މެމްބަރު މުހައްމަދު އިސްމާއީލް: މެމްބަރުންނަށް ރިޝްވަތުގެ ފައިސާ ބެއްސެވި ކަަމަށް އޭނާ ވަނީ ވިދާޅުވެފައި
05 ޖުލައި 2017 - 14:35
"ފައިސާ ގޯނި" ހިފައިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފައިސާ ބެއްސެވި ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވި މައްސަލަ ނުބަލަން ނިންމައި، މެމްބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ މައްސަލަ ތަހުގީގކުރާތީ ފުލުހުންނަށް ފާޑުކިއުން އަމާޒުވެއްޖެ އެވެ.
ފާރިސްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަނީ، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓަށް މެމްބަރުންނަށް ރިޝްވަތު ދެއްވި ކަމަށް ތުހުމަތުކޮށެވެ. އޭނާ ރިޝްވަތު ދިން ކަމުގެ ހެއްކާއި ގަރީނާ ހުރި ކަމަށް ފުލުހުން ބުނެ އެވެ. އެކަމަކު ފާރިސް ވަނީ އެ ތުހުމަތު ދޮގުކުރައްވައިފަ އެވެ.
އެއްވެސް މީހަކަށް ރިޝްވަތު ދެއްވާފައި އަދި ހުށަހަޅުއްވާފައި ވެސް ނުވާނެ ކަމަށް ފާރިސް ވިދާޅުވާއިރު، އެމްއެމްޕީއާރުސީ މެދުވެރިކޮށް ޚިޔާނާތްތެރިވި ފައިސާ މެމްބަރުންނަށް ބެއްސެވި ކަމަށް މުހައްމަދު އިއުތިރާފްވި މައްސަލަ ނުބަލަން ނިންމީ ކީއްވެތޯ ސޯޝަލް މީޑިއާގައި އާންމުން ދަނީ ފުލުހުންނާ ސުވާލުކުރަމުންނެވެ.
ރިޝްވަތާ ގުޅޭ، މި ދެ މައްސަލަ ތަހުގީގުކުރުމުގައި ތަފާތުކުރުން ގެންގުޅުމަކީ ފުލުހުން އިންސާފުން ބޭރުވުން ކަމަށް ވެސް ބައެއް މީހުން ދެކެ އެވެ.
"ދައުލަތުގެ ފައިސާ އިން މެމްބަރުން ރިޝްވަތުގެ ގޮތުގައި ފައިސާ ބެހީ ތިމަންނައޭ ބުނި މެމްބަރުންގެ މައްސަލަ ކޮބާ؟ ހެއްކާއި ގަރީނާ ބޭނުން ނުވާ އަމިއްލަ އިއުތިރާފް، އެ މައްސަލަ ނުބަލަން ނިންމީ ކީއްވެ؟،" ފާރިސްގެ ދިފާއުގައި، ތަހުގީގަށް ފާޑުކިއުން އަމާޒުކޮށް އެކަކު ސުވާލުކުރި އެވެ.
Maldives Police Service in #RISHWATH ge massala ballavaa kamuge habaru libey.
— Mashood Abdulla (@AbdullaAkki) July 4, 2017
amilla iuthiraafun kuh saabithu nuveytho?#GAUMU. pic.twitter.com/4HQ2XChQdG
ފާރިސް ރިޝްވަތު ދެއްވި ކަމުގެ ހެކި ހުރިއިރު ރިޝްވަތުގައި ހިއްޕެވި މެމްބަރުންގެ މައްސަލަ ނުބަލަނީ ކީއްވެތޯ ވެސް ބައެއް މީހުން ފުލުހުންނާ ސުވާލުކޮށްފައިވެ އެވެ.
Rishwath dhinymey, goani thakuga faisaa ufuleemey bunaa meehaku ves eba ulhey . Eynage massala nubalanthoa @PoliceMv ?
— AuthorizeMedic4Adeeb (@niaxu) July 4, 2017
އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަގަށް ނެންގެވި ފައިސާ ހިއްޕަވައިގެން މަޖިލިހުގެ މެމްބަރުން ކައިިރި އަށް ވަޑައިގެންނެވި ކަމަށް މުހައްމަދު ވަނީ މަޖިލީހުގެ ޖަލްސާއެއްގައި ވިދާޅުވެފަ އެވެ. އަދި އޭގެ ފަހުން ބައެއް ޓީވީތަކުގައި ވާހަކަ ދައްކަވަމުން ވެސް، މެމްބަރުންނަށް ފައިސާ ބެއްސެވި ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އެ ވާހަކަތައް ދިފާއުކުރައްވައި ފަހުން އޭނާ ވިދާޅުވެފައި ވަނީ، އެއީ ސިޔާސީ ގޮތުން ދެއްކެވި ވާހަކައެއް ކަމަށެވެ.
މުހައްމަދު ފައިސާ ބެއްސެވި މައްސަލަ ތަހުގީގުކޮށްދޭން އަމިއްލަ ފަރާތަކުން ހުށަހެޅުމުން، ފުލުހުން ބުނެފައި ވަނީ، އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ މައްސަލަ ނުބަލަން ނިންމީ އެހެންވެ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ީއިބުރާހިމު
19 July 2017
ޙަމަހޭގަތިއްބަވައިގެން ފާސްކުރެއްވި މަޖިލިސްގެ ގަވާއިދުބައްލަވާ އެގަވާއިދުގައި ލިޔެފަވަނީ މަޖިލިސްގެޖަލްސާގައިދައްކާވާހަކައަކުން ނުވަތަކުރާއަމަލަކަށް އެއްވެސްޝަރީއަތެއްނުހިންގޭނެ މިހެންނޫންތޯ އެހެންވެނޫންތޯ. މައިކުތަކާއެއްޗެހި ފުނޑާލީމަވެސް ޝަރީއަތެއްނުހިނަގުނީ އަމިއްލައަށްއެރުނީދެން.............
ހާދާލު
06 July 2017
ކޮންމެސް ދުވަހަކުން އެކަލޭގެ ކަންތައް ވެސް ދާނެ
އަލީ
06 July 2017
އިންސާފާއި ހަމަހަމަކަން ކޮބައި؟ ގާނޫނު ކުރިމަތީގައި އެންމެން ހަމަހަމަވާނީ މިހާވަރަށް.
ހުޅުޖެހިބާރީ
06 July 2017
އަޅުގަނޑު ބުނާގޮތައް ފުލުހުންވެސް އަމުރުކުރާނީ އެއީ އިދިކޮޅުމީހުންގެ ހައްސާސް ތެރޭ ހިމެނޭ ކަމެއްނޫން ވަލުދޮރުން ހުކުންކުރަންޖެހޭ ބަޔަކައް ހުކުންކުރާނީވެސް ބޭނުންދުވަހަކުން މީނާ އެހެން ެަތަކައް ދިޔަނަމަ އެކަންވެސް ބަލާނަން 2 ފުޅިރާ ހިފައިިގެން އައިމީހާވެސް ހަމަފިރުކާލީ މައްސަލަ ހިލުވާނަން އެއީ ކޯލިޝަނުގެ މީހަކައްވިޔަސް މީނޫންތޯ ލާދީނީ ނޫންގޮތަކީ
ލިލީ
06 July 2017
މިމައްސަލަ ނުބަލަންޏާ ދެން ޕޮލިސް ކޮމިޝަނަރުގެ އިސްތިއުފާ ބޭނުން! ރައްޔިތުންގެ ލާރީގަ ކޮންމެހެނެއް ޕޮލިޓިކްސް ކުޅޭކަށް ތިމަޤާމުގައި ހުންނާނެކަމެއްނެތް! މާ ރަނގަޅުވާނެ ފުރިހަމަ ސާބިތުކަމާއެކު ގޮސް ދަރުބާރު ފެކްޝަނާ ގުޅި އެމީހުން އެބަހާ ލާރިގޯންޏަކާ ހަވާލުވީއްޔާ! މުޅި ޕޮލިސް މުއަސަސާ ކިލަނބު ވެގެން ގޮއްސި!
ބަތޫލް
06 July 2017
ލާރިބެހި ކަމައް ޕޮލިހުންނަށް ސާބިތުވާނެ މިހާރުވެސް މުހައްމަދު އިސްމާއިލް ސަރުކާރާ އިދިކޮޅަށް އެއްޗެކޭ ބުނާއިރަށް.
ގޫގުލާ
06 July 2017
ކީއްކުރާނީ ދޯ މިހާރު ޕޮލިހުންވެސް މައްސަލަ ބަލަނީ ވަކި ޕާޓީ އަކަށް ބަލައިގެން.. ހަންދާވޭ އަދީބު ނަމްބަރު ބޯޑު ނުޖަހާ ދުއްވީމަވެސް އެކަން ދިފާއުކޮއް ނެރުން ބަޔާންވެސް..
ހޮނު
06 July 2017
ތި މުހައްމަދު ޕީޕީއެމުން ބޭރުވާ ދުވަހަކީ އޭނާގެ މައްސަލަ މެކޮހައް ޖަހާފަ ބަލަން ފަށާނެ ދުވަސް.
ބަތޫކް
06 July 2017
، ނުބަލަން ، މިއީ އެއްބަޔަކަން އޮވެފައި އަނެއްބަުަކަށް އޮންނަންޖެހޭނެކަމެއްނޫނެވެ އެފަދަވާހަކައެއްދައްކައި ނުވަތަހާމަކޮށްފައިވާމިހެއްގެވަހަކައެއް ބަލައިދޭން ހުށަހެޅުމުން ނުބެލެވޭނެގޮތެއްނެތެވެ އެއީ އެހެންމީހުންގެ ކަންތައްބަލަންނާ ހަމަބެލެންޖެހޭނެއެވެ އެހެންނޫނީއެހެންމީހުންގެކަންތައްވެސް ނުބެލެލޭނެވެ
މާލެފުޅު
05 July 2017
އެއީ އަބަދުވެސް ކަންކަން ވާގޮތް. މިހާރުވެސް ވެރިކަން ކުރާ ޕާޓީ ރެޑު ހޭނޑުކޮއް ފައިސާ ބަހަނިކޮއް ފެނުނަސް ނުވާނެ ސާބިތެއް. އިދި ކޮޅު މީހަކު މަގުމަތިން ބައި ރުފިޔާ ހޮވާތަން ފެނުނަސް ނިމުނީ. މީ އަދުގެެ އިންސާފު؟؟؟