އދ.ގެ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުމެއް ހިނގަމުން ދަނީ.
17 ސެޕްޓެމްބަރ 2017 - 14:39
ނަސްލު ނައްތާލުމާއި ގަތުލްއާންމުތައް ހުއްޓުވުމުގެ މައްސަލަ އދ. ގެ އާންމު ޖަލްސާގެ އެޖެންޑާގައި ހިމެނުމަށް ނެގި ވޯޓުގައި ރާއްޖެ ބައިވެރިނުވީ އެ ކަންކަމަށް ސަރުކާރުން އެއްވެސް ވަރެއްގެ އަހައްމިއްޔަތެއް ނުދީ އެ ކަންކަމަށް ހިތްވަރު ދޭތީ ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.
ގަތުލް އާންމުތަކާއި ހަނގުރާމައިގެ ޖަރީމާތައް ހުއްޓުވުމުގެ މައްސަލަ އދ. ގެ 72 ވަނަ އާންމު ޖަލްސާގެ އެޖެންޑާގައި ހިމެނުމަށް އދ. ގައި މިިދިޔަ ހުކުރު ދުވަހު ނެގި ވޯޓުގައި ރާއްޖެ ބައިވެރިިވެފައިނުވާތީ ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ދަނީ ސަރުކާރަށް އަމާޒުވަމުންނެވެ. އެ ހުށަހެޅުން ފާސްވި އިރު، މި ދުވަސްވަރު ބައިނަލް އަގުވާމީ މުޖްތަމައުގެ ސަމާލުކަން ހުއްޓިފައިވަނީ، މިޔަންމާގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުން ނައްތައިލުމަށް އެ ގައުމުގެ ސިފައިން ހިންގަމުންދާ ގަތުލުއާންމުތަކަށެވެ.
އިދިކޮޅު ފަރާތްތަކުން މިއަދު ނެރުނު ބަޔާނުގައި ބުނީ އިންސާނީ ހައްގުތަކާއި އިންސާނިއްޔަތަށް މި ސަރުކާރުން އެއްވެސް ވަރެއްގެ އަހައްމިއްޔަތެއް ނުދޭ ކަން ވޯޓުގައި ބައިވެރިނުވުމުން ދޭހަވާ ކަމަށެވެ. އަދި އެކަންކަމާ ދެކޮޅަށް މަސައްކަތް ނުކުރުމަކީ އެފަދަ އަމަލުތަކަށް ރާއްޖެ އިން ހިތްވަރުދިނުން ކަމުގައި ދެކޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ރާއްޖެއަކީ 100 ޕަސެންޓް މުސްލިމް ގައުމަކަށް ވާއިރު، އެފަދަ ކަންކަމަކީ ވެސް އިސްލާމް ދީނުގައި މަނާކޮށްފައިވާ ޖަރީމާއަކަށް ވާއިރު، އެ ކަމާ މަޝްވަރާކުރަން އދ.ގެ އެޖެންޑާގައި ހިމެނުމަށް ރާއްޖެ އިން ވޯޓު ނުދިނުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަން ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ.
ސަރުކާރަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެމުން ފޮރިން މިނިސްޓްރީންނާއި އދ. އަށް ކަނޑައަޅާފައިވާ ރާއްޖޭގެ ދާއިމީ މިޝަނުން ނެރުނު ބަޔާނުގައި އޮތީ ދިވެހި ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅުވާލާފައި ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.
"އަމާޒުވަމުންދާ ފާޑުކިޔުމުގެ ރައްދުގައި، މި ވޯޓަކީ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ގުޅުންހުރި ވޯޓެއް ނޫން ކަމަށް ފޮރިން މިިނިސްޓްރީގެ ބަޔާނުގަ އާއި އދ. އަށް ކަނޑައަޅާފައިވާ ރާއްޖޭގެ ދާއިމީ މިޝަނުން ވަނީ ބުނެފަ އެވެ. ހަގީގަތުގައި މިއީ ދިވެހި ސަރުކާރުން، ދިވެހި ރައްޔިތުންނަށް މި މައްސަލަ އޮޅުވާލުމަށް އެ މިޝަން އިން ދީފައިވާ ރައްދެއް ކަމަށް ދެކެމެވެ،" އިދިކޮޅު ފަރާތްތައް ގުޅިގެން ނެރުނު ބަޔާނުގައި ބުންޏެވެ.
ރާއްޖޭއަކީ ހާރިޖީ ސިޔާސަތު ކަނޑައެޅުމުގައި ވަކި ފަރާތަކަށް ނުޖެހި އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ އަދި މޫސުމަށް އަންނަ ބަދަލުތައް މައިގަނޑު އުސޫލުތަކެއްގެ ގޮތުގައި ބަލަމުން އައި ގައުމެއް ކަމަށާއި ނަމަވެސް ބައިނަލްއަގުވާމީ މައްސަލަތަކުގައި، އާއްމު ސުލްހައަށް އިސްކަންނުދީ ވަކި ފަރާތެއްގެ އެންގުންތަކަށް ސަރުކާރު ބޯލަނބަމުންދާކަން ފާހަގަކޮށްފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ނަސީރު
18 September 2017
ހެއްވާ! ސަރުކާރުން އެކަންޏެއް ނޫނޭ ހިއްވަރު ދެނީ! ބަލާލަބަލަ، މިގައުމުގަ ބަންގާޅީންނާ މެދު ކަންތައް ކުރާގޮތް. ބަންގާޅިންނަކީ، ރޮހިންޖާ މީހުންގެ ނަސްލު އާ އެންމެ ގާތް އެއް ބަޔަކު. މާލޭގައި ފެނައް ތަދު ވި ދެތިން ދުވަހަކު، ބަންގާޅިން ގައިގާ ކޮޅުފައިން ޖަހާ މަގުމައްޗައް ވައްޓާލާ، އިންސާނިއްޔަތެއް ނެތި، އެހާމެ އިހާނެތިކޮން ހެދީ ހަމަ މި ދިވެހިން! އާންމުން! އެއީ ދެދުވަހަކައް "ހާލު" ގަ ޖެހުނީމަ ވީވަރު! ހަގީގަތަކީ، ހަމަ ދެފުއްކެހެރިކަން!
މެންޓަލިސްޓް
17 September 2017
އިދިކޮޅު ނޫނީ އޮޕޯޒިޝަންއިން ބުނިޔަސް ތިޔައީހަމަތެދެއް ،،، ސަރުކާރުން ނޭންގިނަމަވެސް ގަސްދުގައިނަމަވެސް އެސަޕޯޓްކުރެވުނީ އިންސާނުންގެ ގަތުލުއާނމް ހިންގުމަށާޢި އިންސާނީ ކަރާމަތް ގެއްލުވާލުމަށާއި ވަކިނަސްލުތަށް ނައްތާލުމަށާޢި ހަނގުރާމައިގައި ބޮޑެތިލާއިންސާނީ ޖާރީމާތަށްހިންގުމަށް ،،، އެއީ އެއްވެސް ހާލެއްގައި އިންސާނުންގެ ގޮތުގައި ތިބެގެން ތާއީދުކޮއްގެންވާނެކަންކަމެށްނޫން ،، ހަމަބުއްދި ފިލައިދިޔައީމައިނޫނީ އެކަހަަކަ ކަންކަމަށް އިންސާނުން ސަޕޯޓްދީގެންނުވާނެ ،،، އެއީ ކަނޑައެޅިގެން ބާއްވައިލެއްވުނަ ފޮތްތަކާއި އިންސާނުން އަމިއްލަޔަށް ހެދި ވަލުއީ ގާނޫންތަކާއި ހަމަތަކުން މުޅިން ބޭރުކަންކަން ،،، މިކަމުގައި ޒިންމާވާ ފަރާތްތަށްހޯދާ ވަގުތުން ވަގުތަށް ރިހެބިލިޓޭޝަން ޕްރޮގްރާމް އެބަހިންގަންޖެހޭ ،، އެމީހުން އެތިބީ އިންސާނީ ވަންތަކަމުން ބޭރުވެފައި ،، ވަރަށްވެުން
ނަގޫރޯޅި
17 September 2017
އދ އިންނަގާ ހުރިހާ ވޯޓެއްގަ ބައިވެރިވާކަށް ނުޖެހެ. ތިނެގި ވޯޓުގެ ހަގީގީ މަގްސަދަކީ ބާރުގަދަ ގައުމުތަކުން ބުނާ ގޮތް ނަހަދާ ގައުމުތަކަށް ކޮންމެވެސް ބަހަނާއެއް ދައްކައިގެން އެގައުމައްތަކަށް އަރައިގަނެ ނޫނީ އެގަމުގެ ދާހިލީ ކަންތައްތަކުގެ ތެރެއަށް މިހާރަށް ވުރެ ބޮޑަށް އަތް ބޭނޭނެ ގޮތެއް ހޯދުން. ތިކަމުގެ އަޑީގާ ތިބޭނީ ޑިމޮކްރަސީ ނަން ބޯޑު ކަރުގަ އަލުވަގެން އުޅޭ އިސްލާމިކް ފޯބިޔާ ޖެހިފައިވާ ގައުމުތައް.