04 ޖުލައި 2017 - 14:31
ރައީސް އަބްދުﷲ ޔާމީނަކީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދީގެން އެއްވެސް ކަމެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމުގެ ޔަގީން ދެއްވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު މަގާމުން ވަކިކުރުމަށް ވެރިކަން ކުރާ ޕީޕީއެމްގެ 10 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް މައްސަލަ ވެއްދި މައްސަލަ ހޫނުވެފައިވާ މި ދަނޑިވަޅުގައި މުއާޒް ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ، މެމްބަރުންގެ ފަރާތްޕުޅުން ބޭނުންވާ އެހީތެރިކަން ހޯއްދެވުމަށް އެ ބޭފުޅުންގެ އަރިހުން ރައީސް ޔާމީން "އާދޭސް" ދަންނަވާފައި އެބަހުރި ކަމަށެވެ.
"ރައްޔިތުންގެ ކަންކަން ފުރިހަމަ ކޮށްދެއްވުމުގައި އެހީތެރިކަން ދެއްވުމަށް މެމްބަރުންގެ އަރިހުން 'އާދޭސް' ދަންނަވަން ޖެހިވަޑައިގެންނެވި ނަމަވެސް މި ރައީސް އަކީ މެމްބަރުންނަށް ރިޝްވަތު ދެއްވައިގެން އެއްވެސް ކަމެއް ކުރައްވާނެ ރައީސެއް ނޫން ކަމުގެ ޔަގީންކަން ލޮބުވެތި ރައްޔިތުންނަށް އަރުވަން،" ތަރުޖަމާން ވިދާޅުވި އެވެ.
މުއާޒް އެހެން ވިދާޅުވިއިރު، މަސީހު މަގާމުން ދުރުކުރަން ސޮއި ކުރެއްވި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ 10 މެމްބަރުން، އެ ނިންމެވުން އަނބުރާ ގެންދަވަން އެދިވަޑައިގެން ރައީސް ޔާމީން "އާދޭސް" ކުރައްވަމުން ގެންދަވާ ކަމަށް އެ ޕާޓީގެ މެމްބަރުންތަކެއް ވަނީ މިއަދު ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބުރުވެރިޔާ
05 July 2017
ހައްހައްހައްހޯ އެއްޗެކޭ ބުނާނެ ހިތްވަރެއް ހަމނެއް ތެދެއްތީ ،،،،
ގޮއްޔެ
05 July 2017
ތަރުޖަމާނަށް ''ރިޝްވަތު'' ތަރުޖަމާށްދީބަލަ ކޮންމެވެސް ކުއްޖަކު. ޅަ ކަމުން އަދި އެއުޅެނީ އޭގެ މާނަ ނޭނގިގެން.
އިބިރިހިންބެއްޔާ
05 July 2017
ތެދުވާހަކަފުޅެއް. ރައީސަކީ ސީދާ ރިޝްވަތު ދެއްވާނެ ބޭފުޅެއްނޫން. ވަކިކުރިފުތު ވަކިކުރި ދުހު ރައީސުވިދާޅުވި އެފުތު ދެމުންދިޔައީ ތިމަން ދެމުންދިޔަ އެއްޗެކޭ. ދެންވެސް އެގޭނީ އެހެންފުތަކު ކަޓާ ދުހުކުން. Indirect & indecent giveaways އުތަ؟
ރިސާރޗު
05 July 2017
ރިސްވަތު ދޭ މީހުންވެސް ދެނީ ސިއްރުން. ސަބަބަކީ މި ރައީސަށް އެކަން އެނގިއްޖެ ނަމަ ރިސްވަތުންވެސް ޖީއެސްޓީ ނަގާފާނެތީ..ހެހެހެ
ފަޤީރުކަލޯ!
05 July 2017
އަދީބު ބަހަމުން ގެންދިޔައީ ތިމަންނަ ދިން ފައިސާއޭ، ފުލުހުންނަށްވެސް އަދީބުވަނީ ރިޝްވަތު ދީފައޭ، މިހެން ބުނި މީހާގެ މަސްއަލަ ބަލަނީ ކޮންއިރަކުންތޯ؟
ހަނު ހުންނަ މީހާ
05 July 2017
ހާދަހީވޭ ކޮތަޅު ކޮތަޅުގަ ގޯނި ގޯނީގަ ބަހާފނެހެން
ދިވެވި ތައްޔިތެއް
05 July 2017
ތިޔަ 2ފަޅީގަ ތިބިމީހުންވެސް ރިޝްވަތުދޭނެ ހިފަންތިބިމީހުން ހިފަންވެސް ހިފާނެ!ދުނިޔޭގަ އެންމެ ގިނައިން ދޮގު ހަދާއެއްބަޔަކީ ސިޔާސީ ވެރިން! ތިޔައިން އެއްވެސް މީިހަކަށް އިތުބާރެއް ނުކުރެވޭނެ!،
ހެހެހެެ
05 July 2017
ރައީސް މެންބަރުން ގަނެލަނީދޯ!
މަކުނުފުށި
05 July 2017
ރައީސްއެއް ރިޝްވަތެއް ނުދެއްވާނެ. އެއީ ހަމަ ޔަގީންކަމެއް. ސަތޭކަ ޕަސެންޓް ނުދެއްވާނެ. އެކަމަށް ހިތްވަރުނުދެއްވާނެކަންވެސް ޔަގީން. ތީ ބަޔަކު މީހުން ހަދައިގެން ދައްކާ ވާހަކަ ކަން ގިނަދިވެހިން ގަބޫލުކުރަނީ
އަފިހުން ގޮއްޔެ
05 July 2017
ރ ޔާމީނުއަށް ރިޝްވަތު އެއީ ކޮންއެއްޗެއް ކަންވެސް ނޭގޭނެ، ފަހަރެއްގަ ސުޕާރީ ދީފާނެ.
އަބްދޫ
05 July 2017
ރިސްވަތެއް ނުދެއްވާނެ އެހީއަކަށް އެދި ވަޑައިގެންފި ނަމަ އެހީ އެއް ދެއްވަފާނެ،ބާ؟