އެސްއޯ ފުލުހުންތަކެއް މަގުމަތީގައި ހަރަކާތްތެރިވަނީ: ފުލުހުންނަކީ ސިޔާސީ ހަތިޔާރަކަށް ވެގެން ނުވާނެ ކަމަށް ކުރީގެ ނައިބު ރައީސް ޖަމީލް މިރޭ ވިދާޅުވި.---މިހާރު ފައިލް ފޮޓޯ
04 ޖުލައި 2017 - 21:30
ފުލުހުންނަކީ ސިޔާސީ ހަތިޔާރަކަށް ވެގެން ނުވާނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސިޔާސީ ލީޑަރުން އަމާޒަކަށް ހަދައިގެން ނުވާނެ ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކާމިޔާބުކުރަން މަޖިލީހުގެ ބައެއް މެމްބަރުންނަށް ދިއްގަރު ދާއިރާގެ އަހުމަދު ފާރިސް ރިޝްވަތު ދެއްވިކަމުގެ ހެއްކާއި ގަރީނާ އެބަހުރި ކަމަށް ފުލުހުން ބުނި މައްސަލާގައި، ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފާރިސްގެ އިތުރުން އިދިކޮޅު މެމްބަރުންނާއި ސިޔާސީ ލީޑަރުން އަމާޒަކަށް ހެދުން ފުލުހުން ހުއްޓާލަން ގޮވާލައްވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހު މަގާމުން ވަކި ކުރަން އިދިކޮޅު ފަރާތްތަކުން 45 މެމްބަރުންގެ ސޮޔާއެކު، މަޖިލީހަށް އިއްޔެ ވެއްދުމާއެކު ސިޔާސީ އެކިއެކި ބޭފުޅުންގެ މައްޗަށް ތަފާތު ތުހުމަތުތައް ކުރަން ވަނީ ފަށައިފަ އެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކާމިޔާބުކުރަން މަޖިލިހުގެ ބައެއް މެމްބަރުންނަށް ފާރިސް ރިޝްވަތު ދެއްވިކަމުގެ ހެއްކާއި ގަރީނާ އެބަ ހުރި ކަމަށް ފުލުހުން ބުނި ނަމަވެސް އޭނާ މިއަދު ވަނީ އެކަން ދޮގުކުރައްވައިފަ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް ވިދާޅުވީ މަޖިލީހުގެ އެއްވެސް މެމްބަރަކަށް އަދި އެހެން ބަޔަކަށް ވެސް ރިޝްވަތު ނުދެއްވާ ކަމަށާއި ރިޝްވަތު ހުށަހެއް ވެސް ނާޅުއްވާ ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދު ކުރި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމްދީދީ (ކުރީގެ ބްރިގޭޑިއާ ޖެނެރަލް ޑީޑީ) ގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންގޮސްފައި އޮތުމަށް ފަހު އެ މައްސަލަ އަލުން ކްރިމިނަލް ކޯޓަށް ވަނީ ފޮނުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާހިރު
05 July 2017
ފުލުންނާއި ސިފައިންނަކީވެސް މިނިވަން ތަންތަނަށް ވާންޖެހެއެވެ. ހަމަ އެފަދައިން ރައްޔިތުން މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރު ހިންގާ ޕާޓީއަށް ނުވަތަ އިދިކޮޅު ފަރާތްތަކަށް އޮވެގެންވެސް ކަމެއް ރަނގަޅަކަށް ނުދާނެއެވެ. ރައްޔިތުންގެ މަޖިލީހުގައި ޕާޓީތަކަށް ނިސްބަތްވާ މީހުން ނުތިބެފައި މިނިވަން މުއައްސަސާ ތަކާއި ސިފައިންނާއި ފުލުހުންނަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޔަކު ވެރިންނަށް ތިބޭ ތަނަކަށް ވެއްޖެނަމަ ރަނގަޅު ވެދާނެއެވެ. މިހާރު މިއޮންނަ ސިސްޓަމުން ތިންބާރު ވަތްކެއްނުވެއެވެ. އަދި މިނިވަން މުއައްސަސާތަކާއި ސިފައިންނާއި ފުލުހުންވެސް މިނިވަންކަމާއެކު މަސައްކަތްކުރެވޭނެގޮތެއްވެސްނެތެވެ. ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ އަޣުލަބިއްޔަތު އޮވެފައި ސަރުކާރުން ކަނޑައަޅާ މީހަކަށް މަޖިލީހުން ރުހުންދީގެން އައްޔަންކުރާ މީހަކު ސަރުކާރުންކުރާ ޤާނޫނާ ޚިލާފް ޢަމަލެއް ހުއްޓުވާނީ ކިހިނެއްތޯއެވެ.
ބޯލަބޭ
05 July 2017
އަބަދުވެސް ފުލުހުންނަކީ ސިޔާސީ ހަތިޔާރެއް. ފުލުހުން ތިބޭނީ ބާރުހުރި ސިޔާސީ މީހުންނާއެކު.
ޗޮސްބެ
05 July 2017
ބަގާވަތް ކުރި ދުވަހު ތިބީ ސިޔާސީ ހަތިޔާރަކަށް ހަދައިގެން ނޫންތަ؟ ތީތި ބުނި މީހާގެ ގޮތުން ތީތި ކަޑަ
ހުސޭނުބެ
04 July 2017
މޮޅު ވާހަކަ އެންމެން ބޭރުގަ ބަލަންތިބޭ ފަހަރު މިދައްކަނީ!! ވެރިކަން ލިބުނީމަ މިހާތަނަށް އެންމެންވެސް ފުލުހުން ބޭނުން ކޮށްފައިވަނީ ސިޔާސީ ހަތިޔާރަކަށް ހަދައިގެން!! މިޕާޓީ ސިސްޓަމް ރާއްޖެ އައިފަހުން ނިކަން ވަރުގަދަކޮށް އޮތް އަދި ގައުމުގެ އެންމެ ފަޚުރުވެރި ދެމުއައްސަސާ ކަމުގައިވާ އެމްއެންޑީއެފް އާއި ފުލުހުންގެ މުއައްސަސާ ވަނީ "ބަލިކަށިވެ" ހަލާކުވެފަ!! އެތަންތާ ތިބި ތަޖްރިބާ ލިބިފައިތިބި އިސް އެތައްބަޔަކު ވަނީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ކަނޑާ ބޭރުކޮށްފަ!! ކޮންމެ ފަސްއަހަރަކުން ނުވަތަ ތިން އަހަރަކުން ފުލުހުންގެ އިސް ވެރިން އެބަ ބޭރުކުރޭ!! މިމަގާމުބތަކަކީ ސިޔާސީ މަގާމުތަކަށް ހަދާފަ މިހުންނަނީ!! މިތަންތަން މިގޮތަށް ގޮސް ފުނޑިނީމަ ގައުމުގެ ސިޔާދަތު ގެއްލޭނެ މުސްތަގްބަލުގަ!! ރުވަންޑާ ގާނާ ފަދަ ގައުމަކަށް މިގައުމު ބަދަލްވާނެ!! މިއީ ފުންކޮށް ވިސްނަންޖެހޭ ކަމެއް!!
ބޭބެ
05 July 2017
ކޮންމެ ސަރުކަރެއް ނޫން. އޮޅުވާނުލާ. މިކަމެއް ފެށުނީ 2012 ގައި އޭރު އެއޮތް ވެރިކަން ވައްޓާލަންވެގެން ބަޔަކު ގަތްގަނޑަކުން. މިހާރު ފުލުހުންގެ އިސްވެރިންގެ ގޮތުގައި އެތިބީ އެމީހުން.
ހުސޭނުބެ
05 July 2017
ބޭބެ ނިކަން ބުނެބަލަ އާދަން ޒާހިރު އާއި ށުކޫރު އާއި އިބްރާހިމް ލަތީފް ބޭރުކުރީ ކާކު ވެރިކަމަށް އައިސް!! ޖަވާބަކީ ރައީސް ނަސީދު ވެރިކަމަށް އައިސް!!
ކަހެރުވައް
04 July 2017
ޖަމީލުމެންގެ މައްސައަކީ ތީއޭ. މިތަނުގަ ފުލުހުންނާ ބައްސަންވީ ކޮންކަމެއް. ސަލާމަތީ ބާރުތަކާ ނުބެހި ނުތިބެވޭ ދޯ. ގައުމު ސުންނާފަތިވެގެން މިދަނީ މިކަހަލަ މީހުންގެ ސަބަބުންނޭ. ހާވާ ހުރިހާ ހަޢެއްވެސް ފުލުހުންނާ ނުވަތަ ސިފައިން ގައިގަ އުނގުޅަން ޖެހޭތަ. ފުލުހުންނެއް ނޫނޭ މަޖިލީހުގަ ތިބީކީ. ފުލުހުންނެއް ނޫނޭ ކޯޓުތަކުގަ ތިބީކީ. ފުލުހުންނެއް ނޫނޭ ވެރިކަން ހިންގަން ތިބީކީ. ފުލުހުންނެއް ނޫނޭ މިނިވަން މުއައްސަސާތަކުގަ ތިބީކީ. ޖަމީލުމެން ހާވާ ހަޑިއެއް ފުލުހުންނާ ސިފައިން ދުރުގަ ބައިތިއްބާފަ ހާވަބަލަ.
ސަނަސަ
04 July 2017
ދަރިޔަކު ތަރުބިއްޔަތުކުރަންވެސް މައިންބަފައިން އަނިޔާ ކުރައްޏާ ވަކިހިސާބަކުން. އެދަރިން އެނބުރިލާފަ މައިންބަފައިންނަށްވެސް ހަމަލާދޭ ދުވަހެއް އަންނާނެ.. އެގޮތްވާން މިއުޅެނީ. ޖައްބާރުވެގެން ރައްޔަތުންގެރުހުން ނުލިބޭނެ. މަކަރާހީލަތުން ކަންކަން ކުރީމަ އެވަގުތު މަޑުން ތިއްބަސް ފަހުންވިސްނާ ހެޔޮމަގަށް ރުޖޫޢަ ވާނެ . ތިބާ ޙަރާމްގޮތުގަ ކައިބޮއިއުޅަޭމީހުން މެނުވީ.. މާތްﷲ އަޅަމެން އެންމެހާ ދިވެހިންނަށް ހެޔޮވިސްނުންދެއްވާށި. އާމީން.
ކީން
04 July 2017
ކޮންމެ ބަޔަކުވެސް ފެތެންފެށީމާ ފުލުހުން ބޭނުން ކޮއްގެން ދިޔަވާ ތަންތަން ބައްދަން ހަދައިގެން އެ މުއައްސަސާގެެ އަގުވަނީ ކުރިއައް އޮތް 100 އަހަރުވެސް އަރައި ނުގަނެވޭ ދަރަޖައައް ވައްޓާލާފަ....ހިޔާމަހުރި
ލައްޖެހި ހެދުމުގަ ހުރެގެން ސިނގު ރުޅިއަންނަ މީހަ އޯޑަރައް ފެންފޯއްރުކަނޑާ މީހަ ވިދާޅުވީ
04 July 2017
އަނެއްކަވެސް ފުލުހުން ރައްޔިތުން ތަޅާރޯނާ ގަންވާމަންޒަރު ފެނިގެން ހިގައިދާނެ! އެންއެވަނީ ލައްޖެހި ޔުނީފޯލައިގެން ތިބޭފުލުހުން އެއީ މީހަކަ މުހާތަާބު ކުރަންއެގޭ ބަޔަކައް ވެސްނުވާތި! ޔޫޓިއުބުގަ ހުރި ވީޑިއޯތައް ބެލީމަ އެގޭނެ މިތެއްކަން، ރައްތުންނާ ކަލޭއަމާ މިވެނި އެއްޗެއް، ތިއަ ނަގޫ މިވެނި އެއްޗެކިއައި މުތާބު ކުރާތަން ފެނޭ ވީޑިއޯތަކުން
ފުލުސް
04 July 2017
އަސްލު ފުލުހުންނަކީ ސިޔާސީ ހަތިޔާރެއް ނޫން. ސިފައިންނާއި ފުލުހުންނަކީ ވެރިކަން އަރިއަޅާލާ ހިނދެއްގަ ވެރިކަމުގަ ވިއްދާ މުޑިތަކެއް.
ވިލިނގިލީ މުހައްމަދު
04 July 2017
ޑޮކްޓަރ ޖަމީލް އަކީ ކުރީގެ ހޯމްމިނިސްޓަރެއް އަދި މިގައުމު ދެކުނު އެއްމެ ހީވާގި އިލްމީ އަދި ދީނީ ނާއިބްރައީސް ކަމަށްވެފަ މިފަދަ ބޭފުޅުންގެ އެހީތެރިކަން މިގައުމަށް ނުލާހިކްބޭނުން މިދަނޑިވަޅުގަ ވީމާ ސިފައިންނާއި އަދި ފުލުހުންވެސް ޖާމީލް މެންގެ ބަސް އަޑުއަހާ ގަބޫލްކުރަންވީ ވަގުތުމިއޮތީ ޖެހިފައެވެ. ވީމާ ސިގައިންނާ ފުލުހުން ސިޔާސީ ހަތިޔާރަކަށް ނުވެ ގައުމު ސަލާމަތްކޮށްދޭން މިއަދު މިގައުމުގެ ނިކަމެތި ރަށްޔިތުން އެދި ގޮވަނީ.