މަޖިލީހުގެ ހަތަރު މެމްބަރުން. (ކ-ވ) އަބްދުއްލަތީފް، ސައުދު، ވަހީދު އަދި އަމީތު: މި މެމްބަރުންގެ ގޮނޑިއާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނުނިންމަނީސް އިނާޔަތްތައް ވެސް ވަނީ ކަނޑާލާފައި.
12 އޯގަސްޓް 2017 - 14:53
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ހަ މެމްބަރުންގެ އިމްތިޔާޒުތަކާއި އިނާޔަތްތައް ކަނޑާލައިފި އެވެ.
މަޖިލީހުގެ އަމީން އާއްމު އަހްމަދު މުހައްމަދު ސޮއިކުރައްވައި ނެރުއްވި މެމޯއަކުން، އިނާޔަތް އިމްތިޔާޒުތަކާއި މެމްބަރެއްގެ ހައްގުތައް ކަނޑާލިކަން އެންގީ، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފާއި ވިލިގިނލީ ދާއިރާގެ ސައުދު ހުސެއިނާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ އަބްދުﷲ ސިނާންގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ވައްޑެ)ގެ އެވެ.
އެ މެމްބަރުންގެ އިމްތިޔާޒުތަކާއި ހައްގުތަކާއި އިނާޔަތްތައް އުނިކޮށްފައި ވަނީ، މަޖިލިހުގެ އިދާރާގެ ހުރިހާ ސެކްޝަންތަކަށް ފޮނުވި އިދާރީ މެމޯގައިވާ ގޮތުން، މިދިޔަ މަހުގެ 20، އިން ފެށިގެންނެވެ. ސަބަބަކީ އެ ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާކަން އަންގާފައިވާތީ ކަމަށް ބުނެފައިވެ އެވެ.
މެމޯގައި އެހެން ބުނާއިރު، ސިނާން އާއި އިލްހާމް ތަމްސީލްކުރައްވާ ދާއިރާގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ބައި އިލެކްޝަންސް ބާއްވަން ނިންމި ކަމެއް އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް އާއްމުކޮށްފައެއް ނުވެ އެވެ.
އިމްތިޔާޒުތަކާއި އިނާޔަތްތައް ކަނޑާލި މައްސަލާގައި އިލްހާމް ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައި މަޖިލީހުގެ އިދާރާ އަށް ސިޓީއެއް ވެސް ފޮނުއްވައިފަ އެވެ.
އެ ސިޓީގައި އިލްހާމް ވިދާޅުވީ އޭނާގެ މެމްބަރުކަން ގެއްލިފައިވާ ކަން، އިލެކްޝަންސް ކޮމިޝަނާއި މަޖިލީހުގެ އިދާރާ އިން ވެސް މިހާތަނަށް އޭނާ އަށް އަންގާފައި ނުވާ ކަމަށެވެ. އެ ސިޓީގައި އިލްހާމް އެދިވަޑައިގެންފައި ވަނީ އޭނާގެ މެމްބަރު ކަން ގެއްލިއްޖެތޯ ސާފުކޮށްދެއްވުމަށެވެ.
އޭނާގެ މެމްބަރުކަން ގެއްލިފައި ވަނީ ގާނޫނުއަސާސީގެ ކޮން މާއްދާއެއްގެ ދަށުންތޯ ނުވަތަ ޝަރުއީ ކޮން ހުކުމެއްގެ ދަށުންތޯ ވެސް ސާފުކޮށްދެއްވަން ވެސް އެދިވަޑައިގެންފައިވެ އެވެ.
މެމްބަރުންގެ އިމްތިޔާޒުތަކާއި އިނާޔަތްތައް ކަނޑާލިއިރު ހަތަރު މެމްބަރަކު ކުރެއްވި އިސްތިއުނާފް ސުޕްރީމް ކޯޓުގައި ދަނީ ކުރިއަށެވެ. މެމްބަރެއްގެ ގޮނޑިއާ ގުޅޭ ގޮތުން ޚިލާފު އުފެދިއްޖެ ނަމަ ގޮތް ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް ގާނޫނުއަސާސީގައިވެ އެވެ.
ކޯޓުން ގޮތެއް ނުނިންމަނީސް މެމްބަރުންނާ މެދު ފިޔަވަޅު އެޅުމަކީ ގާނޫނުއަސާސީއާ ޚިލާފު އަމަލެއް ކަމަށް ގާނޫނީ ބައެއް ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު
13 August 2017
މި ކަމުން އެގިގެންދަނީ މިއަދުގެ ހުކުމް ވެސް މިގޮތަށް ނިމޭނޭކަން %100 ޔަގީނެވެ. މިގައުމަކީ އިންސާފުގެ ޒައްރެއްގެ މިންވަރު ވެސް ލިބޭނޭކަން އުއްމީދެއް ލިބޭނެ ގައުމެއްނޫންކަން މީގެން ވެސް ހާމަވެގެން ދަނީއެވެ. ސަބަބަކީ މަގާމާއި ފައިސާއެވެ. ލިބުނުގޮތަކަށް ހޯދަން މުއައްސަސާގެ ވެރީން ބޭނުންވަނީއެވެ. މާތްﷲ އަށް ބިރުވެތި ކަމެއްނެތި ކޮންމެ ގޮތެއްވެސް ހެޔޮގޮތެވެ. ހަލާލެއް ހަރާމެއް ބެލުމެއްނެތިއެވެ.
ކުޑަބެ
13 August 2017
ތަރައްޤީ މަތިމައްޗަށް ކުރިއަސް އެކަން ރައްޔިތުން ބަލައެއް ނުގަންނާނެ. އަދުލާއި ހަމައާއި އިންސާފު ނެތްތަނެއްގައި.
PPM މެމްބަރުން ހާލު ގައި ޖެހެމުން ދަނީ
13 August 2017
ނިހާނާ އަދުރޭ ޔާމިނާ އުޅޭ ޕާޓީ އަށް ސޮއި ކުރި އެކަކަށް ވެސް ސަލާމަތެއް ނެތް؟
ފަހުބަސް
13 August 2017
ފަހުބަސް ބުނުމުގައި އެއްވެސް ފަރާތަކަށް ބުރަވުމެއްނެތި އަދުލު އިންސާފުން ހައްގުވެރިންނަށް ހައްގު އަދާކޮށްދިނުން. ﷲ ގެ މަގުގައި ތެދުވެރިކަމާއިއެކު ފަހުބަސް ބުނުން. ﷲއިންޝާ އެބަޔަކު ކުޅަ ކަމެއް އެބަޔަކު ދެކޭނެ.
ހައްގުބަސް
12 August 2017
ޔާ ﷲ އިންސާފުން ބޭރުން ކަންތައްކުރާ އެއްމެހާ ފަރާތްތައް ދާދިއަވަހަށް ބަލިކުރައްވާފާނދޭވެ! އާމީން
ގަމް
12 August 2017
އަހުމަދުވެސް ވިކުނީ ދޯ
ނފިޒު
12 August 2017
ތިޔައީ ހުކުމަށް ނފޒ ފޯރުވުން ކަމަށް ބެލުމުގެ ޖާގައޮތްކަމެއް
މިޞްރާބު
12 August 2017
6 މެމްބަރެއްގެ އިމްތިޔާޒުތަކާ ޢިނާޔަތް ކަނޑާލުން އެއީ ކުރަން ޖެހޭ ކަމެއް ގައުމުގާ ހިފަހައްޓަމުންދާ ހައްގުތަކަށް ނަޡަރުކުރާއިރު އެއީ ކުޑަމިންވަރަކަށްވުރެ ބޮޑަށް ބުނެވެން އޮތީ އެއީ އެއްވެސް ކަމެއް ނޫން ކަމަށް އެކަމަކު ދެން އަންނަ ސަރުކާރަކުން މިބޭފުަޚުންނަށް މިގެއްލުމުގެ ބަދަލް ލިއްބައިދޭނެ
އައްޑޫމީހާ
12 August 2017
އަމީނުއާންމުވެސް މިހާރު ޕާޓީ ސިސްޓަމާ ގުޅިގެން ޖަރީމާ ހިންގަނީބާ. ކޮނަތާކުންތޯ ބުނީ ތިޔަަ މެންބަރުންގެ ގޮނޑި ގެއްލުނުވާހަކަ. މިހާރު ކޯޓުތަކުގައި މައްސަލަ ހިނގަމުންދާ ދަނޑިވަޅެއްގައި ތިހެން ޖަރީމާ ހިންގަނީނަމަ އަވަސސް މުސްތަގުބަލެއްގައި އަމީނުއާންމުވެސް ގޮނޑިގެއްލިދާނެކަމާމެދު ޝައްކު. ހައިސިއްޔަތު އޮޅުވާނުލައްވާ. އިލްހާމަކީ އަދި ގޮނޑި ގެއްލުނުކަމަށް ދަރުބާރުފެކްޝަނުން އެކަނި އެންގި އެންގުމެއް.
ބައިރޯ
12 August 2017
ދެން ވެރިކަމަށް އަންނަ ބޭފުޅަކަށް ރަންގަޅު ފިލާވަޅުތަކެއް... ރައީސް ނަޝީދު.... މީނަގެ މިއުޅުން ދަސް ކުރައްވާ.