ބޮޑުވަޒީރު ނަވާޒް ޝަރީފަށް ރައީސް ރަސްމީކޮށް މަރުހަބާ ދަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
25 ޖުލައި 2017 - 18:24
މިނިވަން ދުވަހުގެ ރަސްމިއްޔާތުތައް ޝަރަފުވެރިކޮށް ދެއްވުމަށް ޓަކައި މިއަދު ރާއްޖެ ވަޑައިގެންނެވި ޕާކިސްތާނުގެ ބޮޑުވަޒީރު މުހަންމަދު ނަވާޒް ޝަރީފަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރަސްމީ ގޮތުން މަރުހަބާ ދަންނަވައިފި އެވެ.
ނަވާޒު ޝަރީފާއި އަނބިކަނބަލުން ބޭގަމް ކަލްސޫމް ނަވާޒް ޝަރީފަށް ރަސްމީގޮތުން މަރުހަބާ ދެންނެވީ މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސްގެ ދެކަނބަލުންނެވެ.
ބޮޑުވަޒީރު ނަވާޒް ޝަރީފަށް ރައީސް ރަސްމީކޮށް މަރުހަބާ ދަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
ނަވާޒް ޝަރީފްގެ ދެކަނބަލުން މާލެއަށް ފައިބާވަޑައިގަތުމާއެކު، ބިއުގަލް ކޯލެއް އެރުވުނެވެ. ރަސްމީ ފާލަމުން މަރުޙަބާ ވިދާޅުވީ، ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިނކަނބަލުން ފާތިމަތު އިބްރާހީމެވެ.
މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، ރައީސް ޔާމީނާއި ބޮޑުވަޒީރު ނަވާޒް ޝަރީފް ޑަޔަސް އަށް އަރާވަޑައިގަތުމާއެކު، ހަތް ބަޑީގެ ސަލާމެއް އެރުވުނެވެ. އަދި ޕާކިސްތާނާއި، ދިވެހިރާއްޖެއާ ދެ ގައުމުގެ ގައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ޝަރަފްގައި އޮތް އެމްއެންޑީއެފްގެ ގާޑް އޮފް އޮނަރެއް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.
ބޮޑުވަޒީރު ނަވާޒް ޝަރީފަށް ރައީސް ރަސްމީކޮށް މަރުހަބާ ދަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ވަޒީރުންނާއި، އެ ފެންވަރުގެ ބޭފުޅުންނާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުން، ޕާކިސްތާނުގެ ބޮޑުވަޒީރަށް ތައާރަފުކޮށް އެރުވި އެވެ. އަދި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގައި ހިމެނިވަޑައިގަންނަވާ އިސް ބޭފުޅުން، ރައީސުލްޖުމްހޫރިއްޔާ އަށް ތައާފުކޮށް އެރުވި އެވެ.
މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތަށް ފަހު، ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ނަވާޒު ޝަރީފް، ރައީސް އަރިހުގައި ވަޑައިގަތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެމަނިކުފާނު ވަޑައިގެންނެވީ ބެރުދުންމާރި އާ އެކު ހަތްކޮޅުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓްވިންސް ބްރަދާސް
26 July 2017
ހިނިތުންވުމެއްނެތް ދެ ވެރިން. ރައްޔިތަކަށް ހިނިތުންވުމެއްވެސް ގެނެސްދެވޭނެ ވެރިންނެއްވެސް ނޫން.
ކމނޓ
26 July 2017
ދިވެހިރާއްޖެ - ޕާކިސްތާން : އެއްބަނޑު އެއްބަފާ ދެޤައުމު. ރ.މައުމޫނު - ރ.ޔާމީން : އެއްބަނޑު އެއްބަފާ ދެކޮޅުވެރިން.
ޏ
25 July 2017
އިދކޮޅަށް އަބަދު ކިޔަން އެގޭނީ ވެއްޓެނީ. ވަކިކުރާނަން.ދައުވާކުރާނަން އެކަަމަކު ހުރިހާ ކަމެއް އަމިއްލަ ބޮލަަށް ޖެހި ޖެހި ހޭނެތެން ކައިރިވެފަ
Hello
25 July 2017
އިދިކޮޅު ވ ކަޑަވާނެދޯ
ގޮށް
25 July 2017
ކޮރަޕްޓްވެރިންގެ އަޖަކު ގާތްވެއްޖެ. ނަވާޒްއަށް އެބުރި އޮފީހަށް ވަދެވިއްޖިއްޔާ ރަނގަޅު. ސްޕްރީމްކޯޓުން އެބަހޯދާ.
Hello
25 July 2017
ހިނި އަންނަނީ. ގާތްވެއްޖެ ކިޔާކިޔާ ތިބޭ އިރާދަކުރެއްވިޔާ އަންނާނީ އިދިކޮޅުގެ ނިމުން
ރައްޔީތުސޮރު
25 July 2017
ވެރީކަމުގެ ސީޓުގެއްލެން އުޅޭ ދެވެރީން އެއްކޮއް ފެނީގެންދީއުމަކީ ރައްޔީތުންނައް ލީބޭ އުންމީދެއް..
މަޒް
25 July 2017
ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ ކޮންމެ މީހަކާ މީނާ ވަރަށް ގަޔާވާނެ..
ދީދެން
25 July 2017
މަމެންގެ ބިއުޓިފުލް ސަރުކާރުން ނަވާޒް ޝަރީފަށް މަރުހަބާ ދަންނަވަން އެއާރޕޯރޓަށް ވަޑައިގަތުމުން މަމެންނަށް ޔަގީން ޕާކިސްތާނުގެ އެހީގައި ރާއްޖޭގެ ސަރުކާރުގެ އެސްޓީއޯ އާއި ގުޅިގެން ޕާކިސްތާނުން ހިލަ އާއި އަދި ހިލަވެލި އަދި އިމާރާތް ކުރުމަށް ބޭނުން ކުރާ ސާމާނު އެތެރެ ކުރުމުގެ މަަސައްކަތުގެ ވިޔަފާރި އެސްޓީއޯ އާއި ގުޅިގެން ކުރަން އެއްބަސްވުމަކަށް އާދެވޭނެ ކަމަށް. އަދި ޕާކިސްތާނުގެ ހަބީބް ބޭންކް އިން ލޯން ނަގައިގެން ސަރުކާރުން ސޮވެރިންގް ގެރެންޓީ ދީގެން ތިލަފުށި އިރުން އޮތް ބޮޑު ފަޅު އެމްޓީސީސީ އަށް ދީގެން ހިއްކާލާ އެތަނުގައި އެސްޓީއޯ އާއި ޕާކިސްތާނުގެ ހަބީބް ބޭންކް އާއި ގުޅިގެން އިންޑަސްޓްރިއަލް ޕާރކްސް ތައް ތަރައްގީ ކޮށް އެޕާރކްސް ތައް މާލެ ސަރަހައްދުގައި މަސައްކަތް ކުރާ ކުންފުނި ތަކަށް ކުޑައަގުގައި 100 އަހަރު ދުވަހަށް ކުއްޔަށް ދޭނެ ކަމަށް މަމެން އުއްމީދު ކުރަމޭ. އެއިރުން ދެ ގައުމުގެ ވިޔަފާރި އަށް މިކަމުން ވަރަށް ބޮޑު ފައިދާ އެއް ކުރާނެއޭ. އަދި މީގެ ސަބަބުން މިގައުމުން މިހާރު އިންޑިއާ އަށް ބަރޯސާ ވެފައިވާ ހިލަ އާއި ހިލަވެލި ގަތުމުގެ އޮލްޓަރނޭޓިވް ރޫޓެއް ފެނުމުން އިންޑިއާ ސައިޒުން ކެނޑިގެން ދާނެއޭ މަމެން ބުނަން ނެތީމުދޯ. މިކަން ކުރުމަށް ޓަކައި ސަރުކާރުގެ އިކޮނޮމިކް ކައުންސިލުގެ އަތެއް ނަވާޒް ޝަރީފް އަށް ދިއްކޮށްލަންވީ ދިއްކޮށްލަންވީ ދިއްކޮށްލަންވީ ދީދެން ދީދެން ދީދެން ދީދެން. ބައިދަވޭ ޕާކިސްތާނަކީ ވަރަށް ބިއުޓިފުލް އަންހެން ކުދިން ވެސް ތިބޭ ގައުމެއް ދޯ.
ގިވްއިން
25 July 2017
ނަވާޒް ޝަރީފަށް ރަސްމީ މަރުހަބާ ދަންނަވައިފި ނަމަ އެއީ މަމެން އުފާކުރާ ކަމެކެވެ. ނަވާޒް ޝަރީފް އަކީ އެއީ ސާރކް ގައި ހުުރި އެންމެ މުއްސަނދި ހެޑް އޮފް ސްޓޭޓް އެވެ. ކަން މިހެން ހުރުމުން މަމެން އުއްމީދު ކުރަނީ މިހާރު އައިޖީއެމްއެޗް ހަދަމުން ދާ ސިންގަޕޯރގެ ކުންފުންނާއި ގުޅިގެން ނަވާޒު ޝަރީފު ހުޅުމާލޭގައި 20 ހާސް ހައުސިންގް ޔުނިޓްސް ހިމެނޭ ޓަވަރުގެ ސިޓީ އެއް އަޅަން މަމެންގެ ސަރުކާރަށް %3 އިންޓަރެސްޓް ރޭޓް ގައި 2 ބިލިއަން ޑޮލަރުގެ ލުއި ލޯނެއް ޕާކިސްތާނުގެ ހަބީބް ބޭންކް މެދުވެރިކޮށް ދޭނެ ކަމަށެވެ. އެއިރުން މަމެން ނަށް މިރާއްޖެ ލިޓިލް ސިންގަޕޯރ އަށް ރަނގަޅަށް ބަދަލު ކޮށްލެވުނީ އެވެ.
ގުރައިދޫ
25 July 2017
ކިހާބޮޑު އުނދަގުލެއްތަ. ތިޔަ ލިޓްލް ސިންގަޕޯރ އަކާ ހެދި މި އުލެނީ ހަމަ ނޭވާ ނުލެވިގެން.