ރިޕޯޓް / ރައްޔިތުންގެ މަޖިލިސް

ސިފައިންނާއި ފުލުހުން ރައްޔިތުންގެ މަޖިލިހަށް އަރައިގަތް ދުވަސް!

މަޖިލީހުގެ އިދާރާ އަށް މެމްބަރުން ވަދެވަޑައިގަތުމަށް ފުލުހުން ހުރަސްއަޅަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ލަދުވެތި، މަންޒަރުތަކެކެވެ؛ ސަރުކާރުގެ އަމުރަށް، ގާނޫނު ހަދާ ބާރުގެ މައްޗަށް ސިފައިން ވެރިވެގަނެ، މަޖިލީސް "ހިސޯރުކުރީ" އެވެ. ރައްޔިތުންގެ މަންދޫބުން، މަޖިލީހުގެ އިދާރާ އަށް ވެންނެވުމަށް ހުރަސްއަޅައި މަގުމަތީގައި "ރަހީނުކުރީ" އެވެ. ވަކި ހިސާބަކުން މެމްބަރުން ދޫކޮށްލުމުން، ލިބުނު ހަނި ފުރުސަތެއްގައި، ފާރު މަތިން ފުންމާލައިގެން މެމްބަރުން މަޖިލީހުގެ އިދާރާ އަށް ވެންނެވި އެވެ. އެއާއެކު، ދެން ވެސް ފެނުނީ ސަލާމަތީ ބާރުތަކުން، ދައުލަތުގެ ބޮޑު ބާރެއް ތަމްސީލުކުރައްވާ މެމްބަރުންނާ މެދު އަމަލްކުރި ހުތުރު ގޮތެވެ.

ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި މަޖިލީހުގެ އިދާރާ ތެރޭގައި މެމްބަރުންގެ "ގަޔަށް، ބޮލަށް އަރައިގަނެ" ފުލުހުންނާއި ސިފައިން ބާރުގެ ބޭނުންކުރީ އިންތިހާ ދަރަޖައަށެވެ. ބައެއް މެމްބަރުން ކޮއްޕައި ވައްޓައި، މޫނަށް އަމާޒުކޮށް ޕެޕާ ސްޕްރޭ ޖެހި އެވެ. މަޖިލިސް ތެރޭގައި ނުތިއްބެވޭނެ ކަމަށް ބުނެ، އެސްއޯ ފުލުހުން މަޖިލީހުގެ އިދާރާގެ ތެރެއަށް ވައްދައި މެމްބަރުން ބޭރުކުރީ އެވެ. ޓީވީތަކުން ލައިވްކުރަމުން ދިޔައިރު ފެނުނީ، ބައެއް މީހުން ބުނިގޮތުގައި، ސަލާމަތީ ބާރުތަކުގެ އަމަލުތައް "ހައްދުން ނެއްޓިފައިވާ މިންވަރެ"ވެ. ގާނޫނުއަސާސީއެއް، ގާނޫނެއް، މެމްބަރުންނަށް ލިބިފައިވާ ހިމާޔަތާއި ހައްގުތަކަށް ވެސް ބެލުމެއް ނެތި އެވެ.

އިދިކޮޅު މެމްބަރުން މަޖިލީހުގެ އިދާރާ ދޮށަށް ދާން އުޅުމުން، އެ މެމްބަރުންނަށް އެއްވެސް ތަނަކަށް ނުދެވޭނެ ގޮތަށް ފަނޑިޔާރު މަގުގައި ފުލުހުން ހިފަހައްޓާފައި --ފޮޓޯ: ހުސައިން ވަހީދު/މިހާރު

ސަލާމަތީ ބާރުތަކުން އިއްޔެ ހިންގި އަމަލުތައް، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ގާނޫނީ ބައެއް ވަކީލުން ސިފަކުރައްވަނީ، "މިލިޓަރީ ބަޣާވާތެއްގެ" ގޮތުގަ އެވެ. މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި، އެއީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށް، ހަމައެކަނި ވެރިންގެ އެންގުމަށް، ސަލާމަތީ ބާރުތަކުން ހިންގި ޖަރީމާއެކެވެ.

އިއްޔެ އަކީ، ރާއްޖޭގެ ދުސްތޫރީ ހަޔާތުގައި، ކަޅު ދުވަހެކެވެ. މީގެ ކުރިން ތާރީޚުން ދައްކާފައި ނުވާވަރުގެ ދުވަހެކެވެ.

މަޖިލިސް "ހިފުން"، ބޮޑު ޖަރީމާއެއް!

މަޖިލީހުގައި ވޯޓެއް ނަގައިފި ނަމަ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރާނެ ކަން ވަރަށް ސާފެވެ. މަޖިލީހުގެ ޖޯރިޓީ ސަރުކާރަށް ގެއްލި، އަޣުލަބިއްޔަތު އިދިކޮޅަށް އޮތީ ލިބިފަ އެވެ. އެހެންވެ، ވޯޓާ ގުޅޭ ޖަލްސާއެއް މަޖިލީހުގައި ކުރިއަށް ގެންދަން ސަރުކާރުން އެއްގޮތަކަށް ވެސް ބޭނުމެއް ނުވެ އެވެ. މަސީހުގެ ވޯޓަށް ހުރަސްއަޅަން، ސަލާމަތީ ބާރުތައް ލައްވައި މަޖިލީސް "ހިފުމަކީ"، ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި، ރާއްޖޭގެ ގާނޫނުއަސާސީ މުގުރާލައި ފުނޑުފުނޑުކޮށްލުމެވެ.

މަޖިލީހަށް މެމްބަރުން ވަދެވަޑައިގަތުން މަނާކޮށް، ސިފައިން ފުރަތަމަ ކުރި ކަމަކީ މަޖިލީހުގެ އިދާރާގެ ގޭޓްތަކުގައި ތަޅު އެޅުވުމެވެ. ގާނޫނުއަސާސީން ތިން ބާރު ވަކިކޮށްފައި ވަނިކޮށް، މަޖިލީހުގެ ބާރުތައް ނިގުޅައިގަތީ އެވެ. ގާނޫނުއަސާސީގައި ބުނާ ގޮތުން އެއީ، ޣައިރު ގާނޫނީ އަމަލެކެވެ.

ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ މައި ގޭޓުގައި ސިފައިން ތަޅު އަޅުވާފައި --މިހާރު ފޮޓޯ: ހުސެއިން ވަހީދު

"މެމްބަރުންގެ ޒިންމާ އަދާކުރައްވަން މަޖިލީހަށް ވަދެވަޑައިގަތުމަށް ހުރަސް އެޅުމަކީ، ރައީސުލް ޖުމްހޫރިއްޔާ ރައީސް އޮފީހަށް ވަންނަން ހުރަސްއެޅުން އަދި ފަނޑިޔާރުން ސުޕްރީމް ކޯޓަށް ވަންނަން ހުރަސްއެޅުން ފަދަ ކަމެއް،" ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވި އެވެ.

މެމްބަރު އަނާރާ އާއި މަޑުއްވަރި ދާއިރާގެ ކުރީގެ މެމްބަރު އަމީތު މަޖިލިހުގެ އިދާރާގައި: މަޖިލިހަށް ވަޑައިގަންނަވަން އުޅުއްވުމުގެ ތެރޭގައި އަނާރާ އަށް ވެސް އަނިޔާވި.

މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގެ ބާބަކަށް ފަހު ބާބެއް ފުނޑާލަމުން ގޮސް، ގާނޫނު ހަދާ ބާރު ހިސޯރުކޮށް، މެމްބަރުންނަށް ހުރަސްއެޅުމުން ރާއްޖޭގެ ހާލަތު އޮތް ގޮތް ސާފުވީ އެވެ. ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ ބާރުތައް ނިގުޅައިގެންފައިވާއިރު، މެމްބަރުންގެ ވާޖިބު އަދާކުރަން ވެސް ހުރަސްއަޅާފައިވާ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.

"ރައްޔިތުންގެ މަޖިލީހަށް، ރައްޔިތުންގެ މަންދޫބުންނަށް ނުވަދެވޭ ގޮތަކަށް ތަޅެއް ނޭޅުވޭނެ. ސިފައިން ކުރި ނަމަވެސް އެއީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފު އަމަލެއް، އެ އަމަލަށް ސިފައިން ޒިންމާވާން ޖެހޭނެ،" ރޮޒައިނާ ވިދާޅުވި އެވެ.

ގަދަބާރުން މެމްބަރުން ނެރުން، އަނިޔާވެރި އަމަލެއް!

ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ސަލާމަތީ ބާރުތަކުން އިއްޔެ އަމަލުކުރަމުން ދިޔައީ ޣައިރު ގާނޫނީ އަމުރުތަކަކަށެވެ.

ހެކި ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ އަބްދުﷲ ޝާހިދު ވިދާޅުވީ ގާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާކުރައްވަން މެމްބަރުން މަޖިލީހަށް ވެންނެވުމުން ސަލާމަތީ ބާރުތަކުން ވަދެގަނެ މެމްބަރުން "އުފުރާލައިގެން" ބޭރަށް ނެރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެއީ، ސަލާމަތީ ބާރުތަކުން ހިންގި ގާނޫނާ ޚިލާފު، ވަރަށް އަނިޔާވެރި އަމަލެއްގެ ގޮތުގައި ޝާހިދު ސިފަކުރެއްވި އެވެ.

"މަޖިލިސް އެ އޮތީ ހިސޯރުކޮށްފައި. ގަދަބާރުން މެމްބަރުން މަޖިލީހުގެ އިދާރާ އިން ނެރެވޭނެ ގާނޫނީ ހަމައެއް ނެތް. މިއީ، ގާނޫނީ ވެރިކަމެއް ހިނގާ ތަނެއްގައި ވާން ޖެހޭނެ ގޮތެއް ނޫން،" ޝާހިދު ވިދާޅުވި އެވެ.

މެމްބަރު އިބްރާހިމް ޝަރީފްގެ މޫނަށް ޕެޕާ ސްޕްރޭ ޖަހާފައި: މަޖިލީހުގެ އިދާރާ އިން މެމްބަރުން ނެރެން ސަލާމަތީ ބާރުތަކުން، ބާރުގެ ބޭނުންކުރި --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޣައިރު ގާނޫނީ އަމުރުތަކަށް ތަބާނުވުމުގެ ހައްގު ގާނޫނުއަސާސީން ކޮންމެ މީހަކަށް ވެސް ވަނީ ލިބިދީފަ އެވެ.

ފުލުހުންގެ ގާނޫނުގެ 13 ވަނަ މާއްދާގެ ބ. ގައި ވަނީ އެއްވެސް ފުލުހަކުު، ދައުރު އަދާކުރުމުގައި ނުވަތަ އެ މީހަކަށް ހަވާލުކުރެވިފައިވާ އެއްވެސް މަސައްކަތެއް ފުރިހަމަކުރުމުގައި، ގަސްތުގައި އެނގި ހުރެ އެ މީހަކަށް ބާރާއި އިޚްތިޔާރު ލިބިފައިވާ ދާއިރާގެ ބޭރުން އެހެން މީހެއްގެ މައްޗަށް ބާރު ހިންގައިފި ނަމަ ނުވަތަ އެ ނޫން ގޮތަކަށް ވެސް އަމަލުކޮށްފި ނަމަ އެ މީހަކު އެ ކުރަނީ ކުށެކެވެ. އަދަބަކީ ޖޫރިމަނާ ކުރުން ނުވަތަ ހަ މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލުން ކަމަށް ވެސް ފުލުހުންގެ ގާނޫނުގައިވެ އެވެ.

މަޖިލީހުގެ އިދާރާ ތެރެއަށް ގިނަ އަދަދެއްގެ އެސްއޯ ފުލުހުންތަކެއް ވަދެ، މެމްބަރުން ނެރުނު މައްސަލަ ވެސް މެމްބަރުން ގެންދަވަނީ ކުށްވެރި ކުރައްވަމުންނެވެ. ކޯޓު އަމުރަކާ ނުލައި މަޖިލީހުގެ އިދާރާ ތެރެއަށް އެސްއޯ ފުލުހުންތަކެއް ވަދެގަނެ، އިމްތިޔާޒުގެ ގާނޫނުން މެމްބަރުންނަށް ލިބިދޭ ހައްގުތަކަށް ވެސް އަރައިގަނެފައިވާ ކަމަށް މެމްބަރުން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފުލުހުންގެ ސަފުތައް ރޫޅާލައިފައި މަޖިލިހުގެ ތެރެއަށް ވަންނަވާފައި ---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މަޖިލީހުގެ އިދާރާގެ ތެރެއަށް ފުލުހުން ވަނީ، ސިފައިން އެދިގެން ކަަމަށް ފުލުހުން ބުނި ނަމަވެސް، ގާނޫނުގައިވާ ގޮތުން ކޯޓު އަމުރަކާ ނުލައި ފުލުހުންނަށް އެތަނަށް ނުވަދެވޭނެ ކަމަށް ގާނޫނީ ވަކީލުން ވިދާޅުވެ އެވެ.

"ފުލުހުން މަޖިލިސް ތެރެއަށް ވަނުމަކީ ސީދާ ޣައިރު ގާނޫނީ ކަމެއް. މަޖިލީހަކީ ފުލުހުންނަށް ވަދެވޭ ގޮތަށް އޮންނަ ތަނެއް ނޫން. އެހެން ނަމަވެސް ސީދާ އެސްއޯ ފުލުހުން މަޖިލީހުގެ ގޯތި ތެރެއަށާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އޮފީސް ތެރެއަށާއި މަޖިލީހުގެ ހުރިހާ ތަނަކަށް ވަނީ. އެއީ ފުލުހުންނަށް ލިބިފައިވާ ބާރުތަކުގެ ބޭރުން ހިންގި ބޮޑު ޖަރީމާއެއް،" ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލް އަލީ ހުސެއިން ވިދާޅުވި އެވެ.

"މެމްބަރުން މަޖިލީހަށް ވަނީ ކުށެއް ކުރާކަށް ނޫން. އަޅުގަނޑުމެން މަޖިލީހުގައި ކުރި ކުށެއް ނޯންނާނެ. އެހެންވެ މެމްބަރުން ނެރެވޭނެ އެއްވެސް ސަބަބެއް ނޯންނާނެ."

އިދިކޮޅު މެމްބަރުން މަޖިލީހަށް ވަންނަވަން އުޅުއްވުމުން ފުލުހުން ހުރަސް އަޅަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ނިގުޅައިގަނެ، ސަލާމަތީ ބާރުތަކުން އަމަލްކުރި ގޮތް ރައްޔިތުންނަށް ވަގުތުން ފެނުނެވެ. ރައްޔިތުންނަށް މަޖިލިހުގެ މެމްބަރުންނަށް، ކޮންމެ ވަގުތަކު ވެސް މަޖިލިހުގެ އިދާރާއަށް ވަދެވެ އެވެ. އެއީ އެ މެމްބަރުންގެ އޮފީހެވެ. އެއީ ރައްޔިތުން ތަމްސީލުކުރައްވަން އެ ބޭފުޅުން ބައްދަލުކުރައްވާ މަރުކަޒެވެ. އެއީ ގާނޫނު ހަދާ މަޖިލިހުގެ ހައިބަތެވެ.

ސިފައިންނާއި ފުލުހުން އިއްޔެގެ އަމަލްތައް ދިފާއުކުރަން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް، ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި، ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ސާފުކޮށް ލިއެފައިވާ ކަންކަން ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެ އެވެ. އެ އަމަލްތަކަށް ޖަވާބުދާރިވުމާއި ޖަވާބުދާރީކުރުވުމުގެ ދުވަސް ވެސް އަންނާނެ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.

149 ކޮމެންޓް, 231 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 3%
icon angry icon angry 85%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުޑަދޫއަހްމަދު

25 July 2017

އޭ އާރާއި ބާރު ޖަމާކޮށް ދުނިޔޭގެ މަސްތުގައި ޖެހިފައިވާ އިންސާނާ އެވެ. ތިބާގެ ނިކަމެތިކަން ހިނދުކޮޅަކަށް ނަމަވެސް ހިތަށް އަރުވާލަބަލާށެވެ. ތިބާގެ އަޖަލު ހަމަ މިވަގުތުކޮޅުގެ ތެރޭގައިވެސް ހަމަވެދާނެ އެވެ. ދުނިޔޭގައި އެއް ޒަމާނެއްގައި ހުރި ބާރުވެރި ފިރުއައުނުގެ ނިމުން އައީ ޣަރަގުވެގެންނެވެ. ދިގު މުއްދަތެއް ވަންދެން އާރާއިބާރު ޖަމާކޮށް އުޅުނު ނަމްރޫދުގެ ނިމުން އައުމަށް މެދުވެރިކުރެއްވީ ކުޑަކުޑަ ސޫތްޕެކެވެ. ތިބާގެ ނިކަމެތިކަން ވިސްނާލަބަލާށެވެ. ބިންމަތީގައި ގަދަކަން ދައްކައިގެން ތިބާއަށް ތާ އަބަދު ނޫޅެވޭނެކަން ވިސްނާށެވެ. މާތް ﷲ އިންސާނާ މި ދުނިޔެއަށް ފޮުނުއްވެވީ މިނިވަނެއްގެ ގޮތުގަ އެވެ. އެހެން އިންސާނަކަށް އަޅުވެތިވާން ނުޖެހޭ މީހެއްގެ ގޮތުގަ އެވެ. އަހަރެމެން އިންސާނުން އަޅުވެތިވާން ޖެހެނީ އެކަލާނގެއަށެވެ. އިންސާނީ ތަބީއަތަކީ މިނިވަންކަމެވެ. އަޅުވެތިކަމާއި އަނިޔާވެރިކަމާ ދެކޮޅު ހެދުމެވެ. ކަންމިހެން އޮތްއިރު، ތިބާ އެހެން މީހުން އަޅުވެތި ކުރުވަން މަސައްކަތް ތި ކުރަނީ ހިތުގައި ކުޑަވެސް ބިރުވެރިކަމެއް ނެތީމާ ހެއްޔެވެ؟

The name is already taken The name is available. Register?

ޅިޔަނު

25 July 2017

ކުނޫޒުން ނިކުމެގެން އައިސް ސިފައިންނާއި ފުލުހުން ގަޔައް އަރައިގަތީ މެމްބަރުން

The name is already taken The name is available. Register?

ލޮނު

25 July 2017

ފަޒީނާ.. ލަދުވެތި ވާންވީ މިކަމާތޯ އެވެ؟ ނަސީދު އާ މައުމޫނާ ގުޅުމަކީ ލަދުވެތި ކަމެއް ނޫންބާވައެވެ؟

The name is already taken The name is available. Register?

ގަމޫ

25 July 2017

ކަލޭ ހާދަ ގަމާރޭ

The name is already taken The name is available. Register?

ނައްމު

25 July 2017

123 ގުނަން ދަސްކުރޭ ފުރަތަމަ

The name is already taken The name is available. Register?

ޭައަލިތަކުރު

25 July 2017

ޗީފް ޝިޔާމްގެ ކަންކަން ހުންނަގޮތް އެއީ އެންމެން ދަންނަ ކަމެއް. ރ.ނަޝީދު ވެރިކަން ބަދަލުވުމާ، ބަޑިގުދަން ހަތިޔާރު ގެއްލުމާ، ލޯންޗުކޮޅު ގޮއްވާލި ހާދިސާއަށްފަހު ސިފައިންގެ އިސް ސަފުތަކައް ދައުވާ ކުރެވުނު އިރު އެންމެ އިސް އޮފިސަރުކަމުގައި ހުރެ ރެކިވަޑައިގެންނެވި އަދި ސުވާލެއް ނުކުރެވޭ ހަމައެކަނި ފަރާތް. އިމިއުނިޓީ ލިބިފައިވާ ބޭކަލެއް. މަޖިލިސްއަށް ސިފައިން ވަދެ ކުރާ ކަންކަމުންވެސް ރެކި އެހެނިހެން ސިފައިން ބެދޭ ތަން ފެންނާނެ. އިބޫވެސް މިއަދު އަދި ތި އަނގަހުޅުވާލީ. ދެފުށް ދެގޮތް.

The name is already taken The name is available. Register?

ައައްޔަބެ

25 July 2017

ތިއޮތީ މަޖްލީސް ހިސާރުކޮށްފައި. އެއްބާރު ނުކުޅިދިފާ. އަދި ގާނޫނޫ އަސަާސީ ތިއޮތީ އުވިފާކަމަށް ބެލެވެނީ. ދެން އެކަން ކުރި ބަޔަކާ މެދު ފިޔަވަޅު އަޅާ ޖަލަަށް ލާބަލަ ކަމުވޮށި ޖަމާއަތަކަުން.

The name is already taken The name is available. Register?

ބުރުހާނުއްދީން

25 July 2017

ކޮންކުއްޖެއް އެއޮތީ ސައިކަލާއެއްކޮށް އިދަޖެހިފާ.

The name is already taken The name is available. Register?

މަރީ

25 July 2017

ދުނިޔޭގަ ތާރީހުގަވެސް ހީވަނީ ގާނޫން ހަދާ މަޖިލިހަށް މިލިޓަރީ ވަދެ މެންބަރުން ގަދަކަމުން ނެއްލި ފުރަތަމަ ފަހަރުހެންހީވަނީ

The name is already taken The name is available. Register?

މަހުދީ

25 July 2017

މައްސަލައަކީ މީގެން އެއްވެސް ކަމެއް ތަހުގުގީގު ނުކުރެވޭކަން، ޒިންމާވާޖެހޭ ބަޔަކު ކޯޓުތަކުގެ ކުރިމައްޗަށްގެނެސް ހައްގު އަދަބުދެވެންޖެހޭކަން. މިގައުމު ހަމަމަގަންއެޅޭނީ މަގޭ ބައިގަނޑަށް ނުބަލާ އިހްލާސްތެރި ވެރިއެއް އައުމުން.

The name is already taken The name is available. Register?

މިލިއުން

25 July 2017

މިލިއުން ކިޔާލުމުން "އުފާވި" "ދެރަވި" އަދި "ރުޅިއައި" މީހުންނަށް ބަލާލީމަ ފެންނަނީ ދެންއަންނަ ރިޔާސީ އިންތިހާބެއްގެ ވޯޓުގެ ނަތީޖާއެވެ. %13 އަކީ ޔާމީނަށް ލިބޭނެ ވޯޓެއެވެ.( ވިސްނާލާ: ޔާމީނު ރުހޭގޮތަށް ކޮށްފަހުރި ގިނަހުކުމް ތަކަކީ 13ވަނަ ދުވަހު ކޮށްފަހުރި ހުކުމްތައް) %4 އަކީ ބާތިލް ވޯޓެވެ. %83 އަކީ އިދިކޮޅު ކެޑިޑޭޓަށް ލިބޭނެ ވޯޓެވެ.

The name is already taken The name is available. Register?

އަސްލަމް

25 July 2017

ކޮންމެ ގޮތަކަށް ހިސާބުޖެހިއަސް، ކެނެރީގޭ މުޙައްމަދު ނަށީދުއަށް 2018 ގައި ވެރިކަމަށް އައުމުގެ އެއްވެސް ފުރުޞަތެއް ނެތް. އަދި މިކަން ޔަޤީންކަން އަރުވަން.

The name is already taken The name is available. Register?

ކޯޕްރަލް

25 July 2017

2012 ގައު ވެސް އަދި 2017 ގައިވެ ބަގާވާތް މިކުރަނީ ޖެެނެރަލް ޝިޔާމާ އޭނާއަށް ވަފާތެރި (ގައުމު ފިޔަވާ) މަދު އޮފިސަރުން ކޮޅެއް ވީމާ މި ސިލްސިލާ ރަގަޅަށް ސާފުކޮށްދިނުން އެދެން. 2012 އަިން ފެށިގެން ރާއްޖޭގެ ހަގީގީ ވެރިއަކީ ޖެނެރަލް ޝިޔާމް. ވޯޓުލަިގެން އަހަރެމެން މިކުޅެނީ ބަތްކައްކާ. މިވާހަކ ނޫސްވެރިން ދައްކައި ދިނުން އެދެން. ކަލެމެންގެ ހައްގު އަދި މިއަށްވުރެވެސް ބޮޑަށް ފުލް ފުލެޑްގް މިލިޓަރީ ވެރިކަމެްއްގައި ގެއްލުމުގެ ކުރިން. މިހާޜު ވެރިކަނ ްއެކުރަނީ ޔާމީނު ބަހައްޓައިގެން. ޔާމީނަކަށް އެމްއެޕީއާރުސިއޭ ކިޔާތީ ގުޑިލެވޭކަށްނެތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454