ގާސިމް "މިހާރު" އާ ވާހަކަ ދައްކަވަނީ: ފަރުވާ އަށް ބޭރަށް ނުދެވި ލަސްވަނީ ސަރުކާރުން ހުއްދަ ނުދީގެން. --ފޮޓޯ: ނިޝާން އަލީ/ މިހާރު
05 ސެޕްޓެމްބަރ 2017 - 11:33
ހިތުގެ އާލާސްކަންފުޅާ ގުޅިގެން އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައިވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ގެއަށް ދޫކުރެވޭ ވަރަށް ވުރެ ހާލު ސީރިއަސް ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ސަމީރު ވިދާޅުވީ ރާއްޖެ އިން ބޭރުން ގާސިމަށް ދޭން ޖެހޭ އަވަސް ފަރުވާ ނުދެވި އައިޖީއެމްއެޗުގައި އޮންނަވަން ޖެހުމަކީ ގާސިމަށް ފަރުވާ ދެއްވާ ޑޮކްޓަރުން ވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. ގާސިމް އޮންނެވީ ގެއަށް ދޫކޮށްލެވޭ ހާލަތެއްގައި ނޫން ކަަމަށް ޑޮކްޓަރުންނާ ހަވާލާ ދެއްވަމުން ސަމީރު ވިދާޅުވި އެވެ.
"ހިތުގެ އާލާސްކަންފުޅުގައި ގާސިމް އެ އޮންނެވީ ވަރަށް ބޮޑު ރިސްކެއްގައި. އެމަނިކުފާނު ދޫކޮށްލެވޭނީ އިތުރު ފަރުވާ ދެވޭނެ ފަދަ ހާލަތެއްގައި ކަމަށް ޑޮކްޓަރުން ވިދާޅުވަނީ،" އޭނާ ވިދާޅުވި އެވެ.
އައިޖީއެމްއެޗުން ގާސިމް ބެއްލެވި، ހިތުގެ ޚާއްސަ ޑރ. އަލީ ޝަފީގް ލަފާ ދެއްވާފައިވަނީ ގާސިމްގެ ހިތުގެ ދެ ޓެސްޓެއް ހެދުމަށް ރާއްޖެއިން ބޭރަށް ގެންދަން ޖެހޭ ކަމަށާއި އެހެން ނޫން ނަމަ ފުރާނަ އަށް ނުރައްކާ ވެދާނެ ކަމަށެވެ. ކުރިން ތިން ފަހަރެއްގެ މަތިން މެޑިކާ އާއި އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދީފައިވާއިރު، ގާސިމް ބެއްލެވި ހުރިހާ ޑޮކްޓަރުން ވެސް ލަފާދީފައި ވަނީ އޭނާ ރާއްޖެ އިން ބޭރަށް ގެންގޮސްގެން ފަރުވާ ދިނުމަށެވެ. ސަބަބަކީ އެ ފަރުވާ އަދި ޓެސްޓްތައް ރާއްޖެ އިން ހެދެން ނެތުމެވެ.
ނަމަވެސް ގާސިމް ބޭސްފަރުވާ އަށް ފުރުމުގެ ހުއްދަ ސަރުކާރުން ނުދީ އުޅޭތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
ގާސިމްގެ އާއިލާ އިން ތިބީ، ސަމީރު ވިދާޅުވި ގޮތުގައި، ގާސިމް ފަރުވާ އަށް ފޮނުވުމުގެ ހުއްދަ މިއަދު ވެސް ދޭނެ ކަމުގެ އުއްމީދުގަ އެވެ. ފަރުވާ ނުލިބި ގާސިމް އޮންނަވަން ޖެހުމަކީ އާއިލާ އަށް ވެސް ހިތްދަތި އިހްސާސެއް ކަމަށް ވިދާޅުވި އެވެ.
"އިންސާނަކާ ދޭތެރޭ އެހާ އަނިޔާވެރިކޮށް އަމަލުކޮށްގެން ނުވާނެތީ އަޅުގަނޑުމެން އަދިވެސް މި އުއްމީދުކުރަނީ މިއަދު ވެސް ހުއްދަ ލިބޭނެ ކަމަށް. ހުކުމުގައިވާ ގޮތަށް ވެސް ސަރުކާރުން އަމަލުކުރަން ޖެހޭނެ. އެގޮތަށް އަމަލު ނުކުރުން އެއީ ގާނޫނީ ކުށެއް،" ސަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާސިމަށް ރާއްޖެ އިން ބޭރުން ފަރުވާކުރެވޭނެ އިންތިޒާމް ހަމަޖައްސަން ކްރިމިނަލް ކޯޓުގެ ހުކުމުގައި މުއައްސަސާތަކަށް އަމުރުކޮށްފައިވާ ބައި، އާއްމު އުސޫލްތަކާ ޚިލާފަށް އެޓާނީ ޖެނެރަލްގެ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމަކީ ވެސް ބޭރަށް ނުފޮނުވަން އޮތް ހުރަހެއް ނޫން ކަމަށެވެ.
އިދިކޮޅު ހަރަކާތުގެ ޖަލްސާއެއްގައި ގާސިމް ދެއްކެވި ވާހަކައަކާ ގުޅިގެން އޭނާގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމް މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު ކްރިމިނަލް ކޯޓުން ޖެހީ ވެސް ގާސިމް ބަލި ހާލަތުގައި އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައި ވަނިކޮށެވެ. އެއީ ޖުމްހޫރީ ޕާޓީގެ ހަރުގެ ކުނޫޒްގައި ދެއްކެވި ވާހަކައިގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ކުށް ސާބިތުވުމުންނެވެ. ގާސިމްގެ ބަލި ހާލަތު ހުރި ގޮތުން ގޭބަންދުގައި ހުކުމް ތަންފީޒުކުރާ ގޮތަށް ކަރެކްޝަނަލް ސާވިސް އިން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދޫ
06 September 2017
ޑރ ސަމީރު
ޑރ. ސަމީރު
06 September 2017
ދެން ހަސަފަތާލުގަ ބޭއްވީމަ ނިމުނީނު. އެހާ ކަމެއްތަ؟
އަލީޔާ
05 September 2017
އޭނާއަށް ފަރުވާ ދެމުންދޯ އެދަނީ. ދިވެހި އެންމެނަށްވެސް ލިބޭ. ކޮބާތަ ހައްގެއް ގެއްލިފައި. އެހެންނޫނީ މިރާއްޖޭގެ އެންމެންގެވެސް ތިހައްގުވަނީ ގެއްލިފައި.
ހަސަނާ
05 September 2017
ޓެސްޓް ހަދަން ޖެހޭ ބޭރުން އެކަމަކު ޑރ ދޫނުކުރޭ ބޭރަށް ދާކަށް. ދެން ތި ބޮޑު އަރަތެއްނުން. ސީރިއަސް ކަމުން ގެއަށްވެސް ދޫކުރެވޭވަރެއް ނޫން. ތިވަރުން ކިހިނެއްހޭ ބޭރަށްވެސް ފޮނުވަނީ. އެންމެހާ ދިވެހިންވެސް ޖެހޭ ބޭރުންތިބުނާ ޓެސްޓް ހަދަން ހިތް އޯކޭތޯ ބަލަން. އެހެންވީމަ ތިކަމުގެ ސީރިއަސްކަން ހުރިވަރު އެމީހަކު އަމިއްލައަށް ދަނެގަނޭ. އަދި އޭނައަކީ ދުނިޔޭގެ ކޮންމެ ގައުމަކުންވެސް ޑރ އިން ގެނެވޭނެ ފެންވަރުމީހެއްދޯ އަޑުއިވޭގޮތުން. އެހެންވީމަ މޮޅު ފަރުވާއަށް ހުރަހެއް ނެތް. ކީއްވެބާ ޑރއިން ނުގެނެސް މިއުޅެނީ. އެޓެސްޓް ހެދޭނެ އާލާތް ގެންނަންވެސް އޭނައަކަށް ކަމެއް ނުންދޯ. އޭނައަށް ބޭރަށް ދެވިފައި މަށަށް ނުދެވެންވީ ކީއްވެ. ވަކިބަޔަކު މާ މާތްވާން ޖެހޭތަ.
މުޙައްމަދު1
05 September 2017
ހަސަނާ!!! ހަސަނު ބޭރަށްފޮނުވަން ޑަކްޓަރު މިހާރުވެސް ލަފާދީފިނަމަ ސާޅަނގައަކަށްލާފަ ނަމަވެސް ފޮނުވައޭ. އެ ވަރިހަމަ އެއްކަމެއް ނުވިޔަސް! މައްސަލަޔަކީ ހަސަނައް ލިބިފަ ޤާސިމައް ނުލިބޭތީ! ނުވިތާކައް ހަސަނު ތީ ޤާސިމުހާ މީހުނައް އެހީވާވެސް މީހެއް ނޫން. ދެން އެހެން އެނބުރޭ މެއްސެއް ތީ. އެހެން ވީމަ ހަސަނައް ދެވިފަ ޤާސިމައް ނުދެވޭތީ ދެރައީ. ފިޔާތޮށި ހުން ޖެހިފަތިބޭމީހުން ތިކަހަލަ ކޮސްގޮވާނެކަމައް ވަނީ.
ދޮންބީފާނު
06 September 2017
އެހެންތަ މުހައްމަދު1؟ ކަލޭ އިހަށް ދުވަހުއެއްނު ބުނީ އެއްވެސް މީހަކަށް ބޭސްފަރުވާ ކޮށެއް ނުދެއޭ މި ސަރުކާރުން. އެކަމަކު ހަމަ ކަލޭނު ތިބުނީ ޑޮކްޓަރުންގެ ލަފައާއެކު ސާޅަނގައަކަށް ލާފަ ފޮނުވާލައޭ. ކަލޭ ދައްކާ ވާހަކަ ދެން ގަބޫލު ކުރާނެތަ މީހަކު؟ ކެކެކެކެ
މަހުރެން
06 September 2017
މަހުރެންގެ ދަރިފުޅުގެ ރާއްޖެއިން ހެދެން ނެތް ޓެސްޓެއް މިދަކަށް ދުވަހު ހެދިން. އެކަމަކު ރާއްޖެއިން ބޭރަށް އެ ދަރިފުޅު ގެންދާކަށް ނުޖެހުނު. ސާމްޕަލް ފޮނުވީ ނަތީޖާވެސް ލިބުނު . ޤާސިމް ފަދަ މުއްސަނދި ބޭފުޅުން ބޭނުންވާ މެޝިންތައް ގެނެސްގެންވެސް ޓެސްޓްތައްވެސް ހެދިދާނތާ..... ކޮބާ މާމިގިލީގައި އެއަރޕޯރޓާއެކު ަޅަން ބުނި ޔޫރަޕްފެންވަރުގެ ހޮސްޕިޓަލް. އެތަން ހުވަފެނަކަސް ނުހެއްދެވިނަމަ މިއަދު ތިކަންކަން އޮތީހީ ހައްލުވެފައި ދޯ
ނެޝަނަލިސްޓް
05 September 2017
ދައުލަތަށް އެންމެ ގިނައިން ޓެކްސް ގެ ގޮތުގައި ފައިސާ ދައްކާ އެކިކު ގާސިމަކީ! އޭނާއަށް ބޭނުންވި ވަގުތު ސިއްހީ ހިދުމަތް ސަރުކާރުން ފޯރުކޮށް ނުދިނީމައި ޓެކްސް މިދައްކަނީ ކީއްކުރަން ބާވައޭ ހިތަށް އެބަ އަރާ!
ރައިވެރިބެ
05 September 2017
ﷲގެ އަޅުތަކުން އިމްތިޚާނު ކުރައްވަނީ މިފަދައިންނެވެ. ކޮންމެފަދަ ސަބަބަކާ ހެދިނަމަވެސް ފައިސާހުރެމެ ފަރުވާ ބޭނުންވި ވަގުތު މިއޮތީ ދެވޭގޮތް ނުވެފައެވެ. ސަރުކާރުން ހުއްދަނޫދީގެންނެވެ. އެކަމުގައި ބައެއްގެ އިހުމާލުވާނަމަ އެބައެއްވެސް މޮޅަށް ދެނެވޮޑިގެންވަނީ ﷲއެވެ. އަދި އެބައެއްގެ ނިމުން އަންނާނެގޮތްވެސް ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. ސަލާމަތުން ދުނިޔެ ދޫކޮށް ދެވިދާނެކަމަށް ވިސްނަނީނަމަ އެކަމަށްވެސް އެމީހަކު ދޫކުރައްވާނީ ﷲއެވެ. އެކަމަކު އޭގެ ހިތި އާޚިރަގުތައި މާ ގަދަވާނެއެވެ. ވިސްނާ ފިކުރުކުރާ މީހަކަށް މިކަންކަމުގައި އިބުރަތްތަކެއް އެބަހުއްޓެވެ.
ޝަލަފު
05 September 2017
ގެއަށް ދޫކުރެވޭ ވަރަށް ވުރެ ގާސިމު މާ މުއްސަނދި.
ޙަސަން
05 September 2017
ބޭސް ފަރުވާ އަށް ހުރަސް އެޅަމަކީ ވަރަށް ލާ އިންސާނީ ކަމެއް. . ކަރެކްޝަންގެ ވެރިންނަށް އަދި އެމީހުންނަށް އެކަން ކުރުމަށް އޯޑަރު ދިން މީހުންނަށް ދައުވާ ކުރެވޭނެ ..
ދފގ5
05 September 2017
ޔާމީނަށް މަރުހަބާ. ހުރިހާ ސިޔާސީ ޕާޓީތަކުގެ ވެރިން ޖަލަށް ލެވިއްޖެ!. ވަރަށް ބޮޑު ކާމިޔާބީއެއް. މީތި ހަމަވާނީ މަނިކުފާނުވެސް ޖަލަށް ވަދެގެން. އަޅުގަނޑު ގޮވާލަން މަނިކުފާނު ގެއަށް ހިނގާފައިގޮސް ވަތް ނަހަލާލު ފައިސާގެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ރައީސް ޔާމީނު ބިޝާމަށް ގޮވާލަން.
އަޑަފި
05 September 2017
އިދި ކޮޅު ސިޔާސީ ލީޑަރުންނަކީ ސަރުކާރުން ދަމާ ގުއިރޯނުގައި ނުޖެހި ވަރަށް ވިސްނުންތެރިކަމާއެކު ކަންކަން ކުރަންޖެހޭބައެކެވެ. ސަރުކާރަށް ޖެއްސުންކޮށް ވެރިކަން ވައްޓާލަން އުޅޭނަމަ، ލިބޭ ކުޑަކުޑަ ފުރުސަތެއްގެ ބޭނުން އޭރެއްގައި އޮންނަ ސަރުކާރަކުން ހިފާނެއެވެ. އެގޮތުން މަޅިއެއްގައި ބެދިހުރެމެ، ސަރުކާރަށް ޖެއްސުން ކުރަން ފެށުމުން، މުޙައްމަދު ނަސީދުގެ މައްޗައް ކުރިދައުވާ ބަދަލުކޮށް އެހުރީ ޖަލުގެ ހުކުމެއްގައެވެ. ވެރިކަމާ ތޮޅެން ހަވަރުއެއްކޮށް، އެއްވެސް ހަމަނުޖެހުމެއް ހިނގައިފިނަމަ އެކަމުގެ ޒިންމާ ނަގާނެކަމަށް ބުނުނެ މުޅިރާއްޖެއިން އެތައްބަޔަކު މާލެގެނެސް އެމީހުންގެ ލޭކައްކާލުމަށްފަހު މާލެތެރެއަށް ދޫކޮށްލުމުން ހިނގި ހަމަނުޖެހުމުގެ ޒިންމާދާރަކަށްވެ، ޝޭޚް އިމްރާން އެހުންނެވީ ޖަލުގައެވެ. ކޮންމެ ސަރުކާރެއްގެވެސް އެންމެ ބޮޑު ބޮލުގަ ރިހުމަކަށްވެފައި ހުރި މަހުޖަނު ޅައެއްޗެއް އަޅާތޯ ސަރުކާރުން ބަލަބަލާ ތިއްބާ، ދެއްކުނު ވާހަކައެއްގެ ސަބަބުން ދައުވާކޮށް މިހާރު އެ އޮންނެވީ ޖަލުގެ ހު
ދޫނިދޫ
05 September 2017
އާޅެ ކޯޓް ހުކުމްގައި ނެތަސް ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ކަމަށް ކޮންމެ މީހަކަށް ވެސް ބޭސްފަރުވާ ލިބުމުގެ ހައްޤަކީ. އާޅެ އަޒްލީން، ކަރެކްޝަންގެ އިސްވެރިން، ޔާމީން މިކަމުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނެ. މިއަދު މިކަމުގެ ޒިންމާ ނަގަންނުޖެހުނަސް އެކަމުގެ ޒިންމާ ނަގަންޖެހޭނެ ދުވަސް އަންނާނެ. ހަނދާންކުރާތި. ކޮންމެ ފެށުމަކަށް ނިމުންއާދޭ. ކޮންމެ އަނިޔާވެރިކަމަކަށް ވެސް ނިމުން އާދޭ. އަހަރެމެން މިއަދުވެސް މި ދައްކަނީ މިޔަންމާގެ ރޮހިންޖާ މުސްލިމުންނަށް ބުޑިސްޓުން ދޭ ލާއިންސާނީ އަނިޔާތަކުގެ ވާހަކަ. އެމީހުންވެސް ނިކަމެތިހާލުގައި ވަނިކޮށް ހިތުހުރިކަމެއ އެދަނީ ކުރަމުން. ރާއްޖޭގައި ވެސް ނުރުހިއްޖެމީހެއްގެ އިންސާނީ ހައްޤެއް އިންސާނިއްޔަތުކަމެއް ރަޙުމެއްނެތްތަން މި ފެންނަނީ. އަހަރެމެން ދެން އެހެންމީހުންގެ ވާހަކަ ދައްކާނީ ކިހިނަކުން؟ ބަލިހާލުގައިވާ މީހަކަށް ފަރުވާއެއް ނުލިބުމަކީ ކިހާ ހިތްދަތިކަމެއް. ޤާސިމަކީ ކުއްވެރިއެއްނޫން. ޤާސިމަށް އަވަސް ޝިފާއެއް ދެއްވާށި.!އާމީން