ސިޔސީ އެއްވުމެއް ރޫޅާލަން ފުލުހުން ހަރަކާތްތެރިވަނީ
04 އޯގަސްޓް 2017 - 06:43
އެމްއެންޑީއެފްގެ ވެރިންގެ އަމުރަށް ސިފައިން އަމަލުކުރަމުން ދިއުމުގައި ވަކިވަކި ސިފައިން ކުރާ ކަންކަމުގެ ޒިންމާ ވަކިވަކި ސިފައިން އުފުލަން ޖެހޭނެ ހެއްޔެވެ؟ ނުވަތަ އެފަދަ ކަންކަމުގެ ޒިއްމާ އުފުލަން ޖެހޭނީ ސިފައިންގެ މުއައްސަސާއިން ހެއްޔެވެ؟ މި ސުވާލާ ބެހޭ ގޮތުން އެކިއެކި ފަރާތްތަކުން އެކި ގޮތަށް ޚިޔާލު ފާޅުކުރަމުން އެބަ ގެންދަވަ އެވެ. އެހެންކަމުން، އެ ސުވާލާ ބެހޭ ގޮތުން އަޅުގަނޑަށް ފެންނަ ގޮތެއް ވެސް ދަންނަވާލާނަމެވެ.
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ދާދި ފަހުން ވިދާޅުވެފައި ވަނީ، "އެތަނަށް ގޮސް އެ ހުންނަނީ އެއްގޮތަށް ވެސް ރަމީޒެއް ނޫން. ސިފައިން ކަނޑައަޅާފައިވާ ހެދުމެއްގައި ގޮސް ހުންނަ މީހެއް. އެހެންވީމާ އަޅުގަނޑުމެން ހަވާލުކުރާ މަސްއޫލިއްޔަތެއް ނުވަތަ ޒިންމާއެއް އަދާކުރަން ގޮސް ހުންނަ މީހަކު، ލީޑަޝިޕުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރަމުންދާ ހިނދެއްގައި އޭނާ އެކަންޏެއް ނުވާނެ. އެކުގައި މުއައްސަސާ އޮންނާނެ. ދައުވާ ކުރާ ކަމުގައިވާ ނަމަވެސް އެކަމަށް ވަކާލާތު ކުރާނަން. އެއީ މުއައްސަސާ އިން ކުރާ ކަމެއްގެ ގޮތުގައި. ފަހަރެއްގައި ވެސް ވަކިވަކި ކުއްޖަކަށް އެ ދައުވާއެއް ނުކުރެވޭނެ."
ޑިފެންސް މިނިސްޓަރުގެ މި ބަސްފުޅު ގާނޫނުގެ ތަރާދުން ކިރާލުމުގެ ގޮތުން، މުއައްސަސާއެއްގެ ވެރިންގެ އަމުރަށް އެ މުއައްސަސާއެއްގެ މުވައްޒަފުން ކުރާ ކަންކަން ދެ ބާވަތަކަށް ބަހާލެވިދާނެ އެވެ. އެއް ބާވަތަކީ އެ ފަދަ މުވައްޒަފުން ވެރިންގެ އަމުރަށް ކުރާ ޖިނާއީ ކުށްތަކެވެ. އަނެއް ބާވަތަކީ އެފަދަ މުވައްޒަފުންގެ ފަރާތުން އެހެން ފަރާތްތަކަށް ލިބޭ މަދަނީ ގެއްލުންތަކެވެ.
އެއްވެސް ސިފައެއްގައި، އަދި އެއްވެސް ހާލެއްގައި މީހަކު ކުރާ ޖިނާއީ ކުށެއްގެ މަސްއޫލިއްޔަތު އެހެން މީހަކަށް ނުވަތަ މުއައްސަސާއަކަށް ނުއުފުލޭނެ އެވެ. ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭނީ ސީދާ އެ އަމަލެއް ކުރި މީހެކެވެ.
ސިފައިންނަށް މިހާރު އެންމެ ބޮޑަށް ފާޑުކިއުންތައް އަމާޒުވެފައި ވަނީ ޖުލައި 31 ގައި ބޭއްވި މަޖިލިހުގެ ޖަލްސާ ފެށުމުގެ ކުރިން ސިފައިން ވަދެ، އިދިކޮޅު މެމްބަރުންނަށް ހުރަސް އެޅިއެޅުމަށް
"އެއްވެސް މީހަކު އެހެން މީހަކު ކުރާ ފާފައިގެ ޒިންމާ އުފުލާކަށް ނުޖެހޭނެ އެވެ." (އަލް އިސްރާ-15)
އެހެން އާޔަތެއްގައިވެ އެވެ: ".... އެމީހަކު ކުރިކަމެއްގެ ޖަޒާވަނީ އެމީހަކަށެވެ."
1- "ކަމެއް ނިސްބަތްކުރެވޭނީ (ޒިންމާ ނަގަން ޖެހޭނީ) އެކަމެއް ކުރި ފަރާތަކަށެވެ. އަމުރު ކުރި މީހާއަކަށް ނޫނެވެ. މަޖުބޫރުކުރެވިފައިވާ ޙާލު މެނުވީ އެވެ."
2- "ކަމެއް ކުރުމަށް މެދުވެރިވި ފަރާތާ، އެކަމެއް ކުރި ފަރާތާ އެއްތަންވެއްޖެ ނަމަ؛ އެކަމުގެ ހުކުމް ރައްދު ކުރެވޭނީ ކަން ކުރި ފަރާތަށެވެ."
3- "އެހެން މީހެއްގެ ބާރުގެ ދަށުގައިވާ ކަމެއް ކުރުމަށް ކުރާ އަމުރަކީ ބާޠިލް އަމުރެކެވެ." (ބާޠިލް އަމުރަކީ ވުޖޫދުގައި ނެތް އަމުރެއް ފަދަ އެވެ. އެގޮތުން އެފަދަ ބާޠިލް އަމުރަކަށް ތަބަޢަވެ ކަމެއް ކޮށްފި ނަމަ އެކަމުގެ ޒިންމާ ނަގާނީ ކަން ކުރި ފަރާތަކުންނެވެ.)
4- "ކަމެއްގެ ޒިންމާ ނަގާނީ އެކަމެއް (މުބާޝަރުކޮށް) ކުރި މީހާ އެވެ. އެމީހާގެ ޤަޞްދު ނެތް ނަމަވެސް މެއެވެ."
5- "ކަމެއް ކުރުމަށް ސަބަބަކަށް ވި މީހާ ޒިންމާ ނަގާކަށް ނުޖެހޭނެ އެވެ."
6- "ކަމަކަށް އަމުރު ކުރާ މީހާ އެކަމުގެ ޒިންމާ ނަގާކަށް ނުޖެހޭނެ އެވެ." (ޣައިރު ޤާނޫނީ އަމުރަކަށް ތަބަޢަވެ ކަމެއް ކޮށްފި ނަމަ އެކަމުގެ ޒިންމާ ނަގާނީ ކަން ކުރި މީހާ އެވެ. އަމުރު ކުރި މީހާއެއް ނޫނެވެ.)
ދިވެހިރާއްޖޭގައި އެޕްރީލް 2015 އިން ފެށިގެން އަމަލުކުރަމުން މި އަންނަ ގާނޫނުލްއުގޫބާތުގެ 20 ވަނަ މާއްދާގައި ކުށުގެ ޒިއްމާ މީސްމީހުން އުފުލުމުގެ އަސާސް ކަނޑައަޅާފައިވެ އެވެ. އެމާއްދާގައި ބުނެފައިވަނީ، އެމާއްދާގައި ބުނެފައިވާ ހާލަތްތަކުގައި އެ ގާނޫނުގައި ކަނޑައަޅާފައިވާ ކުށް ކުރާ މީހުން ކުށުގެ ޒިއްމާ އުފުލަން ޖެހޭނެ ކަމަށެވެ. ކުށުގެ އަމަލު ކުރާ މީހުން ކުށުގެ ޒިއްމާ އުފުލަން ނުޖެހޭނޭ އިސްތިސްނާ ހާލަތުތައް އެ ގާނޫނުގެ 30 ވަނަ ބާބާއި 40 ވަނަ ބާބުގައި ބަޔާންކޮށްފައިވެ އެވެ. ނަމަވެސް ސަލާމަތީ ޚިދުމަތަކުން ހަވާލުކުރާ މަސްއޫލިއްޔަތެއް ނުވަތަ ޒިންމާއެއް އަދާކުރަން ގޮސް ހުންނަ މީހަކު ކުރާ ކުށްތަކަށް އުފުލަން ޖެހޭ ޖިނާއީ ޒިއްމާއިން އެ މީސްމީހުން އިސްތިސްނާކޮށްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ މީހަކު ބުނެގެން ގޮސް ކުށެއް ކޮށްފި ނަމަ ކުށްކުރުމުގައި އެމީހަކު ބައިވެރިވީކަމަށް ބެލެވޭނެ ކަމަށެވެ.
ސަލާމަތީ ޚިދުމަތަކުން ހަވާލުކުރާ މަސްއޫލިއްޔަތެއް ނުވަތަ ޒިންމާއެއް އަދާކުރަން ގޮސް ހުންނަ މީހަކު ކުރާ ކުށްތަކަށް ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ އަނެއް ސަބަބަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 245 ވަނަ މާއްދާގައިވާ ގޮތުން ސަލާމަތީ ޚިދުމަތެއްގައި ހިމެނޭ މީހަކަށް އައިރުގާނޫނީ އަމުރެއް ކުރި ނަމަވެސް އެފަދަ އައިރުގާނޫނީ އަމުރަކަށް ސަލާމަތީ ހިދުމަތުގައި ހިމެނޭ އެއްވެސް މީހަކު ތަބާވެގެންނުވާނެ ކަމަށް ބުނެފައި ވާތީވެއެވެ.
ދެން އޮތީ މަދަނީ މަސްއޫލިއްޔަތެވެ. މުވައްޒަފަކު ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި ކުރާ ކަމަކުން އެހެން ފަރާތެއްގެ ހަށިގަނޑަށް ނުވަތަ މުދަލަށް ގެއްލުމެއްވެއްޖެ ނަމަ، އެގޮތުން ލިބޭ މަދަނީ ގެއްލުމުގެ ބަދަލު ފައިސާއިން ދިނުމަށް ވަޒީފާ ދޭ ފަރާތުގެ މައްޗަށް ލާޒިމުކުރެވިދާނެ އެވެ. ނަމަވެސް އެ އަމަލުގެ ތެރޭގައި ހިނގާފައިވާ ޖިނާއީ ކުށުގެ އަމަލެއް އޮތް ނަމަ އެކަމުގެ ޒިއްމާ އުފުލާނީ ސީދާ އެ މުވައްޒަފެކެވެ.
އިސްވެ މި ބަޔާންކުރި އުސޫލުތައް ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމުގައި އަބަދުވެސް ގެންދަނީ ތަންފީޒުކުރަމުންނެވެ. އެއްވެސް އިސްތިސްނާއެއް ނެތި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާޔާ
04 August 2017
އާދަނަށް ޓިޔުޝަން ނަގައިދީ. މަ ފީ ދައްކައިދޭނަން.
ޙަޤީޤީގަތް ހާމަކޮށްދެއްވާ.
04 August 2017
ތި ވިދާޅުވަނީ ޢާންމު އުޞޫލަކީ އޭ ދެއްތޯ؟ އިސްލާމީ ޝަރީއަތުގައިވެސް އަދި ބެސްޓް ޕްރެކްޓިސްއަކީވެސް އެފަދަ ޖިނާއީ މައްސަލަތަކުގައި އިސްތިސްނާއީ ޚާއްޞަ އުޞޫލެއް އޮތުމެވެ. އިސްލާމީ ޝަރީއަތުގައި ޖިނާޔަތުގެ ތެރޭގައި ހިމެނޭ އެންމެހައި ކަންކަން ބައްލަވާލުން ރަނގަޅެވެ. އަދި އޭގެ އިތުރުން 1917 ވަނަ އަހަރު ހިނގި ދަ ޓްރައިލް އޮފް ކާރލް ނިއުމަން ކޭސް ކިޔުއްވާ ލެއްވުން އެދެމެވެ.
ޒެޑްސް 1
04 August 2017
ސޫދު. ސޫދު ވަރަށް މޮޅު ތި ގާނޫނު ތަކުގައި މިހާރު އޮތްގޮތް ކިޔާލަދޭން. އެކަމަކު، ސޫދަށް ވެސް ނޭގެނީތަ، ސުޕްރީމު ކޯޓުން ގާނޫނު މާނަކުރާކަން. އެހެންވީމަ، އަދި ގާނޫނެއްގައި ލިޔެވިފައި އޮތަސް އެގޮތަކަށް އަދި ކަންކަން ތަރުތީބުނުވެ ހިގައިދާނެ.
ސިކުނޑި
04 August 2017
ޔާމީނުގެ ސިކުނޑި ގޮވަނީ އިދިކޮޅު މީހުން އުޅޭގޮތުން. ރައްޔަތުންގެ ސިކުނޑިގޮވަނީ މިހަބަރުގައި ބުނާ ކަހަލަ ކަންކަމާ މެމްބަރުންް ހައްޔަރުކުރުމާ ޓްރެފިކް ސްޓިކާ ޖެހުމުގެ ކަންމުގައި އުޅުމަށް ފުލުހުންނަށް މުސާރަ ދެވޭކަމާ، ފުލެޓް ނުލިބުމާ، ޕެޕާ ސުޕްރޭ އަށް ފައިސާ ހަރަދުކުރުމާ، މަޖިލިސް މަރުވުމާ މިފަދަ ކަންކަމާ ގުޅިގެން.
އައްޑޫ ރަދުން
04 August 2017
ދައުވާ ކުރާ ގޮތާ،ދައުވާކުރެވޭ ގޮތާއި މިނޫނަސް ދައުވާއައި ގުޅިފައިވާ ހުރިހާކަމެށް މިފަހަކަށް އައިސް ހިގަނީ ނުވަތަ ހިންގަނީ ވަރަށް ސާފު ސީދާކޮށް.ވަގަކަސް،ގާތިލަކަސް،ޓެރަރިސްޓަކަސް މިކަމުގައި ވަކި ތަފާތެއްނެތް....ބަލާ ހަމައެކަނި މިންގަޑަކީ އޭރަކު އޮންނަށް ސަރުކާރެއްގެ ރުހުން ހޯދައިގަތުން އެހިސާބުން އެމީހަކު ކޮންމެފަދަ ކަމެއް ކުރިޔަސް އެކަން ބެލޭނެ އެއްވެސް ގޮތެއް ނޯންނާނެ.ކޯޓަށްވެސް ހުށަހެޅިދާނެ ޕޮލިހަށްވެސް ގެންދެވިދާނެ އެކަމުކު ސަރުކާރުގެ ވައިގަ އުޅެންޏާމުން އެއްވެސް ކަމެއް މިބުނި މީހުނާ ދެކޮޅަށް ނުނިމޭނެ.ސަބަބަކީ ދިވެހި ރާއްޖޭގަ ސަރުކާރު މާނަ ކުރަނީ އެއް އާއިލާއެއްގެ ސިފައިގަ އެއާއިލާއަށް ނިސްބަތްވާމީހަކު ޖަރީމާއެއް ހިންގައިފިތަ ހުރިހާ މުއައްސަސާތައް އެމީހުންގެ އަޚް ސަލާމަތް ކުރުމުގައި އަވަދިނެތި އުޅެގަނޭ...
ދިއެންޑް
04 August 2017
ވަކިވަކި ސިފައިންނާއި ފުލުހުންގެ މައްޗަށް ދައުވާކުރެވޭނީ އެއީ ވަކި ވަކި ފުލުހުންނާއި އަދި ސިފައިންގެ އެމެންގެ ޚިދްމަތުން ބޭރުގައި ކުރާ ކުށްތަކަށެވެ. އެއްވެސް ހާލެއްގައި އެމެން ޑިފެންސް މިނިސްޓަރުގެ އޯޑަށް ސިފައިންގެ އަށް އައިސް ސިފައިންގެ ޚިދްމަތުގައި މަޖްލީހުގެ ޖަލްސާ ކުރާ މާލަމާއި އަދި މަޖްލީސް ކުރާ ގޯތީގައި ތިބެގެން އެމެން މަޖްލީސް މެމްބަރުން ގާނޫނު ތަކާއި ގަވާއިދު ތަކުގެ ބޭރުން ކުރާ ކަންކަން ހުއްޓުވުމަށް ޓަކައި ކުރާ މަސައްކަތް ތަކާއި މެދު އެއްވެސް ހާލެއްގައި ވަކި ވަކި ފުލުހުންނާއި ދެކޮޅަށް ވެސް އެއްވެސް ދައުވާ އެއް ނުކުރެވޭނެއޭ އަދި އެއްވެސް ސިފައިންގެ ބޭކަލަކާއި ވެސް ދެކޮޅަށް ދައުވާ އެއް ނުކުރެވޭނެއޭ. މަމެން ވެސް މީ މަޖްލީހުގެ މެމްބަރުންނަށް ވޯޓް ދިން މީހުންނޭ މަމެން ވޯޓް ނުދެމޭ އެމެން މަޖްލީސް ކުރާ ގޭގެ އިދާރާ ތެރޭގައި އެމެންގެ އަމިއްލަ މަސް ލަހަތު އިސްކޮށްގެން މަޖްލީހުގެ ރައީސް މަގާމުން ދުރުކުރުން އެެއީ އެމެންގެ މައިގަނޑު މަސައްކަތަކަށް ހަދަން ޖެހޭނެ ކަމަށް ހީކޮށްގެން ނެއް. މަޖްލީހުގެ އިދާރާ ތެރޭގައި ތިބެގެން ފުލުހުންނާއި ސިފައިން ކުރާ މަސައްކަތް ތަކަކީ އެއީ އެމެންގެ އަމިއްލަ މަސައްކަތެއް ނޫނޭ އެއީ ސަރުކާރުގެ މަސައްކަތް ތަކޭ އެއަށް ޒިންމާ ވާނީ މުވައްސަސާ އޭ އެއީ އެއްގޮތަކަށް ވެސް ފުލުހުންގެ ބޭކަލަކު ވެސް އަދި ސިފައިންގެ ބޭކަލަކު ވެސް ޒިންމާ ވާން ޖެހޭނެ ކަމެއް ނޫނޭ. ކަން މިހެން ހުރުމުން މަޖްލީސް މެމްބަރުން މަޖްލީސް ކުރާ ގޭގޭ ގޯތިން ނެރެލާށޭ އެމެން މަޖްލީހުގެ ގަވާއިދާއި ރާއްޖޭގައި ހެދިފައިވާ ގާނޫނު ތަކާއި ޚިލާފަށް ކިރިޔާ ވެސް ކަމެއް ކުރާއިރަށް. ދިއެންޑް..
ހަރުގަޑު
04 August 2017
7 ފެބްރުއަރީގަ ބަގާވާތްކުރި އެއްވެސް ފުލުހަކަށް ސިފައަކަށް ދައުވާކުރެވޭނެ މާއްދާއެއް ގާނޫނުގަ އެބައޮތްތަ. ރޯމާދުވާލު ސިފައިންގެ ކެމެރާތަކާއި ވެހިކަލްތައް ހަލާކުކުރި މީހުނަށް ދައުވާކުރެވޭނެ މާއްދާއެއް ނެތްތަ. ދައުވާއަކީ އެއިރަކު ތިބިބަޔަކު ހިތަށްއެރީމަ އެބަޔަކު ބޭނުންގޮތަކަށް ކުރާ އެއްޗެއް. މާގިނަ ވާހަކަ ދެއްކުމުގެ ބޭނުމެއްނެތް.
ސިފައިންގެ އެސްޕީޖީ
04 August 2017
ޝުކުރިއްޔާ މިތާ މިއުޅޭ ހޭބޯނާރާ މީހުންނަށް މިހާރު އެނގޭނެ. ހުވާ މިބުނީ ކަނޑާލިޔަސް ހެޔޮ. ނުކުރާނަން ޣައިރު ގާނޫނީ އޯޑާރެއް ތަންފީޒެއް. ނުުގަންނާނަން
އހލ
04 August 2017
"ޒިއްމާ"، މި ގޯސް. ރަގަޅުގޮތަކީ ޒިންމާ
ާމުހައްމަދު
04 August 2017
ފައްސަތޭކަ
123
04 August 2017
ސިފައިނގެ ތެރޭގައި އެބަތިބި ކަނޑައެޅިގެނ މިކުރާ ގައިރު ގާނޫނީ އަމުތައް ތަބާވާނެ ދެކޮޅު މީހުން. ސުވާލަކީ އެމީހުން ކަނޑާލާފަ އެރަނުން ނެރުނީމަ ކާކުބާއޭ އެމީހުންގެ އާއިލާތަކަށް ކަން ބޯން ދޭނީ؟
ސާންތި
04 August 2017
ހެއްދެވި ފަރާތުން އެމީހަކު ދުނިޔެއަށް އައިއްސުރެ ނިމިދާންދެން އެމީހެއްގެ ކަންކަން ބައްލަވާ ވޮޑިގެންވޭ ހަމައެކަނި ޚާލިސްކުރަންޖެހެނީ އެފަރާތައް
އަލިކަތީބު
04 August 2017
ވިސްނޭ ސިފައިން ނުވިސްނޭ ސިފައިންނަށް ވިސްނަދޭނީ، އެންމެން ކަނޑައެއްނުލެވޭނެ. އަދި ގާނޫނާ ޚިލާފު އަމުރެކޭ ބުނެ ތަބައަ ނުވާންފެށީމަ ޖެހޭނީ އެފަދަ އަމުރުތައް ހުއްޓާލަން.