ދިވެހި ހައްޖުވެރިން މިނާއަށް ދަނީ: ހުއްދަ ނެތި ދިވެހިންތަކެއް ހައްޖަށް ފޮނުވި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުން. --ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު /މިހާރު
24 އޮކްޓޯބަރ 2017 - 09:38
ހައްޖަށް މީހުން ގެންދަން ސަރުކާރުން މި އަހަރު ހުއްދަ ދިން އެއްވެސް ޖަމާއަތަކާ ގުޅުމެއް ނެތި ހަަތަރު ދިވެއްސަކު ހައްޖަށް ފޮނުވައި ހާލުގައި ޖެއްސި މައްސަލަ ބަލައިދިނުމަށް އެދި އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ހުށަހަޅައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ހުށަހަޅާފައިވަނީ، އެ ކަމުގައި ބައިވެރިވި ހަތަރު މީހެއްގެ މައްސަލަ ބަލައިދިނުމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހައްޖަށް މީހުން ގެންދިއުމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން ހުށަހެޅި ހަތަރު މީހެއްގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިނިސްޓްރީން މައްސަލަ ހުށަހެޅީ ކޮން ބަޔަކާ ދެކޮޅަށް ކަމެއް އޮފިޝަލް ވިދާޅެއް ނުވި އެވެ.
ހައްޖުގެ އަޅުކަމަށް މައްކާ އަށް ފޮނުވި ދެމަފިރިއަކާއި އުމުރުން ދުވަސްވީ ދެ ފިރިހެނަކު ހާލުގައި ޖެހުނީ، ރަސްމީ ކޯޓާގެ ބޭރުން އަަދި ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ލިބިފައިނުވާ މީހަކު، ބައެއްގެ އަތުން ފައިސާ ނަގައިގެން ހައްޖަށް ފޮނުވުމުންނެވެ.
ދިވެހި ހައްޖު މިޝަންގެ ރައީސް އިބްރާހިމް އަހުމަދު، ހައްޖު މޫސުމުގައި މައްކާގައި ހުންނަވައި "މިހާރު" އަށް ވިދާޅުވެފައިވާ ގޮތުގައި ހަތަރު ދިވެއްސެއްގެ އަތުން ފައިސާ ނަގައި އެ މީހުން ސައުދީ އަށް ފޮނުވީ އެ މީހުން ތިބޭނެ ހޮޓަލެއްގެ ކަންތައް ވެސް ހަމަނުޖައްސަ އެވެ.
އޭގެ ތެރޭގައި ހިމެނޭ ދެމަފިރިންނާ ހަވާލާދީ އިބްރާހިމް ވިދާޅުވެފައި ވަނީ އެ ދެ މީހުންގެ އަތުން 70،000ރ. ނެގީ އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލް ނަސްރުﷲ މުސްތަފާ ކަމަށް އެ ދެމަފިރިން ބުނާ ކަމަށެވެ. އަދި ހައްޖަށް ދެވޭނެ ކަމުގެ ލިޔުން ވެސް ނަސްރުﷲ ދެއްވި ކަމަށް، އެ ދެމަފިރިންނާ ހަވާލާދީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ވިދާޅުވެފައިވެ އެވެ.
އެ ހަތަރު މީހުން ސައޫދީ އަށް ގޮސް ހާލުގައި ޖެހުމުން، ސަރުކާރުން އަންގައިގެން އެ މީހުންނާ ފަހުން ހަވާލުވީ، ހައްޖު ކޯޕަރޭޝަނުންނެވެ. އަދި ހަތަރު މީހުން ހައްޖުގެ ކަންތައް ފުރިހަމަކުރީ ހައްޖު ކޯޕަރޭޝަނާ އެކުގަ އެވެ.
ހައްޖަށް ގެންދަން ހުއްދަ ދެނީ ވަކި ކުންފުނިތަކަކަށް ކަމަށް ވާއިރު، އަމިއްލަ ގޮތުން މީހުން ހައްޖަކަށް ނޮފޮނުވޭނެ އެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ، އިސްލާމިކް މިނިސްޓްރީން ބަލަން ޖެހޭ ކަންކަން ބަލައި ރިޕޯޓެއް އެކުލަވައިލުމަށް ފަހު އެވެ.
ހަތަރު ދިވެހިންނަށް ސައުދީ އަށް ދެވުނީ ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ ނަމުގައި ވިސާ ޖަހާފައި އޮތުމުންނެވެ.
މީގެ ކުރިން 2012 ވަނަ އަހަރު ހައްޖަށް މީހުން ގެންދާނެ ކަމަށް ބުނެ މަލީޝާ ހައްޖު ޖަމާއަތުން ދުއިސައްތައެއްހާ މީހުންގެ އަތުން 11.9 މިލިއަން ރުފިޔާ ނެގުމަށް ފަހު އެ ކުންފުނީގެ ވެރިޔާ އިސްމާއިލް އަބްދުލްލަތީފު (މާލް) ފިލައިގެން ލަންކާގައި އުޅެނިކޮށް ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ ޝަރީއަތް ދަނީ ކުރިއަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެކުނުތަރި
26 October 2017
ތިކަން ތިނިމުނީ. ވައްކަމާއި، ޚިޔާނާތައް ތަރުހީބުދީ އެކަން ކުރަމުންދާ ބަޔަކު ރައްޔިތުން ކުރިމަތީ ޑްރާމާ ކުޅެން ޖައްސާ ގޭމެއްތީ. މިހާރުވެސް ތިބުނާ ޕްރިންސިޕަލް ކަޓުނަގައިގެން ސްކޫލުގެ އެކި ކަންކަން ކުރަމުންދަނީ، އެކަމަކު ބާރުގަ އަދިވެސް ވަޒީފާގަ. ވައްތާހިރެއްނު.
މަހަލްދީބު ރާނީ
25 October 2017
ފުރަތަމަ ބަލަންވީ ހައްޖު ކޯޕަރޭޝަނުގެ މައްސަލަ. ޢެމީހުންގެ ޙަވަލުގައިދަ މީހުން ޙާލުގައި ޖައްސާތީ. މިފަހަރު އަހަރެމެން އަރަފަތު ދހުވަހު އަރަފާތަށް ގެންދަން ގެންދަން ކިޔާފަ އެންމެ ފަހުން މެނދހުރުވީ އިރު ބޮޑެތި މީހުން ފިލައިފި. ޢަހަރެމެންނަށް ޢަރަފާތަށް ދެވުނީ މަގުމައްޗަށް ނުކުމެ ޕޮލިހުން ގާތުބުނީމަ އަހަރެމެން އެކބަސްތަށް ހުއޓުވާފަ އެކިމީހުން އެކިބަހަށް އރުވާފަ އަރަފާތަށް ފޮނުވީމަ. ވވވވވވ ގޯސްކޮށް ކަންތައކުރީ.
އަހުމަދުބެ
25 October 2017
2012 ވަނަ އަހަރުގެ މައްސަލަ އަދި ނުނިމެއެވެ. ބަރަވެލި ދުވެލީގައެވެ. ސިޔާސީ މީހަކަށް ނުވާތީ ހެއްޔެވެ؟ މިދައްކަނީ 11.9 މިލިއަން ރުފިޔާގެ ވާހަކައެވެ.
މައްކާ
24 October 2017
ހައްޖުކޯޕަރޭޝަންގެ އިންތިޒާމްތައް ވަރަށް ގޯސް. މައްކާއަށް ގެންދެވުނީމަ އެމީހުން ދެކޭގޮތުގައި އެމީހުންގެ ވާޖިބް އަދާވީ. ދެވަނަ ކޯޓާގައި ދިޔަމީހުންނާއެކީ އުޅުނު ޝޭޚް އެންމެ ފުރަތަމަ ފްލައިޓުން މާލެ އަތުވެއްޖެ. މަދީނާ ދަތުރުގައިވެސް އިސްމީހަކުނެތް. އެހީތެރިވިދިނީ މަދީނާގައި ކިޔަވަން އުޅޭ ދިވެހި ކުދިން. މަދީނާ އަދި މައްކާ ސިޓީ ޓްއަރގައި ގެންދަންބުނި ތަންތަނަކަށް ނުގެންދޭ. ގިނަ ކަންތައްތަކުގައި ހަދަނީ މަކަރު. ރަގަޅު މައުލޫމާތި ހިއްސާ ނުކުރުމާއި އޮޅުވާލުމުގެ ބައި ބޮޑު. ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދެވުނުތީ ހިތާމަކުރަން. ދެން އިރާދަކުރެއްވިއްޔާ ދާނީ އަމިއްލަ ގްރޫޕަކުން.
ހައްޖު ކޯޕަރޭޝަން
24 October 2017
ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ގޮސް ވެސް ވަރަށް ހާލުގައި އުޅެންޖެހުނީ. ޚާޢްސަކޮށް ބަހުގެ އިންތިޒާމް ހަމަނުޖެހިގެން މިނާއަށް އަރަފާތަށް އަދި މުޒުދަލިފާއަށް ހިގާފައި ދާން ޖެހުމަކީ ވަރަށް ބޮޑު ތަކުލީފެއް. ޚާއްސަކޮށް ބަލިމީހިން ތިބިއިރު. މިކަންވެސް ތަހުގީގްކޮށް ތަކުރާރު ނުވާނެ ފަދައަކުން ފިޔަވަޅުތައް އެޅުމަށް ގޮވާލަން.
އަލީ ނަސީރު
24 October 2017
އެވެރިންގާރުގައި އަހާލިންތަ؟ އެވެރިން އެބަ މައްސަލަ ޖައްސާތަ؟ ބައެއް ފަތުވާ ދޭމީހުން އެބަބުނެޔޭ ހާލު ގައި އަދާ ކުރާ ހައްޖަކީ ޔޭ ފުރިހަމަ ހައްޖަކީ! ދެނޯ؟
ކެވަލި
24 October 2017
އެކަމަކު އޯކޭ ތާ. ތި ޕްރިންސިޕަލް ގޮވައިގެން ރަސްމީ ދަތުރެއްގައި އިހަކަށް ދުވަހުވެސް އެޑިޔުކޭޝަންގެ ބޭފުޅަކު ދިޔަ. ތިވަރުވާ އިރުވެސް ޕްރިންސިޕަލް ކަމުގައި. ދަރިން ތިބޭނީ އިސްލާމީ ތަޢޮލީމުން ވަރަށް ރަނގަޅަށް ތަރުބިއްޔަތު ވެފައި.
ވިސްނާލީމާ
24 October 2017
މާލް ގެ ޝަރީއަތް އެދަނީ ވަރަށް މަޑުމަޑުން ބަރަވެލީ ސްޕީޑުގަ! މިހެންވާންޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ! އެއީ މުޅިން ޔަގީންވެފާވާ މައްސަލައެއް! ދެންކީތްވެ އޭނާގެ ޝަރީއަތް ލަސްވާންވީ! އޭނާގެ އަތުން 11.9 މިލިއަން ރުފިޔާ ހޯދުމަށްފަހު، އޭނާ ޖަލަށްވެސް ލެވެންވާނެ! މީކީ ކުދިކުދި މައްސަލައެއް ނޫން! މިފާޑު މައްސަލަ ބަރަވެލީ ސްޕީޑްގާ ގެންދިއުމަކީ މައްސަލައެއް! -އިބްރާހިމް-
ރަދީފް
24 October 2017
މާލް ދޯ ތިކިޔަނީ ، އެހެން ވީމަ ކޯޓާ 5000000 މޭލު ދުރުގަ ހުންނާނީ.
މޫސަބޭބެ
24 October 2017
ތިމައްސަލައެއް ނުވެސް ބެލޭނެ، އަދި ފިޔަވަޅެއްވެސް ނޭޅޭނެ. ވަރަށް ސަލާމް
އަރަބެއްޔާ
24 October 2017
މިނިސްޓަރ ޢާއިޝަތު ޝިހާމް ފަދަ ބޭފުޅުންގެ ކިބައިން ފެންނަ ރިވެތި އަޚްލާޤާއި، ދަރިވަރުންގެ ޙައްޤުތަކަށް ސަމާލުކަން ދިނުމަށް ބަލާއިރު، މިފަދަ މީހަކު އަރަބިއްޔާގެ ޕްރިންސިޕަލަކަށް ބަހައްޓަނީ ކާކުގެ ނުފޫޒެއް އޮވެގެންބާއޭ ހިތަށް އަރާ!
ކޮހިނޫރު
25 October 2017
މަޑު މަޑުން ހިނި އައިސްފަ ތިބޭ މީހުނަކީ އަޚުލާގު ރަގަޅު ބައެކޭ ބުނީ ކާކު. ކެޔޮ ކާވަރު އިނގޭނީ ބިތު ފަންގި ނެގިދިވަހަކުން.