ޚަބަރު / އައްޑޫ 100 އެނދުގެ ހޮސްޕިޓަލް

އައްޑޫ އާ ހޮސްޕިޓަލަށް ތަކެތި ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަން ބީލަމަށް ލައިފި

ސާކް ސަމިޓަށް އިމާރާތްކުރި އީސީސީ: މިތަން 100 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކުރަން 161 މިލިއަން ރުފިޔާ ހޭދަކުރޭ

އައްޑޫ އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) 100 އެނދުގެ ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު އެތަނަށް ބޭނުންވާ ތަކެތި ހޯދައި އިންސްޓޯލްކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީީން ބީލަމަށް ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ބުނީ އާ ހޮސްޕިޓަލަށް ބޭނުންވާ މެޝިނަރީ އާއި މެޑިކަލް އިކުއިޕްމަންޓްސް، މެޑިކަލް ފަރުނީޗަރާއި ޓޫލްސް އަދި ހޮސްޕިޓަލަށް ބޭނުންވާ އޮފީސް ފަރުނީޗަރު ސަޕްލައިކޮށް އެ ތަކެތި އިންސްޓޯލްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު އަންނަ މަހުގެ 12 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ.

މި ބީލަމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން 1،500ރ. ގެ ރެޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. ޕްރި-ކޮލިފިކޭޝަން ޑޮކިޔުމަންޓް ހުށަހެޅުމުގެ ފުރުސަތު ނޮވެމްބަރު 12 އަށް ހަމަވާ އިރު ބިޑް ހުޅުވުން އޮންނާނީ ނޮވެމްބަރު 14 ގަ އެވެ.

ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން އީސީސީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް 161 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައި ވަނީ ރާއްޖޭގައި އިމާރާތްކުރުމުގެ ދާއިރާގެ އެންމެ ބޮޑު އެއް ކުންފުނި، އެލިއާ ކޮންސްޓްރަކްޝަނާ އެވެ.

Aa hospital hulhvumun Male in nulibey sihhee faruvaa Addu in libeyne: Dr. Muizzu

Aa hospital hulhvumun Male in nulibey sihhee faruvaa Addu in libeyne: Dr. Muizzu

The most trusted news source in the Maldives

Mihaaru

އައްޑޫ އާ ހޮސްޕިޓަލުން މާލޭން ނުލިބޭ ސިއްހީ ހިދުމަތް ލިބޭނެ.

އާ ހޮސްޕިޓަލްގެ މަސައްކަތް ނިންމައި އަންނަ އަހަރުގެ ޖޫން މަހު ހުޅުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މި ހޮސްޕިޓަލް ވެގެން ދާނީ މާލޭން ވެސް ނުލިބޭ ސިއްހީ ހިދުމަތްތައް ލިބޭ މަތީ ފެންވަރުގެ ޓާޝަރީ ހޮސްޕިޓަލަކަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސާކް ސަމިޓް ބާއްވަން ހިތަދޫގައި އީސީސީ އިމާރާތްކުރީ އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ހޭދަކޮށްފަ އެވެ. އެކަމަކު އޭގެ ފަހުން އެތަން ހުރީ ބޭނުންނުކުރެވި، ވީރާނާވާން ކައިރިވެފަ އެވެ.

31 ކޮމެންޓް, 42 ރިއެކްޝަންސް

icon happy icon happy 93%
icon sad icon sad 0%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އުޑު

24 October 2017

ޔާމީނުގެ ހުދުމުހުތާރު ކަންހުރިވަރީ ކޮންވެންސަން ސެންޓަރު ހަލާކުކޮށްލައި، ރާއްޖޭގައިހުރިނަމަ ހުރި އާސާރީތަންތަން ނެތިކޮށް ނައްތާލުން

The name is already taken The name is available. Register?

އިބްރާހިމް މަނިކު

24 October 2017

މިސަރުކާރުން ބުނަމުން އައީ އައްޑޫގައި ހޮސްޕިޓަލެއް އަޅާވާހަކަ. އެކަމަކު ފެނިގެން މިދަނީ ކާޅުހާލި ހެދީމާ ކޮވެލި ބިސްއަޅާ އުސޫލުން ކަންކުރަމުންދާ މަންޒަރު.

The name is already taken The name is available. Register?

Marynaa

24 October 2017

ސާބަސް ރައީސް. މިފަހަރު އަޅުގަނޑުވެސް ރައީސް ޔާމިނާ އެކުގައި

The name is already taken The name is available. Register?

ތުއްތޫ

24 October 2017

ތަކެތި ހިފާއިގެން އަންނަ ބޯޓް މާލެ އަށް އެންކަރ ކޮށްފިނަމަ ވޯޓް ނުލިބޭނެ

The name is already taken The name is available. Register?

އަތްފުނާ

23 October 2017

މި ސަރުކާރުންނޫނިއްޔާ ނުހުންނާނެ ސީދާ ގޮތެއްގައި އައްޑޫ ރައްޔިތުންނަށް މަންފާއެއް ލިބޭނެ ގޮތަށް ކަމެއްކޮށްދިން ސަރުކާރެއް.ތިޔަ ހޮސްޕިޓަލުގެ ސަބަބުން އަައްޑޫއަށް ގިނަ ކަންކަން ފުރިހަމަ ވެގެންދާނެ

The name is already taken The name is available. Register?

ޖާޑިބެ

24 October 2017

ޝުކުރުކުރަން ނުދަންނަބައެއް މިހާރު ދެންކިޔާނީ މަދިރިޔޭ އަނެކައްޗެކޭ ބަލަ ނަޝީދު ކައިރީ އަހާބަލަ ކީއްވެތޯ މަދިރިއުޅޭތާކު ތިތަންހެދީ

The name is already taken The name is available. Register?

ހުސޭނުބެ

24 October 2017

ތާޢީދު!!

The name is already taken The name is available. Register?

ރިނީ

24 October 2017

ޖާޑިބެމެން ވިސްނަމާ. ބަލަ ނަޝީދު ހެދީ ހޮސްޕިޓަލެއްތަ!!!! ކީކޭ ބުނާނީ. ބަލިމީހުން މަދިރިގިނަތަނަކަށް ޖަމާވާނަމަ ބަލިމަޑުކަން ފެތުރޭލެއް އަވަސްވާނެ. އެހެންވެ މާސިޔާސީނުވެ ތަންހެދުމުގާ ކުރިންވެސް ބުނިހެން މިކަމަށް ވަރަށް ވިސްނަންޖެހޭ .

The name is already taken The name is available. Register?

ރިނީ

23 October 2017

ތިޔަހޮސްޕިޓަލުގަ މަދިރީގެ ނުރައްކާވަރަށް ބޮޑުވާނެކަންް ދެނެހުރެ ތިތަން ބިނާކުރުން މުހިންމު.

The name is already taken The name is available. Register?

ޑރ ގަޅިސިޓީ

24 October 2017

ދެންކިޔާނެ ތިހެން ބަލަޖަލްސާކުރާ ތަނެއްގެ ގޮތުގަ އޮތީމަ މަދިރި ނުހަފަނީތަ

The name is already taken The name is available. Register?

ރިނީ

24 October 2017

ނަމަށް ބަލާފަ އިތުރަށް ބުނާނެ އެއްޗެއް ނެތް. ސިޔާސީނުވެ ވިސްނަމާ.

The name is already taken The name is available. Register?

ޢޯހޯ

23 October 2017

ތިޔަކަންތައް އޮތީ ނިމިފައި. ވަރައް ސަލާން

The name is already taken The name is available. Register?

ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ

23 October 2017

މާލެ ތޮއްޖެހުން ކުޑަކުރުމަށް އެމްޑީޕީން ކުރި އެންމެ މުހިންމު ކަމަކީ އައްޑޫ ސިޓީ އަކަށް ހެދުމާއި އިކްއިޓޯރިއަލް ސެންޓަރަކީ އައްޑޫގެ ލޭންޑް މާކް ކަމުގައި ހަދާ ސާކްސެކެޓްރީއޭޓް ގެ އެހީތެރިކަމާއި އެކުގައި ފުރިހަމަ ކޮންވެންޝަން ސެންޓަރ ޤާއިމްކޮށް ސާކް ސަމިޓް ބާއްވާ ، މަޖުބޫރީ ހާލަތުގައި ވަޒަނުން ބޭރުގައި ތިބި ރާއްޖޭގެ އެންމެ ޤަދަރުވެރި ދިރިއުޅުން އުޅުނު ވަތަނީ ރަށްވެހިންނަށް އެމީހުންގެ ވަޒަނަށް އަބުރާ ދެވޭނެ ކަމުގެ ޔަޤީންކަން ހޯދާ ދިނުން.. މި ނަގޫސޭސަރ ސަރުކާރަށް އަދި އެސަރުކާރުގެ ވެރިޔާ އަށް އީސީސީ ގެ ބޭނުން ހިފައި ނަޝީދު ސަރުކާރުން ހިންގާން އުޅުނު ގެސްޓްހައުސް ވެންޗަރ އާއި މެޑިކަލް އަދި ސްޕޯޓްސް ޓްއަރިޒަމް ގެ އިތުރުން އީސީސީގައި އެމަރިކާ އޮސްޓްރޭލިއާ ފަދަ ޤައުމު ތަކުގެ ސެކިއުރިޓީ ފެއަރ ތަކާއި ވޯލްޑް ޓްއަރިޒަމް ބައްދަލު ވުމާއި އޭއެފްސީ އަދި އޯއައިސީ ބައްދަލު ވުންތައް ނުބޭއްވުމަކީ އެންޑީޕީ ގެ އަދި އީސީސީ ގެ ވެސް މައްސަކައެއްނޫން. ޢެއީ ބާކީވެ އެކަނިވެރިވެފައިވާ މިރައީސް ގެ މައްސަލައެއް.

The name is already taken The name is available. Register?

އިސްމެހެލާ

23 October 2017

މާލޭ ހޮސްޕޓަލުން ނުލިބޭ ހިދުމަތްތައް އަޢްޑޫ ހޮސްޕިޓަލުން ލިބޭނެ ވާހަކަ ސަރުކާރުގެ އެކި ބޭފުޅުން ތަކުރާރުކޮށް މިވިދާޅުވަނީ އައްޑޫ ރައްޔިތުންނަށް މަލާމާތްކޮށް ޖެއްސުން ކުރަންވަންތޯ ؟ އަނެއްކާ އެތަނުގައި ދޭން ތިއުޅުއްވަނީ ރުއްގަލުބޭހުގެ ހިދުމަތްތޯ ؟ އައްޑޫގައި އާ ހޮސްޕިޓަލެއް އަޅަން ފަންޑު ހަމަޖެހުނީމާވެސް ހަރަދުބޮޑޭ ކިޔާފަ ތެޅިފޮޅި އުޅުނު ބޭފުޅުންނޫންތޯ ތިބޭފުޅުންނަކީ ؟ ހީވީ އިޒްރޭލު މީހުން ފަލަށްތިނު މީހުންނަށް ކަމެއްކޮށްދޭން ޖެހިގެން އުޅުނުހެން ! އިސްމެލާ ހުރާ އާއި 5000 ޓުވަތިސްޓް އެނދުގެ ގެސްޓް ހައުސްވެސް ، ޖަލްސާ ބާއްވާ ކިތައްފަހަރު 3ޑީ ކޮށް ފޮޓޯ ދެއްކެވިންތޯ . ކުރާނަމޭ ބުނާ އެއްވެސްކަމެއް ، އެކަމެއް ނިމުމުން ފެންވަރު ބަލާފަ ނޫނީ މިހާ ދެނެއް އިތުބާރެއް ނުކުރެވޭނެއެވެ. ދޮގުހަދާ އޮޅުވާލެވޭނީވެސް ވަކިވަރަކަށެވެ.

The name is already taken The name is available. Register?

ސައްދާމް

24 October 2017

ތިބުނީ ރަނގަޅަށް އައްޑޫ ގައި ކަމެއް ކުރަން ޖެހިއްޖެނަމަ އަމާ ބުނީތީ ފަރަށް ދާ ގޮތަށް ނިންމާފައި ހުންނަނީ.......... ހޮސްޕިޓަލް ނަމެއްގައި ދެން އަތްޖަހާ.........

The name is already taken The name is available. Register?

ހަގީގަތް

23 October 2017

ކޮމަންޓްތައް ކިޔާލީމަވެސް އެނގޭ ތަހުޒީބު ބައެއްނޫންކަން ޝުކުރުކުރަން ދަންނަަބައެއްނޫންކަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454