހެން ހީވަނީ. ފަހަރެއްގަ ވިކްޓަރީގެ ގޯލްކީޕަރަކަށް ނޫނީ އައިޖީއެމްއެޗްގެ ކަރުންމަތީގެ ބަލިތަކާ ބެހޭ ޑޮކްޓަރަކަށް ނޫނީ ބޮޑުކަންނެލި ބާނައިގެން ދޯނި ލަފަން އަންނަތަންވެސް ފެންނަހެން އެބަ ހީވޭ.

The name is already taken The name is available. Register?

މެންޓަލިސްޓް

01 July 2017

ކުރީންވާން ހުރިކަންކަމެށް އަޅުގަނޑަކަށް ނޭންގޭ ،،،، އުއްމީދުތަކެށް ކުރެވިދާނެ ،،، އެހެންވީމައި ރަގަޅުގޮތަކީ ތިމަންނާމެން އުއްމީދުކުރަމޭ ﷲ ގެ ހެޔޮރަހުމަތުން ނަޝީދު ސެޕްޓެމްބަރގައި މާލޭގައި ހުންނާނެކަމަށް ،،، އެނޫންގޮތަކަށް ތިޔަވާހަކަ ބުނެވޭނެގޮތެއް މުސްލިމް ސްޓޭޓްއެއްގައި މީހާ ހުރެގެން ނޯންނާެނެ ،،، އަޅުގަނޑުވެސް ވަރަށް އެދޭކަމެށް ނަޝީދުވެސް ، ނާޒިމްސޯވެސް އަދި އިމްރާންވެސް ސަލާމަތްވެގެން މާލޭގައި އުޅޭތަން ދުށުމަކީ ،،، ވަރަށްވެދުން

The name is already taken The name is available. Register?

ރަދީފް

01 July 2017

ރާއްޖޭގަ ހުރެވިދާނެ ، ނަމަވެސް މިނިވަނެއްގެ ގޮތުގަ ވަރަށް ހީނުވޭ ހުރެވޭނެހެން.

The name is already taken The name is available. Register?

މަރުޖާނު

01 July 2017

ބަލަ މިހާރުވެސް އެބޭފުޅާ ހުންނެވީ މާލޭގަނޫންބާ!ހޯމަދުވަހު މާލެ ވަޑައިގަންނަވާކަމަށް ނޫހެއްގައި އޮއްވާ ފެނުނު.

The name is already taken The name is available. Register?

އަޙްމަދު

01 July 2017

އޮޅުވާލާން ނޫޅުއްވާ ތީ ޕާޓީގެ މެންބަރުބް ގުނބޯ ހައްދަން ވެގެން ޖަހާލި ވެކްސިނެއް.ހެހޭ

The name is already taken The name is available. Register?

ބޯލަބޭ

30 June 2017

މިވާހަކަ މިގޮތަށް ދެއްކީމަ ކޮށްފައިވާ ޙުކުމުން ސަލާމަތްވަނީތަ. ހިތްވަރެއް ހުރިއްޔާ އައިސް ނިކަން ތިޔަކިޔާ ކޮންގްރެސްއެއްގަ ބައިވެރިވެބަލަ. އަހަރެމެން ތިބޭނަން ބަލަން. ބޯ ތިޔަހުރީ ހަމައެކަނި ފުނާއަޅަންތަ؟

The name is already taken The name is available. Register?

ހަޤީޤަތް

30 June 2017

ހަޤީޤަތަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެ މައްޗަށް ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ކޮށްފައިވަނީ ކޮން ކުށެއް ކޮށްގެންކަން ރާއްޖޭގެ ގިނަ ރައްޔިތުންނަށް ނޭނގޭކަން.

The name is already taken The name is available. Register?

އެންޓިޔެލޯ

01 July 2017

އެކަން އަންނި އަށް އެނގެޔޭ އެނިމުނީނު.....؟

The name is already taken The name is available. Register?

ބޯލަބޭ

01 July 2017

ޤާޟީއަކު ރޭގަނޑު ދަންވަރު ސިފައިން ފޮނުވައިގެން ހައްޔަރުކުރުވިކަން ނޭގެންޏާ ދެން ދައްކާނެ ވާހަކައެއް ނެތް. އެއީ ކުށަކަށް ނުވަންޏާ ކުށެއްކުރި އެކަކުވެސް ނެތްކަމަށް ނިންމަންވީނު.

The name is already taken The name is available. Register?

އިސްމާއިލް

30 June 2017

މަޅިފަތި މަތިމައްޗައް ރޭޑީ ކުރާނެ މިހާރުއްސުރެ ފެށިގެން! އައްޔޯ!!!

The name is already taken The name is available. Register?

މސ

30 June 2017

ސެޕްޓެމްބަރ މާލަސް. ނަޝީދަކީ 13 އަހަރުގެ ޖަލުޙކުމް ތަމްފީޒް ކުރަމުންދާ ކުށްވެރިއެކެވެ އޭނާ އެޙުކުމުން ބަރީއަ ވެގަތުމށްޓަކާއި ބޭރުގައުމެއް ހިމާޔަތް ހޯދައިގެން ޖަލަށް ފިލާހުރުމަކީ އެއްގޮތަކަށްވެސް ގަބޫލް ކުރެވޭނެ ކަމެއް ނޫނެވެ މިހާރުން މިހާރަށް އެޭނާ ރާއްޖެގެނެސް އޭނަގެމައްޗަށް އޮތް ޙުކުމް ތަމްފީޒް ކުރުވިުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަމެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454