ޚަބަރު / ރައީސް އަބްދުﷲ ޔާމީން

އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ހަލާލެއް ނޫން: ރައީސް ޔާމީން

ރައީސް ޔާމީން އަދީބާ އެކު.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހޭދަކުރެއްވީ ރަނގަޅު ފައިސާއެއް ނޫން ކަން މިހާރު އެނގޭ އިރު "އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ހަލާލު ނޫން" ކަމަށާއި އޭގެ އިތުރުން އެ ފައިސާ އިން އިންތިހާބުވި މެމްބަރުން ވެސް މަގާމުން ދުރުވާން ޖެހޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕޭނަށް ހެދި "ރުމާލު ދޭއް" ޖަގަހަ ހުޅުވުމުގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީން ވަގަށް ނެގި ފައިސާ ހަމައެކަނި ވަން ކަމަށް އަލްޖަޒީރާ އިން ވެސް ދެއްކީ، އެމަނިކުފާނުގެ ގެކޮޅު ދޫވައްސަށް ކަމަށެވެ. އެކަމަކު އެގޮތަށް އަލްޖަޒީރާ އިން ބުނުމަކީ މައްސަލައެއް ކަމަށް ވިދާޅުވި އެވެ.

"އެބަ ތުހުމަތުކުރޭ އަދީބުގެ ފައިސާއިން އަޅުގަނޑަށް ބައެއް ލިބުނު ކަމަށް. އަލްޖަޒީރާއިން ވެސް ފެނުނީ އަޅުގަނޑުގެ ގެއަށް ފޮށިތައް ވައްދާ ތަން، މި ނޫން އެހެން އެއްވެސް އެއްޗެއް އަލްޖަޒީރާ އަށް ވެސް ނުފެނުނު،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ފައިސާ ހަރަދުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮންކޮން މެންބަރުންނެއް އިންތިހާބު ކުރަންތޯ އެބަ ބަލަން ޖެހެ އެވެ.

"އެފައިސާ ވަދެފައި ވަނީ ފޮށިފޮށީގައި ހަމައެކަނި ދޫވެސްއަކަށް ނޫން. ރައްޔިތުންގެ މަޖިލީހަށް އޭރު ކޮންމެހެން ވެސް ހޮވަން އަޅުގަނޑުމެން ބޭނުންވި ބޭފުޅުންނަށް ހަރަދުކޮށްފައި ހުންނާނީ އަހުމަދު އަދީބު. އެހެންވީމަ އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ޝައްކެއް ނެތް ގޮތުގައި ހަލާލެއް ނޫން. މި ދެންނެވި މެންބަރުން ވެސް މިކަން ގަބޫލުކުރެވޭ ނަމަ އަވަހަށް މަގާމުން ދުރަށް ވަޑައިގަންނަވާ."

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތަކީ އޭރުގެ ނައިބު ރައީސް އަދީބު އިސްކޮށް ހުންނަވައި ކުރެއްވި އެމްއެމްޕީއާރުސީގެ ވައްކަމެވެ. އަލްޖަޒީރާ އިން ދެއްކި ޑޮކިއުމެންޓަރީއެއްގައި ރައީސް ޔާމީންގެ ގެކޮޅަށް ގިނަ އަދަދެއްގެ ފައިސާ ގެންގޮސްފައި ވާނެ ކަމަށް، އޭރު އަދީބުގެ އަރިހުގައި މަސައްކަތްކުރި މީހަކު ބުނެފައިވެ އެވެ.

ރައީސް ވިދާޅުވީ އެމްއެމްޕީއާރްސީގެ ތެރެއިިން ގެއްލުނު ފައިސާ އެމަނިިކުފާނަށް ލިބިވަޑައިގެންނެވި ކަމަށް ތުހުމަތުކުރާތީ އަބުރު ސަލަމާތްކުރައްވަން ވެސް އެ ފައިސާ އަނބުރާ ދައުލަތަށް ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އަދީބަށް ޖަލުން ސަލާމަތްވެވަޑައިގެންނެވެން އޮތީ އެ ފައިސާ އަނބުރާ ދައްކަވައިގެންނެވެ.

"އާއިލާ އަށް ވެސް ދަންނަވާލަން ބޭނުންވަނީ އަހުމަދު އަދީބަށް ނަސޭހަތްތެރިވެވަޑައިގަންނަވާށޭ އަހުމަދު އަދީބް ސަލާމަތްވާނެ ގޮތަކީ ދައުލަތަށް ދައްކަން ހުރި ފައިސާ ދައްކައި ނިމުނީމަ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ ފައިސާގެ ބޮޑު ބައެއް އެމަނިކުފާނަށް ލިބިވަޑައިގެންނެވި ކަމަށް ތުހުމަތުކުރެވޭ އިރު "އަޅުގަނޑުގެ އަބުރު ސަލާމަތް ކުރުމަށްޓަކައި ވެސް މި ފައިސާ އެބަ ދައުލަތަށް" ހޯދައިދެއްވަންޖެހެ އެވެ.

އެމަނިކުފާން ވިދާޅުވީ އަދީބުގެ އެހީގައި އިންތިހާބުވި މެމްބަރުން އިސްތިއުފާ ދެއްވައި އަމިއްލަ މަސައްކަތުން އަލުން އިންތިހާބުވެވަޑައިގަންނަވަން ޖެހެ އެވެ.

"އަޅުގަނޑުމެންގެ ޕާޓީން މަދަކުން ނޫން މަޖިލީހުގެ މެންބަރުން ހޮވަން ހަރަދު ކުރީކީ. މީގައި ބޮޑު ހޭދައެއް ކޮށްދެއްވީ އަހުމަދު އަދީބު. އެހެންވީމަ ޑޭ ވަން އިން ފެށިގެން އަހުމަދު އަދީބު ގެންގުޅުއްވި ފައިސާއަކީ ހަލާލު ނޫން، ހައްގު ނޫން ފައިސާ ކަމަށްވާ ނަމަ އަޅުގަނޑުމެން އެބަ ޖެހޭ ވިސްނާލަން،" ރައީސް ވިދާޅުވި އެވެ.

333 ކޮމެންޓް, 677 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 2%
icon angry icon angry 90%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މީމުޓަވިޔަނި

16 August 2017

އަޅުގަނޑުމެން ގެއަކަށް ނުވަދޭ އެފައިސާއެއް. ކީއްވެ؟

The name is already taken The name is available. Register?

ހައްސާން

16 August 2017

ކޮން ޔަގީން ކަމެއް ތިކަމުގަ އޮތީ. މެމްބަރުގެ އެހީއެއް ހަމަ ނުލިބޭތަ. ތިމާގެ ނަފްސަށް ފުރަތަމަ ތެދުވެރިވާންޖެހޭނީ.

The name is already taken The name is available. Register?

ދީބު

16 August 2017

އަދީބު ލައްވާ ބޮޑެތި ވައްކަންތައް ކުރުވީ ކާކު؟ ކާކުގެ ބެލުމުގެ ދަށުގައި ހުރި ތިޖޫރިއެއްތޯ ހުސްކޮށްލީ؟ އަދީބު އަމިއްލައަށް ކުރި ވައްކަމަކުން ނެގި ފައިސާއިން އެހެންމީހަކު ވެރިކަމުގަ ބަހައްޓަން ޚަރަދު ކުރާނެތަ؟ އެވަރަށް އެހާދުވަހު ވައްކަން ކުރިއިރު ހައްޔަރު ނުކޮށްހުރީ ކީއްވެބާ؟

The name is already taken The name is available. Register?

ނަޑެއްލާ

16 August 2017

އިންސާނާ މަރުވުމަށްފަހު ކައްވަޅުގައި އޮވެ އިންސާނާ ވާހަކަ ދައްކާނަމަ މީނަ މަރުވެ ކައްވަޅުގައި އޮތަސް ދައްކާނީ ފައިސާ ފައިސާ ފައިސާ ގެ ވާހަކަ ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ. މިހާރު އެހެރީ އެވަރުވެފާ.

The name is already taken The name is available. Register?

އަބްދުއްލާ

16 August 2017

އަދީބު ބެހީ އަޅުގަނޑު ދިން ފައިސާއޭ ވިދާޅުވި ހަނދާން އެބަ ހުންނެވިތޯ

The name is already taken The name is available. Register?

13333123

15 August 2017

ކުޅަދުންވަންތަކަމާއެވެ. ޤައުމެެއްގެ ވެރިއެއްގެ ދުލުން ވެރިކަމުގަ ހުރެ ޙަލާލު ނޫން ފައިސާ ގެޔަށްވެއްދިވާހަކަ އަމިއްލައަށް ބުނީމަ ދެން ކީއްވެފަތަ ޕޮލިސް ގަމާރު އަރާފަ އެތިބެނީ.

The name is already taken The name is available. Register?

ނަޝީދު

15 August 2017

މަނަމަ މިހާރު އިސްތިއުފާ ދީފީމުސް

The name is already taken The name is available. Register?

އަކޫމަލީ

15 August 2017

ދެން އިތުރަށް ކުރާނެ މާނައެއް ނެތެވެ. ކުރާނެ ތަހުގީގެއް ނެތެވެ. ހުކުމް ކުރުން ނޫން ގޮތެއް ނެތެވެ. އަޒުލުކުރަންޏާ ކުރާވަރަށް ޝައްކެއް ނެތް މިންވަރަށް ހެކިލިބިއްޖެ ނޫންތޯ ؟ ސުޕުރިމު ކޯޓޫ ވވވވވ ސަލާމް

The name is already taken The name is available. Register?

ޤައުުުުުުމު

15 August 2017

ފައިސާ ފައިސާ ފައިސާ ވަގުފައިސާ ހަރާންފައިސާ މަނިކުފާނު ޤާސިމް އަތުން ނުހައްޤުން ސަރުކާރަށް ލާރިހޯދުމަށްވުރެ މަނިކުފާނު ތިބުނާ ވަގުފައިސާ ފޮށިތައް ދައުލަތަށް ދޭންވީނޫންތޯ

The name is already taken The name is available. Register?

ރަންރީދޫ ޓުވިޓަރޭ

15 August 2017

ބައި މުސާރަ ނުނަގާ މުސާރަ އެއްކޮށް ނަގާށެވެ....މަދުވާ ބައި ތިނަގަނީ........

The name is already taken The name is available. Register?

800 މިލިޔަން

15 August 2017

ގޯތި ދޫކޮށްލާފައި ދިޔައީ އެހެންވެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454