ރާނބާ ރެސްޓޯރަންޓް ކައިރީގައި ހިންގި މާރާމާރީއެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަނީ.-- ފޮޓޯ: މިހާރު
30 ސެޕްޓެމްބަރ 2017 - 19:33
މާލޭގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި 13 މީހުންގެ ތެރޭގައި ހިމެނޭ ހަތަރު ކުދިން ޖުވެނައިލް ކޯޓުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރީ ހުންނަ "ޖީސިކްސް" ކެފޭ ކައިރީގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ހަތަރު ކުދިންގެ ބަންދުގެ މުއްދަތު ޖަހަން ޖުވެނައިލް ކޯޓަށް ގެންދިއުމުން ދޫކޮށްލާފައިވާއިރު، އެ ކޯޓުން އެކަން އެގޮތަށް ނިންމި ސަބަބެއް ފުލުހުން ނުބުނެ އެވެ.
މި މާރާމާރީއާ ގުޅިގެން މިހާރު ފުލުހުން ހައްޔަރުކޮށްފައި ނުވަ މީހެއް ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 15 ދުވަސް ދީފައި ކަމަށް ވެސް ފުލުހުން ބުނެ އެވެ. އެކަމަކު އެ މީހުންނާ ގުޅޭ އެއްވެސް ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ ނުވަ މީހުންނާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ހެކި ހުށަހެޅި ގޮތަށް ހަތަރު ކުދިން ބަންދުގައި ބައިތިއްބަން ވެސް އެކަށީގެންވާ ހެކި ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ.
މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް ރޭ މާރާމާރީއެއް ހިންގައި އެ މާރާމާރީގައި އަނިޔާވި މީހާ ވަނީ މަރުވެފަ އެވެ. ހުޅުމާލޭ "ހާފްވޭ ހައުސް" ކައިރިން ހިންގި މާރާމާރީގައި ގއ. ދާންދޫ ގޯލްޑް ލީފް، ހާރިސް އަބްދުލް ޣަފޫރު 24، މަރާލި މައްސަލާގައި އަދި މީހަކު ހައްޔަރު ކުރި ކަމެއް ފުލުހުން ނުބުނެ އެވެ. އެކަމަކު އެ ހަމަލަދިން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
ރޭ 11:30 ހާއިރު މާލޭގައި ހިންގި މާރާމާރީގައި ޒަހަމްވި މީހާ އަށް އޭޑީކޭ ހޮސްޕިޓަލްގައި އަދިވެސް އަންނަނީ ފަރުވާދެމުންނެވެ. ނަމަވެސް އެ މީހާއާ ގުޅޭ އިތުރު ތަފްސީލެއް ނުލިބެ އެވެ.
ރޭ މާލޭގައި ހިންގި މަރާމާރީއާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރޭގައި އަމަލީ ގޮތުން ބައިވެރިވި މީހުންނާއި މާރާމާރީ ހިންގުމަށް ބޭނުން ކުރި ތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރަހުމު ކުޑަ އަމަލުތައް ހިންގާ މީހުން ހޯދައި އެ މީހުންގެ މައްޗަށް ހިންގަން ޖެހޭ ތަހުގީގުތައް ހިންގައި ޝަރީއަތަށް ހުށަހަޅާނެ ކަމަށެވެ. މާރާމާރީ އާއި ރާވައިގެން ހިންގާ ކުށްތައް ކުރާ މީހުން ފިލުވައި، އެމީހުންނަށް އެހީތެރިވެދީ ފުލުހުންނަށް އޮޅުވައިލުމަށް ބައެއް މީހުން މަަސައްކަތް ކުރަމުންދާތީ އެ މައްސަލަތައް ވެސް ބަލާނެ ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިހާޔަތު
14 October 2018
ހައްޔަރު ކުރާ މީހުން ދޫކުރަންޏާ މިކަމެއް ނުހުއްޓުވޭނެ. ވަރަށް ސާފުކޮށް މިބުނީ
ދެން އަތްޖަހާ
02 October 2017
ދެން ބާރަށް އަތްޖަހާ
ބޯގޯސް
01 October 2017
ހުވާ ކޮއްފަބުނަން މަގޭ ފެމިލީ މީހެއްގެ ގައިގައި ޖަހާދުވަހަކު ވަރުގަދަ ހަނގުރާމައެއް ކުރާނަން. ނުދާނަން މައްސަލަޖައްސަން ތަނަކައް އެނގޭ ވީއްޔާ އެމީހުންގެ މީހުންކަން އެތަންތާގައި ތިބެނީ. ކޯޓަކައް ދިޔަޔަސް އެމީހުންގެ މީހުންކަން ތިބޭނީ. އެހެންވީމަ އަމިއްލަޔައް އިންސާފު ހޯދާނީ.
ހަސަނު2
02 October 2017
ކީއްވެ ފެމިލީ މީހެއްގެ ގައިގަ ޖަހަންދެން ތި މަޑުކުރަނީ؟
ސައްތާރު / މހއ
01 October 2017
ކުޑަކުދިނެއް ނޫޅޭނެ މީހުންގަޔަށް ވަޅިޖަހާ ގްރޫޕް މަރާމާރީހިންގާ ހަދާކަށް 18 އަހަރުން ދަށުގެ ކުދިން ކަމުގައިވިޔަސް މިބާވަތުގެ ކުއްތަށް ކުރީމާ ހަރުކަށި އަދަބު ދެވެން ވާނެ. އަދަބު ނުދީތިބެ މިކުން ދޫކުރަނީ ވަރަށް ބޮޑަ ރޭވިގެން.
ބެރުދުންރި
01 October 2017
ވަޅިހަރަހަރާ ހުއްޓާ ހައްޔަރު ކޮށްގެން ގެންދިޔައަސް ހިފެހެއްޓޭކަށް ނޯންނާނެ. ދެން ކިހިނެތްތޯ އަމާންކަމެއް ލިބޭނީ. ތަންފީޒު ކުރަންތިބޭ ފަރާތްތަކަށްވުރެ އެހެން ފަރާތްތަކުގެ ނުފޫޒުގަދަ
އާމިނަ
01 October 2017
މާލޭގައި މި ހިނގާ ހިތާމަވެރި ކަންތައްތަކީ ހުދު މާލޭގެ ދިރިއުޅުން ދަތިވުމުގެ ސަބަބުން ނިކުންނަ ނުބައި ނަތީޖާތައް.
ޗޮއިސް
01 October 2017
މާލޭގައި ރޭ ހިންގި މާރާމާރީގައި ހައްޔަރުކުރި ހަތަރު ކުދިން ޖުވެއިނަލް ކޯޓުން ދޫކޮށްލި ނަމަވެސް އެކަން ސަރުކާރުން ގިވް އަޕް ކޮށްގެން ނުވާނެއެވެ. ސަރުކާރުން ޖެހޭނެ ޖުވެއިނަލް ކޯޓްގެ ގާޒީ ބަދަލު ކުރަން ފުރަތަމަ ވެސް ޖުޑިޝަލް ސާރވިސް ކަމިޝަން ތްރޫ ކޮށް އަދި ރަނގަޅު މާލެ އަށް އުފަން މާލޭ ގާޒީ އަކު ޖެހޭނީ ޖުވެއިނަލް ކޯޓުގެ ގާޒީ އަކަށް ދެން ކަނޑައަޅަން. ކަންޓްރީ ސައިޑް ގާޒީ މެން ދެން މަޑު މަޑުން މާލޭން ބާލަންވީއެވެ. އެމެން ތިބެން ޖެހޭނީ ދެން ކަންޓްރީ ސައިޑްގެ ކޯޓް ތަކުގައެވެ. އެއްގޮތަަކަށް ވެސް ދެން އެމެން މާލެ ސަރަހައްދުގެ ކޯޓް ތަކުގައި ތިބެގެން ކަންކަން ރަނގަޅަށް ނުދާނެއެވެ. ކަން މިހެން ހުރުމުން ސަރުކާރުން ބައްލަވަންވީ މާލެ މީހުންގެ ތެރޭން އަހަރަކު 100 މީހުން ރާއްޖޭން ބޭރަށް ގާނޫނު ތައް ކިޔަވަން ސްޕެޝަލީ ސިންގަޕޯރ އަށް ފޮނުވޭތޯއެވެ. އެއިރުން އެމެން ކިޔަވައިގެން އައުމުން ރާއްޖޭގެ ފުރަ މާލޭގެ ހުރިހާ ކޯޓް ތަކުގެ ލީގަލް ސިސްޓަމް ގައި ހިމެނޭ ހުރިހާ މަގާމް ތައް ފުރަން ޖެހޭނީ އެމެންނެވެ. ނޯ ޗޮއިސް.
ދިސްވޭ
01 October 2017
އިންސާނާ ހެދި ބޮޑު ވުމަށް ނޭޗަރ އިން ތައްޔާރު ކޮށްފައިވާ ސިސްޓަމް އަށް މިކިޔަނީ އެއީ ބަޔޮލޮޖިކަލް ސައެންސް އެވެ. ބަޔޮލޮޖިކަލް ސައެންސް ބުނާ ގޮތުން އުމުރުން 13 އަހަރުން ފެށިގެން ގޮސް 19 އަހަރާއި ދެމެދު އެއީ ކުޑަ ކުދިންނެއް ނޫނޭ. އެއީ ޒުވާނުންނޭ. ކަން މިހެން ހުރުމުން ސަރުކާރުން އެބަޖެހޭ މިރާއްޖޭގައި ކުޑަ ކުދިން ކަމަށް ބަލާ އުމުރު އެއީ 18 އަހަރު ކަމުގައި ހަދާފައި އޮތް އޮތުން ނިމުމަކަށް ގެންނަން ސްޕްރީމް ކޯޓް މެދުވެރިކޮށް. އެގޮތުން މިރާއްޖޭގައި މިހާރު އޮތް މަޖްލީހުގައި ތިބި އިދިކޮޅު އެމްޑީޕީ އަކީ މިފަދަ ކަންކަމުގައި ގައުމީ މަސްލަހަތަށް ވުރެން އަމިއްލަ މަސްލަހަތު އިސް ކޮށް އަފްއާން މުއްލާ މެން ގޮތަށް ސަރުކާރު ބްލޭމް ކުރަން ތިބި އެއްޗެހި ތަކެއް ކަމުގައިވާތީވެ އެ ރޫޓް މަތިން ހަނދާން ނައްތާލާ ސީދާ ޑައިރެކްޓް ސްޕްރީމް ކޯޓަށް މިމައްސަލަ ހުށައަޅައިގެން ސްޕްރީމް ކޯޓް މެދުވެރިކޮށް ކުޑަ ކުދިން ކަމުގައި ރާއްޖޭން ބަލާނީ އެއީ އުމުރުން 13 އަހަރު ކަމުގައި ހަމަޖައްސަންވީއެވެ. އެއިރުން އެނިމުނީ އެވެ.
ޝުގާ
01 October 2017
މާތްކަލާކޯ! މީނައަށް ކިހިނެއް ވެފަ މިހާރަކަށް އައިސް މި ހުންނަނީ؟ ކޮމެންޓުތަކުގެ ރާގު ބައެއްފަހަރު ބަދަލުވާހެން ހީވާތީ ހަމަ...
ދަވޭ
01 October 2017
ރައީސް މައުމޫނުގެ ވެރިކަމުގައި ކުޑަކުދިންނޭ ކިޔައިގެން އުމުރުން 18 އަހަރުން ދަށް އެއީ ކުޑަ ކުދިން ކަމުގައި ހަމަޖއްސާފައި އެއޮތީ ބައޮލޮޖިކަލް ސައެންސް އާއި ވެސް ޚިލާފަށެވެ. ބައޮލޮޖިކަލް ސައެންސް ބުނާ ގޮތުން ޓީނޭޖް އޭޖް އަށް އައުމުން އެއީ ކުޑަ ކުއްޖަކަށް ވެސް އަދި ކުއްޖަކަށް ވެސް ނުކިޔާނެއެވެ. އުމުރުން 13 އަހަރުން ފެށިގެން ގޮސް 19 އަހަރާއި ހަމަ އަށް އެއީ ޒުވާނުންނެވެ. އުމުރުން 20 އަހަރު ވުމުން އެއީ ދެން ޒުވާނެއް ނޫނެވެ. އެވާނީ ބޮޑު މީހަކަށް. މީ ބައޮލިޖިކަލް ސައެންސް ބުނާ ގޮތަކީ. މިއާއި ޚިލާފަށް 18 އަހަރުން ދަށް އެއީ ކުޑަ ކުދިން ކަމަށް ކުޑަ ކުދިންނާއި ބެހޭ ގާނޫނު އޮތުން މީ މީގައި އެންމެ ބޮޑު މައްސަލަ އަކީ. މިކަން އެބަޖެހޭ ރަނގަޅު ކުރަން. މިކަން ނުކުރާނެ މަޖްލީހުން. މިކަން ކުރަން ޖެހޭނީ ސްޕްރީމް ކޯޓުގެ ހުކުމް އަކުން. ސްޕްރީމް ކޯޓަށް ބަދަލު ކޮށް ލެވޭނެ ކުޑަ ކުދިންނަކީ އެއީ އުމުރުން 13 އަހަރުން ދަށް ކަމަށް. 13 އަހަރުން ފެށިގެން ގޮސް 20 އަހަރަށް އެއީ ޒުވާނުން. ދެން އޭގެ މަތި އެއީ ބޮޑެތި މީހުން
އޯކޭ
01 October 2017
ހަމައެއް ލަމައެއް ޢަދުލްލެއް އިންސާފެއް ނެތީމާ ވާނެގޮތް މިއޮތީ ވެނިމިފާ ކިތަމްމެވަރަކައް އޮލުވާލަން އުލުނަސް ވާނީހަމަ ފަޅީހަތްވެބޭޒާރު.