ޚިޔާލު / ކޮލަމް

ކޮލަމް: ޓިކެޓަކާ ހެދި ޕީޕީއެމަށް މިހާވަރު ވަނީ ކީއްވެ؟

ރޯދަ މަހުގެ ރޭތައް އިހްޔާކުރުމަށް މައުމޫން ފައުންޑޭޝަނުން އިންތިޒާމް ކޮށްގެން އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް މައުމޫނާއި ދަރިކަލުން ފާރިސް އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު. -- މިހާރު ފޮޓޯ: މުހައްމަދު ޝަރުހާން

ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލައި ރައީސް އަބްދުﷲ ޔާމީނަށް ދޭން މަސައްކަތް ފެށި ހިސާބުން އެ ޕާޓީގެ އެތެރޭގެ ކޯޅުންގަނޑުގެ ހުޅުގަނޑު ފަޅައިގެން ހިނގައްޖެ އެވެ. ކޮންމެ ޕާޓީއެއްގައި ވެސް އޮންނާނެހެން، ޕާޓީގެ އެކި ލީޑަރުންނަށް ތަބާވާ ފެކްޝަންތައް ޕީޕީއެމްގައި ވެސް އޮވެ އެވެ. އެކަމަކު މިކަން ބޭރަށް ފެންނަ ހިސާބަށް މިފަހަރު މި ދިޔައީ ރިޔާސީ ޓިކެޓްގެ މައްސަލައިގަ އެވެ.

ރައީސް ޔާމީނަށް ތާއީދުކުރައްވާ ބޭފުޅުން ވަކާލާތުކުރައްވަނީ ޕްރައިމަރީއެއް ބޭއްވުމަކާ ނުލައި ޔާމީނަށް 2018ގެ ރިޔާސީ ޓިކެޓް ދިނުމަށެވެ. އަނެއްކޮޅުން ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހުންނެވީ "ޑިމޮކްރަޓިކް އުސޫލުތައް" އެއްފަރާތް ކުރައްވާފައި ޔާމީނަށް ރިޔާސީ ޓިކެޓް ހަދިޔާކުރައްވާ ގޮތަކަށް ނޫނެވެ. ސުވާލަކީ މައުމޫން މިގޮތަށް ނިންމެވީ ހަމައެކަނި ޑިމޮކްރަސީ ނަގަހައްޓަވަންތޯ އެވެ؟ ބޭރަށް ފެންނަނީ އެ ސަބަބެވެ. އެކަމަކު އެ މައްސަލަ ފެންމަތިވުމަށް ފަހު ދެން ފެނިގެން ދިޔަ ބައެއް ކަންކަމުން އިތުރު ސުވާލުތަކަށް ދޮރު ހުޅުވިއްޖެ އެވެ.

އަބަދުވެސް މައުމޫންގެ ފަހަތުން ހިންގެވި އުމަރު ނަސީރު ހޯމް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމާ އެކު މައުމޫންގެ ތައުރީފު އުމަރަށް ލިބިވަޑައިގަތެވެ. މިކަމުގައި އެ އިސްތިއުފާގެ ސަބަބަށް ވެސް ބަލަން ޖެހެ އެވެ. އިސްތިއުފާ ދެއްވި ސަބަބެއް އުމަރު ވިދާޅުވެފައި ނުވިޔަސް އެއީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފިސްތޯލައެއް ފެނި އޭނާ ޖަލަށް ލާން ހުކުމްކޮށްފައި ވިޔަސް އެ ފިސްތޯލަ ނާޒިމާ ގުޅުވެން ނެތްކަމާއި މިހާރު ޖަލުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ޑީއެންއޭ އެ ފިސްތޯލައިން ފެނުނު މައްސަލާގައިކަން އެނގެ އެވެ. މާ ކުރިން ވެސް އުމަރު ވިދާޅުވެފައި ވަނީ ނާޒިމަކީ "ހީރޯއެއް" ކަމަށެވެ. ނާޒިމާ މެދު ކަން ހިނގި ގޮތާއި އަދީބުގެ ވާހަކަ އަކީ އިތުރަށް ތަފްސީލްކުރަން ޖެހޭ ވާހަކައެއް ނޫނެވެ. އެ ދެ ކަންތަކުން ވެސް ސަރުކާރަށް ވީ މޮޅެއް ނެތެވެ.

އަދީބަކީ މައުމޫންގެ ރުހުމުގައި ނައިބު ރައީސް ކަމަށް ވަޑައިގެންނެވި ބޭފުޅެއް ނޫންކަން މި ހިސާބުން ފާހަގަކުރަން ޖެހެ އެވެ.

ޕީޕީއެމް ޖަލްސާއެއްގައި އެ ޕާޓީގެ އާއްމު މެމްބަރުން. --ފޮޓޯ: ޕީޕީއެމް

އުމަރުގެ އިސްތިއުފާއާ އެކު ދެން ފެނުނީ ނުވަ މަސް ދުވަހަށް ފަހު ނައިބު ރައީސަކު އައްޔަންކުރެއްވި ތަނެވެ. ފިނޭންސް މިނިސްޓަރު ކަމުގައި ހުންނެވި އަބްދުﷲ ޖިހާދަށް ނައިބު ރައީސްކަން ދެއްވި ނަމަވެސް މައުމޫން އެކަމަށް އިޖާބަ ދެއްވި ތަނެއް ނުފެނުނެވެ. އެހެން ނޫނީ ސޯޝަލް މީޑިއާ އިން އެކި ބޭފުޅުންނަށް މަރުހަބާ ވިދާޅުވިޔަސް ޓްވީޓެއް ހިސާބު ވެސް މައުމޫން މިފަހަރު ނުކުރެއްވި އެވެ. އާ ނައިބު ރައީސަށް ވެސް އާ ވަޒީރުންނަށް ވެސް މަރުހަބާގެ ބަހެއް ވިދާޅުވިކަން އެނގޭކަން ނެތެވެ.

ޓިކެޓްގެ މައްސަލަ އަށް ފަހު މައުމޫނާއި ޕާޓީގެ ފިކުރު ތަފާތުވެފައިވާކަން ދެން ހާމަވީ ބިޑްކުރުމަކާ ނުލައި ރަށްތަކާއި ބިންތައް ކުއްޔަށް ދޫކުރެވޭ ގޮތަށް ހަދަން ސަރުކާރުން ބޭނުންވުމުންނެވެ. އެކަން ނުކުރުމަށް މައުމޫން އެދިވަޑައިގެންފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުން ވަނީ މައުމޫންގެ އެދިވަޑައިގަތުން ބޮލާލައި ޖަހައިފަ އެވެ. މައުމޫނާ އެކު ހުންނެވީ ދަރިކަލުން، ދިއްގަރު ދާއިރާގެ މެންބަރު ފާރިސް އެވެ. މައުމޫނާ އެއްކޮޅަށް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ވާހަކަ ދެއްކެވި އެވެ.

މައުމޫން އެދިވަޑައިގަތް ގޮތަށް މެންބަރުން އަމަލު ނުކުރެއްވީ ވާދަވެރިކަމަކާ ނުލައި ޔާމީނަށް ރިޔާސީ ޓިކެޓް ދެއްވަން މައުމޫން ދެކޮޅު ހެއްދެވުމުން އެކަމުގެ ބަދަލު ހިފުމަށް ހެއްޔެވެ؟ އެހެން ކަމަށްވާ ނަމަ މައުމޫން އަދިވެސް ހުންނެވީ ޓިކެޓް މައްސަލާގައި ގޮތް ދޫކުރައްވަން ނޫންކަން އެނގުނީ ޕާޓީގެ ހުރިހާ ބާރުތަކެއް އެމަނިކުފާނުގެ އަތްޕުޅަށް ނެންގެވުމުންނެވެ. މައުމޫން އެދިވަޑައިގަތް ގޮތާ ދެކޮޅަށް ވޯޓު ދެއްވި ދަރިކަލުންނާއި ވޯޓުގައި ބައިވެރިވެވަޑައިނުގެންނެވި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދަށް ފިޔަވަޅު އެޅުން ވެސް އެވަނީ ހުއްޓުވައިފަ އެވެ.

މުޅި މަންޒަރުން ފެންނަނީ މައުމޫން ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ގޮތަކަށް އެއްވެސް ކަމެއް ނުވާ ތަނެވެ. ރިޔާސީ ޓިކެޓް ވާދަވެރިކަމަށް ހުޅުވާލަން މައުމޫން ބޭނުންފުޅުވަނީ މި ސަބަބާ ހެދި ކަމަށް ބަލަން މިހާރު ޖާގަ އެބަ އޮތެވެ. ރައީސް ޔާމީންގެ ސިޔާސަތާ މެދު މައުމޫނަށް ޔަގީންކަން އޮތް ނަމަ ނުވަތަ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ފެނިވަޑައިގަންނަވާ ނަމަ ޓިކެޓް މައްސަލާގައި އަމަލުކުރެއްވި ގޮތް ތަފާތުވާނެ އެވެ. އަޑު އަރާފައިވާ ގޮތަށް، ދަރިކަލުން ފާރިސް އާއި އުމަރު ރިޔާސީ ރޭހަށް ނިކުމެވަޑައިގަތުމަށް މައުމޫން ބޭނުންފުޅުވަނީ ހެއްޔެވެ؟ ޔަގީންވާ ކަމަކީ ވާދަވެރިކަމެއް ނެތި ޓިކެޓް ހޯއްދަވަން ޔާމީން އެހާ ވަރަށް މަސައްކަތް ކުރައްވާނެ ސަބަބެއް ވެސް އޮންނާނެ ކަމެވެ.

30 ކޮމެންޓް, 115 ރިއެކްޝަންސް

icon happy icon happy 90%
icon sad icon sad 3%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބިން އިބްރާހިމް

02 July 2016

ޔާމީނަކީ ބަޔަކާ ވާދަ ކޮއްގެން ކާމިޔާބުލިބޭނެ ބޭފުޅެއް ނޫނެވެ. މިހާރުވެސް ލިބިފައި އޮތް އެއްޗެއް ލިބިފައިއޮތީ އެތައްބަަޔަކު ފަހަތުގައި ތިބެގެން ކަން ހަނދާން ކުރާށެވެ. ކެމްޕެއިން ގައިވެސް ތިމަން ބޭފުޅާ އަށް ވީކަމެއް ނެތް ކަން ހަނދާން ކުރާށެވެ. މަސައްކަތް ވެސް ކުރީ ފަހަތުގައި ތިބި މީހުންނެވެ. ދެން 2018 އަށް ބަލަން ތިބެމާހިނގާށެވެ.

The name is already taken The name is available. Register?

ރުމާލު2

02 July 2016

ރައީސް ޔާމީނު ނޫޅެޔޭ ޕީޕީއެމް ޕްރައިމެރީ އިން މޮޅު ނުވެގެނެއް. އެމަނިކުފާނު ބޭނުމިއްޔާ އަމިއްލަ ގޮތުންވެސް ރައީސް ކަމަށް ކުރިމަތި ލެވިވދާނޭ. ރައްޔިތުން ތިބީ ރައީސް ގެ ފަހަތުގަ. ވަކި ޕާރޓީޢެއްގެ ފަހަތުގަ އެއް ނޫނެވެ

The name is already taken The name is available. Register?

މެންޓަލިސްޓް

02 July 2016

ވެގެންއުޅޭގޮތަކީ ރައީސްމައުމޫންގެ އެންމެބޮޑުހުވަފެނަކީ ރާއްޖޭގެ ވެރިކަން އެމަނިކުފާނުގެ ދަރިއަކުކުރާދުވަސް ދެކެން ، ނޫނީ އެމަނިކުފާނު ދުނިޔޭދޫކުރެއްވިޔަސް ދަރީން ރާއްޖޭގެ އެންމެބާރުގަދަކޮށް ތިބުން ، އެކަންތަށް ހާސިލްކުރަންވެގެން ކޮށަންޖެހުނު ހުރިހާ ޖަންގައްޔެއް އެމަނިކުފާނުކޮށާގޮތަށް އެހުންނެވީ ، ފާރިޝްމައުމޫން އެބަހުރި ބައެއްގާތް ރައްޓެހިންކައިރީ ވިދާޅުވެފައި 2023ހުގައި ނުކުންނާނެ ކަމުގައި ، އެއަމާޒަށް ވާސިލްވުމަށް ހުރަސްއެޅޭހުރިހާ ކަމެށް ރައީސްމައުމޫން ބައްލަވާނެ ނައްތާލެވޭތޯ . ޕީޕީއެމްތެރޭގައި ކުރީގައި އަދީބްއާޢި މެޑަމް ކުރަމުންގެންދިޔަ މަސައްކަތަކީ ރައީސްމައުމޫން އާއި ޕާޓީއާއި ދުރުކުރުމުގެ މަސައްކަތް ، އެކަން ވަރަށް ބާރަށް ހިންގަހިނގާ ހުއްޓާ އަދީބްގެ މައްޗަށް ބޮޑެތި މައްސަލަތައް ފެންމަތިވެ އުމުރުދުވަހަށް ޖަލުހުކުންތަށް އައިސްފައި އެހެރީ ، ނާއިބްރައީސްކަމަށް ޖިހާދު އައްޔަންކުރީމައި ބޮޑަށް ރުޅިއިސްކުރައްވައިގެން އެއުޅުއްވަނީ ،، މީހަގީގަތަކީ

The name is already taken The name is available. Register?

ތުއްތުބޭބެ

02 July 2016

ތަބަކަަށް ލަވާފަ މަޤާމް ދިނުމަކީ ވަކިވައްތަރެއްގެ ޑިމޮކްރަސީިއެއް އަދި ދައުލަތުގެ އާމްދަނީ އާއި ޤައުމުގެ މީހުނާއި އުޅޭތަން ކޮޅު ވިއްކާލުމުގެފުރިހަމައިޚުތިޔާރު ދިނުމަކީ ތިޔަ ޑިމޮކްރަސީ އެވެ.

The name is already taken The name is available. Register?

ކަދުރޭ

01 July 2016

މައްސަލަ އަކީ ބިޑުނުކޮށް ރަށްްތައް ދޫކުރާ މައްސަލަ އެއް ނޫން. ކޮންމެ ވެސް އަމިއްލަ ބޭނުމެއް ހާސިލު ނުވީމަ އެއްޗެކޭ ހަމަ ކިޔަނީ.....

The name is already taken The name is available. Register?

ޑިމޮކްރަސީ-ޒީރޯ

01 July 2016

ޓިކެޓާހެދި އެކަނިތަ؟ ރާއްޖެއަށް މިވަމުންދާގޮތ؟، ގާނީނު އަސާސީ ބަދަލުކޮށްފި، އިންތިޚާބީ ނާއިބަކު ގަދަބާރުން ގާނޫނު އަސާސީއާއި ޚިލާފާށް ބޭރުކޮށް، ނުހައްގުން އެތައް ބަޔަކަށް ބޮޑެތި އަދަބުތައް ދީފި، ޖުޑިޝަރީގެ ކަރާމާތް ނަގާލައިފި، ދައުލަތުގެ މާލިއްޔާއިން 1.2 ބިލިއަން ރުފިޔާ ގެއްލިއްޖެ، ރަށްތަކާއި ފަރުތަކާއި ގިރިތައް ބިޑަކާއި ނުލާ ކުއްޔަށްދޭން ފާސްކޮށްފި، އެހެންކަމުން، މައުމޫނުގެ ދަރިފުޅަށް ޓިކެޓު ދޭންވިޔަސް އަދި މައުމޫނު ވެރިކަން ކުރަންވިއަސް ޓިކެޓް ބަދަލު ކުރުން ލާޒިމު!!!! ޝުކުރިއްޔާގައުމު

The name is already taken The name is available. Register?

ތުއްތޮންބެ

01 July 2016

ރައީސް މައުމޫނުގެ ކިބައިގާވާ ރަނގަޅު ސިފަފުޅުތަކަކީ މަޝްވަރާގެ ރިވެތި އުސޫލުން ކަންކަން ކުރެއްވުމާ އެކުވެރިންނާ ރައްޓެހިންނަށް ހަރާންކޯރު ނުވުމާ ޖުމްލަ ކޮށް ގައުމީ ކަންކަމުގަ އިޚްލާސްތެރި ވުމެވެ. މިއީ ފިކުރު ތަފާތަސް އެއްބަސްވެވޭ ޙަގީގަތެވެ. 30 އަހަރުގެ ވެރިކަމެއް ނިމި އިދިކޮޅު ވާދަވެރިންނާ ސަރުކާރު ހަވާލުކުރެއްވީ ނޭއްގާނި ކަމެއްނެތިއެވެ. ރައްޔިތުން އެމަނިކުފާނާ ދޭތެރޭ ޝައްކުގެ ނަޒަރަކުން ބަލަންޖެހުނީ އަރިހުގައި ގެންގުޅުއްވި ބޭފުޅުން ކޮޅެއްގެ ސަބަބުން އޭގެ އަސަރު އެމަނިކުފާނަށްވެސް ކުރުމުންނެވެ. ދެންވެސް ރައްޔިތުންގެ ކުރިމަތީ އިތުބާރު ގެއްލި އަގުވެއްޓިފަ ތިބި ބަޔަކު މާ އަރިސްކޮށްފިނަމަ އަނެއްކާވެސް އެކަމުގެ ނޭދެވޭ ނަތީޖާއާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެއެވެ.

The name is already taken The name is available. Register?

ގގ

01 July 2016

ތިޔައީ ޒައީމެ ލޮބުވެތި ގައުމު ފަހުރުވެރިވާ. ސާބަހޭ ރައީސް މައުމޫނު

The name is already taken The name is available. Register?

ބްރޯ

01 July 2016

ޕީޕީއެމް އަކީ މައުމޫން އުފެއްދެވި ޕާޓީއެއް. މައުމޫނުގެ ވެރިކަމަށް އެތައް ފާޑުކިޔުންތަކަކާ ތުހުމަތު ތަކެއް ކުރެވެމުން ދާއިރު މައުމޫނުވެސް ބޭނުމެއް ނުވަނެ މިކަންކަން އަނެއް ކޮޅަށް ޖަހަން އަނެއްކާވެސް ލިބުނު ފުރުސަތު ބޭކާރުކޮށްލާކަށް. މައުމޫނު ބަލަން ހުއްޓާ ޔާމީނު ވަނީ މުޅި ޕާޓީގެ އަގު ވައްޓާލާފަ. ޔާމީނަކީ އެހެން ޕާޓީއެއްގައި ހުރެފަ ފަހު ވަގުތު ވެރިކަމަށް އަންނަން ޕީޕީއެމްއަށް ބައިވެރިވި މީހެއް. މިހާރުވެސް ފައިސާ އާއި ވަޒީފާ އާއި ބިރުދެއްކުމާ މިކަހަލަ އެކިއެކި ނުފޫޒުތައް އެއްކިބާ ކޮށްފަ ޔާމީނަށް ވޯޓެއް ނަގައިފިނަމަ ރައްޔިތުންގެ 10% ތާއީދެއްވެސް ނޯންނާނެ.

The name is already taken The name is available. Register?

ީމީދޯ

01 July 2016

ރައީސް މައުމޫނު އިއުލާން ކުރުމަކާއި ނުލައި ރަށް ތައް ދޭން ދެކޮޅު ހައްދަވާއިރު އެކަމުގައި ސެންސް މޭކް ކުރާ އެއްވެސް ސަބަބެއް ރައީސް މައުމޫނު އަށް ނުދެއްކުނެވެ. މުޅިން ވެސްް އާރާއި ބާރުގެ ނުފޫޒު ބޭނުން ކޮށްގެން ރައީސް ޔާމީން އަށް ފިއްތާލުމުގެ ނިޔަތުގައި ކުރާ ކަންކަން ފެނިގެން މިދަނީ. އަޅުގަނޑުމެން ނަށް ފެންނާން ހުރި ދަލީލު ތަކަކީ އެއީ ރައީސް މައުމޫނުގެ ވެރިކަމުގައި ބިޑަށް ލައިގެން ދިން 60 ރަށް އަދިވެސް ނެހެދިވާކަމަށް. އެރަށް ތައް ނެގީ ރަށުތެރޭގައި އުޅޭ ކިއްލި ތަޅާ ގްރޫޕް އިން ނެވެ. އެރަށް ތައް ނެގި މީހުންނަށް އެރަށް ތައް ނުވެސް ހެދުނު. ނެހެދުނު ތާނގައި އެެރަށް ތައްް ސަރުކާރަށް ވެސް ނުނެގުނު. ދެން މީގެއިން ރައްޔިތުންނަށް ކުރާ ފައިދާ އަކީ ކޮބައިތޯއެވެ. ކިތައް މިިލިއަން ޑޮލަރު ބެޑް ޓެކްސްގެ ގޮތުގައި ސަރުކާރަށް ލިބޭނެ ތޯ މިރަށް ތައް ހަދަން އޮތް މުއްދަތަށް ރަށް ތައް ހެދުނު ނަމަ. ނޫނު ރަންދެލި ރިސޯރޓް ނެގިމީހާ ތޯ އެރަށް ހެދީ. ކޮބާތޯ މިހާރު އޭނާ. ނެތް ދޯ. ރަންދެލި ހެދީ ބޭރުގެ އިންވެސްޓަރެއް ދޯ. އެހެންވީއިރުން އެރަށަށް އިންވެސްޓް ކުރި ފަރާތަށް ސީދާ އެރަށް ދިންނަމަ އެރަށް ހެދުނީސް ހަދަން ދިން މުއްދަތު ތެރޭގައި. ބިޑަށް ނުލާ ރަށް ތައް ރަށް ތައް ހެދޭ ފެންވަރުގެ މީހުންނަށް ދިނުން އެއީ މީގައި ގައުމަށާއި އަދި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކީ.

The name is already taken The name is available. Register?

ޗޭ

01 July 2016

މިކޮމެންޓު ލިޔެފައި މިއޮތީ ރާއްޖޭގެ ހުރިހާކަމަކަށް ވެރިވެގަނެގެން އުޅޭ މަހުޖަނުން ކުރެ އެކަކު ކަމަށް ފެނޭ! ކިއްލިތަޅާ މީހުނޯ! މީނަ އެހެންމީހުން ދެކޭ ނިކަމެތި ގޮތްދޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454