މިއަންމާގެ ރޮހިންޖާ ދަރިކޮޅުގެ މީހަކު ހިތާމާގައި: މިއަންމާގައި މުސްލިމުންނަށް ދަނީ ލާއިންސާނީ އަނިޔާތައް ދެމުން.
05 ސެޕްޓެމްބަރ 2017 - 21:28
މިއަންމާގައި، ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ މެދު އެ ގައުމުގެ ސަލާމަތީ ބާރުތަކުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެން ރާއްޖޭގެ ހުރިހާ ހުރިހާ ރަށެއްގައި މިރެއިން ފެށިގެން ނަމާދުގައި ގުނޫތު ކިޔަން އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި އަންގާފައި ވަނީ ކޮންމެ ޖަހްރިއްޔަ (އަޑު ހަރުކޮށް ކިޔަވާ) ނަމާދެއްގެ ފަހު ރަކުއަތުގެ އިއުތިދާލުގައި މިއަދުގެ މަޣްރިބު ނަމާދުން ފެށިގެން، މިނިސްޓްރީން ވަކި ގޮތަކަށް އަންގަންދެން ގުނޫތު ނާޒިލާ ކިޔުމަށެވެ. މި ދުއާ މިނިސްޓްރީގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފަ އެވެ.
މިއީ މުސީބާތުގެ ވަގުތުގައި ކިޔުމަށް ހާއްސަ ދުއާއެކެވެ. މުސްލިމުންނަށް ކުރިމަތިވި ބޮޑެތި ބައެއް މުސީބާތްތަކާ ގުޅިގެން ކީރިތި ރަސޫލާ މިފަދައިން ދުއާ ކުރައްވާފައިވެ އެވެ.
މިއަންމާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް އިތުރު ވެފައި ވާއިރު އެތައް ސަތޭކަ ބަޔަކު ކަތިލައި އެ މީހުންގެ ގެދޮރުގައި ދަނީ ހުޅުޖަހަމުންނެވެ. އަނިޔާވެރި އަމަލުތަކާ ހެދި އެތައް ހާސް ބަޔަކު ދަނީ ބަންގްލަދޭޝް އަށް ހިޖުރަ ވެސް ކުރަމުންނެވެ. ނަމަވެސް މި މީހުންނަށް އެހީވުމުގައި ވެރިންނާއި ޖަމާއަތްތައް ފަސްޖެހިފައި ވާތީ ވަރަށް ބޮޑަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުޑު
06 September 2017
ބަލަ ޔާމީނު ރާއްޖޭގައި ތިބިހައި ސިޔާސީ ލީޑަރުން ހައްޔަރުކޮށް ގިނައަދަދެއްގެ އާއްމުރައްޔިތުން ޖަލައްލައިގެން ނުހައްގު ދައުޥާކުރާއިރު އެހިންގަނީ އިންސާނީއްޔަތާއި ހިލާފު އަމަލުތަކެއްނުންހޭ އެހެންވީމާ ޔާމީނުގެ ކިބައި ދިވެހިރައްޔިތުން ސަލާމަށްކުރަން ދުއާކުރަން މާރަގަޅެވެ.
ވިސްނާ
06 September 2017
ޜޮހިންޔާ މީހުންގެ މައްސަލަ ދީނީ ކަމަކަށް ހަދައިގެން މިއުޅެނީ ކީއްވެބާ. ރޮހިންޔާ މީހުންގެތެރޭގައި މިއުޅެނީ މުސްލިމުންއެކަންޏަކު ނޫނެވެ. އެހެންދީންތައްވެސް ހިމެނެއެވެ. ރޮހިންޔާމީހުންާމެދު ހިންގަމުންގެންދަނީ ލާއިންސާނީ އަމަލުތަކެކެވެ. ދީނާގުޅޭކަމެއްނޫނެވެ. ނުވަތަ މުސްލިމުންނަށް ވީތީވެ ހިނގާ ކަންތައްތަކެއް ނޫނެވެ.
މެންޓަލިސްޓް
06 September 2017
ދެންކޮންދުވަހަކުންބާ ފަލަސްތީންމީހުންނަށް ކަމޭހިތައި އެމީހުންނަށް ހެޔޮގޮތެއްވޭތޯ ގުނޫތް ކިޔާނީ ،،، ހަމައަހާލީ ،، ވަރަށްްވެދުން
ކޮބާ
06 September 2017
ގުނޫތު ނުކިޔައިގެންތަ މިކަން ރަނގަޅުނުވެގެން މިއުޅެނީ?
ފާރިސް
06 September 2017
ގުނޫތު ކިޔަން ނުޖެހޭ ދުވަހެއް އެބައޮތްތަ؟
ފަޤީރުކަލޯ!
06 September 2017
ކުރީގެ ކޮމެންޓާއި ގުޅޭ... އަނެއްކަމަކީ ޤުނޫތަކީ ހަމައެކަނި މުޞީބާތެއް ޖެހުމުން ކިޔަން ޖެހޭ އެއްޗެއްކަމަށް ބާރުލައި ބުނަމުން ގެންދާ މީހުންނަށް، ބޮސްނިޔާ، އަފުޤާނިސްތާން ޢިރާޤު، ލީބިޔާ، އަފުޤާނިސްތާނު، ފުނޑުފުނޑު ކޮށްލައި ފަލަސްތީނު، ކަޝްމީރު، އަދި މިނޫންވެސް މުސްލިމު ޤައުމު ތަކާއި ޖަމާޢަތްތައް ނައްތައިލުމަށްޓަކައި ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާތައް ކެނޑި ނޭޅި ހިންގަމުން ގެންގޮސް މުޅި އިސްލާމީ އުންމަތް ފުނޑުފުނޑުކޮށް ބަލިކަށިކޮށް ބައިބައި ކޮށްލި އިރުވެސް ޤުނޫތު ކިޔަންޖެހޭ ވަގުތު އެއްކަލަ ޢިލްމުވެރިންނަށް ވަނީ ނުޖެހިއެވެ. ކަން މިހެން ހުރުމާއެކު މިއަންމާގެ މުސްލިމުންނަށް މީގެ ކުރިން ކުރި އަނިޔާތައް ހަނދާން ނައްތާލައި މިފަހަރު އެކުރާ އަނީޔާ ތަކަށް ޤުނޫތައް އަތް އުފުލުމަށް ބުނި ބުނުމަކީ ދީނަށް ކުރެވޭ ފުރައްސާރަ އަކަށް ނުވާނެބާ! ވައްސަލާމް!!!
ފަޤީރުކަލޯ!
06 September 2017
ކުރީގެ ކޮމެންޓާއި ގުޅޭ... މިއަދަށް މަގުދައްކާ ޢިލްމުވެރިން ކަރު ފަލަކޮށް ކަރުން ނާރު ނަގައި ގަދައަޑުން ގޮވައި އެނަގަނީ ދާއިމަށް ޤުނޫތު ކިޔުމަކީ ބިދުޢަ އެއްކަމުގައެވެ. ޤުނޫތު ކިޔަންޖެހެނީ ކާފަރުން މުސްލިމުންނަށް އަނިޔާ ކުރަންޏާއެވެ. މިބަސް މިއަދުގެ ޢިލްމުވެރިންގެ އަނގަޔަށް ރައްދުވެސްވޭމެއަ. އެބަހީ، ދުޢާ އަކީ ހަމައެކަނި މުޞީބާތުގެ ވަގުތުގައި ކުރަންޖެހޭ އެއްޗެއް ނޫން ކަމަށާއި ހެޔޮޙާލުގައި ހުންނައިރުވެސް ކުރަންޖެހޭ އެއްޗެއްކަންވެސް ބުނަނީ ހަމަ އެމީހުންނެވެ.
ފަޤީރުކަލޯ!
06 September 2017
ކުރީގެ ކޮމެންޓާއި ގުޅޭ... އެކަން އެގޮތުގައި ދެމިއޮތީ ފަތިސްނަމާދުގެ ޖަމާއަތުގައި ކުރެވޭ ދުވާއަކީ ޖަމާޢަތެއްގެ ބަޔަކު އުންމަތަށްޓަކައި ކުރެވުނު ދުޢާ އަކަށް ޤުނޫތު ވީކަމަށްޓަކައެވެ. ޢަރަބި އުންމަތްތަކުގައި ފަތިސްނަމާދުގައި ކިޔަމުން ގެންދިޔަ ޤުނޫތު މީގެ ފަންސާހަކަށް އަހަރުކުރިން ހުއްޓައިލުމުގެ ނަތީޖާ ޢަރަބި އުންމަތްތަކުން ފެންނަމުން އެދަނީ އުޑުމަތި ސާފުދުވަހެއްގެ މެންދުރުގެ އިރު ފާޅުވެ ފެންނަފަދައިންނެވެ. ހަމަ އެފަދައިން މިރާއްޖޭގައި ޤުނޫތު ކިޔުން ހުއްޓައި ލަންފެށިފަހުން ވިއްސަކަށް އަހަރު ވީ އިރު މިހާރު މިވަނީ މުޅިން ހުއްޓާލައިފައެވެ. މީގެ ނަތީޖާވެސް ދުވަހަކުވެސް ދިވެހިން ދެކެފައިނުވާ ބިރުވެރި ގޮތެއްގައި މިދަނީ ދެކެމުންނެވެ.
ފަޤީރުކަލޯ!
06 September 2017
މި ދިވެހިރާއްޖޭގައި އިސްލާމްދީން ޤާއިމުވެ އޮންނަތާ 887 އަހަރަށް ވުރެ ގިނަދުވަސް ވީއިރު، ފަތިސްނަމާދުގައި ޤުނޫތު ކިޔުމުގައި ދެމިއޮންނަތާ 500 އަހަރަށް ވުރެ ގިނަދުވަސް ވަނީވެފައެވެ. އެ ދުވަސްވަރުގައި ދިވެހިރާއްޖެއަކީ އިސްލާމްދީނުގެ އަޚްވަންތަކަން އޭގެ އެންމެ އެދެވޭ ގޮތުގައި ދެމިއޮތް ދުވަސްވަރެވެ. އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އަޚްވަންތަކަމުގެ ލޯތްބާއި، ކުލުނު، އެމީހުންގެ ތެރޭގައި އޮތީ އެހެން ބަޔަކަށް އެމީހުންގެ ތެރޭގައި ފިތުނަ އުފައްދައި ލުމަށް އެމީހުންގެ ވަދެ ނުގަނެވޭވަރުގެ ބަދަހި ގުޅުމެއްގެ ގޮތުގައެވެ.
ޒިޔާން
06 September 2017
އާޓިކަލްއަށްވުރެ ފަގީރުކޮލޯގެ ކޮމެންޓް ދިގު
ރައްޔިތުން
06 September 2017
މުސްލިމް ގަތަރާ އިރާނާ ސިޔާސީ ގުޅުން ކަނޑާލަން ރާސްޓާސް. މުޝްރިކް މުސްލިމުން ކަަތިލަމުން ދުވާ ބަރުމާއާ ސިޔާސީ ގުޅުން ކެނޑުމެއްނެތް. ދީނަށްޓަކާ؟ މުސްލިމުންނަށްޓަކާ؟ އަދި ވިސާވެސް ދީފި އެމީހުން މިގައުމަށް އަންނަން. ލަދު ކޮބާ؟ ސަލަފު އެންޑޯސްޑް ސަރުކާރަށާ ސަލަފަށް ވަރަށް ވެދުން. މާތްﷲ މުނާފިގުން ފާޅުކުރައްވާ އަހަރެމެންނަށް ދައްކުވައިފި!