ރިޕޯޓް / މެމްބަރު ގާސިމް އިބްރާހިމް (މާމިގިލި)

ގާސިމް މަރަށް ތެޅެނީ، މުއައްސަސާތައް ބަލަހައްޓައިގެން!

ގާސިމަށް ހުކުމް އިއްވުމުގެ ޝަރީއަތަށް ވަޑައިގެން ހުންނަވަނިކޮށް އަނބުރައިގަނެގެން ވެއްޓިވަޑައިގަތުމުން ހޮސްޕިޓަލަށް ގެންދަނީ: އޭނާ އަދިވެސް އޮތީ އެޑްމިޓްކޮށްފައި. --ފޮޓޯ: ނިޝާން އަލީ/މިހާރު

އޮޅުވާލުމެއް ނޫނެވެ؛ ހަމަ ހަގީގަތުގައި ވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހާލުކޮޅު ވަރަށް ސީރިއަސް އެވެ. އެކަށީގެންވާ އަވަސް ފަރުވާއެއް ނުލިބިއްޖެ ނަމަ، ފުރާނަ އަށް ނުރައްކާ ވުމުގެ ފުރުސަތު އެބައޮތެވެ. މިއީ އެތަކެއް ޑޮކްޓަރުން ދެއްވާފައިވާ ލަފައެކެވެ. ޑޮކްޓަރުންގެ ލިޔެކިޔުންތަކުން އެ އޮތީ ފެންނާށެވެ. އެކަމަކު ގާސިމަށް ފަރުވާ ނުދެވި، އަދި ފަރުވާ އަށް ފޮނުވުމުގައި ކޮންމެވެސް ބަހަނާތަކެއް ފުލުފުލުން މިއަންނަނީ ދައްކަމުންނެވެ.

ކޯޓުގެ ކޮންމެ ޗިޓަކާ އެކު ބިރުން ގޮސް ގާސިމް އެޑްމިޓްވާ ކަމަށް ބުނެ ސަރުކާރުގެ ވަރަށް އިސް ބޭފުޅުން ވެސް ޖޯކު ޖައްސަވަމުން ގެންދަވަނިކޮށް އެންމެ ފަހުން ގާސިމް ވެއްޓުނީ ޝަރީއަތެއް ހިންގަމުން ގެންދަނިކޮށް ކޯޓު ރޫމުގެ ތެރެއަށެވެ. އެ ހިސާބުން ވެސް ދެން ޖެހީ ޖޯކެވެ. އެންމެ ރަނގަޅެވެ؛ ގާސިމް ފޭކް ޖައްސަނީ އެވެ. އެކަމަކު ގާސިމްގެ ބަލި ހާލަތާ ބެހޭ ގޮތުން ލިޔުން ދެއްވާފައި ވަނީ ސަރުކާރުގެ މައި ހޮސްޕިޓަލުންނެވެ. ހަމަ އެއާ އެކު ކޯޓުގެ ހުކުމެއްގައި ގާސިމަށް ފަރުވާ ދިނުމުގައި ހުރަހެއް އޮވެގެން ނުވާނެ ކަމަށް ބުނެފައިވާއިރު، އެކަން ލަސްވަނީ ކީއްވެގެން ހެއްޔެވެ؟

ހިތުގެ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވާ މާމިގިލީ ދާއިރާގެ މެމްބަރު، ގާސިމް ބޭރަށް ފޮނުވައިދޭން އާދޭސްކުރާތާ ދެ މަސް ވެއްޖެ އެވެ. ރާއްޖެ އިން ކުރެވެން ނެތް އޮޕަރޭޝަނަކާއި ޓެސްޓުތަކެއް ހަދާށެވެ. އެކަމަކު ވެސް ފަރުވާ އަށް ވުރެ ސަރުކާރަށް މުހިއްމުވީ ގާސިމަށް ހުކުމް އިއްވުމެވެ. ހުކުމް އިއްވުމުގެ ޝަރީއަތަށް ހާޒިރުވެވަޑައިގެން ހުންނަވަނިކޮށް ހާލު ސީރިއަސްވެ އަނބުރައިގަނެގެން ވެއްޓިވަޑައިގަތުމުން ވެސް "ހަމްދަރުދީވުމެއް" ނެތެވެ.

ރޭގަނޑު ދަންވަރު ކޯޓު ހުޅުވައިގެން ގާސިމަށް ތިން އަހަރާއި ދެ މަހުގެ ހުކުމެއް އިއްވީ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައި އޮއްވަ އެވެ. ޖަލްސާއެއްގައި ދެއްކެވި ވާހަކައަކާ ގުޅިގެން ރިޝްވަތުގެ ތުހުމަތުކޮށް ގާސިމަށް ހުކުމް އިއްވީ އިންސާފުންތޯ ނުވަތަ ނޫންތޯ ކުރާ ބަހުސް ބާއްވާށެވެ. ގާސިމަށް ވެސް އަދަބު ލިބުނީ މަޖިލީހުގެ ރިޔާސަތު ދިފާއުކުރަން ސަރުކާރުން ކުރާ "ހަނގުރާމަ"އިގެ ތެރެއިން ކަމަށް ތުހުމަތު ކުރެ އެވެ. މި ތުހުމަތު ކުރަނީ ތަހުގީގާއި ޝަރީއަތް ހިންގި ގޮތުގެ އަވަސްމިނާއި ދަންވަރު ކޯޓު ހުޅުވައިގެން ހުކުމް ކުރުމުންނެވެ.

މެޑިކާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތް އިރު ގާސިމްގެ ހާލު، ކުރީގެ ރައީސް މައުމޫން ބައްލަވާލައްވަނީ.---ޓްވިޓާ ފޮޓޯ

ގާސިމަށް އިއްވި ހުކުމް ތަންފީޒުކުރަމުން ދިޔަ ނަމަވެސް ރާއްޖެ އިން ބޭރުން ހެދުމަށް ޑޮކްޓަރުން ލަފާދިން ޓެސްޓުތަކާއި ފަރުވާ ދިނުން ހުރަހަކަށް ވެގެން ނުވާނެ ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ އެ ޓެސްޓްތަކާއި ފަރުވާ ގާސިމަށް ރާއްޖެ އިން ބޭރުން ހޯދޭނެ އިންތިޒާމު ވަގުތުން ހަމަޖައްސައި ދިނުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް ހުކުމުގައި އަމުރުކޮށްފައިވެ އެވެ.

އަމަލުކުރަނީ ހުކުމުގެ އެއް ބަޔަށް!

ހުކުމާ އެއްގޮތަށް ކަރެކްޝަނަލް ސާވިސް އިން ވަނީ ގާސިމާ ހަވާލުވެފަ އެވެ. އެކަމަކު އަމަލުކުރަމުން ދަނީ ހުކުމުގެ އެއްބަޔަށް ކަމަށް ގާސިމްގެ އާއިލާ އިން ދެކެ އެވެ. ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް ގާސިމަށް ރާއްޖެ އިން ބޭރުން ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް ހަމަަޖައްސައިދޭން ބުނާ ބައި ތަންފީޒުކުރުމުގައި ފެންނަނީ "ދޯދިޔާކޮށް" އަމަލުކުރާ ތަން ކަމަށް ވެސް އާއިލާ އިން ބުނެ އެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނިގޮތުގައި ގާސިމް ބޭރަށް ފޮނުވޭނީ މެޑިކަލް ބޯޑުގެ ބައްދަލުވުމެއް ބާއްވައި ހުއްދަ ލިބިގެންނެވެ. ދެ އޮޕަރޭޝަނެއް ނުކުރެވި ގާސިމް "މަރަށް ތެޅޭއިރު" މެޑިކަލް ބޯޑުގެ ބައްދަލުވުމެއް މިހާތަނަކަށް ނުބާއްވަ އެވެ.

ކަރެކްޝަންސްގެ ތަރުޖަމާން އަހްމަދު ލުގުމާން އިއްޔެ ވިދާޅުވީ ގާސިމް ބޭސްފަރުވާ އަށް ފޮނުވުމުގެ ހުއްދަ ދިނުމަށްޓަކައި މެޑިކަލް ބޯޑު ބައްދަލުކުރި ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އޭނާ ވިދާޅުވީ ގާސިމް ބޭސްފަރުވާ އަށް ފޮނުވޭނީ، މެޑިކަލް ބޯޑުގެ ހުއްދައާ އެކު ކޮމިޝަނާ އޮފް ޕްރިޒަންސް ނިންމަވާ ގޮތަކަށް ކަމަށެވެ.

"ގާސިމް ބޭރަށް ފޮނުވޭނީ ކަރެކްޝަންގެ އުސޫލުތަކާ އެއްގޮތަށް،" ލުގުމާން ވިދާޅުވި އެވެ.

ގާސިމް ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ނުފޮނުވި ލަސްވަނީ މެޑިކަލް ބޯޑަށް ގޮތެއް ނުނިންމިގެން ކަމަށް ބުނާއިރު، ކޯޓުގެ އަމުރުގައިވާ ގޮތުން އޭނާގެ ޓެސްޓްތައް ހެދުމަށާއި ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަން ބޭނުން ނަމަ އެކަން ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން ކޮށްދޭންޖެހެ އެވެ.

ދަންވަރު ކޯޓު ހުޅުވައިގެން ހުކުމް އިއްވުން އެހާ މުހިންމުވިއިރު، މީހެއްގެ ފުރާނަ ސަލާމަތްކޮށްދޭން ކުރެވެން އޮތް ކަމެއް ކުރަން މި ސަރުކާރުން "ފަސްޖެހިގެން" މި އުޅެނީ ކީއްވެތޯ އެތައް ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ.

އާއިލާގެ ފަރާތުން ވާހަކަ ދެއްކެވި، ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވީ އިންސާނަކާ ދޭތެރޭގައި ދައުލަތަކުން ހިންގާނެ އެންމެ ދަށު ދަރަޖައިގެ އަމަލުތައް ގާސިމާ ދޭތެރޭގައި މި ސަރުކާރުން ދަނީ ހިންގަމުން ކަމަށެވެ. ގާސިމް ދިރި ހުރެދާނެތީ ސަރުކާރުން ބިރުން އުޅޭ ކަމަށް ބުނެވޭ ދަރަޖަ އަށް ކަންކަން ހިނގައްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޯޓުގެ ހުކުމަށް 48 ގަޑިއިރުވިއިރު ވެސް ގާސިމް އެ އޮންނެވީ ހަމަ އެ ސީރިއަސް ހާލަތުގައި. ކަމާބެހޭ އިދާރާތަކުން އަޅައެއް ނުލާ. އަޅުގަނޑުމެން ރައީސް ޔާމީނަށް މި ދަންނަވަނީ އެހެން ނުހައްދަވާށޭ. ދައުލަތުގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން އެކަންކަން ބެއްލެވުމަކީ ރައީސް ޔާމީންގެ ޒިންމާއެއް،" ސަމީރު ވިދާޅުވި އެވެ.

ގާސިމްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވި ގޮތުގައި ކޯޓުން މިހާރު ކޮށްފައި އޮތް ހުކުމާ އެއްގޮތަށް، ވީހާވެސް އަވަހަކަށް ފަރުވާ އަށް ގާސިމް ބޭރަށް ފޮނުވުމަކީ މުއައްސަސާތަކުގެ ގާނޫނީ ޒިންމާއެއް ކަމަށެވެ. ކަރެކްޝަނުގެ ވަކި އުސޫލްތަކެއް ފުރިހަމަވަންދެން ފަރުވާ ނުދީ ގާސިމް ނުބޭއްވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކަރެކްޝަނަލް ސާވިސްގައި އޮންނަ އުސޫލްތައް ވެސް ގާޒީ އަށް ރަނގަޅަށް އެނގިވަޑައިގެން އިންނަވައި ހުކުމް ކުރައްވާނީ. އެ ހުކުމްގައި ނެތް ކަރެކްޝަނަލްގެ އުސޫލްގެ ތެރެއިން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށްފައޭ ފޮނުވަންވާނީ. އޭގައި އޮތީ ގާސިމް ފަރުވާ އަށް ވަގުތުން ފޮނުވަން. ކޯޓު އަމުރަށް ވުރެން ކަރެކްޝަނުން އަމަލުކުރާ އުސޫލު މައްޗެއް ނުވާނެ،" ޝަމީމް ވިދާޅުވި އެވެ.

އެހެންކަމުން މެޑިކަލް ބޯޑުގެ މީހުން ހަމަކޮށްގެން ބައްދަލުވުމެއް ބާއްވައި ލިޔެކިޔުންތައް ބަލައި ނިމެންދެން ގާސިމް ފަރުވާ އަށް ނުފޮނުވައި ލަސްނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކޯޓުން ހުކުމް ކުރީ، އެކަށީގެންވާ ފަރުވާ ނުދެވިއްޖެ ނަމަ ގާސިމްގެ ފުރާނަ އަށް ނުރައްކާ އޮތް ކަމަށް ޑޮކްޓަރުން ދެއްވާފައިވާ ލިޔެކިޔުންތައް ވެސް ހުށަހަޅާފައި ވަނިކޮށް ކަމަށް ވިދާޅުވި އެވެ.

"އެހެންކަމުން އެ ލިއުންތަކަށް ވެސް ބައްލަވާފައި ހުކުމް ކުރައްވާފައި އޮންނާނީ. އެ ހުކުމާ އެއްގޮތަށް އަމަލުނުކުރާނަމަ ބުނެވިދާނެ ގާސިމް މަރުވާން ދޫކޮށްލަނީއޭ ވެސް. އަދަބު ދިނުމަކީ ސެކަންޑަރީ ކަމެއް، ފުރަތަމަ ކަމަކީ ފުރާނަ ސަލާމަތް ކުރުން،" ޝަމީމް ވިދާޅުވި އެވެ.

ފަރުވާ އަށް ހުރަސްއެޅުން، ބޮޑު މައްސަލައެއް!

އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނުއަސާސީ އަށް ބެލިއަސް އަދަބު ދިނުމަށް ވުރެ އިސްކުރަން ޖެހެނީ ފުރާނަ ސަލާމަތްކުރުމެވެ. ބޭސްފަރުވާކުރުމަކީ ރާއްޖޭގެ ގާނޫނުއަސާސީގެ ދަށުން ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގެކެވެ.

އޮގަސްޓް 25، 2017- ގާސިމް އިބްރާހީމް ތިން އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާ ގުޅިގެން އޭނާގެ ގާނޫނީ ވަކީލުން މީޑިއާއާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އެކަމަކު ވެސް ސަރުކާރު ހޮސްޕިޓަލް ހިމެނޭ ގޮތަށް، ތިން ހޮސްޕިޓަލަކުން ގާސިމްގެ ސިއްހީ ހާލަތުގެ ނާޒުކު ކަމާއި ކުރަންޖެހޭ ކަަންކަން ސާފުކޮށް ބަޔާންކޮށްފައިވީއިރު، އެއިން އެއްވެސް ކަމަކަށް ރިއާޔަތްކުރުމަކާ ނުލައި ހުކުމް ކުރުމާ ހަމައަށް އޭނާގެ ޕާސްޕޯޓު އޮތީ ހިފަހައްޓައިފަ އެވެ. މިއީ، ގާނޫނުއަސާސީއާ އާއި އިންސާނިއްޔަތާ ވެސް މުޅިން ޚިލާފު އަމަލެކެވެ.

ގާސިމްގެ މައްޗަށް ކުރި ރިޝްވަތުގެ ތުހުމަތު އޭރު ސާބިތުވެފައި ނުވާތީ، ސަރުކާރުން ބޭނުން ބަޔަކާ އެކީގައި ނަމަވެސް ބޭރަށް ފޮނުވުމުގެ ހުއްދަ ދޭން އާއިލާ އިން އެދުނެވެ. އެކަމަކު ވެސް އެ ހުއްދައެއް ނުދިނެވެ.

އިންސާނީ ހައްގުތަކަށް އަރައިގަނެވޭ ގޮތަށް މި ހިންގާ އަމަލުތައް، ހައްގުތައް ކަށަވަރުކޮށްދިނުމުގެ ޒިންމާއާ ހަވާލުވެ ތިބި ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ނުފެނެ އެވެ. ކަންބޮޑުވުން އޮތީ ހަމައެކަނި ގާސިމާ މެދު މިހެން އަމަލުކުރުމަކުން ނޫނެވެ. ހައްގުތަކުން މަހްރޫމްކުރުން މި ދަރަޖައަށް ގެންދިއުމަކީ ދިވެހި ކޮންމެ ރައްޔިތަކަށް އޮތް ނުރައްކަލެކެވެ.

އެ މަންޒަރު ރައްޔިތުންނަށް މި ފެންނަނީ، ގާސިމާ މެދު އަމަލުކުރަމުންދާ ގޮތުންނެވެ. މަރާ ހަނގުރާމަކުރަމުން ދިޔައަސް ފަރުވާލެއް ނެތެވެ. މުހިއްމީ ގާސިމަށް އަދަބު ދިނުމެވެ.

84 ކޮމެންޓް, 322 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 87%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙުކުމް

27 August 2017

ކޯޓުނ ޙުކުމ ކުރިމަދެން އިތުރު ބޯޑެއް ނޯންނާނ އެކަން ނިންމާކަށް.

The name is already taken The name is available. Register?

falaku ain

27 August 2017

ދެން ޔާމީނު ޖަހާނެ ރޮކެޓަކީ ރާއްޖޭންބޭރަށް ގާސިމަށް ފަރުވާ ދިނުމަށްޓަކައި ގެންދިއުމަށް މަތިންދާ ބޯޓަށް ބަލިމީހާ ނާރުވާ ޙާލަތަށް ދާންދެން ކޮންމވެސް ބަހަނާއެއް ދައްކާފައި ހިފަހައްޓާނީ. އޭގެ ފަހުގައި ދިޔުމުގެ ހުއްދަދޭނީ. އެއިރުން ނުބުނެވޭނެތާ ސަރުކާރުން ހުއްދަ ނުދިނީއްޔޭ!

The name is already taken The name is available. Register?

ޛަޔާ

28 August 2017

ފަލްއިޓެއް ޗާޓަރކުރީމަ އެއަށް ޖެހޭނީ އަރުވަން އެހެން ނޫނަސް ބަލިވެގެން ފްލައިޓަށް ނާރުވާނެ ހާލަތެއް ނާންނާނެ އެކަމަކަަު މާބަނޑުމީހުން 8މަސް ވީމާ ނާރުވާ ކަމަށް އެގިފައިވަނީ

The name is already taken The name is available. Register?

ދިވެއްސެއް

27 August 2017

ކޯރޓް އިން ކޮއްފައިވާ އަމުރަށް ކަރެކްޝަން އަމަލު ނުކުރުމަކީ ކޯރޓް ގެ ހުރުމަށް ކެޑުން ނޫން ދެންކޮންކަމެއްބާ

The name is already taken The name is available. Register?

އޯކޭދޯ

27 August 2017

ކޯޓުން ހުކުމް ކޮށްފައި ނެތޭ ގާސިމް ރާއްޖޭން ބޭރަށް ފޮނުވާނެ ތާރީޚެއް ކަނޑައަޅާފައި. 2018 ނިމުމުން ފޮނުވި ނަމަވެސް އެއީ ބެލެވިދާނެ ކޯޓް ހުކުމަށް ތަބާވީ ކަމަށް.

The name is already taken The name is available. Register?

123

27 August 2017

މިހުރިހާ ކަމެއް މިހެން މިވަނީ ކުރީގެ ރައިސް ނަޝީދު ހެއްދެވިގޮތުން. މައިބަދަ ބިންދައިގެންގޮސް ފުރާނައަށް ނުރައްކާވީމަ އެނެމެފަހުން ބޭސްފަރުވާއަށް ފޮނުވީމަ ފިލައިގެންގޮސް ގޮނޑި ދުއްވަން އުޅުނީމަ ވާނީ މިހެން. އެންމެ މީހަކު ކުރިކަމަކުން ހަޣިގަތުގަ ފުރާނައަށް ނުރައްކާވެފެ އޮންނަ މީހާއަށް މިއޮތީ ނުފުރިފަ.

The name is already taken The name is available. Register?

އޭއިއޭއި

27 August 2017

ކޮން ރައީސް ނަޝީދެއްތޭ ކަނޑުކޮހާ. އެއްވެސް ރައީސް ނަޝީދެއް ނޯންނާނެ. އެއީ ކެނެރީގެ ނަޝީދު ދޯ. އެމޭޒިންގް އެއްނޫންތޭ. އެމޭޒިންގް ދޯ،

The name is already taken The name is available. Register?

ގާދިރު

28 August 2017

ވަރައްޖޭވޭދޯ ނަޝީދުވެރިކަންކުރީމަޖޭވިޔަސްނަޝީދަކީމިރާއްޖޭގައި އޯގާތެރި ވެރިކަމެއްކުރިހަމަ އެކަނި ރައީސް ދެން ވާއެއޗެްވޭ

The name is already taken The name is available. Register?

ހޭކެނޑޭ

27 August 2017

އެޗް އާރ ސީ އެމް ގައި ތިއްބަވާ އިސްވެރިންވެސް ޝަރިއްޔަތަށް ޙާޟިރުކޮއް އެވެރިންގެ މައްޗައްވެސް ދަޢުވާ އުފުލަން ޖެހޭނެ. ސަބަބަކީ އެވެރިން ނާއި ޤާނޫނު އަސާސީ އިން މަތިކޮއްފައިވާ ޒިންމާތައް އަދާ ނުކޮއް އިންސާނުންގެ ފުރާނަ ނުރައްކާވާ ހިސާބައް ކަންތައްތައް ގެންގޮސްފައިވާތީ ކަމަށް ދެކެވޭތީ.

The name is already taken The name is available. Register?

މުރަކަ

27 August 2017

ރައްޔިތުންގެ ހިއްވަރު ދައްކާ ހުރިހާ ރައްޔިތުންގެ ކޮނޑުމަތިން ގާސިމް ބޭސްފަރުވާއަށް ފޮނުވަން ވެއްޖެ! ގާސިމް ރައްޔިތުންނަށް ދެއްކެވި ދީލަތި އެހީތެރިކަން މިއަދު އަދާކޮށްދޭން އެބަޖެހޭ. ކެއްތެރި ކަމުގެ ހައްދެވޭ މަޑުމައިތިރިކަން ބަދަލުވެދޭ ރިވެތި އުސޫލުން އެއްކިބާވާ ވަގުތު އާދޭ. ސީޔާސީ ގޮތުން ގާސިމްއާ ތަފާތެއް ހުރުމީ އިންސާނިއްޔަތު ކަމުގެ ގުޅުމާ އޮތް ހުރަހެއް ނޫން.

The name is already taken The name is available. Register?

އަށްޑޫ މީހާ

27 August 2017

ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ހައްގު ގާސިމަށްވެސް ލިބެން އެބަޖެހޭ. މި ސަރުކާރުން ގައުމުގެ މުހިއްމު ތަނބުތަށް ތަޅާ ސުންނާފަތިކުރާކަން މީގެއިން އެގެނީ. ގާސިމަކީ ސަރުކާރުން ބަލައިގަންނަ މީހަކަށްނުވިޔަސް ރައްޔިތުންގެ ގިނަބަޔަކު ތައުރީފުގ ބަސް އޮށްސަމުންދާ އަދި ގައުމަށް ހިލޭސާބަހަށް ގިނަގުނަ މަސައްކަތް ކޮށްދެއްވާފައިވާ ބޭކަލެއް ގާސިމަކީ. އަޅުގަނޑުގެ ދުވާޔަކީ ގާސިމް ވީހާވެސް އަވަހަކަށް ބަލިންސަލާމަތްވުން. އަދި ގައުމަށް ހިދުމަތްކޮށްދެއްވުން. ސަރުކާރަށް އަޅުގަޑު ދިވެހި ދަރިޔެއްގެ ހައިސިއްޔަތުން ގޮވާލަނީ ގާސިމްގެ ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް މިހާރުން މިހާރަށް ހަމަޖައްސައިދިނުން. ވައްސަލާމް.

The name is already taken The name is available. Register?

ޖެޑް

27 August 2017

ޤާސިމް ކޯޓް ރޫމް ތެރެއަށް ވަދެފަ ދަޢުވާ އަޑުއިވޭއިރަށް ދެންނޭންގެ ވަގޮތެއް. ސިލްސިލާކޮށް އެހެންވަނީ ޤާސިމް ކޯޓްތަކަށް އެލާޖިކްވާތީ ކަމަށްވާނީ. މިހާރު ޤާސިމް ނުގެނެސް މައްސަލަ އެޔޮތީ ނިންމާފަ އެވެސް ޤާސިމްއަށް ބޭސްފަރުވާކުރަން ބޭރަށް ދެވޭގޮތަށް. އިންސާފްވެރި ނިންމުމެއް ކަމަށް ދެކެން.

The name is already taken The name is available. Register?

ރެޖިސްޓަރ

27 August 2017

ގާސިމް ކަހަަލަ ކިތައް މީހުން މަރަށް ތެޅޭ. ޤާސިމް އެކަނި ނޫސްވެރިންނަށް ފެންނައްޏާ ތީ ދެން ވަރަށް ބޮޑު ޖޯކެއް...

The name is already taken The name is available. Register?

އަށްޑޫ މީހާ

27 August 2017

ރެޖިސްޓަރޔަށް ބުނެލަންއޮތީ ގައުމަށް މިހާތަނަށް ހިދުމައްކޮށްދީފައިވާ މީހުންގެ އެންމެ ކުރީގައިވާނީ ގާސިމްއޭ. އަދި ގާސިމަ ކަހަލަ ރަންގަޑެއް މި ގައުމުން ދިއުންވެގެންވާނީ ބޮޑު ގެއްލުމަކަށޭ، ވާނުވާގަ ހުރެގެން ކޮމެންޓް ނުކުރުމަށް ގޮވާލަން.

The name is already taken The name is available. Register?

ރަދީފް

27 August 2017

ލުގްމާނުގެ ނަމުގަ ކޮމެންޓްކުރިފާތަށް: ލުގްމާނަށް ތިފެންނަނީ ތިޔަ ފާހަގަކުރި ކޭސްތަކުގެ ސުރުހީތައް އެކަނި.ތިޔަ ބުނާ މައްސަލައިގަ ބާލުސްކޯނީ ޖަލަށް ނުވެސް ގެންދޭ. Statute of limitations ގެ ދަށުން އެހުކުމް ޖަލުގަ ތަންފީޒުކުރާކަށް ލާޒިމެއްނޫން.އިޓަލީގެ ކުރީގެ ބޮޑުވަޒީރުގެ މައްޗަށް އެތައްމައްސަލައެއްގަ ޝަރީއަތް ހިންގުނު.އަދި ހުކުމް ވެސް ކުރެވުނު.ރޮމާނޯ ޕްރޯޑީގެ ޒައާމަތުގަ އޭރު ކޯލިޝަނުގަ ހިމެނުނު ސެނެޓަރެއްކަމުގައިވާ Sergio De Gregorio ކޯލިޝަނުން ނެރުމުގެ ގޮތުން މީހަކު މެދުވެރިކޮށް 3 މިލިއަން ޔޫރޯ ބާލުސްކޯނީ ދިންކަން ސާބިތުވެ 3 އަހަރުގެ ޖަލު ހުކުމެއް އިއްވުނު. މިކޭސްގަ 3 މިލިއަން ޔޫރޯ ދިންކަން ސާބިތުވި ދޯ ، ނަމަވެސް ގާސިމް އަނގައިން ބުނިއެއްޗަކަށް 3 އަހަރުދުވަހުގެ ހުކުމެއް. ލުގްމާނުން އެބަޖެހޭ ވަކިފަރާތަކަށް ނުޖެހި ހައްގުބަސްބުނަން. ވ.ވެދުން.

The name is already taken The name is available. Register?

ޝުގާ

27 August 2017

ރަދީފޫ! ނަން ވެރިފައިކޮށްލީތަ؟ ގަދަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454