އެމްޑީޕީ ގައުމީ މަޖިލީހުގެ ރޭގެ ބައްދަލުވުމުގައި އިބޫ ވާހަކަ ދައްކަވަނީ. - ފޮޓޯ: މިހާރު/ ހުސެއިން ވަހީދު
20 ޖުލައި 2017 - 08:48
ހަތަރު މެމްބަރެއްގެ ގޮނޑި ހުސްވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމާއި އެ ކޮމިޝަނަށް ރަައްޔިތުންގެ މަޖިލިހުން ލަފާދިން ދިނުން، މުޅިން ގޯސް ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ ވިދާޅުވެއްޖެ އެވެ.
މާބްލް ހޮޓެލްގައި ބޭއްވި އެމްޑީޕީ ގައުމީ މަޖިލިހުގެ ކުއްލި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ގޮނޑިއެއް ހުސްވެއްޖެ ކަން އިލެކްޝަންސް ކޮމިޝަނަށް ކަނޑަނޭޅޭނެ ކަމަށެވެ. އެކަމަކު ހަތަރު ގޮނޑިއެއް ހުސްވިކަން އެ ކޮމިޝަނުން ނިންމީ ފަސް މެމްބަރުންގެ އިއްތިފާގުން ކަމަށް އިބޫ ވިދާޅުވި އެވެ.
ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަދި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ، އެ ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
އިބޫ ވިދާޅުވި ގޮތުގައި އެ ހަތަރު ގޮނޑި ހުސްވެއްޖެކަން ކަނޑައަޅަން ރައްޔިތުންގެ މަޖިލިހުގެ ލަފަޔަކަށް އިލެކްޝަންސުން އެދުނެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް އަމަލުކުރަން މަޖިލީހުން އިލެކްޝަންސް ކޮމިޝަނަށް ސިޓީއަކުން އެންގި ކަމަށް ވެސް ވިދާޅުވި އެވެ.
"އަމީން އާންމު ވަރަށް ސާފުކޮށް ވިދާޅުވި ޖަވާބުދިނީމޭ މަޖިލީހަކީ އިލެކްޝަންސް ކޮމިޝަނަށް ލަފާ ދޭ ތަނެއް ނޫން ކަމަށް. ނަމަވެސް މަޖިލީހުން އެ ސިޓީއަށް ޖަވާބެއް ދިނީ، ސުޕްރީމް ކޯޓުގެ ގަޒިއްޔާއާ އެއްގޮތަށް ކުރަން ޖެހޭ ކަންތައްތައް އިލެކްޝަންސް ކޮމިޝަނުން ކުރަން. މަޖިލީހަކަށް އެގޮތަކަށް ނޭންގޭނެ،" އިބޫ ވިދާޅުވި އެވެ.
މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލިއްޖެކަން ކަނޑައެޅުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެން ނުވާ ކަމަށް، މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދާއި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާންއާ ބައްދަލުކުރައްވައި ދެންނެވި ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މެމްބަރަކު ޕާޓީއަކުން ވަކިވެއްޖެކަން އެންގީމަ މަޖިލީހަށް ކުރެވޭނެ ހަމައެކަނި ކަމަކީ މަޖިލީހުގެ ޖަލްސާއެއްގައި އެ މެމްބަރަކު ޕާޓީން ވަކިވިކަން އިއުލާން ކުރުން އެކަންޏެވެ.
އޭނާ ވިދާޅުވީ މެމްބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ހިޔާލު ތަފާތުވުންތަކެއް އުފެދިއްޖެ ނަމަ، ގޮތެއް ނިންމުމުގެ ބާރު އޮތީ ސުޕްރީމް ކޯޓަށް ކަމަށާއި އޭގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ގޮނޑިއާ މެދު އެއްވެސް ނިންމުމެއް ނުނިންމޭނެ ކަމަށެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި މެމްބަރަކު ވާހަކަ ދައްކަވަނީ - ފޮޓޯ: މިހާރު/ ހުސެއިން ވަހީދު
މި ހުރިހާ މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ރާއްޖޭގައި ގާނޫނުއަސާސީ ތަންފީޒު ކުރަމުން އަންނަ ތަން ނުފެންނަ ކަމަށެވެ. އެހެންކަމުން ގާނޫނުއަަސާސީގައި އޮންނަ "ރައްޔިތުންގެ ބާރު އަތްމައްޗަށް ނަގަން ވެއްޖެ" ކަމަށް ވިދާޅުވި އެވެ.
"ފެނިގެން ދަނީ މަޖިލީހުގެ ޖަލްސާތައް ބާއްވާނެ ދުވަހާއި ވަގުތާއި ގަޑި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ތަން. ސުޕްރީމް ކޯޓުން މަޖިލީހަށް ގާނޫނު ހަދަން އަމުރު ކުރާ ތަން. ސުޕްރީމް ކޯޓަށް ގާނޫނުއަސާސީން ލިބިދީފައި އޮތް ބާރެއް އިލެކްޝަންސް ކޮމިޝަނުން ނަގައި އޭގެ ބޭނުން ކުރާތަން،" އިބޫ ވިދާޅުވި އެވެ.
"އެހެންވީމަ ގާނޫނުއަސާސީ ތަންފީޒު ކުރެވެމުންދާ ތަނެއް ނުފެނޭ."
މަޖިލީހުގެ ކުރީގެ ރައީސް، ހެންވޭރު އުތުރު ދާއިރާގެ އަބްދުﷲ ޝާހިދު ވިދާޅުވީ ގާނޫނުއަސާސީއަކީ ސިޔާދަތު ލިބިފައިވާ އެއްޗެއް ކަމަށާއި އެއަށް ބެލެނިވެރިޔަކު ނުވަތަ ބަލަދުވެރިއަކު ބޭނުން ނުވާ ކަމަށެވެ. އެހެންކަމުން އެއަށް "ބުއްފުޅި ޖައްސާނެ މީހަކު" ވެސް ބޭނުން ނުވާ ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ޝާހިދު ރޭ ވާހަކަ ދައްކަވަނީ. - ފޮޓޯ: މިހާރު/ ހުސެއިން ވަހީދު
"ގާނޫނުއަސާސީގެ ދަށުން އިންތިހާބުވެފައިވާ މެމްބަރުންތަކެއް އިލެކްޝަންސް ކޮމިޝަނުން ވަކިކުރި ވާހަކަ އަޑު އިވިގެން މިދިޔައީ. އެއީ ސުލޭމާނަށް ކުރެއްވޭނެ ކަމެއް ނޫން. މަޖިލީހުގެ މެމްބަރުން ވަކިކުރެވޭނެ ގޮތްތަކެއް ގާނޫނުއަސާސީގައި ބުނެފައިވޭ. އެ ނޫން ގޮތަކަށް އެކަމެއް ނުކުރެވޭނެ،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އެ ކުރައްވަނީ ކުށެކެވެ. އެއީ އެ މެމްބަރުން ހައްދަވާ ބޮޑު ގޯހެއް ކަމަށް ވެސް ވިދާޅުވި އެވެ.
ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ އިންތިޚާބުވިއިރު ތިބި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ހިނގައްޖެ ނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް މިދިޔަ ހަފުތާގައި ސުޕްރީމް ކޯޓުން ކުރި ހުކުމަށް ރިއާޔަތް ކުރުމަށް ފަހު ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. އެކަމަކު އެ ހުކުމުގެ ފަހުން ސުޕްރީމް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން އެ ހުކުމް އައުމުގެ ކުރިން ހިނގާފައިވާ ކަންކަމުގެ މައްޗަށް، ހުކުމުގެ އުސޫލެއް ނުހިނގާނެ އެވެ. ގޮނޑި ގެއްލުނު ކަމަށް ކޮމިޝަނުން ކަނޑައެޅި ހަތަރު މެމްބަރުންގެ ތެރެއިން ތިން މެމްބަރުން ވަނީ ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން ޕީޕީއެމުން ވަކިކޮށްފަ އެވެ. ދިއްދޫ ދާއިރާގެ ލަތީފު، އަމިއްލަ އަށް ޕީޕީއެމުން ވަކިވެވަޑައިގަތީ ވެސް އެ ހުކުރުމުގެ ކުރިންނެވެ.
ގާނޫނު އަސާސީގެ 74 ވަނަ މާއްދާ ބުނާ ގޮތުން މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމާ މެެދު ސުވާލު އުފެއްދިއްޖެ ނަމަ ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިބަ
21 July 2017
7 ފެބްރިއަރީގެ ކުރިން ނަޝީދުގެ އަމަލިތައްވެސް ގޯސް! ޔާމީން އަދި މައުމީނުގެ ކަންކަންވެސް ގޯސް!
ކޮކާ
21 July 2017
ތި ވާހަކަ ދައްކަން މާ ތާހިރުވާނެ ތިތާ ތިހިރަ އަމީތު ވެސް.
ކެކެކެ
21 July 2017
ތިޔަ ބުނާ ހުކުމެއް ކުރިއިރަށް ސުޕްރީމް ކޯޓަށް ހެއްދެވި ނެހެއްދެވިއަށް ގޮވާ ކެކިއަރައިގަތްއިރު ހީވީ އެހެންފަދަ ކަމެއްހެން. މިހާރު ދެން ނިކަން ސުޕްރީމް ކޯޓޭ ކިޔައިގެން އަނގަވެސް ހުޅުވަބަލަ. ކޮމިޝަނޭ މަޖިލިހޭ ލައްގަޅޭ ކިޔަކިޔާ ދެން ހުރޭ.
ދޮގެއްތަ؟
21 July 2017
ބަލަ ތި ވާހަކަތައް ދެއްކޭނީ ވައްޑޭމެންނަށޭ. ރީނދޫ މީހުން ގޮނޑިބަރީގަ އިށީނދެލައިގެން ވައްޑޭމްން ވާހަކަ ދައަކާއިރު އަތް ޖަހައިދޭން ތިބޭށޭ. ތީ ތިވާހަކަ ދައްކަން އަނގައެއް އޮތް ބައެއް ނޫނޭ. ކީއްވެހޭ މިދައްލާ ވާހަކަ ފަހުމް ނުވެގެން ތިއުޅެނީ
ސިދުގީ
20 July 2017
ޓްރާންސްފާ މާރކެޓް ބަންދުވެޖެ.އެމްޑީޕީ އައްވެސް އަސްލު ބޮޑުކާމިޔާބެއްމީ.ނަމަވެސް މިފަހަރު މިވީގޮތަކީ ޖައްސަންއެއުޅޭ ގޭމު ފާޑަކައް އަތައްގޮވީ.ދެންވެސް 2018 ތައްޔާރުވާންވީނުތޯ.މަޑުމަޑުން އެހެރަގެން ރަންތިރީސް އައިސް މުޅި އެމްޑީޕީ އާ ހަވާލުވަނީ. ރަނގަޅު ކެންޑިޑޭޓެއް ގޮވާއިން ކުރިޔައްދާންވީ.އައްނިޔަކައްވެސް ބަލާނެކަމެއް ނެއި.
ބުއްފުޅި
20 July 2017
ތަންކޮޅެއް ކުރިން އަޑުއިވުނު ވެރިއަކު ބުނާ އަޑު މިއަދު މިވަނީ ގާނޫނު އަސާސީ ހުއްޓިފައޭ. އެހެންވާ އެއްޗަކަށް ބުއްފުޅި ޖައްސާނެ މީހުންވެސް ބޭނުންވާނެތާ!
އެން. ޑީ. އެޗް
20 July 2017
އެކިއެކި އިންތިޚާބުތައްބާއްވާ ވާދަކުރި ކެންޑިޑޭޓުންގެތެރެއިން ހޮވުނުމީހުން އިލެކްޝަނުން އިއުލާން ކުރުމުން އެހިސާބުން އިންތިޚާބުވެ މަނިކުފާނުވެސް މަޖިލީހުގައި އިއްނަވާތާވަރަށް ދުވަސްވެއްޖެ. އެކަންގަބޫލުވެސް ކުރައްވާ އެކަމަކު ހަމަ އެއިލެކުޝަނުން މީހަކުވަކިވިކަން މީގެކުރިން އިއުލާން ކުރުމުން ޒައީމުވެސް ގަބޫލްކުރައްވާ ނަމަވެސް މިފަހަރު އިލެކްޝަނަނަށް އެހައްގުނެތޯ މިއީ އަސްލު ތިބޭފުޅުންގެ ފެންވަރު.
އަބްދުއްލާ
20 July 2017
ރައީސް ޔާމީނާ ޕީޕީއެމުން ކޯޓް ހުކުމް އަޅުވާލާ ބަޔަކަށް ނުހައްގުން ހައްގު ފޭރި ގަތުމަށް ރޭވި ރޭވުމުގާ އިލެކްސަން ބައިވެރި ވެފައި ވާތީ ކޮމިސަނުގެ މިނިވަންކަން ނެތްކަން ސާބިތުވޭ ،ވީމާ މިކޮމިސަން އުވާލަންޖެހޭނެ.
އިނގިލި
20 July 2017
ޒަމާނީ ތައުލީމާ ބޭރުބަސް ނުދަންނަތަނުގައި ހަމައެކަނި އަތްގާތްކޮށްދެން އުޅުނުލެއް ރަނގަޅުވެން ކޮމިޝަންތަކުގެ ރައީސުންނަށް މީހުން ލީމާ ވާނެގޮތް މިފެންނަނީ!
އުމަރު
20 July 2017
ގޯހީތަ ނުވަތަ ޤާނޫނާ ހިލާފީތަ؟