ޚަބަރު / ފުލުހުން

ފިއްލަވާފާނެތީ މެމްބަރު އަރީފްގެ ޕާސްޕޯޓުު ހިފަހައްޓައިފި

ނޮޅިވަރަމް ދާއިރާގެ މެމްބަރު އަރީފް: ތަހުގީގު ނުނިމެނީސް އަރީފް ފިއްލަވަން އުޅޭ ކަމަށް އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހން ބުނޭ.-- މިހާރު ފޮޓޯ

ތަހުގީގު ނިމުމުގެ ކުރިން "ފިއްލަވާފާނެތީ" ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފްގެ ޕާސްޕޯޓު އިއްޔެ ހިފަހައްޓައިފި އެވެ.

އޭނާގެ ޕާސްޕޯޓު ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ ފުލުހުން ތުހުމަތުކުރާ މައްސަލައިގެ ތަހުގީގު ނުނިމެނީސް އޭނާ ފިއްލަވައިފި ނަމަ ނުވަތަ ބޭރަށް ފުރާވަޑައިގެންފި ނަމ ތަހުގީގަށް ހުރަސްއެޅޭނެ ކަމަށެވެ. އަރީފްގެ ޕާސްޕޯޓު ހިފެހެއްޓީ އިއްޔެ އިން ފެށިގެން އަންނަ މަހުގެ އެއް ވަނަ ދުވަހާ ހަމައަށެވެ.

އޭނާގެ މައްޗަށް ތަހުގީގު ހިންގަނީ މިދިޔަ ޖުލައި 31، ގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަަރަކާތްތެރިވި ސިފައިންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި މެމްބަރުންތަކެއް ސިފައިންނާ މާރާމާރީ ހިންގި ކަމަށް ތުހުމަތުކޮށްފަ އެވެ. މި ތުހުމަތުތަކަށް ފިއްލަވައިގެން އަރީފް ބޭރަށް ފުރާވަޑައިގަންނަވަން އުޅުއްވާ ކަަމަށް އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުންގެ މި ތުހުމަތު ދޮގުކުރައްވައި އަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާގެ ރަސްމީ ހުރިހާ ލިޔެކިޔުމެއް ހިފެހެއްޓިޔަސް މައްސަލައެއް ނެތް ކަމަށެވެ.

ފުލުހުން ތަހުގީގުކުރި މައްސަލައަކާ ގުޅިގެން މީގެ ކުރިން ވެސް އަރީފްގެ ޕާސްޕޯޓު ހިފެހެއްޓި އެވެ. އޭރު ޕާސްޕޯޓް ހިފެހެއްޓީ ފުލުހުންގެ ސަފުތައް ފަޅާލިކަމުގެ ތުހުމަތުކޮށް ތަހުގީގުކުރި މައްސަލައިގަ އެވެ. އެ މައްސަލާގައި އަރީފްގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލައި ޝަރީއަތް ވެސް ފަށައިފަ އެވެ.

އޭނާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުންތަކެއްގެ ޕާސްޕޯޓު ވަނީ ހިފަހައްޓައިފަ އެވެ.

10 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 8%
icon angry icon angry 69%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގުއިއްޒު

04 October 2017

އިންޓެލިޖަންސް މައުލޫމާތަށްވުރެވެސް ވަރުގަދަ އަދި ޞައްޙަ މަޢުލޫމާތު ހުންނާނެ މީހަކަށް ލަނޑުދޭން ވެއްޖެއްޔާ. މީހަކަށް ހިމާޔަތެއް ދޭންވެއްޖެއްޔާ، ދުނިޔޭގެ އެންމެ ފެންވަރުމަތީ އާލާތްތައް ހުރިއިރުވެސް ވާކަމެއް ހަރާމުން ހަރާން. މީވާ ކުޅަދާނަ ފުލުސް އޮފީހެއް.

The name is already taken The name is available. Register?

މަޒް

04 October 2017

އެއްކަލަ ކޮލިޓީ އިންޓެލިޖެންސް... މި އިންޓެލިޖެންސް ހާދަ ކުޅަދާނައޭ.. އިދިކޮޅު ސިޔާސީ މީހަކު ބަނޑު ކައްކައިގަތަަސް މައުލޫމާތު ލިބޭ

The name is already taken The name is available. Register?

ވަރަށް

03 October 2017

ކަޑަ ސަރުކާރެއަ, އިދިކޮޅު މީހުންފަހަތުން ދުވާވެރިކަން, އިސްތިއުފާ, ވެރިކަން ކުރަންނޭގެންޏާ

The name is already taken The name is available. Register?

ބުރާންތި

03 October 2017

މިލިއަނުން ޖީބައް ކަހާލައިގެން ނޫނީ މީހުންމެރުމާ ފޭރުމުގެ ރެކޯޑު ފައިލެއް ފުރެންދެންއޮތަސް ޕާސްޕޯޓެއްނުހިފެހެއްޓެ. ހެއްވާކަމަކީ މައްސަލަ ސަރީއަތައްފޮނުވާއިރު އެއިންއެކަކުވެސް ގައުމުގަ ނުހުންނަކަން.

The name is already taken The name is available. Register?

އަމީގޯ

03 October 2017

އަޅުގަނޑީ ހުސައިން ޢަރީފާއެކު އެއް ބޯއްޓެއްގައި 36 މަސްވަންދެން ދަތުރުކުރަން އުޅުނު މީހެއް. އޭނާއަކީ ބިރުންސިހި ފިލަންދުވާނެ މީހެއްނޫން. އޭނާއަކީ ހިތްވަރުގަދަ ފިރިހެނެއް.

The name is already taken The name is available. Register?

ސިކްރިތިއާނާކޮއިމަލާ

03 October 2017

ހަބަރުދާރު! އިދިކޮޅު އެއްވެސް މީހަކު ފިލައިގެން ނުވާނެ! މި ސަރުކާރުން ވަރަށް ބޭނުން ވާނެ އިދިކޮޅު މީހުން މިގައުމު ދޫކޮށްދާން! އޭރުން އެމެންގެ ކަންތައް ތަކަށް ބަސްބުނާނެ މީހަކު މިގައުމުގަ ނުހުންނާނެ! ނިކަމެތި ރައްޔިތުން ނައްޓަކާވެސް އެއްވެސް އިދިކޮޅު އިސްސަފުގައި ތިއްބަވާ ބޭފުޅުން ގައުމު ދޫކޮށް ނުފިއްލެވުން އެދެން!

The name is already taken The name is available. Register?

6666

03 October 2017

ޑްރަގް ޑީލަރުން ދޫ. މެމްބަރުން ހައްޔަރު. މިއޮވީ ވެރިއެއް ދިވެހިންނަށް ލިބިފައި!

The name is already taken The name is available. Register?

އަޙްމަދު ޒަކީ

03 October 2017

"ދިވެހިރާއްޖޭގައި މަޑުކުރުވަން ބޭނުންވާ ސަބަބު: ......... މައްސަލައިގެ ތަޙްޤީޤު ނުނިމެނީސް މީނާ ފިލައިގެން، ފުރައިގެން ގޮސްފިނަމަ..... ދިވެހިރާއްޖެ ދޫކޮށް ފުރައިގެން ދާން އުޅޭކަމަށް ލިބިފައިވާ ހެކި: މައްސަލައިގެ ތަޙްޤީޤު ރިޕޯޓް." ތަޙްޤީޤް ނުނިމެނީސް ހެއްކެއްގެ ގޮތުގައި ތަޙްޤީޤު ރިޕޯޓް ހެއްކަކަށް ވަނީ ކިހެނެއް، ހުމާމައްވެސް ހެދީ ތިހެން. ޔާމީނޫ މަވެސް މިހާރު ވިސްނާ ވިސްނާ ބޯ ގޮވާފި. މިވާނުވާއެއް ނޭނގުނު. އަޅެ ފަލާހު... ޕްލީޒް ރިމޫވް މީ ފްރޮމް މޯލިޑްވްސް... ވަރައްސަލާ..

The name is already taken The name is available. Register?

އަޛާން

03 October 2017

މިޔަދު ދިވެހި ސަރުކާރު ލަދު ގަންނަން ޖެހޭނެ. ޙުރިހާ ނޫސް ތަކެއް ގަ އެ އޮންނަނީ ސަރުކާރުން ރައްޔިތަކަށް އަދަބެއް ނުދހެވިގެން އުޅޭ ވާހަކަ

The name is already taken The name is available. Register?

ކުލުނު

03 October 2017

މިއޮތީވާކަމެއް ލަދުންބޯހަލާކު މިސަރުކާރަށް ކުރާތާއީދު އަނބުރާ ގެނަސްފިން..ލައްކަދުވަހު ކެއްކުރިން..ދެންނުވާނެ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454