މަގުތައް ހަދަން ހަވާލު ކުރަން ނިންމާފައި ވަނީ ސިއެރާ ކޮންސްޓްރަކްޝަނާ ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވި.
މިނިސްޓަރު މުއިއްޒު ހިތަދޫ ފްލެޓްތައް ބެއްލެވުމަށް ކުރެއްވި ދަތުރެއްގެ ތެރެއިން. ފޮޓޯ: ހައުސިން މިނިސްޓްރީ
22 އޮކްޓޯބަރ 2017 - 10:21
ރަނގަޅު ފެންވަރަކަށް އައްޑޫގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން އައްޑޫގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ވިދާޅުވީ އައްޑޫގެ މަގުތައް ހެދުމުގެ މަޝްރޫއަކީ ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވަން ބޭނުންވާ މަޝްރޫއެއް ކަމަށެވެ.
އައްޑޫގެ މަގުތައް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މިނިސްޓަރު ރޭ ވިދާޅުވި އިރު، ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވަނީ އައްޑޫގެ މަގުތައް ހަދަން ސްރީ ލަންކާގެ ސިއެރާ ކުންފުންޏާ ހަވާލު ކުރަން ނިންމާފައިވާ ކަމަށެވެ.
"މި ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫއު އިރާދަކުރެވިއްޔާ އަމަލީ ގޮތުން ފެއްޓުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާ ތަން ތިޔަ ހުރިހާ ރައްޔިތުންނަށް ފެނިގެން ދާނެ،" މީގެ ކުރިން ވެސް ބައެއް މަގުތައް ހަދާފައިވާ އައްޑުއާ ބެހޭ ގޮތުން މިނިސްޓަރު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ރައީސް ޔާމީނަކީ ހުސް ވާހަކަތައް ދައްކަވާ ބޭފުޅެއް ނޫންކަން އައްޑޫގެ ހުރިހާ އަވަށްތަކުގައި ހިނގަމުންދާ މަސައްކަތްތަކުން އެނގޭނެ ކަމަށެވެ.
"މި ދައުރުގެ ބާކީ މިއޮތް މުއްދަތުގައި [އައްޑޫން] ފެނިގެން ދާނީ ފެނާއި ނަރުދަމާގެ މަސައްކަތް ނިމެމުންދާ ވަރަކުން މަގު ހެދުމުގެ މަސައްކަތް ފުރިހަމަވެގެންދާ ތަން،" މިނިސްޓަރު ވިދާޅުވި އެވެ. "މިހާރު ފެނާއި ނަރުދަމާގެ ހިދުމަތް ވެސް އެ އަންނަނީ ހަގީގަތަކަށްވަމުން."
AdduCity ge hurihaa rashegge magu hedhumuge mashroou kuriyah gendhiyumah SierraConstruction aa havaalukurumah sarukaarun iyye vanee nimmaafa
— Dr.Mohamed Muizzu (@MMuizzu) May 5, 2017
މަގުތައް ހެދުމާ ގުޅޭ ގޮތުން މިނިސްޓަރު މެއި މަހު ކުރެއްވި ޓްވީޓެއް.
ފޭދޫ، މަރަދޫފޭދޫ އަދި މަރަދޫގައި ނަރުދަމާގެ މަސައްކަތް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ. އަދި ހުޅުމީދޫގެ މަސައްކަތް ސިއެރާ އިން ކުރިއަށް ގެންދާ އިރު، ހިތަދޫގެ ނަރުދަމާގެ މަސައްކަތުން ނުނިމި ހުރި މަސައްކަތްތައް ކުރިއަށް ގެންދަނީ އެމްޑަބްލިއުއެސްސީންނެވެ.
މި މަސައްކަތް ރަސްމީކޮށް އިފުތިތާހު ކުރީ މިދިޔަ އެޕްރީލް މަހުގެ ފަހުކޮޅު އެވެ.
މުއިއްޒު ރޭ ވިދާޅުވި ގޮތުގައި ސަރުކާރުން އައްޑޫގައި ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން މި އަހަރުގެ ބަޖެޓްގައި ހިމަނައިގެން ފޭދޫގެ ހިއްކި ބިމުގައި ހަދަން ނިންމާފައިވާ 100 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަން މިހާރު އޮތީ ޓެންޑާ ކުރުމުގެ މަރުހަލާގަ އެވެ. އަދި ހިތަދު އާއި ހުޅުމީދޫގައި އަޅާފައި ހުރި ފްލެޓްތައް މި އަހަރު ނިމުމުގެ ކުރިން ހައްގުވެރި ފަރާތްތަކާ ހަވާލު ކުރާނެ ކަމަށް ވިދާޅުވި އެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން ހިތަދޫގައި 264 ފްލެޓް އަޅާފައިވާ އިރު، ހުޅުމީދޫގައި ވަނީ 48 ފްލެޓް އިމާރާތްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މރ ސްލޯވ
23 October 2017
މުއިއްޒު ފުރަތަމަ އަމިއްލަ އަށް އިވޭލުއޭތް ކޮށްބަލަ ތިމާގެ ޕަރފަރމަންސް... ހައުސިންގ މިނިސްޓްރީގަ ތިބި ގާބިލް އިްނޖިނިއަރުން ތައް ވަކިވެ ތަން ބިކަ ވެއްޖެ.... އަމއިްލަ އަށް އެނމެ ހައުސިންގ ޕްރޮޖެކްތް އެއް ނުފެށުނު،،، ކުރި ކަމަކީ ބަނގުރޫޓް ވެފަ އޮތް ޓަކިސް ކުނުފުންޔެއް ގެނެސް އެތައް ދަރަންޔެއ ބޮލުގައި އެޅީ..... ދެން ކުރި ކަމަކީ ޓާޓާ ފްލެޓް ތައް ސްލޯވ ކުރީ،، އަދި ތަން ދިނީމަ ފްލެޓް ހަވާލު ނުކޮށް އަހަހރެއް ފައިބައިގެން ގޮއްސި... މރ ސްލޯވ އިސްތިޔުފާ ދީބަލަ ޕުލީސް
ނާނި
22 October 2017
އަދި ތިސިޓީގެ ފެނާއި ނަރުދަމާ އާއި މަގުތަށް ނަހަދާތޯ؟ އަޅުގަނޑު ހީކުރީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ތިޔަ ކަންތައް ނިމި ސިޓީ ފުރާފުރިހަމަވެއްޖެކަމަށް!!!
ވީގޮތް
22 October 2017
ނަޝީދުގެ ސަރުކާރުގަ ފެނާއި ނަރުދަމާގެ ކަންތައް ދިޔައީ ކުރަމުން. ފެންތާންގީތައް ބަހައްޓާ ބޮޑެތި މަގުތަކުގަ ހޮޅި ވަޅުލަމުން. އެ ނިމުނީމަ މަގުތައް ހެދޭނީ. ބައާވާތަށްފަހު މިކަންތައް ވަހީދުގެ ސަރުކާރުގަ މަޑު ޖެހިފަ އޮތީ މިހާ ދުވަސް ވަންދެން. ދެން އަނެއްކާވެސް ކެންޕެއިނަށް މިހާރު މިކަންތައް ފަށައިގެން ކުރަމުން އެދަނީ.
އައްޑޫ ރަދުން
22 October 2017
2018ގެ ކުރިން މަގުތަށް ހަދައިދީފިއްޔާމުން ޔާމީން ވެރިކަމަށް ގެންނާނަން...
ނަމޯ
22 October 2017
މުއިޒު ނިކަން އިސްތިއުފާ ދެއްވާފަ ތިކަން ކުރެވޭވަރުގެ ޕީޕީއެމް މީހަކާ ނިކަން ހަވާލުކޮއްބަލަ. މުއިޒުމީ އެމްޑީއޭ އިން ކަނަން ލަސްކުރުމައް ނޫނީ އަތައް ގޮއްވާލުމައް ސަރުކާރުތެރެއައް ގެނެސް ހުރިބޭފުޅެކޭ ބަޔެއްފަހަރު ހިތައް އަރާ
ދީދީ
22 October 2017
މުއިޒޫ ރައީސް ޔާމިނުގެ ދައުރުނިމޭއިރުވެސް ތިޔައުޅެނީ ރައީސް ނަޝީދު ހަދަންފެށި ފުލެޓުތައްވެސް ނުނިއްމިގެން. އަދި ނިމުނު ފުލެޓުތައް ހަވާލު ނުކުރުވިގެން. ނިކަން ވިނާލަބަލަ އަމިއްލަޔައް ތިމާމީހާގެ ގާބިލުކަން ނެތްމިންވަރު.
އައިޖޭ
22 October 2017
މުއިއްޒު ގެ އެ ޓްވީޓް އަކީ ލޯކަލް ކައުންސިލް އިލެކްޝަން ގެ ކުރީ ދުހު ބުނެލި ޔޯލަ ވަހކަ އެއް. މިހާ ދުވަސް ވީއ ިރު ގައިމު ޓެންޑަރ ކޮށް ކޮންމެސް މަސައްކަތެެއް ހިނގީސް ދޯ... ޑރ މުއިއްޒު މިނިސްޓަރ ކަމުގަ 6 އަހަރުވީ އިރު އަިދ އޭނަގެ މޭސްތިރި ކަމުގަ އެންމެ ފްލެޓެއްވެސް ނުނިމޭ،،، މުޅިންވެސ ްރަޢީސް ނޗީދު ފައްޓާފަ ހުރި މަސައްކަތް ދިގު ދެންމުން މީނަގެ ކަމަކީ
ނަނާ
22 October 2017
ނަނާ ހުވަފެން ދައްކާ ދުވަސް ޖެހިއްޖެއޭ! ނަނާ މިހުވަފެން މާޒީވި 47 އަހަރު ބަލައަިފީމުއޭ! ނަނާ ތިންއަހަރު ލިބުނެއޭ ހަޤީޤަތް. ނަނާ ދެން އެކަންތައް ގެއްލުނޭ!
ޝިޔާމް
22 October 2017
ރިޔާސީ އިންތިހާބު ކައިރިވެއްޖެ ދޯ؟؟؟؟؟
ބޭކާރު
22 October 2017
ވަރަށް އަވަހަށް ފަށާނެ، ކުރާނެ، ދެން އަބަދުވެސް ފިއުޗާރ ޓެންސަކުން އަރައިނުގަނެގެން. އަނގައޮތިއްޔާ ކިޔޭނެ..!!
އުޅެގަ
22 October 2017
އައްޑޫގެ މަގުތައް ހަދަން ވަރަށް އަވަހަށް ފަށާނެ ކަމަށް ހައުސިންގް މިނިސްޓަރު މުއިއްޒު ވިދާޅުވުމުން ދެން ތަމެންނަށް އިނގޭނެ އެއް ނޫން ދޯ މަމެން ޕިންކީންގެ ވެރިކަމުގައި އުފެއްދި ރޯޑް ޑިވެލޮޕްމެންޓް ކޯރޕަރޭޝަން އަކީ މަގު ހެދުމުގެ މަސައްކަތުގައި ޖެނިސް ބުކް އޮފް ރިކޯރޑްސް ފޮތުން ޖާގަ ހޯދާފައިވާ ހަމަ އެކަނި ކުންފުނި ކަން . މަގުހެދުންތޭ، ފެންވަރު ރަނގަޅު ކޮށްތޭ އަދި ލާރޖް ކޮށް އަވަސް ސްޕީޑެއްގައި ތޭ ހަދަންވީ، އެންމެ ޕާރފެކްޓް ޗޮއިސް އަކީ ރޯޑް ޑިވެލޮޕްމެންޓް ކޯރޕަރޭޝަން ކަން ތަމެން ރަންރީނދުލޭ މެންނަށް އިނގޭނެއެއް ނޫންތޭ. ބައްލަވާ ތަމެން ޕިންކީންގެ ރޯޑް ޑިވެލޮޕްމެންޓް ކޯރޕަރޭޝަން ޖެނިސް ބުކް އޮފް ރިކޯރޑަށް އެރީ ކޮން އިރަކުންތޭ. ތަމެން ޖެހޭތޭ ތިޔާ ސުވާލު ކުރަން ނުޖެހޭނެ އެއް ނޫންތޭ ދޯ. ހަމަ އަހާލީއޭ މަމެން ރަންރީނދުލޭ މެން ތަމެން ޕިންކީން ގާތު އިނގޭތޭ. މާ ބޮޑަށް ފުއްޕަން ނަހަދާތި ރަންރީނދުލޭ މެންނޭ މީ މަމެންގެ ވެރިކަން އަދި މީ މަމެންގެ ގައުމު އިނގޭ. ލައްބަ މަމެން ޕިންކީން ނާއި އެކު އުޅޭހުށީމޭ.