މާލެ: ޖުލައި 18، 2017 - ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ހައްޔަރުކުރުމަށްފަހު ފުލުހުންގެ ލޯންޗެއްގައި ދޫނިދޫއަށް ގެންދަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
18 ޖުލައި 2017 - 18:41
ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރުކުރީ އެއްވެސް ހެއްކެއް ގަރީނާއެއް ނެތި ގާނޫނީ އިމުގެ ބޭރުން ކަމަށް އޭނާގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫންގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ކޯޓު އަމުރެއްގެ ދަށުން ފާރިސް ހައްޔަރުކޮށްފައި ވަނީ އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓު ބަލައި ފާސް ކުރި އިރު އެއްވެސް ހެއްކެއް ގަރީނާއެއް ފެނިފައި ނުވުމުން އިތުރު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމުގައި އެންމެ އިސް ދައުރެއް އަދާ ކުރެއްވި ފާރިސް ހައްޔަރު ކުރީ ސިޔާސީ މަންފާއެއް ހާސިލް ކުރުމަށް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"ފާރިސް މައުމޫން ހައްޔަރުކޮށްފައިވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އޭނާ މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލަމެވެ،" މައުމޫންގެ އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ.
މެމްބަރުންނަށް ނުފޫޒު ފޯރުވައި ބިރު ދައްކަމުން ގެންދާތީ އެކަން ވަގުތުން ހުއްޓާލުމަށާއި ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ހެދިފައިވާ ގަވާއިދުގެ ތަރަހައިގެ ތެރޭގައި މަސައްކަތް ކުރުމަށް ވެސް މައުމޫންގެ އޮފީހުން ނެރުނު ބަޔާނުގައި ގޮވާލާފައިވެ އެވެ.
ފާރިސް މިއަދު ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައިގައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިން ކަމަށް ބުނެ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅިގެންނެވެ. އޭނާ ހައްޔަރުކޮށްގެން ގެންދިޔައީ ދޫނިދު އަށެވެ.
އެ މައްސަލާއިގައި ފާރިސް ހައްޔަރު ކުރިއިރު، ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުން ކުރި ކަމަށް ބުނެ ފާރިސްގެ މައްޗަށް ވަނީ ޖިނާއީ ދައުވާ އުފުލައިފަ އެވެ. އެ މައްސަލައިގެ ޝަރީއަތް މިހާރު ވަނީ ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެލާމާ
24 July 2017
އަހަރެންގެ ދޮންބެ 90 ގާމާދޫ ޖަލުގަ ބާއްވައިގެން ލާއިންސާނީ އަނިޔާ ދިނީ ކޮން ހެއްކެއް ޤަރީނާއެއް އޮވެގެން؟ އަދި ދޫކޮށްލަމުން ޖަލުގައި ހިނގި އެއްވެސް ކަމެއްގެ ވާހަ ނުދެއްކުމަށް ސޮއިވެސް ކުރުވިއޭ! މިހާރު ކޮން ވާހަކައެއް މި ދައްކަނީ؟
އިސްމާލްބެ
20 July 2017
މައުމޫނުމެން ރައްޔިރުންގެ ކުރިމައްޗަށް ނިކުމެ އަދުލް އިންސާފޭ، މިނިވަންކަމޭ، ހައްގޭ، ހެއްކޭ، ގަރީނާ އޭ ކިޔަން ލަދުގަންނަން ޖެހޭނެ.
އަނިޔާލިބުނުދަރި
19 July 2017
ބަލަ މަޢުމޫނު. ކަލޭ ޤާނޫނީ އިމުން ބޭރުން ކިތައް މީހުންތޯ ހައްޔަރުކުރީ. ވެރިކަން ދިފާޢު ކުރަންވެގެން ކިތައް މީހުންނަށްތޯ އަނިޔާ ދިނީ. މިނޫން އެހެން ދަޢުރެކޭ ބުނުމުން ކިތައް މީހުންނަށްތޯ ޖަލުގައި އޮންނަން ޖެހުނީ. ފުރަތަމަ އެމީހުންގެ ކިބައިން މަޢާފަށްއެދި އެމައްސަލަ ތަކުގައި އަދަބު ލިބިގަނެބަލަ.
މަގޭ
18 July 2017
ސަރުކާރުން ފާރިސް އާއި މެދު މިހާރި ތިޔަ ޢަމަލުކުރައްވާ ގޮތުން އެބޭފުޅާ އިތުރަށް ސިޔާސީގޮތުން ވަރުގަދަ ވާނި..............
އަލްޖިބްރާ
18 July 2017
މަސީހު އާދެކޮޅަށް ލާ ވޯޓުގެ ތެރޭން އެއްވޯޓް މަދުވީ ! ތިހެން ގޮސް މިސަރުކާރަށް ދެކޮޅު ހެދި އެންމެން ހައްޔަރު ކުރާނެ ! ތީ ވޯޓުކާމިޔާބު ކުރަން ޖައްސާ ސްޓަންޓެއް ! ބަލަން ތިބޭތި !
ވާލުސޮރު
18 July 2017
މިވަގުތު ކުރަންވީ ކަމަކީ ގާނޫނުތައް މުގުރުމުގަ ބައިވެރިވާ އެންމެންގެ ލިސްޓެއްނަގާ މިސަރުކާރު ބަދަލުވުމުން އެމައްސަލަތައް ބަލާ ފިޔަވަޅު އަޅަން ހުރިހާ ލީޑަރުން އެއްބަސްވާންވީ. އަދި ނަހަގޮތުގަ ހޯދާފަހުރި ހުރިހާ މުއްސަނދިކަމާ މުދާތައް ބަދަލުދިނުމެއްނެތި ދައުލަތައް ނަގަންވެސް ޖެހޭނެ. އޭގެން އެކަކު މިނިވަންކޮށް ހުއްޓަސް މިގައުމަށް ދާއިމީ ހަމަޖެހުމެއް ނިބޭނެ. ގިސާސް ހިފުމަކީ ދީން ހުއްދަކުރާ ކަމެއް.
ކޯޗު
18 July 2017
ބަލާ. ބެލިއަސް ފެންނާނެ އެއްޗެއް ނޯންނާނެ!
ވޯލް
18 July 2017
ތިޔަ ކަމަށް ވަރަށް ތާއިދު