ހަނގުރާމަ އަށް ދިޔަ ދިވެހި ބަޔަކު ސީރިއާގައި ހަތިޔާރާ އެކު: ހަނގުރާމައަށް ދާން އުޅުނު ބައެއް ދިވެހިން މީގެކުރިން ވެސް ހައްޔަރުކޮށްފައިވޭ
21 އޮކްޓޯބަރ 2017 - 14:30
ސީރިއާ އަށް ދާން އުޅުނު ދެ ދިވެއްސަކު އަތުލައިގަނެ، ރާއްޖެ ގެނެސްފި އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި ތުރުކީ މަގުން ސީރިއާ އަށް ދާން އުޅުނު އެ ދެ ދިވެހިން އަތުލައިގަތީ ތުރުކީންނެވެ. އެ މީހުން ރާއްޖެ ގެނެސް، އެ ދެ މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން އިތުުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު އެ މީހުންގެ އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވާން އެ ގައުމަށް ދާން އުޅުނު ބައެއް ދިވެހިން މީގެ ކުރިން ވެސް ހައްޔަރުކޮށް، ރާއްޖެ ގެނެސްފައިވެ އެވެ. އޭގެ ތެރެއިން ބައެއް މީހުންގެ މައްޗަށް ދަނީ ޝަރީއަތް ހިިންގަމުންނެވެ. ދާދި ފަހުން މެލޭޝިއާ އިން ވެސް ވަނީ ސީރިއާއަށް ދާން އުޅުނު ދެ ދިވެއްސަކު ހައްޔަރުކޮށްފަ އެވެ.
ސީރިއާގައި 2011 ވަނަ އަހަރުން ފެށިގެން ހިންގަމުންދާ ދާޚިލީ ހަނގުރާމައިގައިި ބައެއް ދިވެހިން މިހާރު ވެސް ބައިވެރިވަމުންދާއިރު، ބައެއް ދިވެހިން ވަނީ އެ ހަނގުރާމައިގައި މަރުވެފަ އެވެ. ބޭރު ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގައި ބައިވެރިވުމަކީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ބޮޑު އަދަބު ލިބޭ ކުށެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޕޮކަންޑިމޭން
22 October 2017
ސީރިއާއަށް މިހާރު ފަތުރުވެރިއެއްގެ ގޮތުގައިވެސް ދެވޭކަށްނެތް؟
ހެހެ
22 October 2017
ދިވެހި ޒުވާނުންނަށް މިހާރު އޮތީ ދެ ގޮތް. އެއްގަތަކީ ޑްރަގަށް ދިއުން. އަނެއް ގޮތަކީ ހައްދުފަހަނަޅާ ދިއުން. މި ދެކަމަކީވެސް އެއްވަރުގެ ދެކަންތައް. ދެކަމުން ވަނީވެސް އެއް ކަންތައްތަކެއް. އެއީ ދުނިޔެއާ އާޚިރަތް ގެއްލުން. ވައްސަލާމް.
ބަލައެއްނު
22 October 2017
ތި ފޮނުވާ މީހުން ހައްޔަރުކޮށްބަލަ
123456
22 October 2017
އެއްވެސް މީހަކަށް ލިބޭ ދެރައެއް ނުވަތަ އެއްވެސް މީހަކަށް ނޭނގި ހުރެ ކުރެވޭ ކުށެއްގެ ސަބަބުން ދެންތިބި އެންމެން އެމީހާ ފަޞީހަތް ކުރުމަކީ އެކަމުގައި އެންމެ ރަނގަޅު ގޮތް ނޫންކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭތީވެ އެވާހަކަ ދަންނަވާލަން. ފުރަތަމަ ބަލަމާ ސީރިޔާގައި ހަނގުރާމަ ފެށުނީ ކިހިނެއް ވެގެންތޯ، ކޮންކަމެއް ހާސިލްނުކުރެވިގެންތޯ، ކޮންބައެއްތޯ ތި ހަނގުރާމަ ފެށުމަށް ހިއްވަރުދީފައިވަނީ. "ގޯލާންގެ އުސްގަނޑުތައް" މިއީ ކޮންތަނެއްތޯ، މިތަނުގައި ހުރީ ކޮންއެއްޗެއްތޯ، މިތަކެތީގެ ބޭނުމުގައި ކުރިންވެސް ބަޔަކު އުޅުނުތޯ ބަލާލުން ރަނގަޅުހެން ހީވަނީ. ފަލަސްތީން ސީރިއާ ބޯޑަރަށްވާގޮތަށް އޮންނަ މިސަރަހައްދަކީ މިހާރު ދުނިޔޭގައި އޮތް އެންމެ ބޮޑު ތެލާއި ގޭހުގެ ރިޒަރވް. މިހަނގުރާމައަކީ އެތަނުގައިވާ ތެލުގެ ބޭނުމުގައި އެމެރިކާގެ ސިއްރު ފުލުހުން ނުވަތަ ސީ.އައި.އޭ ގެ ރޭވުންތެރިކަމުގެ ދަށުން ފެށިފައިވާ ހަނގުރާމައެއް. އިތުރު ތަފްސީލް އަމިއްލައަށް ރިސަރޗްކޮށްލައްވާ. "ގޯލާން ހައިޓްސް" ގޫގުލް އިން ސަރޗްކޮށްލާ.
އިބިރިހިންބެއްޔާ
21 October 2017
ކުރާނެކަމެއް ނެތިގެން އުޅޭނަމަ މިމާލޭގެ ޕާކިން ކަންތައް ބަލަހައްޓަާދިނުން ކިހިނެތްތޯ؟ މިކަމުގައި "ޕްރޮޓެކްޓް އެންޑް ސާވް" އޭމެން ވަނީ ފެއިލްވެފަ. ގަރާޖުނެތި ރަޖިސްޓަރީ ނުކޮއްދޭ ކާރުފަދަ ތަކެތިން މަގުގެ ދެފަރާތް ފުރޭއިރުވެސް އެވެރިންނަކަށް ނުކެރޭ. ކެރެނީ ފަގީރުމީހާގެ ސައިކަލުގަޑުގައި ސްޓިކާ ޖަހަން.
ގާފު
21 October 2017
ރާއްޖެއަކުން ރީތިކޮށް ބަނގިދޭ މީހަކު ނުއުފެދޭ. މާ ފެންވަރުގެ ގާރީން ވެސް ނެތް. އުފެއްދުންތެރި ކަމަކީ ވަރަށް އުދަގޫ ކަމެއް. ފަނާ ކުރުމަކީ ވަރަށް ފަސޭހަ ކަމެއް.
ޢަހުމަދުބެ
21 October 2017
ތުރުކީ އިން ހިފެ ހެއްޓީ ދޯއެވެ.
ކެނެޑީ
21 October 2017
ހަނގުރާމަ ތިޔަހާ ކުރާހިތްވަންޏާ ޕީއެސް4 ކުޅެބަލަ އޭގަ ކުޅެވޭ ލައްކަ ހަނގުރާމަމަތީ ގޭމް. ބަޑި ހަނގުރާމަ ކަނޑި ހަނގުރާމަ މިހުރިހާ ހަނގުރާމަ މަތީ ގޭމް ލިބެން އެބަހުރި.
މަމަ
21 October 2017
ބަލަ ޕީއެސް4 އަކުން ޖިހާދެއް ނުވެވޭނެއެއްނު؟
ޕިއްލޭ
22 October 2017
ޖިހާދު ކުރެވޭ ބައިވަރު ގޮތްތައް ހުރޭ. ހަނގުރާމައިގަ ބައިވެރިވުން ނޫނަސް.
އަލީ ނަސީރު
21 October 2017
މި މީހުންގެ ބޮލައް ވާ ވެއްދީ ކޮން ބަޔެއްތޯ، އަދިކޮން ގޮތަކައްތޯ. ކޯޗެކޭ ކިޔައިގެންތޯ؟ އެ ގޮތްތައް އާންމުންނައް އެބަ އެގެންޖެހޭ. އޭރުން ދެންވެސް އެމަޅީގައިއެހެން ބަޔަކު ނުޖެހޭނީ. ނިކަން ތި ހާޖާނު ގަނޑު ނޮޅާ ހުޅުވާ ލަބަލަ! ކިހާ ބޮޑު ނޮހޮރޮއްޕާނެއްތަ، މި މެދުއިރުމަތީގެ މީހުންގެ ވަބާއިން މިރާއްޖެ އަޅައިގަނެގެން ސަލާމަތް ނުވެވިގެން މިއުޅެނީ! މިރާއްޖެ އޮންނަނީކީ އެތާކު ނޫންކަން އެބަ ބުނެދޭންޖެހޭ ދިވެހި ހުރިހާ ރައްޔިތުންނައް!
އަހުމަދުބާއީ
21 October 2017
އެމެރިކާ އާއި ރަޝިޔާ ކޮންތާކު އޮންނާތީވެ ކޮންމެ ދުވަހަކު ކުޑަކުދީންނާއި އަންހެނުން ބޮން އަޅާ މަރަނީ ބަލަ އެއީ އެމީހުނާ ކޮން ބެހޭ ކަމެއް ހެއްޔެވެ؟
ގޮމަށި
21 October 2017
އަހްމަދުބާއީ: ޔަމަން އަށް ބޮން އަޅަމުން ގެންދަނީ ސައުދީ އިސްކޮށް އޮވެގެން ނޫންތަ؟ އެމެރިކާ އާއި ރަޝިޔާ އިހަށްބާއްވާ
ބިހޭ
21 October 2017
ދާނަ ފުރުސަތުދީ...އަޔަ ދީގެން ނުވާނެ