03 އޯގަސްޓް 2017 - 11:17
މާލޭގެ ގެތަކުން އުކާލަންޖެހޭ ކުނިތައް މަގުތަކުގައި ބަހައްޓަމުން އަންނަ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް ހުށަހަޅައިފި އެވެ.
އެމްޑީޕީގެ ތިން މެމްބަރަކު އިއްޔެ ކޮމެޓީ އަށް ހުށަހެޅުއްވި މައްސަލައިގައި ވަނީ މާލޭގެ މަގުތަކުގައި ކުނި ކޮތަޅުތައް ފުނި ޖެހިފައިވަނީ ކުނި އުކާލުމަކީ ހަމައެކަނި ވަކި ބަޔަކަށް ކުރެވޭނެ ކަމެއްގެ ގޮތުގައި ހަމަޖައްސައި، މިކަން ރަނގަޅަށް ކުރި އަށް ނުގެންދިއުމުގެ ސަބަބުން ކަމަށެވެ.
މާލޭގެ މަގުތަކުގައި ކުނިވެފައިވާ ކޮތަޅުތައް ފުނިޖެހި ރައްޔިތުންގެ ޝަކުވާތައް ގިނަވަމުންދާ ކަމަށް ވެސް އައްޑޫ މީދޫ ދާއިރާގެ ރޮޒެއިނާ އާދަމާއި މަރަދޫ ދާއިރާގެ އިބްރާހިމް ޝަރީފާއި މާފަންނު ހުޅަނގު ދާއިރާގެ މުހައްމަދު ފަލާހް ސޮއި ކުރައްވައި މަޖިލީހަށް ހުށަހެޅުއްވި ސިޓީގައިވެ އެވެ.
އެހެންވެ، މެމްބަރުން ވެސް އެދިވަޑައިގެންނެވީ މިކަމަށް ވީހާ ވެސް އަވަސް ހައްލެއް ހޯދުމަށް ކަމާ ގުޅޭ މުއައްސަސާތަކާ ބައްދަލުކުރުމަށްޓަކައި މަޖިލީހުގެ ގަވާއިދުގެ ދަށުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިިންވަރު ބަލާ ކޮމެޓީގެ ބައްދަލުވުމެއް ބާއްވައި ދިނުމަށެވެ.
މާލޭގެ ހުރިހާ ގޭބިސީއަކުން ކުނި އުކާލުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ނިންމައި ބިދޭސީންނަށް ކުނި އުކުން ވަނީ މަނާކޮށްފަ އެވެ. އެކަމަކު، ވެމްކޯ އިން ކުނިއުކަން ނުދެވޭ ގެތަކުން އަމިއްލަ އަށް ކުނި އުކަން އަންގާފައި ވަނިކޮށް، ބައެއް ގެތަކުން ދަނީ ކުނިތައް މަގުމައްޗަށް އަޅަމުންނެވެ.
ބިދޭސީންނަށް ކުނި އުކުން މަނާކުރުމުން އާއްމުންނަށް އެކަމުގެ ދަތިކަން އިންތިހާ އަށް ވަނީ ބޮޑުވެފަ އެވެ. ވެމްކޯގެ ކުނި އުކާލުމުގެ ހިދުމަތަށް އެދި މާލޭގެ 27،000 ގޭބިސީގެ ތެރެއިން މިހާތަނަށް 7،000 އަށް ވުރެ ގިނަ ގޭބިސީ ވަނީ ރަޖިސްޓްރީކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތުންހަނާވަނީ
03 August 2017
މިއީ ގޭކުނި ބަންގާޅު މީހާ ލައްވާ މަހަކު 100 ރުފިޔާއަށް ކުރަމުން އައި ކަމެއް މިހާރު ވެމްކޯއިން 150 ރުފިޔާ އަށް ކޮބާ ހައްގެއް ކޮބާ ލިބުނު ލުޔެއް ރިހޭ ފައިމައްޗަށް ފޮއި ވެއްޓުނީ ޚިދުމަތްތައް އަގުބޮޑުކުރާ މީހުން އެބަ އެނގެއެއްނުން ބަހާލާއިރު އެކަކަށް 100 އަނެކަކަށް ޖީބަށްލާން 50
ވޭސްޓް ސެންސަސް
03 August 2017
ތިޔަ އަންހެން މެންބަރު ހަނދާން އެބަހުރިތަ އަހަރުމެން މެންބަރު އުޅުއްވާ ހެންވޭރު .... ގެއަށް ސެންސަސް މަޢުލޫމާތު ނަގަން ދިޔައިމާ އެވަގުތު ގޭގައިތިބި އެންމެން އަހަރުމެން ވާށާލައިގެން ބަވާލާފައި މަޢުލޫމާތު ނުދޭނަމޭކިޔާފައި އަހަރުމެން ގޭން ނެރުނުދުވަސް! ވީމާ، ޔަގީނާ ގާތަށް އެގޭގޮތުގައި ތިޔަ އުޅެނީ މާލޭގައި ދިރިއުޅޭ "ދެކޮޅު" މީހުން، ސަރުކާރުން ރަގަޅުކަމެއް ފެއްޓީމާ ފެއިލް ކޮށްލަން! އަހަރުމެން ހަދާން އެބަހުއްޓޭ މާލޭކުނިކޮށި ނުބެލެހެއްޓިގެން އެތަނުގެ އުދަގޫ މުޅި މާލެއަށްހެން ވަބާއެއްގޮތަށް ފެތުރިގެން އުޅުނުދުވަސް!
ލުނބޯ
03 August 2017
ވެމްކޯއަކީ ސަރުކާރު ކުންފުންޔެއް... އެސްޓީއޯ، އެމްޓިސީސީ ފަދަ ކުންފުންޔެއް... ވެމްކޯއިން ރައްޔިތުން ޖޫރިމަނާ ކުރަން ވެއްޖެޔާ.. ވިލާ ޕްރަިވެޓް ލިމިޓެޑުންވެސް ޖޫރިމަނާ ކުރަންވީ ހަމަ ޖެހުނު ބަަޔަކު....
ބުރުހާނުއްދީން
03 August 2017
ކުނިއުކަން މަޖުލީސްމެންބަރުން ނުކުންނަންވީ. އެއީ ހައްލަކީ✓
ހިހިހިހި
03 August 2017
މަޖިލީހުގަ ތިބި މީހުން އެއުޅެނީ އެމީހުންގެ ތެރޭގެ ކުނި ބުނި ސާފް ކޮށް އަވަދި ނުވެގެން....
13
03 August 2017
ސަންގަޕޫރް
ދޮން ބަބުރު ސޮރު
03 August 2017
.... މީ ރައްޔިތުން ފެލާގެން ވ ފާއިދާ ހޯދަން ޖެހޭކަމެކޯ. ވީމާ މަޖުބޫރުން ފެލަނީ ވީމާ މެމްބަރުން ކުނިނަގަން ނިކުންނަން ވަރަށް އަވަހަށް އަންގާނެ.
ހައިހޫނު
03 August 2017
މާލެ މަގުތަކުގެ ސާފުތާހިރުކަން މި ފަހަކަށް އައިސް ވަރަށް ކުޑަ ދެން ވެމްކޯ އޮތީ ކުނިނަގާ ކުނި އުކުމުގެ ޚިދުމަތް ދިނުމަށް ތައްޔާރުވެފަ އެއްނޫން އެމީހުން ބުނަނީ އަމިއްލައަށްވެސް ކުނި އުކޭނޭ އަމިއްލައަށް ކުނި އުކަން ރަޖިސްޓަރީކޮށްފަ ގޭގަ ގެންގުޅޭ ބަނގްލާދޭޝް މީހާ ލައްވާ ނުއުކޭނެޔޯ ކީއްވެ ތޯ އެގޮތަށް ނުއުކެންވީ އަހަރެމެން އެމީހުން ފޮނުވައިގެން ބިލްވެސް ދައްކަނީ ފިހާރަތަކުން ތަކެތިވެސް ގަންނަމުން ދަނީ އަމިއްލައަށް ކުނި އުކަން ރަޖިސްޓަރީކޮށް ގޭގަ އުޅޭ ބަންގާޅު މީހާ ލައްވާ ކުނި ނުއުކޭނެ އެއްވެސް ގޮތެއް ނޯނާްނާނެ އޮވެގެން ނުވާނެ އެކަން އެގޮތަށް ނުކުރެވޭނަމަ ކޯޓަށް ހުށަހަޅާނަން ވެމްކޯއިން އެބަބުނޭ ޖޫރިމާނާ ކުރާނަމޭ ވެމްކޯ އަކީ ރައްޔިތުން ޖޫރިމާނާ ކުރުމުގެ ބާރު ލިބިގެންވާ ބައެއް ބާއޭ
ހެހެހެހެހެ
03 August 2017
އޯ... ސާފުތާހިރު މާލޭގެ ރީތިކަމާއެވެ.