ކުނޫޒު ބޭރުގައި ފުލުހުން އިއްޔެ ފޯރިމަރަނީ. - ފޮޓޯ: މިހާރު/ ހުސެއިން ވަހީދު
27 ޖުލައި 2017 - 12:26
ޖުމްހޫރީ ޕާޓީގެ މައި އޮފީސް އަދި އިދިކޮޅު ފަރާތްތަކުގެ ޖަލްސާތަކާއި ހަރަކާތްތައް ފަހަކަށް އައިސް ބާއްވަމުން އަންނަ މައި ހަރުގެ މ. ކުނޫޒު ވަނީ ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ޚިލާފަށް ފުލުހުން ހިސޯރުކޮށްފައި ކަމަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން މިއަދު ބުނެފި އެވެ.
އެ ޕާޓީތަކުން ނެރުނު ބަޔާނެއްގައި ބުނީ ފުލުހުން ކުނޫޒް ހިސޯރުކޮށްފައިވާ މި ވަގުތުގައި އެ ތަނުގައި އެއްޗެއް ޕްލާންޓްކުރުން ފަދަ ކަންކަން ހިނގާފާނެތީ ކަންބޮޑުވާ ކަމަށެވެ.
ކުނޫޒްގައި ހިންގަނީ ރައްޔިތުންގެ ތާއީދާ އެކު ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކެއް ކަމަށާއި ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތް ކުރަން ކުރާ ޣައިރު ގާނޫނީ ކަންކަމުގައި ފުލުހުން ހިއްސާވާތީ އެކަމާ ކަންބޮޑުވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
"މިނިވަންކަމާއެކު ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގުމުގެ ހައްގު ސިޔާސީ ޕާޓީތަކަށް ލިބިދީފައިވާ ހިނދު، ފުލުހުންގެ މިފަދަ ނޭއްގާނީ އަމަލުތަކުން ރައްޔިތުންގެ ހިތްތަކުގައި ފުުލުހުންގެ މެދު ނަފްރަތު އުފެދިގެންދާނެ އެވެ،" ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ނެރުނު ބަޔާނުގައިވެ އެވެ.
ގުޅިފައިވާ ޕާޓީތަކުން ވަނީ ގާނޫނުގައިވާ ގޮތުގެ މަތިން ފުލުހުން އަމަލުކޮށް ޖުމްހޫރީ ޕާޓީގެ އިދާރީ ހިންގުމަށް ހުރަސް ނާޅައި އެ އޮފީސް އޮފީސް ހަވާލު ކުރުމަށް ފުލުހުންނަށް ގޮވާލައިފަ އެވެ. ނަމަވެސް މިދިޔަ އަންގާރަ ދުވަހުން ފެށިގެން ކުނޫޒު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
ކުނޫޒު ފާސް ކުރުމަށް ކްރިމިނަލް ކޯޓުން ފުލުހުންނަށް ދިން އަމުރު ހިފައިގެން ދިއުމުން، އެތަން ބަލައި ފާސް ކުރަން ފުރުސަތު އަންގާރަ ދުވަހުގެ ރޭ ދީފައިވާނެ ކަމަށް ޖުމްހޫރީ ޕާޓީން ވަނީ ބުނެފަ އެވެ. ކުނޫޒް ފާސް ކުރުމަށްފަހު، އެތަނުން އެއްވެސް ހެއްކެއް ފެނިފައިނުވާ ކަމުގެ ލިޔުން ފުލުހުން އަންގާރަ ދުވަހުގެ ރޭ ދިނުމާއެކު، ކުރީގެ އަމުރު ހިފައިގެން އެތަން ފާސް ކުރަން ފުލުހުންނަށް ނުދެވޭނެ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
ޖިނާއީ އިޖުރާތުގެ ގާނޫނުގެ 32 ވަނަ މާއްދާގައި އޮންނަ ގޮތުން، ތަނެއް ބަލައި ފާސްކުރުމުގެ ކޯޓު އަމުރުގައި އެ އަމުރުގެ ދަށުން ބަލައި ފާސްކުރުމަށްޓަކައި އެއް ފަހަރަށް ވުރެ ގިނަ ފަހަރު އެތަނަކަށް ވަންނަ ނަމަ އެކަން ބަޔާންކޮށްފައި އޮންނަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައިކޯ ބްލޫސް
27 July 2017
ސިކުނޑީގެ ބައްޔަށް ފަރުވާކުރާ މޮޅު ޑޮކްޓަރުން ރާއްޖެއަށް ބޭނުން. މުސާރަ: ރައްޔިތުންގެ ޚަޒާނާ ބޭނުން ގޮތަކަށް. އިނާޔަތް: ރައްޔިތުންގެ ލޯބި
ދ ރައްޔިތެެއް
27 July 2017
ކުނޫޒް ހިސޯރު ކޮށްފައި ބޭއްވުމަށް ތާއީދުކުރަމެވެ
މިހާރު ނޫހުން
27 July 2017
އިދިކޮޅުމީހުން ޖަހާހާ ސަކަރާތެއް ޖަހަން ބަލަންވެސް ތިބޭކަށް ނުޖެހެ.
ޖަމަލު
27 July 2017
ކުނޫޒު އެކަނިތޯ؟ ގައުމު މިއޮތީ ހިސޯރު ކުރެވިފަ ނޫންތޯ؟
އިސްމާއިލް
27 July 2017
މާތް ކަލާކޯ.... ހަމަ ފިސާރި ތެދެއް މަ ހައިރާނެއް ނުވާނަން މިފަހަރު ތިތަނުން، ނިއުކްލިއާ ހަތިޔާރެއް ނުފެނިއްޖިއްޔާ.... ޕާކީން ގެނައިއެއްޗަކައް ވުން ވަރައް ގާތް!
ގާނޫނު
27 July 2017
ގާނޫނާ ހިލާފަށް ކުރާތީ މައްސަލައަކީ
ބުރިގޭޑިއަރ
27 July 2017
ނަވާޒު ފުރައިފި..ހަވީރު ޕެރޭޑަށް ފަހު މިނިވަން ވާނެ.
456
27 July 2017
ސައްލޭ، އަހަރުމެން މިތިބީ އިންތިޚާބަކަށް ފިސާރި ތެޔޮލައިގެން... އެކަމަކު މިތާނގަ އިންސާފުވެރި އިންތިޚާބެއް ބޭއްވިދާނެހެން ހީވޭތަ، އެކަހެރި ތަނެއްގަ ހުރެ ފުންކޮށް ވިސްނާލަބަލަ
އޮމްރިޝްޕޫރީ
27 July 2017
ފަހު ތަޅާލުންގަޑު
ސައްލޭ
27 July 2017
މާއަވަހަށް ވަޒީފާތަކަށް ބައިތުލްމާލަށް ތި ކަޅި އަޅަނީ. 7 ފެބްރުއަރީއެއް ނުގެނެވޭނެ! އިންތިހާބަށް ތައްޔާރުވޭ.
ކަމީނާ
27 July 2017
ސަލާމަތީ ބާރުތަކާއި ކޯޓުތައް ޑިމޮކްރަސީގެ ޅަފަތް ދޫކޮށް ހަރުދަނާ ވަމުންދާ މަންޒަރު މިފެންނަނީ. .. ޣައިރުގާނޫނީ އެއްވެސް ކަމަކަށް ފުރުސަތު ނުލިބޭނެކަން ޔަގީން ވެއްޖެ.. ހަޅުތާލުކޮށް ހުޅުޖަހާ އަމަން ނަގާލަންފުރުސަތު ދީގެން ނުވާނެ.. ގާނޫނުގެ ބާރު ދަމަހައްޓަންޖެހޭ... ވެރިކަމެއް ވެއްޓިގެން ވެރިކަމުގައިތިބި މީހުނަށް ލިބުނު ހިތާމަ ފިލުވާލީ ހުޅުޖެހުމާއި ގައުމު ފަނާ ކޮށްލަން...
ބޯކިރު
27 July 2017
ނޯތު ކޮރެއާ އަށް ބަދަލުވަމުން ދާތަން މި ފެންނަނީ.
ހުސޭނުބެ
27 July 2017
ޑިމޮކްރަސީ ހަރުދަނާވެ ފައްކާވަމުން ދާތަން މިފެންނަނީ!! ހަމައެއް ލަމައެއްނެތި ނޫޅެވޭނެކަން މީގެން މިއެގިގެންދަނީ!! ކުރިއަތްއޮތީ ތަރައްގީ އާއި އުފާ ފާގަތިކަން!!
އިދިކޮޅު
27 July 2017
އިދިކޮޅުފަރާތްތަކުން ކީއްވެބާ މާލެނޫން ތަނެއްގައި އެއްވުމެއް ނުބާއްވާން ތިއުޅެނީ، މާލެއަކީ ތޮއްޖެހި ދުއްވާ އެއްޗައްސައިގެން މަގުމަތީ ހިނގާނުލެވޭ ތަނެއް. ވީމާ އަޅުގަނޑަށް ފެންނަނަނީ މިހާރު ހަމަ މީހުން އުޅޭ އެހެން ކޮންމެވެސް ރަށެއްގައިވެސް ތިޔަ އެއްވުންތައް ބާއްވައިގެން އަޑުއުފުލިދާނެހެން މާލެފަދަ ތޮއްޖެހިފައި އޮތްތަނެއްގައި ތިޔަފަދަ އެއްވުންތަކާއި މުޒާހަރާތައް ބާއްވައިގެން ރައްޔިތުންނަށް އިތުރަށް އުނދަގޫކުރަން އުޅުމުގެ ބޭނުމެއްނެތް!
ބޭބެ
27 July 2017
ޔާމީނު ކީއްވެބާ ފަޅު ރަށެއްގަ ފުލުހުންނާއި ސިފައިން ގޮސް ވެރިކަން ނުކުރަނީ ... މިހިރަ ކޮމެންޓް ތަށް ކިޔާފަ މޮޔަވެދާނެ ދޯ ؟؟؟؟
ލެވެންޑަރ
27 July 2017
ޔާމީނު ކީއްވެބާ 2012 ގައި 22 ދުވަސް / ރޭ ވަންދެން އެހެން ރަށެއް ގައި މުޒާހަރާ ނުކޮށް މާލޭގައި މުޒާހަރާ ކުރީ؟؟؟