ވަޅިން ހަމަލާދީ މަރާލި އަނަސް.
11 އޯގަސްޓް 2017 - 11:49
ލިޓަސް ސާވިސް ސެންޓަރުގައި ވަޅި ހަރައި މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލަ ނުބަލަން ނިންމައި، އެ މައްސަލަ ގައުމީ ސަލާމަތުގެ ކޮމެޓީން އިއްޔެ ބޭރުކޮށްލައިފި އެވެ.
ސަރުކާރުގެ މެޖޯރިޓީ އޮންނަ ކޮމެޓީން މައްސަލަ ބޭރުކޮށްލީ ފުލުހުން ބަލަމުންދާ މައްސަލައަކަށްވެފައި، މަޖިލީހުން އެ މައްސަލަ ބަލާނަމަ ތަހުގީގަށް ހުރަސް އެޅިދާނެ ކަމަށް ބުނެ އެވެ.
މި މައްސަލަ ބޭރުކޮށްލަން ހުށަހެޅުއްވީ ފޭދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ދީދީ އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ މަޖިލީހުގެ ނައިބު ރައީސް، ހުޅުހެންވޭރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު ރީކޯ މޫސާ މަނިކެވެ. މައްސަލަ ބޭރުކޮށްލީ ކޮމެޓީގައި ތިއްބެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
އަނަސްއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ބޭއްވި އެއްވުމެއް. - ފޮޓޯ: ނާޝިތު
އަނަސްގެ މަރުގެ މައްސަލާގައި ކަމާ ގުޅޭ މުއައްސަސާތައް ކޮމެޓީ އަށް ހާޒިރު ކުރަން ހުށަހެޅުއްވީ އެމްޑީޕީގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ އާއި ޖުމްހޫރީ ޕާޓީގެ ކެޔޮދޫ ދާއިރާގެ މެމްބަރު މޫސާ ނިޒާރެވެ.
ގައުމީ ސަލާމަތުގެ ކޮމެޓީގެ އިތުރުން އަނަސްގެ މަރުގެ މައްސަލަ ވަނީ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީ އަށާއި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް ހުށަހަޅައިފަ އެވެ.
ރ. އަތޮޅުގައި ދުއްވާ ލޯންޗެއްގެ ކެޕްޓަނަކަށް އުޅޭ އަނަސް އަށް ވަޅިން ހަމަލަދީ މަރާލީ މިދިޔަ މަހުގެ 31 ގަ އެވެ. އޭނާގެ ހަށިގަނޑުގެ 37 ތަނަކަށް ވަޅިން ހަމަލާދީފައިވެ އެވެ.
އަނަސްގެ ގާތިލުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 8-10 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، އެއީ ކިތައް މީހުންނެއް ކަމެއް ފުލުހުން އަދި ނުބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޑޫމީހާ
12 August 2017
ތީ އެއްގޮތަކަށްވެސް އަހަރެން ހިތާމަ ކުރާކަމެއްނޫން. ސަބަބަކީ އަނަސް މަރާލި މީޙާ ހައްޔަރުކުރީމަވެސް މިސަރުކާރު ހިންގަން ތިބި އިސްވެރިންގެ ބަޔަކު އޭނަ ސަލާމަތް ނުވެގެން ނިދިނައިސްގެން އުޅޭކަން. ދެން މާދަމާގެ ހެޑުލައިންއަށް އަރާނީ އަނަސް މަރާލި މީހާ ސީރިޔާ ހަނގުރާމަށް ގޮސްސިޔޯލަ. ދެން އަނެއްދުވަހު ފޮޓޯޖަހާލާފަ ބުނާނެ ހަނގަުރާމައިގަ މަރުވެއްޖެޯލަ. މީ އާކަމެއްނޫން. ޝަހީދު އަފްރާޝީމް މަރުގެ މައްސަލައިގަ ހައްޔަރުކުރިމީހާވެސް ހަމައެހެންވީ. މިސަރުކާރުގެ ބޮޑުން އޭނަ މިތަނުން ފުރުވާލީ.... ކޮންމެވަރަކަށް ސިއްރުކުރަން އުޅުނަސް ސިއްރުނުވާނެފަރާތެއްވާކަމާއި އެކަން އެގޭނެ ދުވަހެއްއަންނާނެކަން ޔަގީން. އަހަރެއް ދުވަހަކުވެސް އެޖަރީމާ ހިންގިބަޔަކަށް މާފެއްނުކުރާނަން.
ހުވާސް
11 August 2017
އެވަނީ ރަނގަޅަށް ! މިކަންކަމުން މިއެނގިގެންދަނީ ސަރުކާރުގައި ހިމެނޭ މެންބަރުން ރައްޔިތުންގެ ހައްޤުގައި ކަމެއް ނުކުރާނެކަން! ރ. މީދޫގެ ރައްޔިތުން މިކަންކަމަށް ސަމާލުވެ، 2018 ގައި މި މީހުންނަށް ނޫނެކޭ ބުނަން ތައްޔާރުވޭ!
މޮގާބޭ
11 August 2017
ޤާތިލުންގެ ބަންދަށް 8 ދުވަހާއި އަދި 10 ދުވަސް އެކަމަކު ފާރިޝް މަޢުމޫން މައްޗަށް އަދި ނުއުފުލާ ދަޢުވާއެއްގެ ޝަރީއަތް ނިމެއްދެން އެކުއްޖާ ފަކީރު ޖަލުގައި. މި އީބާ އިސްލާމީ ޝަރީޢަތުގެ އަދުލުވެރި ނިޒާމުގެ އިންސާފާއި ހަމަހަމަކަމާއި ޢަދުލުވެރިކަމާއި އިންސާފަކީ ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟
އަލީ
11 August 2017
ގައުމީ ސަލާމަތު ކޮމެޓީން ބޭރުތާ ކުރަންޖެހޭނީ... ގަޓު މިނިސްޓަރާއެކު ގަޓު ދައްކަން ހުރި ސޮރެއްވިއްޔާ މަރާލި ކަމަށްވަނީ... އެހެން ނޫނަސް ޖަލުގަ ހުންނަން ޖެހޭ މީހަކު މާލޭގަ ހުރުމަކުން ކޮބާތޯ މައްސަލައަކީ ދެއްތޯ! ގައުމީ ސަލާމަތަކަށް ނެތް ނުރައްކަލެއް އެކަމަކުން. ކިތަންމެ ބަޔަކު މެރިޔަސް ޕީއޭގެ ރައްޔަތުން ނުމަރާތާ... އެހެންވީމަ އެކަމުން ވާ ގެއްލުމެއް ނެތެއްް ނޫންތޯ! ގޯނީގަ ފައިސާ ބެހީމަވެސް ފުލުހުން މައްސަލަ ބޭރު ކޮށްލީ. މިހާރު މަޖިލިހުން ބޭރުކޮށްލީ. އަހަރުމެން ރާއްޖެއިން ބޭރުކޮށް ނުލާތި.
ރޮކެޓް ސައިންސް
11 August 2017
ވަޅި ޖަހާ މަރާލީމަ 8 ދުވަސް. ޝަހުޝު އޮޅުވާލީމައޭ ކިޔާފަ މުއްދަތެއް ނެތްގޮތަށް. ތިހާވަރު ބަޔަކު މަރުގެހުކުމް އިއްވާފަ ހުކުމް ތަފްފީޒު ކުރުވީމަ ކިހާ އިންސާފުވެރި ވާނެބާއޭ ހިޔައްއަރަނީ
ބޭބެ
11 August 2017
ތިކަން ނުދާނެ ކުރިޔަކަށް... ބިރުން ޝައިނީ ޓުވީޓު ކުރުންވެސް ހުއްޓާލައިލި... ޝައިނީ ހުއްޓަކާ ތިކަމެއް މިސަރުކާރު އޮއްވަކާ ތިކަމެއް ނުހިންގާނެ... ބަލަން ތިބޭތި..
ހުސެން
11 August 2017
މަޖިލިހަކީ މައްސަލަބަލާތަހުގީގުކުރާތަނެންނޫން ތިޔައުޅެނީ އެއްބާރުއަނެއްބާރަންނުފޫޒުފޯރުވަން ތިޔަތާކުނުތިބޭނެތަހުގީގުކުރަންއެގޭބައެއް ތިޔާރަށޫދަމާކަޑަންއުޅުނުބައެއް ރުފިޔަބާހާލީމަ ހޮވިފަތިބިބައެއް
ފޮނިކަލޯ
11 August 2017
ތިކަންއިހުސާސް ވާނީ ތި މަޖުލީހުގެ މެންބަރެއްގެ ދަރިޔަކު ތިޔަ ގޭންގުގެ އަތްދަށުވާދުވަހަކުން. އޭރުން ގޮނޑިން ފުއްމާފައިގޮސް ޖެހޭތަނެއްގައި ޖެހޭނެ.
މަރުޒާދު
11 August 2017
ހާ މިހެންވެ އޭ ބުނަނީ މި ސަރުކާރު ރަނގަޅޭ. މަގޭވޯޓު ޔާމީނަށް. ލާޙީކައެއް ނޫން މި މައްސަލަ ބަލާކަށް.
ހަނު ހުންނަ މީހާ
11 August 2017
އަސްލުވެސް އެއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ނޫން. ގައުމީ ސަލާމަތަށް ނުރައްކާވާނީ ޕީޕީއެމްގެ ދިދަ ބޭނުން ކުރަންޏާ. ވައްކަން ކުރާމީހުނަށް ވަގަށް ގޮވަންޏާ. ފަޑިޔާރުގެ މިނިވަން ކުރަން ގޮވަންޏާ. މަސީހުގެ އިތުބާރުނެތް ކަމުގެ މައްސަލަ ވައްދަންޏާ. އަނަސް ކީއްވެ އެކުލާގެ ޓީސާޓެއް ލާންވީ. ދޯ ރައީސް.