ހުޅުދޫ ދާއިރާގެ މެމްބަރު ޝާހިދު.---މިހާރު ފައިލް ފޮޓޯ
09 ޖުލައި 2017 - 11:42
އޭނާ ވެސް ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށާއި އެއީ ތަރައްގީގެ ފަޅި ކަމަށް އައްޑޫ ހުޅުދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި، ވެރިކަން ކުރާ ޕީޕީއެމުން ސޮއިކުރެއްވި ބައެއް ބޭފުޅުން މިހާރު ތިއްބެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ވިދާޅުވާތީ، އެއަށް ރައްދު ދެއްވަމުން ޝާހިދު ވިދާޅުވީ އޭނާ އަބަދުވެސް ހުންނަވަނީ ރައްޔިތުންނާ އެކުގައި ކަމަށެވެ. އޭގައި ވަކި އިރެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝާހިދު ވިދާޅުވި އެވެ.
"ރައްޔިތުންގެ ފަޅިއަކީ ތަރައްގީގެ ފަޅި. މި ސަރުކާރަކީ މި ރާއްޖެ ތައްގީ ކުރާ ސަރުކާރު. އެއްވެސް ސަރުކާރަކަށް ރާއްޖެ އަށް ތަރައްގީ ނުގެނެވޭހާ ބާރު ސްޕީޑުގައި ތަރައްގީ އެބަ ގެނެސްދޭ. ހުޅުދޫ ދާއިރާގެ ތަރައްގީ އަށް މިހާރު ވެސް މި ސަރުކާރުން 300 މިލިއަން ރުފިޔާގެ މަޝްރޫއު ކުރިއަށް ގެންދޭ. އެހެންވީމާ މި ފެންނަނީ ތަރައްގީ،" ޝާހިދު ވިދާޅުވި އެވެ
އޭނާ ވިދާޅުވީ ބައެއް ބޭފުޅުން ސިޔާސީ ފިކުރު ބަދަލުކުރާ ކޮންމެ ފަހަރަކު އެ ބޭފުޅުން ތިއްބެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ވިދާޅުވުމަކީ ގަބޫލުކުރައްވަން ދަތި ކަމެއް ކަމަށެވެ. އަދި އެއީ ސިޔާސީ ގޮތުން ވަކި ބައެއްގެ ތާއީދު ހޯދުމަށް ވިދާޅުވާ އެއްޗެއްކަން ޝާހިދު ފާހަގަކުރެއްވި އެވެ.
"އެއީ އިޚުލާސްތެރިކަމާ އެކު ވިދާޅުވާ އެއްޗެއް ކަމަކަށް އަޅުގަނޑު ނުދެކެން. އެއީ ސިޔާސީ ގޮތުން ވަކި ކަމެއް ހާސިލް ކުރުމަށް ބުނެލާ އެއްޗެއް. ރައްޔިތުން ބޭނުންވަނީ ތަރައްގީ. މި ސަރުކާރަކީ އެކަން ކުރާ ސަރުކާރު،" އޭނާ ވިދާޅުވި އެވެ.
ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިިއުއެއްގައި، މިހާރު އިދިކޮޅު ފަރާތްތަކާ އެކު ހުންނެވި އިހަވަންދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވިދާޅުވީ، މަސީހް މަގާމުން ވަކިކުރަން ވޯޓު ދެއްވާނީ ސާބިތުކަމާއެކު ކަމަށާއި ރައްޔިތުންގެ ފަޅިއަށް ޚިޔާރު ކުރައްވައި، ސަރުކާރާ މިހާރު ފެއަށް ޖެހިވަޑައިގެންފައިވާ ކަމަށެވެ.
"ރައްޔިތުންގެ ފަޅީގައި ރައްޔިތުންގެ އެދޭ ގޮތަށް ވޯޓު ދޭން ނިންމައިގެން މިހުރީ،" މުހައްމާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙުސެން
10 July 2017
ތި ތަރައްޤީގެ ކަންތައް ފެނިފައި ދިވެހި ރައްޔަތުން ތަރައްޤީ ދެކެބިރު ގަނެއްޖެއެވެ. ފަސް އަހަރު ފުރޭއިރު ދިވެހި ރާއްޖެއެއް ނެތި ފްރެންޗް ރިވިއޭރާ އަކަށް ބަދަލުވެ ދާނެކަމުގެބިރެވެ.
ވަރުގަދަމީހާ
10 July 2017
ކިހާވަރެއްތޯ ބޭނުންފުޅީ ރައިއްޔަތުން މިތިބީ ވިދާޅުވިވަރެއް ދިނުމަށް ތައްޔާރަށް
ފަތުހީ
10 July 2017
ތިފަޅީގަ ކުރިން ތިބި ރައްޔިތުން، ތިފަޅި ކަމުނުގޮސްގެން، މިހާރު އަނެއްފަޅިޔަށް އަރައިފި. އަދި ހޭވެރިކަމެއް ނުވޭ ދޮތްތޯ؟
އަސޭ
10 July 2017
ތަރައްގީ ކިޔަނީ ބުރިޖަކަށްނަމަ އަދި ރައްޔިތުން ފަޅި ކިޔަނީ އެ ބުރިޖަށްނަމަ ކަލޭ ތިހިރީ ރައްޔިތުން ފަޅީގައި
ޚާމިޔާބު
10 July 2017
ޙަރުބަހެއްގައި އޮވޭ މުސްކުޅިޔކާއި އެކު އުޅުނަސް ކަންކަން އިގޭނީ އަމިއްލަ ތަޖްރިބާއިންކަން.
GAN Island
10 July 2017
ރާއްޖޭގެ ގިނަ ރައްޔިތުން އަދިވެސް ދެކެނީ ހަޤީގަތުގައި ރާއްޖޭގެ އެންމެ ''ގަޓް ހުރި ބަޔަކީ އައްޑޫ މީހުން'' ކަމަށް. އަދި އެކަން ބަދަލު ކުރުމަކީ ފަސޭހައިން ކުރެވޭނެ ކަމެއްވެސް ނޫން ކަމަށް. . . . ގިނަ ކަންކަމުގައި މިއަދާއި ހަމައަށް ވެސް އައްޑޫ މީހުން އެކަން ސާބިތުވެސް ކޮށްދީފައިވޭ. އަދި ރާއްޖޭގެ ސިޔާސީ ދުސްތޫރީ ނިޒާމް ގައި އެމީހުން ހޯދާފައިވާ ފަހުރުވެރި ދަރަޖަ ތިރިކުރެވޭނެ އެހެން ބައެއްވެސް ނެތް. . . . އެހެން ނަމަވެސް ފަހުގެ ތާރީޙް ގައި ދިވެހި ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކޮށް Multi party system އަށް ނުވަތަ ގިނަ ޕާޓީ ބައިވެރިވާ ވެރިކަމުގެ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ފުރޮޅާ ލެއްވުމަށް ދިވެހިން ކުރި މަސައްކަތުގެ ''އެންމެ ކުރީ ސަފުގައި ތިބެ އައްޑޫ މީހުންވީ ޤުރުބާނީ'' ގެ މަތިން ބައެއްމީހުން ހަދާން ނެތެނީ ޤާނޫނު ހަދާ މަޖިލީހުގެ އިއްޒަތް ތެރި ގޮނޑި ކޮޅުގައި ތިއްބެވި އައްޑޫ ސިޓީ ގެ 7 މެންބަރުންގެ ތެރެއިން މަނިކުފާނާއި އަދި މަނިކުފާނު ތިހުންނެވި ޕާޓީގައި ހުންނެވި އަނެއް މެންބަރުގެ ސަބަބުންނާއި ......... ދައުލަތުގެ އެހްނެ ބާރެއްގައި ތިއްބެވި އައްޑޫ ސިޓީގެ 3 ބޭފުޅެއްގް ސަބަބުން. . . . . ދައުލަތުގެ ޤާނޫނު އަސާސީ ބަލިކަށީކޮށް''ރައްޔިތުން އަޅުވެތި ކުރުމަށް މަސައްކަތް ކޮށްފި ހަމަ އެކަކަށްވެސް އަހަރުމެންގެ ތާއީދެއްނެތް'' އަދި އެމީހަކަށް ޤާނޫނީ އަދަބު ދިނުމަށް އަހަރުމެން އެދި އެކަމަށް ވަކާލާތު ކުރާނަން. . . . އަމިއްލަ ފުޅު ވަޒަނަށް އަމިއްލަ ފުޅު އާއިލާ އާއި އަވަށްޓެރިންނަށް ރައްޓެހިންނަށް ހެޔޮއެދޭނަމަ ތިޔަ ވިސްނުން ދޫކޮށްލާންޖެހޭ. ތިއީ އައްޑޫ ސިޓީ އަށް ކުރިއެރުމެއް ލިބޭނެ ވިސްނުމެއްވެސް ނޫން. . . އަދި ތިޔަ ފިކުރުގައި އައްޑޫގެ ތަރައްޤީގެ ކަންފުޅެއްވެސް ނެތް ފިކުރެއް ކުރިއަރުވަން ތެޅިބޭލުމުގެ މާނައެއްނެތް.
ގަޓު ރައީސް
09 July 2017
ޝާޑު އެހުރީ ގަޓު ރައީސް ފަޅީގަ، މެންބަރުންނާ، މިނިވަން މުވައްސަސާ ތަކައް ބިރުދައްކާ ފަޅީގަ. ނޫސްވެރިންނާ ރައްތިތުންނައް ބިރުދައްކާ ފަޅީގަ.
ޥަ
09 July 2017
ތަރައްގީ ފަޅިޔޯ! ކޮބާތަ ތިކިޔާ ތަރައްގީއަކީ. ބުރިޖުތަ، އެވެސް ދެގުނަ އަގުބޮޑުކޮއް އަޑިނޭންގެ ޕުރޮޖެކްޓެއް، ހައްތަހާވެސް އަޑިނޭންގެ 2 ގުނަ 3 ގުނަ އަގުބޮޑު ޕުރޮޖެކްޓުތައް. ޢަހަރުމެން ތަރައްގީ ކިޔަނީ ރައްޔިތުމީހާޔައް އާމްދަނީ އިތުރުވުމައް ރައްޔިތުމީހާޔައް ލިބޭ ހިދުމަތްތަކައް.
އެކްސް
09 July 2017
ޝާޑް އެއުޅެނީ ބޮޑުރޭވުމަކުުން އިދިކޮޅުފަރާތްތަކުގެ ކަންތައްބަލާ ހޯދާގަންނަން ، ޝާޑް އަށް އިތުބާރުކޮށް އެއްވެސް މަޢުލޫމާތެއް ޝާޑް އާއި ހިއްޞާކުރަން ހެޔޮނުވާނެ.
އސފ
09 July 2017
ފަޅިއޭ ކިޔާނެކަމެއްނެތް! ތާއީދު ގެއްލިފައިވާކަން އެބައެނގޭ! ތިގަލުގަ ހުރެގެން ދައުރު ހުސްވިއިރު ކުރިވައުދުން ހާސިލުކޮށްދެވުނު ކަމެއްނެތް. ބަދަލުގައި ރައްޔަތުން ފެލާނެ ހުރިހާގޮތަކަށް ތާއީދުކުރީ. އަދިވެސް ވަގުތު ފައިތުނުވަނީސް މާފައް އެދި އިސްލާހުވުން ހިޔާރު ކުރެވޭތޯ ބަލާ..