ލ. ލިންކް ރޯޑުގައި މިރޭ ހިނގި އެކްސިޑެންޓްގައި މަރުވި މީހާ ހޮސްޕިޓަލަށް ގެންދިއުމުން އެތަނުގައި މީހުން އެއްވެފައި
22 ޖުލައި 2017 - 21:31
ލ. ގަމުގެ ލިންކް ރޯޑުގައި ދެންމެ ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.
ގަމުން ވާހަކަ ދެއްކި މީހަކު ބުނީ، އުމުރުން 50 އަށް ވުރެ މައްޗަށް ގޮސްފައިވާ މީހާ ސައިކަލެއްގައި ދަނިކޮށް، އެ މަގުގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގައި ޖެހި އޭނާ ވިއްސައިގެން ދިޔަ ކަމަށާއި ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށެވެ.
"މުދާ އަރުވަން ބާއްވާފައި އޮތް ޕިކަޕެއްގައި ޖެހި ހިނގި އެކްސިޑެންޓެއް އެއީ،" އޭނާ ބުންޏެވެ.
ސައިކަލް ދުއްވި މީހާ އިނީ އެކަންޏެވެ. ހަށިގަނޑު މިހާރު އޮތީ ރީޖަނަލް ހޮސްޕިޓަލްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދދ
23 July 2017
މަޔިތާއަށް ﷲ ގެރަހުތާއި ފުއްސެވުން މިންވަރު ކުރައްވައި، އާއިލާޔަށް ކެއްތެރިކަން ދެއްވާށި! ޢާމީން!
ނަންނަ
23 July 2017
انا لله وانإليه راجعون
މުހައްމަދު
23 July 2017
ސިޓީއަކަށް ވުމުގެ ޝަރުޠުތަކުގެ ތެރެއިން ނުލިޔެވިހުރި ޝަރުޠެއް ހަމަވަނީއެވެ. ދިވެހިރާއްޖޭގެ ސިޓީއެއްވިއްޔާ އެކްސިޑެންޓްވުމާއި އެކްސިޑެންުޓުގައި މީހުން މަރުވުމާއި މެހިމަރާހެން އިންސާނުން މެރުމާއި ހުޅުޖެހުން އޮންނަންވާނެއެވެ. އެކަންކަން ނެތިއްޔަކާ ސިޓީ، ސިޓީއަކަށް ނުވާނެއެވެ.
ސިޓީ
23 July 2017
ސިޓީއަކަށް ވިއަސް ނުވިއަސް އެކްސިޑެންޓްތައްވާނެ ކޮންމެ ގައުމެއްގަވެސް. އެކްސިޑެންޓަށް އެކްސިޑެންޓޭ ކިޔަނީ ކަމަކު. އެކަމާ އަބަދު ޝަކުވާކުރިއަސް އެކްސިޑެންޓްވާނީ އެކްސިޑެންޓަށް. މަގު ކިތަންމެ ރަގަޅު ފެންވަރަކަށް ހެދިއަސް 2 ފޫޓް 2 ފޫޓުން ފުލުހަކު ބެހެއްޓިއަސް އެކަން ވަމުންދާނެ.
ފާތީ
23 July 2017
ދުއްވޭލެމަޑީ
بدورة
23 July 2017
انا لله وانإليه راجعون
ބުރުހާނުއްދީން ރައްބާނީ
23 July 2017
މިހާ ބޮޑެތި ދިދުމަގުތަށް ނެހެދުމަށް ސަރުކާރަށް ގޮވާލަން.
ގޯސްދޯ
23 July 2017
މިހާރު މަގު ދޯ ގޯސްވީ؟ ކިތަންމެ ބާރު ސްޕީޑުގަ މީހަކު ދުއްވާފަގޮސް އެކްސިޑެންޓްވީމަވެސް އެމަގުގެ ދިގުމިނާ މަގުގަ އަޅާފަ ހުރި ތާރާ ކަމާބެހޭ ބަލަދުވެރި ފަރާތުން މަގުގަ ކުރަހާފަހުރި ނިޝާންތަކާ ނުބައިވާނީ.
ެބުނަންތަ..
22 July 2017
ކަންތައް ހިނގައިދިޔަގޮތް ނޭގިތިބެ ތިކިޔާއެއްޗެއް ތިކިޔަނީ ހުދުތިމާއަށްވެސްކަމެއް ދިމާވެދާނެ..ހަމަގައިމުވެސް ލ ލިންކްރޯޑް ވ ފުރިހަމަ..މަގުގަ ތާރު ނާޅާއިރު މާނުރަޢްކާ ހިތާމަވެރި ހާދިސާހިނގާފައެބަހުރި
ކޮސްބެ
22 July 2017
ތާރު އަޅައިގެނެއް ނޫން ސައްތާރު މަރުވީ
ހީހީ ހަލާކު
22 July 2017
ހިތާމަކުރަން. ދެން ބުނެލަން އޮތީ ލ. ބޮޑުމަގު ހަދަމުން ދިޔައިރު ލ ގެ މީހުންނާ އެހެން ރަށްރަށުގެ މީހުން އައްޑޫ ލިންކްރޯޑްގަ ހިނގާ އެކްސިޑެންޓްތަކަށް ޗެލެންޖްކޮށް ދެއްކި ވާހަކަތައް މިއަދު ކޮބާހޭ.؟ އެކްސިޑެންޓްތަކަކީ ހަމައެކަނި އައްޑޫ ލިންކްރޯޑްގަ ހިނގާ ކަމެއްނޫންކަން މިއަދު ގަބޫލުކުރެވޭހޭ؟
މުހައްމަދު
22 July 2017
ވަރަށް ދެރަ