ޔާމީން ރަޝީދަށް ހާއްސަކޮށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މި މަހު ނެރުނު ފޮތެއް.-- މިހާރު ފޮޓޯ
20 ޖުލައި 2017 - 17:52
ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ހިމެނޭ ހިމެނޭ މީހުންނަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ފޮނުވައިފި އެވެ.
ފުލުހުން ކުރި ޓްވީޓެއްގައި ބުނީ ޔާމީންގެ މަރުގެ މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު ދައުވާކޮށްދިނުމަށް ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ދައުވާކޮށްދިނުމަށް ފޮނުވާފައިވަނީ ކިތައް މީހުންނަށް ކަމެއް އަދި އެއީ ކޮން ދައުވާއެއް ކަމެއް ނުބުނެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިވަގުތު އިތުރު މައުލޫމާތު ހާމަކުރެވެން ނެތް ކަމަށެވެ.
އަނިޔާވެރި ގޮތަކަށް މިިދިޔަ އޭޕްރީލް 23 ވަނަ ދުވަހުގެ ރޭ މަރާލި ބްްލޮގާ ޔާމީންގެ މަރާ ގުޅިގެން މިހާތަނަށް ހަތް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން ޔާމީން މަރާލުމުގައި އަމަލީގޮތުން ބައިވެރިވި ތިން މީހުންގެ މައުލޫމާތު ފުލުހުން ވަނީ އާއްމުކޮށްފަ އެެވެ. އެއީ މ. ޠާއިފް އިސްމާއީލް ރަޝީދު، 25، އާއި ހ. އަންނާރު މާގޭ އިސްމާއީލް ހައިޝަމް ރަޝީދު، 21، އާއި މ. އިރާސްމިކުގޭ އަހްމަދު ޒިހާން އިސްމާއީލް އެވެ.
ޔާމީންގެ ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު ހަތިޔާރުން ހަމަލާދީ މަރާލާފައި އޮތީ މާފަންނު ބިސްބުރު ކައިރީގައި ހުންނަ އޭނާ ދިރިއުޅޭ ގެ، މ. ސުޕެޓިއުލާގެ ތިރީބުރީގައި ސިޑި އާއި ލިފްޓު ކައިރީގަ އެވެ. އޭނާގެ ހަށިގަނޑުގެ 32 އަށް ވުރެ ގިނަ ތަނަށް ވަޅި ހަރާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޯއް ދުޅަ
22 July 2017
ދެނެގަނެވިއްޖެ .ވިގްއަޅާފަ .ކެމެރާގެ ލެންސްއަދާފަ ބޭނުންކުރި ހަތިޔާރުގެ ފޮރެންސިކް އެވިޑެންސް ކޮަބާ
މިއްތު
21 July 2017
ޔާމިންގެ މަރުގެ މައްސަލާގައި ޢަސްލު ހައްޔަރުކުރެވިފައިވަނީ ހަގީގީ ގާތިލުން ކަން ޔަގީނެއްނޫނެވެ. ގިނަބަޔަކު ބުނާގޮތުން ނަމަ އްެކަންކުރި މީހުން އަދިވެސް ތިބީ ބޭނގްކޮކް ގައެވެ. ދެން މިހާރު ތުހުމަތުކުރެވިގެން ހައްޔަކު ކޮއްޝަރީއަތް ހިނގުމަށް ޕީޖީ އަށް ފޮނުވާފައިވާ ފަރާތް ތަކަކީ ހަމަ ހަގީގަތުގައިވެސް ޔާމިންގެ ގާތިލުން ކަމާއި މެދުގައި ސުވާލުއުފެދޭ!!
ޓަކި މޫނާ
21 July 2017
ހެއްކެއް ނެތި ތި ވާހަކަ ގަބޫލެއް ނުކުރެވެނެ. ދެއްތޯ؟
ޕީކް ގަޑި
22 July 2017
ޔާމީނު މެރި މީހުން ތިބީ ބެންކޮކް ގައި ކަމަށް ބުނާ މީހާއަށް އެބަޔަކު އެގެން ވާނެއެވެ.ކުށެއް ނުކުރާ ބަޔަކަށް މަރުގެ އަދަބު އަންނަތަން ބަލަން އެފަދަ މީހަކު "ހަޤީޤަތް" ހަމަ ނުކޮށް ހުރުމަކީ ހާދަހާވާ ނުބައި ކަމެކެކެވެ.ބޮޑެތި ފިތުނަވެރި ވާހަކަ ތަށް ބެލުމެއް ނެތި ނުދެއްކުން ހުއްޓެވެ.